ދުނިޔެ / ރާހުލް ގާންދީ

މިއީ ރާހުލްގެ ނިމުންތަ؟

ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާންދީ (ކ) މަންމާފުޅު ސޯނިއާ ގާންދީއާ މަޝްވަރާ ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

24 މެއި 2019 - 15:14

7 comments

ބީޖޭޕީން 300 ގޮނޑި ކާމިޔާބުކުރި އިރު ކޮންގްރެސް ޕާޓީއަށް އެންމެ 50 ގޮނޑި ލިބުމަކީ، ރާހުލް ގާންދީގެ ސިޔާސީ ހަޔާތް ނިމުންތޯ އެތައް ބަޔަކު މިހާރު ގެންދަނީ ސުވާލުކުރަމުންނެވެ.

ހަމައެކަނި ޕާޓީއަށް ލިބުނު ނާކާމިޔާބީއެއް ނޫނެވެ. ރާހުލް އާއި އޭނާގެ ބައްޕަ އާއި މަންމަ ވެސް ކާމިޔާބުކުރެއްވި އަމެތީ ދާއިރާއަށް ވާދަކުރައްވާ ރާހުލް މިފަހަރު ވަނީ ފިލްމީ ބަތަލާ ސިމްރިތީ އިރާނީ އަތުން ބަލިވެވަޑައިގެންފަ އެވެ. އެކަމަކު ކެރެލާގެ ވަޔަނާދާ ދާއިރާ އަށް ވެސް ވާދަކުރެއްވުމުން، އެ ގޮނޑި ލިބިވަޑައިގަތުމާ އެކު ރާހުލް އަށް މަޖިލިހުން ފުރުސަތު ލިބިވަޑައިގަތެވެ.

އަމެތީގައި ރާހުލް ބަލިވުމަކީ ވަރަށް ބޮޑު ވެއްޓުމެކެވެ. މިދިއަ 15 އަހަރު ދުވަހު އޭނާ ލޮކް ސަބާގައި ތަމްސީލްކުރެއްވީ އެ ދާއިރާ އެވެ. އޭނާގެ ކުރިން ބައްޕަ ރަޖީވް ގާންދީ އާއި މަންމަ ސޯނިޔާ ގާންދީ ވެސް އެ ދާއިރާގައި ބަލިވެފައެއް ނުވެ އެވެ.

އަމެތީ އޮންނަނީ އިންޑިއާގެ ސިޔާސީ ދާއިރާގެ "ގްރައުންޑް ޒީރޯ" ކަމަށް ބެލެވޭ އުއްތަރަ ޕްރެދޭޝްގެ މެދުގަ އެވެ. އުއްތަރަ ޕްރެދޭޝް ކާމިޔާބުކުރައްވާ ސިޔާސީ ބޭފުޅެއް ވިއްޔާ އާންމުކޮށް އިންޑިއާގެ ވެރިކަން ކުރައްވަ އެވެ.

އިންޑިއާގެ ލޮކް ސަބާގެ 545 ގޮނޑީގެ ތެރެއިން 80 ގޮނޑި ނިސްބަތްވަނީ އެންމެ އާބާދީ ބޮޑު ސްޓޭޓް، އުއްތަރަ ޕްރަދޭޝް އަށެވެ. މިހާތަނަށް 14 ބޮޑުވަޒީރަކު ނިސްބަތް ވަނީ އެ ސްޓޭޓަށެވެ. އޭގެ ތެރޭގައި ރާހުލްގެ މުނިކާފަ އާއި މާމަ އާއި ބައްޕަ ވެސް ހިމެނެ އެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ މަގާމަށް 2014 ގައި ވަޑައިގަތީ އެ ސްޓޭޓްގެ ވަރަނާސީ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައިގެންނެވެ. އެކަމަކު އޭނާއަކީ އަސްލު ގުޖުރާތުގެ ބޭފުޅެކެވެ.

އިންތިހާބު ނާކާމިޔާބުވުމަށް ފަހު ނިއު ދިއްލީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާހުލް ވިދާޅުވީ ރައްޔިތުން ބޭނުންވީ ބީޖޭޕީކަން އިންތިހާބުން ދައްކައިދީފައިވާ ކަމަށެވެ. އަދި ކޮންގްރެސްގެ ނާކާމިޔާބީގެ ޒިންމާ ނަންގަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަމެތީގެ ގާތްގަނޑަކަށް 300،000 ވޯޓު ނުގުނާ އޮއްވާ ވެސް ރާހުލް ވަނީ ސިމްރިތީ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

"އަޅުގަނޑު އޭނާއަށް މަރުހަބާ ދަންނަވަން ބޭނުން. އޭނާ ކާމިޔާބުކުރައްވައިފި. މިއީ ޑިމޮކްރަސީއަކީ، އެހެންކަމުން ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން،" ރާހުލް ވިދާޅުވި އެވެ.

ކޮންގްރެސްއަށް އާންމުން އިތުބާރެއް ނުކުރޭ!

އެކަމަކު ކޮންގްރެސްގެ ބައްޔަކީ ޕާޓީގެ ތެދުވެރި މެމްބަރުންނަށް ވަރަށް ބޮޑު މާޔޫސްކަމެކެވެ.

"އަހަރެމެންގެ އަގު ވަރަށް ދަށް. އަހަރެމެން ކުރާ ވައުދުތަކަށް އާންމުންގެ ޔަގީންކަމެއް ނެތް. އަހަރެން ބުނާ އެއްޗަކަށް އެ މީހުން އިތުބާރެއް ނުކުރޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ކޮންގްރެސްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"މޯދީ ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ވެސް އޭނާ ނާކާމިޔާބު، އެކަމަކު އާންމުން އޭނާއަށް އިތުބާރުކުރޭ."

ޕާޓީގެ އެންމެ އިސް މަގާމުން ރާހުލް ދުރަށް ވަޑައިގަންނަވަން ޖެހޭ ކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ. އެކަމަކު އެ ވިސްނުމެއް ޕާޓީގެ ތެރެއަކު ނެތެވެ.

ކޮންގްރެސް ޕާޓީގެ ލަކަނޫގައި ހުންނަވާ ތަރުޖަމާން ބިޖެންދުރަ ކުމާރު ސިންގް ވިދާޅުވި ގޮތުގައި މައްސަލައަކީ ރާހުލްއެއް ނޫނެވެ. މައްސަލައަކީ ޕާޓީ ތެރޭގައި އޮތް ހަމަނުޖެހުމާއި ފެންވަރު ދަށް ކެމްޕޭނެވެ.

ސިޔާސީ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރާހުލްގެ ކިބާގައި ވެރިކަމަށް ވަޑައިގަތުމުގެ ޝަހުސިއްޔަތެއް އަދި ނެތެވެ. ސޯޝަލް މީޑިއާގައި ރާހުލްއަށް މަލާމަތްކުރުމާއި ޖޯކް ޖެހުން އެހާމެ ބޮޑެވެ.

އެކަމަކު ރާހުލްގެ ކައިރި މީހުން ބުނާ ގޮތުގައި އެއީ ވަރަށް އާދައިގެ ބޭފުޅެކެވެ. ނަމަވެސް ވާދަވެރިންގެ ހުންނަ ޖޯޝާއި ފޯރި ނެތް ކަމަށް، ސިފަކުރެ އެވެ.

ކުރިއަށް ވުރެ ބޮޑަށް ސިޔާސީ ކަންކަމުގައި އުޅުއްވަން ރާހުލް ފެއްޓެވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެއީ އެއްބަޔަކު ދެކޭ ގޮތުގައި، ހިޔަނިން ނުކުމެވަޑައިގަތުމެވެ. ސޯޝަލް މީޑިއާ ރަނގަޅުކުރެއްވި އެވެ. އަދި މޯދީ ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން އާންމުންނަށް ކުރިމަތިވި އުނދަގޫތަކާ ބެހޭ ގޮތުން ކެރިގެން ބަހުސްކުރެއްވި އެވެ.

ޑިސެމްބަރު މަހު ތިން ސްޓޭޓެއްގައި އޮތް އިންތިހާބު ކާމިޔާބުވީ ރާހުލްގެ ސީދާ ރޯލެއް އޮވެގެން ކަމަށް ވާތީ، އަލުން ކޮންގްރެސް ހިންދެމިލަނީ ކަމަށް، ބައެއް މީހުންނަށް ހީކުރެވުނެވެ. އަދި ފެބްރުއަރީ މަހު ޕްރިޔަންކާ ގާންދީ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުން އިތުރު ހިތްވަރެއް ވެސް ލިބި، ގާންދީ ދަރިފަސްކޮޅު އަނެއްކާވެސް ކަމެއް ކުރަން އުޅެނީކަން ގިނަ މީހުންނަށް ލަފާކުރެވުނެވެ.

އެކަމަކު އިންތިހާބުގައި ކުރިމަތިވީ އަނެއްކާވެސް ބޮޑު ނާކާމިޔާބީއެކެވެ.

"ރަނގަޅަށް ބަލައިލީމާ އެނގޭނެ އަހަރެމެންގެ މެނިފެސްޓޯ ވަރުގަދަކަން. އަހަރެމެން ވީ ވައުދުތައް ވެސް ރަނގަޅު. އެކަމަކު ވޯޓު ލާ މީހުންގެ ފަރާތުން ލިބޭނެ ކަމަށް އުއްމީދު ކުރި ސަޕޯޓެއް ނުލިބުނު،" ޕާޓީގެ އިސް އޮފިޝަލެއް ކަމަށްވާ ވިރެންދުރަ މަދަން ވިދާޅުވި އެވެ.

އެކަމަކު އޭނާ ވެސް ވިދާޅުވީ ނާކާމިޔާބީގައި ރާހުލްއަށް ފޫޅުކެނޑެން ނެތް ކަމަށެވެ.

"އިންތިހާބަކީ މޮޅުވުމާއި ބަލިވުން. ހަނދާނުގައި ބަހައްޓަން ޖެހޭ 1984 ގައި ބީޖޭޕީއަށް ލިބުނީ އެންމެ ދެ ގޮނޑި. އެ މީހުން އެނބުރި ނާދޭތަ؟ އަހަރެމެން ވެސް އެނބުރި އަންނާނަން."

7 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 89%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަރުލަމަން

26 May 2019

ގާންދީ ދަރިފަސް ކޮޅެއްނޫން. ނެހެރޫގެ ދަރިފަސް ކޮޅު. އިންދިރާ ގާންދީ އަކީ ޖަވާހަރުލާލް ނެހެރޫގެ ދަރިކަބަލެއް. އިންދިރާ ނެހެރޫ އަށް ގާންދީގެ ނަން އައީ ފީރޯޒްގާންދީ ކިޔާ ބޭފުޅަކާ ކައިވެނި ބައްލަވައިގަތުމުން. އެއީ މަހާތުމާ ގާންދީ އާއި ބެހޭ ކަމެއްނޫން.

The name is already taken The name is available. Register?

ނަޖްވާ

26 May 2019

ބީޖޭޕީގެ ކާމިޔާބުން ދައްކައިދެނީ ހިންދީން ދީނީ ގޮތުން އެހެން ދީން ތަކާ، އަދި އަމްދުން އިސްލާމް ދީނާ ޖައްސާލާފައިވާ މިންވަރު! އެއީ މި މޯދީ އަކި ވަރަށް ބަޚީލު މީހެއް، އެހެނަސް އޭނާ އާއި އޭނާގެ އައުވާނުން ގަނޑު އެ ވަނީ ހިންދޫން ތައް ވެގެން އަނެއް ފަހަރު ވެރިކަމަށް ގެނެއްސަ! ގެރި ނުކެއިއްޔާ އެ ނިމުނީ ދޯ، ކިތައްމެ ވަރަކަށް ވައްކަން ކޮށް މީހުން ރޭޕް ކޮށް ހެދިޔަސް!

The name is already taken The name is available. Register?

ދެރަ

25 May 2019

ތިޔަ އިންޑިއާއަކީ ވަރަށް ވަތަނީބައެއް. އެމީހުން ބަޑަށްޖެހުނަސް މުސްލިމުންނާ ދެކޮޅަށް ވޯޓްދޭނެ. މޯދީ ކުޅުނީ ހިންދީ ދީނުގެ ކާޑު. ރާހުލްވެސް ވިއްކަބްވީ އެކާޑު.

The name is already taken The name is available. Register?

ދާދޭ

24 May 2019

ތިންކަމެއް މޯދީ ވިއްކީ. 1 ގެރިކަލާނގެ، 2. ހިންދޫ މުސްލިމު ގަޑުބަޑު. 3. ޕާކިސްތާނު އިންޑިޔާ ހަނގުރާމަ.

The name is already taken The name is available. Register?

ވާނުވާ މީހާ ހޭ

24 May 2019

ކެމްޕޭން ގަ މޯޑީ އަދި ބީޖޭޕީ ވެސް މުޅިން ވެސް ވިއްކީ "ހިންދޫ - މުސްލިމް" މޯޑީ އަކީ 2002 ގެ ގުޖުރާތު ގަތުލު އާއްމުގެ އަޑީގައި ހުރި ކަމަށް ބެލެވޭ ފަރާތް. މި ފަހަރު ގެ އިންތިޚާބު ގައި އެބަ ހުރި ހޮވާފަ ޓެރަރިޒަމް ދައުވާ ލިބޭ މީހުންނާ ރޭޕިސްޓުން ވެސް. ހަމަ އެކަނި ސަބަބަކީ ހަރުކަށި ޚިޔާލު ހިންދޫން ނަށް ވީކަން ހިންދޫ މުސްލިމް ހޭޓްރެޑް ގަ ބީޖޭޕި މިވަނީ ކާމިޔާބު ކޮށްފަ. ބޯދާ ވިސްނުމުގެ ބައެއްގެ ތެރޭ ދެން އެވިސްނުން ބަދަލު ކުރަން އުނދަގޫ ވާނެ

The name is already taken The name is available. Register?

ނުބަލައޭ

24 May 2019

ކޮންގްރެސް ޕާރޓީ އަށް މިފަހަރު އިންތިޚާބު ނާކާމިޔާބުވީ އެއީ ކޮންގްރެސް ގެ ކަލްޗަރއެއް އެއީ ވާ ވައުދު ތައް ނުފުއްދުން އެކަން ފެނިގެން ދާނެ މިރާއްޖޭގެ އެމްޑީޕީގެ ފަރާތުން ވެސް އެމެންގެ ވެރިކަމަށް ހަގީގަތުގައި މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 9 މަސް ދުވަސް ވެއްޖެއޭ ރައްޔިތުންނާއި ގުޅިފައިވާ ބޮޑެތި ޑްރީމްސް ތައް ކަމުގައިވާ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ނުދީ ބޭރުމީހުންނަށް ދޭއިރު ވެސް ސަރުކާރުން

The name is already taken The name is available. Register?

ޕމމދ

25 May 2019

ވައުދު ފުއްދުމަކީ ހެސްކިޔާފަ ވައްކަން ކުރުންތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454