އަދީބު، ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކާ އެކު މިއަދު ވަޑައިގަންނަވަނީ.
30 މެއި 2019 - 11:31
ޚިޔާނާތުގެ ކުށުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެއާ އެކު އަދީބަށް ކުރި ހުރިހާ ހުކުމަކުން އޭނާ ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ.
އަދީބު އަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވިކަން ސާބިތުވުމުންނެވެ. އެ މައްސަލާގައި އަދީބާ އެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް އަށް އަހަރަށް އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ދެ އަހަރަށް ޖަލަށްލާން އޭރު ހުކުމްކުރި އެވެ. އެކަމަކު ޒިޔަތާއި ހާމިދުގެ ހުކުމް ހައި ކޯޓުން އޮތީ ދަމަހައްޓައިފަ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ އަދީބު ޖަލަށް ލާން ހުކުމްކުރި ފަހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބައެއް ފަރާތްތައް ދޫކޮށްލަން އެންގިއިރު އޭގެ ތެރޭގައި އަދީބު ވެސް ހިމެނޭ ކަމަށެވެ. އަދި އެ އަމުރުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ފަހުން ބާތިލް ކުރިޔަސް، ނުފޫޒު ފޯރުވައިގެން އިޖްރާއާތުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމްތައް ކަމަށް ބުނެ އަމުރުގައި އޮތް ބައި ބާތިލް ކޮށްފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންވެ، އެ މައްސަލާގައި އަދީބުގެ މައްޗަށް ވެސް ހިންގި ޝަރީއަތަކީ ނުފޫޒު ފޯރުވައިގެން ހިންގި ޝަރީއަތެއް ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަންގާ ކަމަށެވެ.
އެކަމަކު ރައުޔު ތަފާތުވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔަކީ ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އެ މައްސަލާގައި ހުށަހެޅުނު ހެކިތަކަށް ބަލާއިރު އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އެ މައްސަލާގައި އަދީބާ އެކު ޖަލަށްލާން ހުކުމްކުރި ޒިޔަތާއި ހާމިދުގެ ހުކުމް ވެސް ކުރިން އޮތީ ހައި ކޯޓުން ދަމަހައްޓާފައި ކަން ފަނޑިޔާރު ޝުއައިބު ފާހަގަ ކުރެއްވި އެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ފަނޑިޔާރު ޝުއައިބު ރައުޔު ނެރުއްވި އެވެ.
އަދީބު 8 އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލް ކުރުމާ އެކު، އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ ތެރެއިން އެންމެ ފަހުން ހުކުމް ވެސް ބާތިލްވީ އެވެ. ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އޭނާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް މި ހަފުތާގައި ސުޕްރީމް ކޯޓުން ބާތިލް ކުރިއިރު، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
ލޯންޗް މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް މިދިޔަ ހަފުތާގައި އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބު ދަށު ކޯޓަށް ހާޒިރުކޮށް، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ވެސް އެ ހުކުމުގައި އޮތީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމާނުބެ
31 May 2019
ޢެކިމީހުން އާމްދަނީ ހޯދަން ކުޜާނީ އެކި މަސައްކަތް އެއްބަޔަކު މަސްވެރިކަން އަނެއްބަޔަކު ދަނޑުވެރިކަން އަނެއްބަޔަކު ވިޔަފާރިކުރުން އަނެއްބަޔަކު ފަޅުތަކާ ފަޅުރައްތައް ކުއްޔައްދީގެންނާއި ހޮސްޕިޓަލް ތައް އިމާރަތްކުރުމައް ކުންފުނިތަކާ ހާވަލުކޮއްގެންނާއި އަނެއްބަޔަކު ޖަލުތަކުން މީހުންދޫކޮއްގެންނާއި ވިޔަފާރީގެ ގެއްލުމުގެ ބަދަލު ދައުލަތުން ދީގެން ކޮބާ މައްސަލަޔަކީ ހައްތާވެސަ އާމްދަނީ ހޯދަން ކުޜާ ބުރަ މަސައްކަތް
ސާމާނުބެ
31 May 2019
އެއްމައްސަލައެއްގައި ދއުވާކުރި ބަައެއްމީހުން ވަނީ ހުކުން ތަންފީޒްކޮށް ނިންމާފަ އެހެންކަމުން އެހުކުމް ތަކަކީ ގައިރު ގާނޫނީ ހުކުމް ތަކަކައްވެ މާދަންކަންނޭގެ ހާމިދު ސޭޓުމެންނައް ގެއްލުމުގެ ބަދަލާ އަބުރުގެ ބަދަލުގެ ގޮތުގައި މިލިއަން މިލިއަން ރުފިޔާދޭން ހުކުމްކުޜާނީ
ވާނު
31 May 2019
އަދީބްއާއެކު ގޮޅީގައި އޮތް އެމްޑީޕީގެ އިސް ފަރާތެއް ގާތުގައި ބުނިކަމަށްވޭ ތިމަންނައަށް ގެއަށް ބަދަލުވެވިއްޖެނަމަ ހުރިހާ ހުކުމްތަކުން ސަލާމަތްވާނަމޭ، މިއީ މިގައުމުގެ އަދުލް އިންސާފަށް ކުއްވެރިންނަށް ކުޅެވޭ މިންވަރު. މުޅި ޖުޑިޝަރީ އިސްލާހްކޮށް މާތްﷲ ދެކެ ބިރުވެތިވާ އިންސާފުން ހުކުމްކުރާ ފަނޑިޔާރުން ވަޢުދުވީގޮތަށް ކޯޓްތަކަށް އައްޔަންކޮށް ދެއް
ޢަބްދުﷲނާފިޒް
30 May 2019
މިވީ އަދި އެންމެ ދެދުވަސް މިހާރުވެސް އެޖެންޑާ19 ތަފާތުކަން އިހުސާސު ކުރެވިއްޖެނު.
ނެޑް
31 May 2019
ޢެޖެންޑާ 19 ނޭނގެންޏާ ގޮސް ކިޔާލައި.
މާގުރެޓު
30 May 2019
ގޮޅި ހުސްކުރަނީކަންނެ ގޮލައަކު ލާން.
ކޮކްޓެއިލްރައީސް
30 May 2019
އާނ، އެސޮރު ހުންނާނީ އައިސް ވަދެދާނެތީވެ ހުރިހާ ދޮރެއްގެ މަކުޑިއަޅާ ބާރުކޮށްގެން، ވަރަށް ބިރު ގަންނަ ސޮރެއް، މިސޮރަށް ދީފަހުރި ލަނޑު އިނގޭނެތާ.
ކާކު
30 May 2019
މިިހާރު އަދީބަކީ ހުދުކާފޫރު ތިމައްސަލަ ބެލިޔަދް ތިތިބަހުރިހާ މީހުންވެ މިހާރުއެތިބީ ހުދުކާފޫރައްވެފާ
ހަޑިގިއްލާ
30 May 2019
ތިހުރިހާ ޖަރީމާއެއް ރާއްވާ ހިންގި މާސްޓަރމައިންޑް ދޫކޮށްލާފަ އަތްދަށުގަ ގެންގުޅުނު ބޯއީންތަށް އުމުރަށް ޖަލައްލާ ތަޅުވާހެދުމަކީ އިންސާފެއްނޫން. ފުރަތަމަ ހައްޔަރުކުރަން ޖެހޭނީ އެސްކޮބާ....
ޔައުނީ ސަރުކާރު
30 May 2019
ކުރީ ސަރުކާރުގެވެސް ކޮންމެ ހުކުމެއް ޖެހީ ޔާމީނާ ސަރުކާރު ބޮލައް. އެހެންވީމާ މިހާރު ކޮންމެ ހުކުމެއްގެ ޒިންމާ ނަގަން ޖެހޭނީ އިބޫ އާ ސަރުކާރު އަދި ގޭމު ކުޅުވާ ނަޝީދު... އެއްދުވަހު ކޯޓު ގޯސް، އަނެއްދުވަހު އަމިއްލަ އެދުމާ ޖެހުނީމަ ރަނގަޅު.
1234
30 May 2019
މމޕއރސ ގެ މައްސަވެސް އަދީބާ ހިސާބުން މިނިމުނީ ދޯ ދެން..
މުހައްމާ
30 May 2019
އަދުރޭއާއި ނިހާނު ވަރަށް ބިރުން އެބައުޅެއޯ...
ވާނު
31 May 2019
ވާން މިއުޅޭގޮތް ވަރަށް ސާފު. އަދީބު ގެއަށް ބަދަލުކޮށް ދެއިރުކާ ބޭސްގުޅައެއްހެން ދިވެހިފުލުހަކު ޔޫކޭއަށް ގޮސް ފައިސާ ނަގައިގެން ފިލައިގެންގޮސްތިބިމީހުންނާ ބައްދަލުކޮށް ޔާމީނު މަޅިގަ ޖައްސަން ޑީލް ހަދަމުން ގެންދިޔައީ. އަދީބު މިނިވަންކޮށްފަ ލާރި ނުލިބުނަސް ޔާމީނު ޖަލަށްލެވުނީމަ އެނިމުނީ. ކުރީގެ ޕީޖީއަކު ވިދާޅުވިގޮތަށް އަދީބުގެ ކަންކަން މިދިޔައީ.
މާމެލާމެލި
31 May 2019
ލޮލް