ޚަބަރު / މެމްބަރު މުހައްމަދު އަސްލަމް (ހިތަދޫ އުތުރު)

އަސްލަމް މަޖިލިސް ރައީސް ކަމަށް ވާދަ ނުކުރައްވާނެ ކަމަށް ބުނެ ފޭކް މެސެޖެއް ފޮނުވަނީ

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މަޝްވަރާއެއްގައި. --- ފޮޓޯ: މިހާރު

އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވާދަ ނުކުރައްވަން ނިންމަވާފައިވާ ކަމަށް ބުނެ ފޭކް މެސެޖްތަކެއް އެތައް ބައެއްގެ ފޯނަށް ފޮނުވައިފި އެވެ.

މެސެޖު ފޮނުވާ ނަންބަރަކަށް އަސްލަމްގެ ނަންބަރުން އިންނަ ގޮތަށް ފޮނުވަމުން އަންނަ މެސެޖްގައި ބުނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދުމުގެ މަތިން މަޖިލިހުގެ ރައީސް ކަމަށް ކުރިމަތިނުލައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ މަގާމަށް ވާދަކުރައްވާ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފަށް ތާއީދުކުރަައްވާ ކަމަށް މެސެޖްގައިވެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ކުރައްވާ އަސްލަމް "މިހާރު" އަށް ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ވާދަނުކުރައްވައި ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އޭނާ ފިޔަވައި އެ މަގާމަށް ގާބިލް ބޭފުޅެއް ނެތް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނަންބަރު ކްލޯންކޮށްގެން ބަޔަކު މެސެޖް ކުރަމުން އެ ދަނީ. އެއީ އަޅުގަނޑު ފޮނުވާ މެސެޖެއް ނޫން. އޭގައި ހުރީ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ވެސް ނޫން،" އަސްލަމް ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސް ކަމުގެ މަގާމަށް އެމްޑީޕީގެ ތެރެއިން ހޮވާނެ ބޭފުޅަކާ މެދުގައި ހިޔާލުތަފާތުވުން އޮތް އިރު، އެ މަގާމަށް ވާދަކުރައްވަނީ އަސްލަމާއި އަފީފްގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އެމްޑީޕީގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ އަސްލަމާއި އަފީފްގެ މެދުގަ އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅު ވަނީ މަޖިލިހުގެ ރައީސް ކަމަށް އަފީފް ގެނައުމަށެވެ. އެކަމަކު އަސްލަމާ ގާތް ގުޅުމެއް އޮންނަ އިންތިޚާބީ މެމްބަރު ނަޝީދު ބޭނުންފުޅުވަނީ މަޖިލިހުގެ ރައީސް ކަމަށް އަސްލަމް ގެނައުމަށެވެ.

މި ހިނގާ 18 ވަނަ މަޖިލީހުގެ މެމްބަރުންނާއި އާ މަޖިލިހަށް ހުވާ ކުރާ 19 ވަނަ މަޖިލީހުގެ ބޭފުޅުންނާ އެކު މިދިޔަ ބުދަ ދުވަހު މަޖިލިހުގައި އޮތް ތަރާވީހަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ މަގާމުގެ ހައިސިއްޔަތުން ވަކި ބޭފުޅެއްގެ ނަން ވިދާޅުވުން އެހާ ރަނގަޅެއް ނޫން ކަމަށެވެ. އެކަމަކު، ރައީސްގެ ވާހަކަފުޅުގައި ބޮޑަށް ފާހަގަ ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި އަފީފްގެ ނަމެވެ.

އެގޮތުން ރައީސް ވިދާޅުވީ މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް ކަމަށެވެ. އަދި އަސްލަމާއި އަފީފްއާ އެކު މަސައްކަތް ކުރެއްވި ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސް ހޮވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ. އަދި އެމްޑީޕީން ވޯޓު ދޭނެ ބޭފުޅަކު އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ކަނޑައެޅުން އަންނަ ހޯމަ ދުވަހު އޮންނާނެ އެވެ.

14 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 8%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފީއަލީ

25 May 2019

ދެން ތިޔަހެން ކިޔާފަ މުޅި ބައިތުލްމާލް ބަހާ ހުސްކޮށްލާ މީދެރަވަރު ކަމެއް ރައްޔިތުން މަޖްލީހުންވެސް އެބަޖެހޭނުން ނުހައްޤުން އުވާލާ އެގްރިމެންޓް ތަކުގެ ޒިންމާވާންޖެހޭ ފަރާތެއް ކަނޑައަޅާ ޤާނޫނުގަ އެވާހަކައެއް ލިޔަން ހުރިހާ ކަމެއްގަވެސް މިޖެހެނީ ނިކަމެތި ރައްޔިތުން ޒިންމާވާން ކޮންމެ ބަޔަކުވެސް ސަރުކާރާއި ހަވާލުވަނީ ތިމަންނާމެނަށް ވާނޭކިޔާފަ

The name is already taken The name is available. Register?

އައިސޯދިޤް

25 May 2019

އެ މަގާމަށް ގާބިލް ބޭފުޅާ މަޖިލިހަށް މިދިޔަ ދައުރުގަ ހާޟިރުވީ ކިތައްދުވަހުތޯ؟ ޖަލްސާގެ ބައިވެރިވީ ކިހާ ދުވަހަކުތޯ؟

The name is already taken The name is available. Register?

ޔެސް

24 May 2019

އަފީފަކީ ފެއިލްވެފައިވާ މީހެއް .ހޯމް މިނިސްޓްރީ ހިންގަން ނޭނގުނު މީހަކަށް މަޖްލީހުގެ ރައީސްކަން ދީފިއްޔާ ހަތަރު އުދަރެސް ފެނު ޖެހޭނެ. އަސްލަމް އިޒް ދަ ބެސްޓް

The name is already taken The name is available. Register?

ގަހާފޮޑިދޮންތި//ފޭދޫ

24 May 2019

19 ވަނަ މަޖިލިހަށް ކުރިމަތިލައިގެން ރައްޔަތުންގެ އެއްމެ ބޮޑު މެޖޯރެޓީ އާއި އެކު މުޅިރާއްޖެއިން ހޮވިފައިވަނި އައްޑޫ ސިޓީ ހިތަދޫ ދެކުނު އަވަށައް ކުރިމަތިލި އިބުރާހިމް ނާޒިލު / ހިސާން ހުސައިނުގެ ކުރީގެ ފިރިކަލުން.. ވީމާ 489 ވޯޓުން ހޮވުނު އަފީފުއަށް ތުރެން މަޖިލީހައް ގާބިލުކަމަށް މަދެކެނީ. ނާޒިލުއަށް 4982 ވޯޓުލިބިފައިވޭ

The name is already taken The name is available. Register?

ހޯރަ

24 May 2019

ރައީސް ސޯލިހުގެ ތާއިދު އޮތް ބޭފުޅަކު މަޖިލިހުގެ ރައީސްކަމުގަ ހުންނަށްވާނި

The name is already taken The name is available. Register?

ގޭމްބެ

24 May 2019

ތިޔައީ ކެނެރީގެ ނަޝީދު ޖައްސާގޭމެއް ހަގީގަތުގައި އެމަގާމު ބޭނުންވެގެން އުޅެނީ އޭނާ ދެންފަހުވަގުތު ބުނާނެ މާކޯޅުންގަޑުބޮޑީއޭ އެހެންވީމާ ދެން ރަގަޅުވާނީ ތިމަންނާއޭ ހަދާނަށް އަންނަނީ ކުޑައިރު ކިޔުނު ދެބުޅަލުގެ އަރައިރުމުގެ ވާހަކަ ރައްޔިތުންނޭ ތިތިބީ ވާވައްދާ ނިންމާފައި މިފަސްއަހަރަކު މިގައުމަށް ވާނެ އެއްވެސް ކަމެއް ނޯންނާނެ މިއީ ގާބިލު ކަމެއް ނެތް ސަރުކާރެއް

The name is already taken The name is available. Register?

މުހައްމަދު100

24 May 2019

އެންމެފަހުވަގުތު މަސްލަހަަތައްޓަކައި ކަމަށްބުނެ އަންނި ކުރިމަތިލާނެކަމައް ވާހަކަދެކެވޭ... މީޕްލޭނެއް ކަމަށްވެސް ވެދާނެ.

The name is already taken The name is available. Register?

ހަވާލުނުކޮށް

24 May 2019

އަފީފް ވެސް މަޖްލީހުގެ ރައީސް ކަމަށް ކަމުދޭ އަދި އަސްލަމް ވެސް މަޖްލީހުގެ ރައީސް ކަމަށް ކަމުދޭ އެކަމަކު މިފަހަރު ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގެ ނަތީޖާ ބުނަނީ މަޖްލީހުގެ ރައީސް ކަން ކެނެރީގެ ނަޝީދަށް އަދި ނައިބް ރައީސް ކަން އީވާ އަށް ދިނުމަށް އެމްޑީޕީން ދެން މިކަމުގައި ވިސްނަންވީ މަމެންގެ ޕްރެޑިކްޝަން އަކީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ދިމާވާނެ ކަމެކޭ މަމެން ބުނިން ޕީޕީއެމްގެ ވެރިކަމުގައި ނާކާމިޔާބު ވާނެއޭ ފްލެޓްސް ތައް ލިބުނު ކަމުގެ ލިޔުން

The name is already taken The name is available. Register?

ހަމަ ބުއްދި

24 May 2019

ތިއީ އަސްލަމުގެ ފަޅިން ބަޔަކު ކުރާ ކަމަކަށް ވެސް ވެދާނެ އެވެ.ނުވަތަ ތިއީ އަފީފުގެ ފަޅިން ބަޔަކު ކުރާކަމަކަށް ވެސް ވެދާނެ އެވެ.އަސްލަމު ފަރާތު މީހުން ކުރާ ކަމެއް ނަމަ ބޭނުމަކީ އަފީފުގެ ބޮލުގައި މި ބަދުނާމު އަޅުވާފައި ހަމްދަރުދީ ވޯޓް ހޯދުމެވެ. އަފީފުގެ ފަރާތުން ކުރާ ކަމެއް ނަމަ މިކަމުގައި އޮތީ ދެގޮތެކެވެ.އެއްގޮތަކީ ތި މެސެޖްގެ ޓެކުސްޓް އަކީ ތެދެއް ކަމަށް ވުމެވެ.އަނެއް ގޮތަކީ މުޑުދާރު އެންޓި ކެމްޕެއިން އެއް ކުރުމެވެ

The name is already taken The name is available. Register?

ބޭރުވެލާ

24 May 2019

"ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ކުރައްވާ އަސްލަމް "މިހާރު" އަށް ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ވާދަނުކުރައްވައި ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އޭނާ ފިޔަވައި އެ މަގާމަށް ގާބިލް ބޭފުޅެއް ނެތް ކަމަށް އަސްލަމް ވިދާޅުވި އެވެ." އަސްލަމް ތިހާ ގާބިލް ވީމަ އަހަންނަށް ފެނޭ ވަލިއްޔުލް އަމްރުގެ މަގާމާ ހަވާލުވާން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454