(ކ-ވ) ކޮމިޝަނަ އޮފް ޕްރިޒަން މުނާޒް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި އިމިގްރޭޝަން ކޮންޓްރޯލާ ހަސަން އަލީ.
12 ޖޫން 2019 - 13:09
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.
ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ.
މި ބައްދަލުވުން މިއަދު ހަވީރު ހަތަރެއް ޖަހާ އިރު، ބޭއްވުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އަދީބު، ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކޮރެކްޝަނަލް ސާވިސް އިން ދިން މައްސަލައިގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގައި އޭނާ ވިދާޅުވެފައި ވަނީ، އަދީބަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާލުމުގެ ފަހަތުގައިވާ މީހުންނާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ޝާމިލްވާ މީހުން ވަގަށް ރާއްޖެ އިން ބޭރަށް ފުރުވާލުމަށް މަަދަދުވެރިވި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅެއް ކަމަށާއި އޭނާ ބޭރަށް ފުރާވަޑައިގަންނަވާތީ ކަންބޮޑުވާ ކަމަށެވެ.
ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އަދީބު މާދަމާ މިނިވަން ވާނެ އެވެ.
މި މައްސަލަ އަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އަދީބަށް ދިނަސް، އޭނާ ފިލިޔަ ދީގެން ނުވާނެ ކަމަށެވެ. އަދި އަދީބު ރާއްޖެ އިން ބޭރުގައި ހުންނަވާ އިރު، ސަލާމަތީ ބާރުތަކުން ފާރަވެރިވާން ވާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ އޮފިސަރުންނާ އެކު ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދީބު ބޭރަށް ފޮނުވަނީ ފަރުވާދޭނެ އިތުރު ގޮތެއް ނުފެނިގެން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހޭބެ
12 June 2019
ކީއްވެތަ އަދީބަށް ނުދެވޭންވި ނަޝީދުއަށްވެސް ދެވުން، ނާޒިމުއަށްވެސް ދެވުން ކީއްވެ އަދީބު؟
ޜައްޔިތު އަހުމަދު
12 June 2019
މާދަމާއަކީ އަދީބުގެ ހުކުމުގެ މުއްދަތު ހަމަވާދުވަސް. ޢޭގެ ފަހުން އެއީ މިނިވަނެއް. ޢިމްރާނަކަށް ހަމީދަކަށް ކުރެވޭނެ ކަމެއްނޯންނާނެ
ގޮހޮޑާ
12 June 2019
ސަޅި ހަފްތާް އެއް...ފުރަތަމަ ކަރަންޓް ބިލް ދެން ކިޔަވާ ލޯން, އަދީބް, 6:00 ސްކޫލް, މަގު ހަދާ ކުންފުނި, ބައިވަރު ރަށުގެ ނަރުދަމާ, ހަބޭސް ސަރުކާރު?! ކުރިޔައްގައުމު? ކުރިޔަށް?!!!
ޙަލީމު
12 June 2019
!ޑްރާމާ ނުކުޅުއްވާ
ނަބީލާ ޝާކިރު
12 June 2019
މޯދީ އަށް އިބޫ ގުޅުއްވާ އިންޑިޔާ ސެންޓްރަލް ގަވާރންމަންޓް ގެ ދަށަށް އަދީބު ބެލެހެއްޓުމުގެ ކަންތައް ހަމަޖެހެން ދެން އަދީބު ގެ ފުރުމުގެ ކަންތައް ލަސް ކޮށްލުމަށް ގޮވާލަން. ކަރެކްޝަން މީހުން ނަކަށް އަދީބެއް ނުބެލެހެއްޓޭނެ !!!
ހަނުހުންނަ މީހާ
12 June 2019
އެމްޑީޕީ އެއް ޕީޕީއެމެއް ކިޔާނެކަމެއްނެތް އެންމެން ގުޅިގެން ޖަރީމާ ހިންގަނީ.
ޤާދިރު
12 June 2019
ތީ މިހާރު ކުޅެމުންދާ ޑްރާމާގެ އެޕިސޯޑެއްގެ އެއްބައި. އެބައި ނިމޭނީ އަދީބު ފިލާ ހިސާބުން.
ގަޓް ބްރޯ
12 June 2019
މިފެންނަނީ ކޯލިޝަން ހަދައިގެން ސަރުކާރު ހިންގަން އުޅުމުގެ ގެއްލުން. ސަރުކާރުގެ އިސް މަގާމުތަކުގަތިބެ ސަރުކާރަށް ބަޔަކު ޖެއްސުންކުރާނަމަ އޭގެ ގެއްލުންލިބޭނީ އާންމު ރައްޔިތުންނަށް. ރައީސް ސޯލިހު މިވަުތު ކުރައްވަންވީ ކަމަކީ ކޯލިޝަން އުވާލާފަ އަލުން އާންމު އިންތިޚާބަކަށް ފުރުސަތުދިނުން. އޭރުން ޔަގީނުންވެސް ތިޔަ ކޯލިޝަނުގެ މުސީބާތުން ސަރުކާރު ސަލާމަތްކޮށްދޭން ރައްޔިތުން ތެދުވާނެ. ތިޔަ ކޯލިޝަނާއެކު ރިޔާސީ ވައުދުތައް ފުއްދުމަކީ ނުވާނެކަމެއް.
ބޮޑުމީހާ
12 June 2019
އިއްޔެއުޅުނު ކަރަންޓް މައްސަލަހައްލުކުރަން! އެކަން ކިހާ ހިސާބަކުންނިމުނީ. މިއަދު އަދީބު މައްސަލަ. ކޮަންއިރަކުތަ ކަމެއްނިންމާފަ ރައްޔިތުންނަށް ދައްކާނީ. ތިބާއްވާ ކޮމިޓީ ބައްދަލުވުންތަކުން ދައުލަތުން ކޮމިޓީ އެލަވަންސާއި، ސަޔާއި، ކަރަންޓާއި، ފެން ހަރަދުވާކަންއެކަނި. ދުވަހަކުވެސް ނަތީޖާނުނުކުންނަ ބައްދަލުވުންތައް. ރަގަޅެއްނުން ތިހެން ކޮމިޓީއެއް ހަދާ ހައުސިންމިނިސްޓަރ ހާޒިރުކޮށް ފްލެޓް މައްސަލަބަލަން. އަދީބަށް ވުރެ ފްލެޓް މުހިއްމު!
މިނިވަން މީޑިޔާ
12 June 2019
ކީއްވެ ސޯލިހު ހާޒިރު ނުކުރަނީ އެއްމެބޮޑު ޒިންމާއެ އޮތީ ސޯލިހުގެ ނޫންތަ؟ ރައްޔިތުން ވެރިކަން ހަވާލުކުރީ އިބުރާހިމު މުހައްމަދު ސޯލިހާ އާޙިރަތުގަ ސުވާލު ވެވޭނީ ސޯލިހާ ސޯލިހު މަގާމުދިންމީހުން މަސައްކަތްކުރަނީ ސޯލހުގެ އޯޑަރަށް މިނޫންގޮތަކަށް ވަޒީރަކު މަސައްކަތްކުރާނަމަ ވަކިނުކުރަނީ ސޯލިހު އަންގާގޮތަށް މަސައްކަތްކުރާތީ ރައީސްމީހާ އެއްވެސް ޒިންމާއެނަގަން ނުޖެހެނީ މިސަރުކާރުގަ ރޔާމީންއިރު ޖަންގްޝަން ފަޅާއިގެންދިޔަސް ޒިންމާނަގަން ޖެހެނީ ރޔާމީން. އިންސާފު