25 މެއި 2019 - 10:18
އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މި ވަގުތު ދިމާވެފައިވާ އެންމެ ދައްޗަކީ އިމާރާތް ބާވުމުގެ މައްސަލަ އާއި ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމުގެ މައްސަލަ ކަމަށް އެ ހޮސްޕިޓަލް ހިންގެވުމާ އަލަށް ހަވާލުވެވައިގަތް އަހުމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ ހިންގެވުމުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އަދި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ވަހީދު "މިހާރު" އަށް ވިދާޅުވީ އަމާޒަކީ މި ވަގުތުން މި ވަގުތަށް ހޮސްޕިޓަލުގެ ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ނައްތައިލަން ކަމަށެވެ.
"އެގޮތުން ޑޮކްޓަރުންގެ ދަތިކަން ކުރިމަތި ނުވެ ހިދުމަތް ދިނުމާއި އިދާރީ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އިމާރާތުގައި ހުރި ދަތިތައް ހައްލުކޮށްގެން ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން ޓާގެޓަކީ،" އޭނާ ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި އޭނާ އެޗްއާރްއެޗާ ހަވާލުވެވަޑައިގަތީ އެތަނާ ގުޅޭ ގޮތުން ހޮސްޕިޓަލްގެ މުވައްޒަފުންނާއި އައްޑޫ ރައްޔިތުންގެ ވެސް ވަރަށް ބޮޑު ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ހުރި ދަނޑިވަޅެއްގަ އެވެ. އެހެންވެ ހުރިހާ އެންމެންގެ ވެސް އަޑު އަހައިގެން، ހިދުމަތްތައް ރަނގަޅު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މެނޭޖްމަންޓް ކުރާނެ ކަމަށް ވިދާޅުވި އެވެ.
HRH hingumaa havaaluvevadaigennevi Ahmed Waheed miadhu Councillaa bahdhalukurahva HRH ge kankan hin'gamudhaa gothai gulhey gothun mashvarakurahvaifi. Councilun vany hospitalaai sihhee marukazuthakugai harukurumah 16 AC dhinumah nimmavaafai | https://t.co/SdV7GKoBcM pic.twitter.com/MT8SsWl4ZA
— Addu City Council (@AdduCityCouncil) May 23, 2019
"އެކަމަކު ވަގުތު ނަގާނެ. އަޅުގަނޑު ހަމަ ބަލާނީ ރަނގަޅު ކުރަން ހުރި ކަންކަން ވީހާ ވެސް އަވަހަށް ރަނގަޅު ކުރެވޭތޯ. އަދި ރައްޔިތުންގެ އިތުބާރު ކުރާ ވަރުގެ ހިދުމަތް ލިބޭ އަދި ރައްޔިތުންގެ ހިތްހަމަޖެހޭ ކަހަލަ ތަނަކަށް ހޮސްޕިޓަލް ހެދޭތޯ،" ވަހީދު ވިދާޅުވި އެވެ.
"މި ވަގުތު ހޮސްޕިޓަލަށް ވަރަށް ބޮޑަށް މުވައްޒަފުންގެ ދަތިކަން ހުރުމާ އެކު، މިހާރު ތިބި މުވައްޒަފުންގެ ވޯކްލޯޑް ބޮޑުވުމުގެ ޝަކުވާ މުވައްޒަފުންގެ ތެރޭގައި ބޮޑު. އެހެންވީމާ އެއީ ވެސް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމެއް."
އައްޑޫގައި މިހާރު ހަދަމުން އަންނަ އާ ހޮސްޕިޓަލާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެތަނުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ތަނަށް ބޭނުންވާ ތަކެތި އިންސްޓޯލް ކުރެވުނުހާ އަވަހަކަށް ހިދުމަތް ދޭން ފެށުމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް އުންމީދު ކުރެވޭ މި އަހަރުގެ ތެރޭގައި އާ ހޮސްޕިޓަލް ބޭނުން ކުރަން ފެށޭނެ ކަމަށް،" ވަހީދު ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި އެޗްއާރްއެޗާ ހަވާލުވެވަޑައިގަތުމަށް ފަހު، ވަހީދު ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް ބުރާސްފަތި ދުވަހު ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ ހޮސްޕިޓަލަށް 16 އޭސީ ހަދިޔާ ކުރަން ކައުންސިލުން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ވަހީދު ވިދާޅުވި ގޮތުގައި އެ ތަކެއްޗާ މިއަދު ހަވާލުވާން ކައުންސިލުން ވަނީ ހޮސްޕިޓަލަށް އަންގައިފަ އެވެ.
"އެ އޭސީތައް މިހާރު އެންމެ ބޮޑަށް ބޭނުން ޖެހިފައި ހުރި ޑިޕާޓްމަންޓްތަކުގައި ބޭނުން ކުރާނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
25 May 2019
ކުރުކޮށް ފޮނިކޮށް ބުނެވޭނީ، އުފެއްދުންތެރިކަން ބޮޑުތަނުން މަދިއްޔޭ.
ަަަަަޒ
25 May 2019
ކޮމެންޓް ކުރާ މީހުންނަށް: ވަހީދަކީ ލ. އަތޮޅު މީހެއް. ބ. އަޮތޮޅު މީހެއް ނޫން
ބައްޑާ
25 May 2019
ވަހީދުގެ ސަރުކާރު އޮތްއިރު އެ ސަރުކާރާ ދެކޮޅަށް މުޒާހަރާ، ޔާމީނު ސަރުކާރު އޮތްއިތު އެ ސަރުކާރާ ދެކޮޅަށް މުޒާހަރާ، މިހާރު އަމިއްލަ ސަރުކާރު އައިސް 6 މަސް ނުވަނީސް އެ ސަރުކާރާ ދެކޮޅަށްވެސް މުޒާހަރާ. ސޯބެމެން އެބަޖެެއެއްނޫން މިނޫންގޮތެއް އައްޑޫ ރައްޔިތުންނަށް ދައްކަން. ވެއްޖެއެއްނު އައްޑޫ މީހުންނަށް ދަސްކޮށްދޭން މީހުންނާ ގުޅިގެން މަސައްކަތްކުރަން.
ދަންނަކަލޯ
26 May 2019
ތިއީ އައްޑޫ އަތޮޅު ހިތަދޫ މީހުންގެ ހާލު. އެއްވެސް ކަމެއްވާ މީހުންތިބޭ ރަށެއްނޫން އެއީ، ކޮންމެ މީހެއްގެވެސް އޮންނާނީ ޝަކުވާ ކުރަން ބޮޑު އަނގައެއް. އައްޑޫގައި ކަމެއްވާ ބަޔަކަށް އުޅޭނީ ފޭދޫ މީހުން. އެމީހުންގެ މެންބަރަކަށްވެސް ހޮވާނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ މީހެއް. މިދިޔަ ފަހަރު ޕީޕީއެމް އޮތްއިރު ހޮވީ ޕީޕީއެމް މެންބަރެއް. އޭނާ ސަރުކާރާ ގުޅިގެން އެތައް ތަރައްގީގެ މަޝްރޫއެއް ހިންގި.ދެން މިފަހަރު ހޮވީ އެމްޑީޕީ މެމްބަރު. ފޭދޫ މީހުން ތަފާތުވާނެ.
ޢަބްދުއް ސައްތާރު
25 May 2019
ކަންކުރަން ނޭގޭ ވަރު ވާހަކަތަކުން ދޭހަވަނީ. ޒަމާނީ ވިސްނުމުގެ މެނޭޖްމެންޓް ތަޖުރިބާ ހުރި ބޭފުޅުންނަށް ފުރުސަތު ދެއްވާ. ހެޔޮނުވާނެ.
falcon_autho
25 May 2019
ނުވާނެ ތިކަމެއް ވަހީދަކަށް. އެކަމަކު ވައިއަޅުވައިގެން އެކުރެވިންނަށް މަންފާ ހޯދަން މަސައްކަތްކޮށްފާނެ. އަހާބަލަ ކުރީގައި ވަޒީފާ އަދާކުރި ތަނުގައި ކަންކޮށްފައިވާގޮތް. ވައި އެޅުވުމުގައި ބޮޑެއް. އަތޮޅުތެރޭގައި ބަހައްޓަން ހެޔޮނުވާނެ ބޮޑު ހޮސްޕިޓަލެއްގައި. އައްޑުއަށް ކަމެއް ކުރަންޏާ ތީނާ ހެލްތަށް ބަދަލުކޮށްފައި ކޮންމެވެސް އެހެންކަމެއް ޙަވާލުކުރޭ. ޝާހުވެސް ނުބަހައްޓާތި.
ހާމަ333
25 May 2019
އައްޑޫގެ ސިއްހީ މައްސަލައަކީ އިއްޔެއަކު މިއަދަކު ދިމާވެފައޮތް މައްސަލައެއްނޫން...ޒަމާންތަކެއްވެފައިވާ މިމައްސަލައަކީ ބ އަތޮޅު މީހަކު ވީމަ ނޫނީ އައްޑޫމީހަކު އެތާ ހިންގަންހުރީމަ ދިމާވާ މައްސަލައެއްނޫން..މިއީ އަބަދުވެސް މައ ސަރުކާރުގެ އިހުމާލުވުމުގެ ނަތީޖާ...ކައުންސިލްގަ ތަކަންދޫ މީހުން ތިއްބަސް ހިތަދޫ މީހުން ތިއްބަސް މަސައްކަތް ކުރީމަ ވާނީ...ވަކި ރަށަކުން ކެއްކޭ ރިހައެއް މިޒަމާނަކު ނޯވޭ...
ކަނޑުކޮސްމީހުން
25 May 2019
އައްޑޫ ކައުންސިލަށް މިހާތަނަށް ކުރެވުނީ ކޮން ކަމެއް އެެއިރެއްގެ އޮތް ސަރުކާރަކާ ގުޅިގެން؟ ހިންގުނީ ކޮން ތަރައްގީގެ މަޝްރޫއެއް؟ ގުޅިގެން މަސައްކަތް ކުރަން ނޭނގޭ ބަޔަކު އަަބަދުވެސް މަސް ނުބޭނުނީމަ ގޯސް ކުރާނީ ކަނޑު.ދެންވެސް ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ދަސްކުރޭ. މިހާރު އޮތް ސަރުކާރަށްވެސް 3މަސް ނުވަނީސް ތި އައްޑޫ މީހުން ނިކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރީ. ހަމަ އައްޑޫ މީހުން އިނގޭ. ތަކަންދޫ މީހުންނެއް ނޫން. އެހެން އެެއްވެސް ރަށަކުން ނޫން.
ޢެލާ
25 May 2019
މިވާހަކަތަކުން ކަމެއް ރަގަޅުކުރެވިދާނެ އެއްވެސްކަހަލަ އުއްމީދެއްނުކުރެވޭ . މިއީ ޕްލޭނެއްނެތި ދައްކާފައިވާ ދެކޮޅުނުޖެހޭ ވާހަކަތަކެއް . އެހެންޏާފަހެ ތަނަކުންންގާ ބާވެފައިހުރި އެއަރކޯންތަކެއް ހަރުކުރާކަށް ނުޖެހޭނެ . ބަލަމާ މެނޭޖަރުގެ ގަޓްހުރިވަރެއް .
އައްޑާ
25 May 2019
ތިކަން ނޭނގިންތޯ ވަހީދު ފޮނުވީ
އިންކުލޫސިވް
25 May 2019
ހީވަނީ ކޮމެންޓުކުރަނީ ހަބަރުވެސް ރަނގަޅަށް ކިޔާ ނުލާހެން. މިއީ ބަލަ ވަގުތީ ގޮތުން ހަމަޖެއްސި މީހެކޭ. ދާއިމީ މީހެއްވެސް ނޫނޭ އައްޑޫ މީހުން މި މީހާ ބ.އަތޮޅު މީހަކަށްވީމަ ތި ކެކިގަތީ. ދެން ތިއަަށްވުރެ އިންކްލޫސިވްކޮށް ވިސްނަންވެސް އެބަޖެހޭ.
ލަކުޑި ހަމީދު
25 May 2019
އަޅުގަޑަށް ހީވަނީ ސަރުކާރު ހުރިހާ އޮފީހެއްގަވެސް ތިބުނާ ދަތިކަން ބޮޑުހެން. އިމާރާތާ، މުއައްޒަފުންގެ ދަތިކަން.