ދުވާފަރުގައި މަރުވި ދެމަފިރިން: މަރުވުމާ ހަމައަށް ތިބީ އަލަތު ކައިވެނީގައި
26 މެއި 2019 - 22:42
އެ ދެމަފިރިންގެ މުޅި އުމުރު ހޭދަކުރީ އެކުގަ އެވެ. ބަލި އެނދުގައި ދުވަސްތައް ގުނީ ވެސް އެކުއެކީގަ އެވެ. އަދި އެންމެ ފަހުން ދެ މީހުންގެ އެންމެ ފަހު ނޭވާ ދުނިޔެއަށް ދޫކޮށްލީ ވެސް ގާތްގަނޑަކަށް އެކުއެކީގަ އެވެ.
ރ. ދުވާފަރުގެ މި ދެމަފިރިންގެ ތެރެއިން ހަސަން އިބްރާހިމް 84، މަރުވީ މިދިއަ ބުދަދުވަހު އެވެ. އޭގެ ތިން ދުވަސް ފަހުން އިއްޔެ އޭނާގެ އަންހެނުން ހަދީޖާ އަލީ، 82، ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.
މިއީ އެހާ އާންމުކޮށް އިވޭ ހަބަރުތަކެއް ނޫނެވެ. ގުދުރަތީ މަރުގައި ދެމަފިރިއަކު އެހާ ކައިރިކައިރީގައި މަރުވުމުން، ގިނަ މީހުންގެ ސަމާލުކަން ހުއްޓެނީ ވެސް އެހެންވެގެންނެވެ.
ސުނާމީގައި ރ. ކަނދޮޅުދޫ ވީރާނާވެ، ރަށް ދޫކޮށްލުމުގެ ކުރިން ހަސަން އާއި ހަޖީދާ (އާންމު ނަމުން ނަމަ ކަދިއްތަ) އަކީ އެރަށުގެ މަސައްކަތްތެރި ދެމަފިރިންނެވެ. މަސްވެރި ރަށަކަށް ވާތީ މަހުގެ މަސައްކަތުގައި ދެމަފިރިންގެ ޒުވާން އުމުރު ހޭދަކުރި އެވެ. ފަސް ދަރިން ބޮޑުކުރީ، މަސް ކައްކައިގެން، ހިއްކައި، އެއިން ލިބޭ އާމްދަނީންނެވެ.
"ވަރަށް ލޯބިން އުޅުނު ދަމަފިރިން އެއީ،" ދުވާފަރުން ވާހަކަދެއްކި މީހަކު، "މިހާރު"އަށް ކިޔައިދިނެވެ.
"މީހުންނަށް ވެސް ވަރަށް ހެޔޮ ބައެއް. ދީނީ ކަންތަކަށް ވެސް ވަރަށް ކަމޭހިތައިގެން އުޅުނީ."
ހަސަން އާއި ހަދީޖާ މަރުވި އިރު ދެ މަފިރިން ވެސް މުސްކުޅި ބަލީގައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު އެމީހުންގެ ސިއްހީ ހާލަތު އެގޮތަށް ދިޔައީ ދުވާފަރަށް ބަދަލުވި ފަހުން ކަމަށް، "މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
ދެމަފިރިންގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ އެމީހުންގެ ދަރިިންނެވެ.
ހަސަން އައި ހަދީޖާ ކައިވެނިކުރީ، ބައެއް މީހުން ބުނާ ގޮތުގައި، އުމުރުން 15-16 އަހަރުގަ އެވެ. އެހެންކަމުން ދެ މީހުން މި ދުނިޔެ ދޫކުރި އިރު ކައިވެނީގައި ގާތްގަނޑަކަށް 60 އަހަރު ވަނީ ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙޫރު
28 May 2019
މިރަށު މުހައްމަދު ހުސައިން އާއި ޚަދީއްޖާ ހުސައިން ދެމަފިރިންވެސް މަރުވުމުގަ ހުރީ 13 ދުވަހުގެ ތަފާތު.. ވަރަށްއެކީގަ އުޅޭނީ..ކުކުޅަަށްކާންދެން ދިއުމާއި ދަރަށް ފަރަށް ދިއުމުގަވެސް. ޢެކީގަ އުޅޭމީހުން ހަމަ އެކީގަ ދަނީ..އަހަރެމެންގެ މި ޖީލަށް އެފަދަ ނަސީބެއް ލިބުންދުރު..ގާތްވާނީ ފޯނާއި ރައްޓެހިނަށް އަނބިން ފިރިނަށްވުރެ
ލަބްސް
28 May 2019
ޖޯޑްސް ގަ ގެނެސްދޭންވީ މި މީހުން.
ހަތާ
27 May 2019
އެގޮތަށް ެކުގަ އުޅޭ ދެމަފިރިން އެކަކު މަރުވެއްޖެ ނަމަ އަނެކަކުވެސް ވަރަށް އަވަހާ މަރުވުމަކީ ވަރަށް އާއްމުކަމެއް.އަޅުގަނޑުމެން ރަށުގަ އެގޮތަށް ވަރަށްއެކީގަ އުޅުނު ދެމަފިރިއަކުވެސް ނިޔާވީ ވަރަށްކައިރި ކައިރީ އަދި އަޅުގަނދުގެ މަންމައާއި ބައްޕަވެސ 17 ދުވަހުގެ ތަފާތު. މަންމަ ނިޔާވީއިރު ބައްޕަ އެހާބައްޔެއްވެސްނޫން.
ޙިނި
27 May 2019
ކުރީ ހަބަރެއްގައި ނިދަން އޮތް ދެމަފިރިން އެކުގަ މަރުވީމަ އެކަންވީ މާ ބަލާގާތްތެރި ކަމަކައް، ބަޔަކު އެމީހުން މަރާލީ ކަމައްވެސް ވުން އެކަށީގެންވޭ.
ވަހީދު
27 May 2019
ދުނިޔެވީ އެދުންތަކާއި އެހެންވެސް ފަނާވާނެ ކަންކަން އިސްނުކޮށް، އާޚިރަތެއް ވާކަން ދަންނަ މީހުންގެ އުޅުން ރަނގަޅުވާނެ.
ދެރަމީހާ
27 May 2019
އުފާވެރި. އަހަރެންގެ މައިން ބަފައިން ވަރިވީ އަހަރެން ބޮޑުވި ފަހުން. މިހާރު ދެމީހުންވަކިން މުސްކުޅި ބަލީގައި އުޅެނީ. ހިތާމައަކީ އެކުގަައި ނެއްކަން. މިކަހަލަ ވާހަކަތަކުނއ ހިއްވަރުލިބޭ އަދި އަހަރެންގެ ދިރިއުޅުން ރަގަޅުކުރަން ހިއްވަރު ލިބޭ
ހަސަން ނުވަވަނަ
27 May 2019
މިއަދު މީހާގެ މަސްގަނޑަށްވުރެ މުދާގަނޑަށް ލޯބި އޮންނަނީ. ޙާއްސަކޮށް އަންހެނުންގެ
hawwa
27 May 2019
ފިރިމީހާއަށް މަދުން ފައިސާ ލިބެން ފެށީ އެމައްސަލަ ޖެހުނީ.
އަންހެނެެއް
27 May 2019
ތިހެން ނުބުނޭ. އަހަރެންގެ ފިރިމީހާ އަށް ނުލިބޭ އެންމެ ލާރި އެއްވެސް. އެކަމު މިހާރު ބާރަވަރަކަށް އަހަރު އެ ފިރިމީހާ އާއެކު ހޭދަވީމި. އަދިވެސް ހަމަ އެގޮތުގަ އުޅެމުން މިދަނީ
ކަޑަ ހުސެން
27 May 2019
50 ޕަސަންޓަށްވުރެ މަތީގާ ވަރިއުޅޭ ގައުމެއްގާ ތިކަހަލަ ނަމޫނާ ދައްކާލުމަކީ އައްސަރިބަހުން ސާބަސް ކިޔަންޖެހޭ ކަމެއް. އެ 2 ފުރާނައަށް ސުވަރުގެ މިންވަރުކުރައްވާށި- އާމީން
ޙަބީބު
27 May 2019
މަގޭއަންހެނުންނަކީ ވަރައްޒީލަގަދަ އަންހެނެއް އަބަދުވެސް ހުންނާނީ ޗުކުޗުކު ތަޅުވަތަޅުވަ އަބަދުވެސް ބަލާނެ އެންމެމުއްސަނދި މީހާ ކޮޕީކޮއް އެމީހާ އުޅޭހާގޮތެއް މަށައް ދެއްކޭތޯ ފޮޓޮޔަކުންވިޔަސް ގޭ ވައިބާ ގުރޫޕުގަވެސް ކައިވެނި ކުރިދުވަހު ތިންގަނޑެތި ނުދެވި އޮތީމަ އެވާހަކަވެސް ގޮވަގޮވަ ހުންނާނީ މަސްގަނޑައްވުރެ މުދާދެކެ ލޯބިވާނީ މީމިއަދުގެ ހާލަތު އަބަދުވެސް ބުނަން މީހުން އުޅޭހާ ގޮތެއް ނުބަލަން ބޭކާރު ވާހަކަ ނުދައްކަން
ޕިސްޕިސް
27 May 2019
އަދިވެސް، ހަބީބު ތިއުޅެނީ އަންހެނުންނަށް ތިންގަނޑެތި ނުދީ ހެއްޔެވެ؟ ތިވަރު މީހަކު ތިދައްކަނީ އަންހެނުންގެ ޒީލަގަދަ ކަމުގެ ވާހަކަ އެވެ. ކަލޭގެ ލަދުޙަޔާތެއް ވެސް ހަމަ ނެތީއެވެ. ދެން އެހެން ކަންކަން ހުނާނެގޮތް ތަޞައްވުރު ވެސް ނުކުރެވެ އެވެ. ކަލޭގެ އަންހެނުންނަކީ ވަރަށް ކެތްތެރި އަންހެނެއްކަން ޔަޤީނެވެ.
މުހައްމަދު އަހްމަދު
27 May 2019
2016 ވަނަ އަހަރު ގއ. ގެމަނަފުށީގެ ދެމަފިރިންކަމަށްވާ ހަސަން ހާފިޒާއި، ހަލީމާ ނިޔާވީ، މުސްކުޅިބަލީގައި އައިޖީއެމްއެޗްގައި ފަރުވާކުރަމުންދަނިކޮށް އެއްދުވަހެއްގައެވެ. އެ ދުވަހުގެ ހެނދުނު ހަސަން ހާފިޒް ނިޔާވެގެން، އާސަހަރާގައި ވަޅުލުމުގެ މަސައްކަތްކުރަމުންދަނިކޮށް ހަލީމާ ނިޔާވިއެވެ. ހަމަ އެދުވަހު ހަލީމާވެސް އާސަހަރާގައި ވަޅުލިއެވެ.
އިބްސާ
27 May 2019
ދީނުގަ ގަދައަށް ހިފަހަށްޓައިގެން ތިބޭ ވަރަށް ހޭލުންތެރި ރައްޔިތުން ތަކެއް ދިރިއުޅޭ ރަށެއް.. އެ ދެމަރްހޫމުންނަކީ ދިވެހީންނަށް، ދުވާފަރަށް ލިބުނު ފަހުރެއ.. ދެމަފިރީންގެ ފާފަ ފުއްސަވާންދޭވެ،، އާމީން..