ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓުގައި: އެއާޕޯޓަށް ކުރާ އާންމު ދަތުރުތަކަށް ބަދަލު ގެންނަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
07 ޖޫން 2019 - 14:40
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެއްގަމާއި ކަނޑުމަގުން ކުރާ އާންމު ދަތުރުތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ.
މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މާދަމާ މެންދުރު 12 އިން ފެށިގެން ހަވީރު 4 އާ ހަމައަށް، އެއާޕޯޓުން މާލެ އަށް ކުރާ ފެރީ ދަތުރުތައް އޮންނާނީ ފުރާ މީހުން އެއާޕޯޓަށް އަންނަ ޖެޓީން (ފުޑް ކޯޓުތައް ހުންނަ އިމާރާތް ކައިރި) ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 6 އިން ފެށިގެން ހެނދުނު 9:30 އާ ހަމައަށް ވެސް މާލެ އަންނަ ފެރީތައް ފުރާނީ އެ ޖެޓީންނެވެ. އެކަމަކު ޓެކްސީތަކަށް މީހުން އަރުވައި، ބޭލުން އޮންނާނީ މިހާރު ވެސް އެކަމަށް އޮންނަ ސަރަހައްދުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ބުނިގޮތުގައި، އެމްޓީސީސީ އަދި އެމްޕީއެލް އިން ދުއްވާ ބަސްތައް އެއާޕޯޓްގައި މަޑު ކުރާނީ އެއާޕޯޓް މުވައްޒަފުންގެ ސައިކަލުތައް ޕާކް ކުރުމަށް ހަދާފައިވާ ޕާކިން ޒޯން ހުރި ސަރަހައްދުގަ އެވެ. އަދި ހުޅުލޭ އައިލެންޑް ހޮޓަލަށް އަންނަ މީހުން އަރުވައި، ބޭލުން އޮންނާނީ ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
Public transport arrangements @VelanaAirport due to Indian Prime Minister's visit.
— MACL (@MACLmedia) June 7, 2019
8th June 2019 from 1200 - 1600 hrs
Ferry to Male' will operate at departure jetty area near food court.
Taxis will drop-off & pick-up passengers from the airport present drop-off point. pic.twitter.com/VuhAokODxD
އެމްއޭސީއެލްގެ ޓްވީޓް
ދާދި ފަހުން ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވި މޯދީގެ މި ދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކެއް ދެ ގައުމުގެ ދެމެދުގައި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ދެވަނަ ދައުރުގެ ކާމިޔާބީ އަށް މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
08 June 2019
މޯދީގެ ދަތުރު ނިމެންދެން މާލެ ހުޅުމާލެ އެންމެން ގޭބަންދުކުރަންވީ....
ރަޓުޚަބަރެ
07 June 2019
މޯދީ ޖީ ގެ ދަތުރާ ދިމާކޮށް އަހުރެން ގަޟާ ހާޖާ ކުރާ ގަޑިއަށް ވެސް ބަދަލު ތަކެއް ގެންނާނަން.
ihaaru.
07 June 2019
ޤައުމަށް ވެރިޔަކު އަންނަކޮންމެފަހަރު ކިހާބޮޑު ކަމެއް، އަހަރުމެންގެވެރިން ދިޔައީމަވެސް ކަންކުރަނީ ހަމައެހެންބާ؟
ނުޖެހޭނެއޭ
07 June 2019
ތިޔާއީ މަމެން ގަބޫލުުކުރާ ވެރިއެއް ނޫނޭ ނުޖެހޭނެއޭ ބަންދު ކުރަން ނުޖެހޭނެއޭ އެއަށްވުރެން ލޯ ޕްރޮފައިލްޑް ވެރިއެއް ކަމަށޭ މަމެން ދެކެނީ...
ބިގަރޭ
07 June 2019
މި ގަޑި ތަކުގައި ފުލައިޓު ވެސް ދާނީ މަތިން
އަކްމެޑް
07 June 2019
ވަރުގަދަ ކަމެއްނު ދެން
ރަދީފު ބިންތު ކުމާރު ބިންތު މަރޭ
07 June 2019
ދެން މިގައުމަށް މީނަ ނާރުވާތި. މީނަ އަންނާތީއޭ ކިޔާފާ އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާކަމަކަށް ބުރޫއަރުވާލައިފި. މީތަ ޑިމޮކުރަސީ ފައްކާވުމަކީ.