ޚަބަރު / ޔުމްނާ މައުމޫން، އާޓްސް، ކަލްޗަރު މިނިސްޓަރު

ދަރުމަވަންތަ ހޮސްޕިޓަލަށް ދިން ނަންތަކާ މެދު އަލުން ވިސްނަން އެދެފި

ޔުމްނާ: ދިވެހި އާ ލަފްޒު ހަދަން ވާނީ އާއްމުންނަށް ކިޔަން ފަސޭހަ ގޮތަށް ކަމަށް ދެކެވަޑައިގަންނަވާ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ބައެއް ތަންތަނަށް ދީފައިވާ ދިވެހި ނަންތަކާ މެދު ބަހުގެ އެކަޑަމީން އިތުރަށް ވިސްނުމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު އެދިވަޑައިގެންފި އެވެ.

އެ ނަންތައް ބޮޑު ޖޯކަކަށް ހަދައި އާއްމުންގެ ފާޑުކިއުން އަމާޒުކޮށްފައި ވަނިކޮށް މިނިސްޓަރު ޔުމްނާ މިއަދު ވަނީ އެކަޑެމީގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ ނަންތަކާ މެދު އެކަޑަމީގެ ބޯޑު މެމްބަރުންނާ އިތުރަށް މަޝްވަރާ ކުރަން އެދިވަޑައިގެންނެވި ކަމަށެވެ.

"އާ ލަފްޒު ހައްދަވާއިރު މިހާރަށްވުރެ ބޮޑަށް އާންމުންގެ ޚިޔާލު ހޯއްދެވޭ ގޮތަކަށް އުސޫލަށް ބަދަލިު ގެންނަވަން ވެސް ލަފާއެރުވިން" މިނިސްޓަރު ޓްވީޓުގައި ވެ އެވެ.

ޔުމްނާގެ ޓުވީޓް.

Dharumavantha Hospital ge nan thah bodu joke akah!

Dharumavantha Hospital ge nan thah bodu joke akah!

The most trusted news source in the Maldives

Mihaaru

ހޮސްޕިޓަލުގެ ނަންތައް ޖޯކަކަށް ވުން---

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މީގެ ކުރިން ވެސް ވަނީ އާ ލަފްޒު ހަދާ އުސޫލަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ލަފްޒު ހަދަންވާނީ އާއްމުންގެ ހިޔާލާއެކު ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތަކަށް ކަމަށެވެ.

Aa lafzu hedhumuge usoolah badhalu gennan jehey: Yumna

Aa lafzu hedhumuge usoolah badhalu gennan jehey: Yumna

The most trusted news source in the Maldives

Mihaaru

އާ ލަފްޒު ހެދުމުގެ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވުން---

މިފަހުން ދިވެހި ބަހުގެ އެކަޑެމީން ގިނަ ބަސްތަކެއް ހަދާފައިވާއިރު އެ ބަސްތަކަށް އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައިވެ އެވެ. ހާއްސަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮޓަރިތަކުގައި ހަރުކޮށްފައި ހުރި ނަން ބޯޑުތަކާއެކު ސޯޝަލް މީޑިއާގައި ފާޑުކިޔުން އިތުރެވެ. އެއީ ކިޔަން އުނދަގޫ، ދިވެހިންނާ ބީރައްޓެހި ބަސްތަކަކަށް ވާއިރު މިއީ ދިވެހިން ބޭނުން ކުރާނެ ބަސްތަކެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

36 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 3%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓެސްޓް

03 June 2019

މީ ދެން ކޮންވވާހަކަ އެއް

The name is already taken The name is available. Register?

މިވެސް ދިވެހިންނޯ

31 May 2019

ތިޔަށްވުރެ ރީތިވާނެ ކޮއްމެ ކޮަޓަރިއެއް ކަރިއަށް ގޮސް ތައްޓެއް ވައްޓާލީމަ ގޮވަނީ ކޮންވައްތަރެއްގެ އަޑެއްތޯ ބަލައި އެއަޑުން ފަހުމްވާ ނަމެއް ދިނަސް. ނޫނީ ތިތަނަށް ނަންދިން މީހާ ކޮއްމެ ކޮޓަރިއެއް ކައިރީ ބަހައްޓާފަ އޭނަ ގައިގަ ލަޓިބުރިއަކުން ޖެހީމަ އޭނަ ލަވާ ހަޅޭކަށް ނިސްބަތް ކޮށްފަ ނަން ކިޔަސް. ތިޔަ ބުނާ އެކަޑަމީ އަކަށް ސަލާމް.

The name is already taken The name is available. Register?

ވަހީދު

31 May 2019

ބަސްހަދާކަށް ނުޖެހޭނެ. ބަހަކީ އަމިއްލައަށް ހެދޭ އެއްޗެއް. ނަން ހަދަން ޖެހޭނީ. އުނދަގުލަސް މީހުންނަށް އެނަން ކިއޭގޮތަކަށް ކިޔާނެ. ކުރިން ދިވެހިންނަށް ސުކުން ކުރިއަށް ހުންނަ ނަން ކިޔަން އުނދަގޫވޭ. މިސާލަކަށް " ސްކޫލް އަށް ކިޔަނީ އިސްކޫލް" މިހާރު ސްކުލް، ސްޕޯންޖް ފަދަ ނަންތައް ފަސޭހަ ކަމާއި އެކު ކިޔާނެ އެންމެންވެސް.

The name is already taken The name is available. Register?

ޙިނި

31 May 2019

ދިވެހި ބަހުގެ އެކަޑަމީ އުވާލަން ފެނޭ. ޢަދި މޭޑޭޓެއް ކަނަންޑައަޅާފަ އަލުން ތިތަން އެކުލަވާލަންބފެނޭ

The name is already taken The name is available. Register?

ގުއްދޫސްބައި

31 May 2019

ރާއްޖެ މިނިހާ ކިހިނެއްބަނީ އަހަރެންބުނާ ނާމް ނުޖަހަނީ އެބައްތަރު ހަދަނީ އަހަރެން ނަށުމިނިހާ ނޭނގެނީ އަހަރެން ދިބެހި އެނގެނީ ބޭސްލިޔާ ގަޑީގަ ސޮޕްގަ ދަސްކުރަނީ އެކަމު ގިނަމީހާ ނޭނގޭ މިބައްތަރު ހިޔާލު ބުނަން

The name is already taken The name is available. Register?

ބަބުރުކަލޯ

31 May 2019

ގުއްދޫސްބާއީ ހާދަ މޮޅޭ ދިވެއްސަށް.

The name is already taken The name is available. Register?

ނަން

31 May 2019

ހޮސްޕިޓަލަށް ދިން ނަން އެކަންޔެއްވެސް ނޫން. ޑޮކްޓަރީ ބޭހަށްވެސް ނަން ހަދަން ފެނޭ.

The name is already taken The name is available. Register?

އީދުކަޅުބެ

31 May 2019

ބަހަކީ މީހުން ހަދާއެއްޗެއް ނޫނެވެ. އެއީ ޤުދުރަތުން އަންނަކަމެކެވެ. ނަމަވެސް އެއްޗެއްސައް ކިޔާ ނަން ހެދިދާނެއެވެ. ނަން ހަދާއިރުވެސް އެނަމެއް ބުނުމުން އެއީ ކޮންއެއްޗެއްކަން ނުވަތަ ކޮންތަނެއްކަން ދޭހަނުވާގޮތަށް ނަންހެދީމަ ފާޑުކިޔާނެއެވެ. ޖޯކްވެސް ޖަހާނެއެވެ. އެންމެފުރަތަ "ދަރުމަވަންތަ ހޮސްޕިޓަލް" ގެ ނަމުގެ ފަހަތުގައި ހޮސްޕިޓަލް އޮތުމުގެ ބަދަލުގައި އެނަން ދިވެއްސަށް ބަދަލުކޮށް ހަސްފަތާލް ޖަހާބަލާށެވެ.

The name is already taken The name is available. Register?

ޙިމާރުލް ވަތަން

31 May 2019

މި ޤައުމުގެ ހާލަތު މީ. މިނިސްޓަރަށް މިކަން ނޫން ކަމެއް ނެތީތަ

The name is already taken The name is available. Register?

ރަޒީން

31 May 2019

ބަހަކީ ނެޓުރަލް އެއްޗެއް.. ބަސް އުފެދެން ޖެހޭނީ ނެޗުރަލްކޮއް.. އައުބަސް.އުފެދޭނީ އެކިއެކި ދާއިރާތަކުގެ މަތީފެންވަރުގެ މާހިރުން އުފެދި ދިވެހި ބަހުން އެމީހުންގެ ދާއިރާގެ ފޮތްތައް އުފައްދަން ކުރާ މަސައްކަތެއްގެ ތެރެއިން އެތަކެއް ޒަމާނުންނެވެ. މިރާއްޖޭގައި ބަސް އުފައްދަންޖެހެނީ މިތާގައި ޔުނިވާސިޓީއެއްޗެހި ނަންބޯޑެއް ޖަހާލައިގެން އުފައްދާ ބީދާއިންނެވެ.

The name is already taken The name is available. Register?

ކްރިއޯލް

31 May 2019

އިސްކޫލައް ދިއަ ދުވަސްވަރު މާގިނައިން އިނގިރޭސި ބަސްބަސް ބޭނުން ކޮއްގެން ދިވެހިން ވާހަކަ ދައްކާތީ ލިބުނު މަލާމާތުގެ ސަބަބުން ބޭރުބަސްބަސް ނުލައި ދިވެހިން ވާހަކަ ދައްކަން ނިންމައިގެން ހުރީ. އެކަމަކު އެންމެ އާދައިގެ ޖުމްލައެއްވެސް ނެހެދޭ ބޭރު ބަހެއް ބޭނުން ނުކޮށް. ވަރަށް ދެރަކަމެއް. އަހަރެން މިހާރު ގަބޫލު ކުރަނީ ދިވެހި ބަހަކީ ސިންހަލަބަހުގެ ކްރިއޯލްއެއްކަމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454