މަޖިލިހުގެ މިރޭ އޮތް ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 މެއި 2019 - 23:41
ރައްޔިތުންގެ މަޖިލިހުގެ އިދާރާއަށާއި ހިންގުމަށް ވެއިތުވެދިޔަ ހަ މަސް ދުވަހު ގެންނެވި ބަދަލުތަކުގެ ސަބަބުން މަޖިލިހުގެ ކަންކަން އޮތީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނާނެ ގޮތަށް ކަމަށް މަޖިލިހުގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ 18 ވަނަ ދައުރުގައި ކުރި މަސައްކަތާ ގުޅޭ ފޮތެއް ނެރުމަށާއި މަޖިލިހުގެ އާ ވެބްސައިޓް ދައްކައިލުމަށް މަޖިލިސް ކުރާ ގޭގޭގައި ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަޖިލިހުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ބެލެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
18 ވަނަ މަޖިލިހުގެ މަސައްކަތްތަކާ ބެހޭ ގޮތުން ތައްޔާރު ކުރި ފޮތް މަޖިލިހުގެ ރައީސް ގާސިމް ނެރެދެއްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެގޮތުން، މެމްބަރުންނާއި މަޖިލިހުގެ މުވައްޒަފުން މަޖިލިހުގެ އިދާރާ އަށް ވަންނަ އިރު، ސްކްރީން ކުރާ ގޮތަށް ނިންމާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި މަޖިލިސް ކުރާ މާލަމުގައި ހުންނަ ކޮންގްރެސް ސިސްޓަމަށް ބަދަލުތަކެއް ގެނައި ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ގާސިމް ވަނީ މަޖިލިހަށް ބަދަލުތައް ގެނައުމުގައި އެތަނުގެ އިސްވެރިން ކުރެއްވި މަސައްކަތް ފާހަގަ ކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މަޖިލިހުގެ މުވައްޒަފުންނާއި އެމްއެންޑީއެފާއި ފުލުހުން ކުރަމުން އަންނަ މަސައްކަތް ވެސް ފާހަގަ ކުރައްވައި އެމީހުންނަށް ޝުކުރު އަދާކުރެއްވި އެވެ.
ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނާޒިމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވައި ގާސިމް ވިދާޅުވި ގޮތުގައި މެމްބަރުންނާއި މުވައްޒަފުން މަޖިލިހަށް ވަންނަވާ އިރު، ސްކްރީން ކުރެވޭނެ ގޮތް ހެދުމަށްޓަކައި ބޭނުންވާ ބަޖެޓު ދެއްވާނެ ކަމުގެ އިޝާރާތެއް ރައީސް ވަނީ ދެއްވައިފަ އެވެ. އަދި މަޖިލިހުގެ އިދާރާގެ މުވައްޒަފުންނަށް ގިނަ ދުވަސްތަކަށް ފަހު، ޕްރޮމޯޝަން ލިބިގެން ދިޔައީ ރައީސްގެ އެއްބާރުލެއްވުމާ އެކު ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި މި ހުރިހާ ބަދަލުތަކެއް ގެނައީ މަޖިލިސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނާނެ ގޮތް ހަމަޖައްސައި ދިނުމުގެ ބޭނުމުގަ އެވެ. ގާނޫނުއަސާސީގައި މަޖިލިހަކީ ހާމަކަން ބޮޑު ތަނެއްގެ ގޮތުގައި އޮތުމަށް ބާރު އަޅާ ކަން ވެސް ގާސިމް ފާހަގަ ކުރެއްވި އެވެ.
"އެކަން ފުރިހަމަ ވެގެން ދާތީ އަޅުގަނޑަށް ވަރަށް އުފާ ކުރަން،" ގާސިމް ވިދާޅުވި އެވެ.
އަންނަ އަންގާރަ ދުވަހު ހުވާ ކުރާ މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި ގޮތުގައި މި ފޮތަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މަޖިލިހުގެ ހުރިހާ ސެކްޝަނަކުން މަސައްކަތްކޮށްގެން ތައްޔާރު ކުރި ފޮތެކެވެ. މި ފޮތުގައި ބޮޑަށް މަސައްކަތް ކުރީ 18 ވަނަ މަޖިލިހުގައި ކުރި މަސައްކަތްތައް ހިމަނަން ކަމަށް ޒިޔާއު ވިދާޅުވި އެވެ.
ގާސިމްގެ ލަފަ އާއި އިރުޝާދުގެ މަތިން އެކުލަވައިލި މި ފޮތުގައި ބިލްތަކާއި ގަރާރުތަކާއި ފާސް ނުކުރާ ބިލްތަކާއި ފޮޓޯތަކާއި އެހެން ބައްދަލުވުންތައް ހިމަނާފައިވެ އެވެ. އަދި މަޖިލިހުގެ އިދާރާ އަށް ގެނައި ބަދަލުތަކުގެ މައުލޫމާތުތައް ފޮތުގައި ހުންނާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި 19 މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެކި ޕާޓީތަކުގެ ބޭފުޅުންނާއި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މި ފޮތް ނެރެ ދެއްވީ ވެސް ގާސިމެވެ.
19 ވަނަ މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުން މިރޭ އޮތް ބައްދަލުވުމުގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މަޖިލިހުގެ ވެބްސައިޓަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ މަޖިލިހުގެ ޖަލްސާތައް ލައިވްސްޓްރީމްކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ކޮމިޓީތަކުގައި ހިނގާ ކަންތައްތަކުގެ އޯޑިއޯ ލައިވްކޮށް، މަޖިލިހުގެ ވެބްސައިޓުން އިވިގެން ދާނެ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.
ޒިޔާއު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މަޖިލިހުގެ ކޮމިޓީތައް ލައިވްކޮށް ރައްޔިތުންނަށް ފެންނަ ގޮތަށް ހެދުމަކީ ވެސް އަމާޒެކެވެ. އެގޮތުން ވީޑިއޯ ސިސްޓަމްތައް ކޮމިޓީތަކުގައި ހަރު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.
ޒިޔާއު ވިދާޅުވީ އާ ވެބްސައިޓުގައި ކޮންމެ މެމްބަރަކަށް ޕްރޮފައިލް ޕޭޖެއް ހަދާފައި ވާނެ ކަމަށެވެ. އެ ޕޭޖް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ހުންނާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުުހާ
27 May 2019
ގާސިމޫ ތިތާ ތިބި މަސީހު ލީ އަމީންއާންމު އަމިންއާންމު ަަ ނައިބާ ހެޑް އޮފް އެޑްމިން އާ ބައިތިއްބައިގެން ކޯއްޗެއްތޯ ސާފުވާނީ. މަސީހު ކުރި ނަޖިސްކަން އަދި ނުކުެނޑޭ
Dhaadhey
27 May 2019
މަޖިލީހުގެ ގަވާޢިދުތަކަށް ބަދަލެއް ގެނެސްގެންވިޔަސް މަޖްލިސް މެންބަރަކު ގާނޫނުގައި ބުނާ އެއްވެސް ކުށެއް ކޮށްފިކަމަށް ނުވަތަ ކުރުމަށް އެހީވެދިންކަމަށް ބުނެފިނަމަ އެމީހަކުގެ އެ އިޢުތިރާފުގެ މައްޗަށް ކުށާއި އަދަބު ތަކުގެ ގާނޫނެއްގެ ދަށުން ޝަރީޢަތް ހިންގަން ޖެހޭގޮތަކަށް. އެހެންނޫނީ ދެންވެސް ފައިސާގޯނިތައް މަޖިލީހުން ފެންނާނީ. ދެވަނަ ކަމަކީ މަޖިލީހުގެ މެންބަރަކު މަޖިލީހުގައި ނުވަތަ ޕަބްލިކް ފޯރަމެއްގައި ދޮގެއް ހަދައިފިނަމަ އަދަބު ހައްގުވާގޮތަށް.
ހައިވް
27 May 2019
ތިހިރީ ރަގަޅަށް ހުވަފެން ބިލާހަކަށް ހަދާލެވިފާ! ތިމާވަރުގެމީހެއްނެތިގެން އުޅޭމީހެއްތީ!ރައީސް ނަޝީދު ހިނގާމަގަކުންވެސް ހިނގާލެވޭނެ ފެންވަރުހުރިމީހެއްނުންތީކީ.!
މަ މިއު މަ
27 May 2019
އެހެންތަ؟ މަށަށް ފެންނަނީ ބޮޑު އިންފާރެއް.
ކަދުރުފާތިމަ
27 May 2019
ގާސިމަށް މަޖީލީހުގެ ރައީސް ކަމަށް ކިޔަމޭ އަލްވަދާޢު
ފިސާރިކަނބަލެއް
27 May 2019
ހިތްތަކުގެ ރައީސް ދިވެހިރައްޔިތުން މިތިބީ މަނިކުފާނާއިއެކު، ލޯތްބަކީ ގަދަބާރުން ލިބޭނެއެއްޗެއްނޫން، ދާއިރާތަކުން ހޮވާފަތިބި މެންބަރުންވެސް މަނިކުފާނުގެ މޫނުގަ ކޮޅުފައިން ނުޖަހާނެކަން ޔަގީން،
ސްކިޕަރ
27 May 2019
މަޖިލިސްގެ ރައީސްކަމުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޕީއެންސީޕީޕީއެމަށް މަޖިލިސް ސުޕާ ޑުޕާ މެޖޯރިޓީ ހޯދަދޭން އުޅެގަތްކަންވެސް ހާމަވެފައި އެއޮތީ..
އަލިފުޅު3
27 May 2019
ފޮތުގެ ނަން: 'މަޖިލިސް ރައީސް ކަމުގަ އަހަރެން ހުރި 6 މަސް ދުވަސް'
އަލީ!
27 May 2019
ފައިސާ ގޯނިގޯނީގެ ވާހަކަވެސް އެފޮތުގައޮންނާނެތާ!!
ޢަބްދުﷲނާފިޒް
27 May 2019
މަޖިލިސްބަހުސްގަ، އޮސްޓްރޭލިއާއިން ތަޢުލީމު ހާސިލުކުރިކަމަށް ބުނެ ދޮގުހަދައިގެން ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވައިގެން ގޮނޑި ކާމިޔާބު ކުރި މީހުންވެސް ފޮޓޯގަ އެބަ ތިބި ވަރަށް ހެވިފަ، ލަދު ދެއްތޮ.
ުހަހަހަ
27 May 2019
ގައުމުގެ ވެރިޔަކަށް ހުރީވެސް އޮސްޓްރޭލިއާއިން ކިޔަވާ ވިދާޅުވި ބޭފުޅެއް.
ޗަކޮޔެ
27 May 2019
ނާފިޒުމެން މީހުން ކިޔަވާ ތަންތަނާ ލިބޭ ސެޓްފިކެޓް ތަކުގެ ދަފްތަރެއް ބަލަހައްޓަނީތަ.. ކަލެޔައް ކިހިނެއް އިނގެނީ މީހުން ކިޔަވާ ތަންތަން