ޑރ. ޖަމީލް މިރޭ ކެމްޕޭން ހަފުލާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަހްމަދު ނިޝާތު
12 ޖޫން 2019 - 15:44
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މިސްރާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ޖަމީލް ކުރެއްވި ޓުވީޓެއްގައި، ސުވާލުތަކެއް އުފައްދަވައި އެންމެ ބޮޑަށް ހިތްހަމަނުޖެހުންފާޅުކުރެއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބޮޑުންނަށް އިންސާފު ލިބޭ ގޮތަށް ސަރުކާރުގެ އަމަލުތައް ފެންނަ ކަމަށް ތުހުމަތު ކުރައްވަ އެވެ. އިންތިގާލީ އިންސާފަކީ ހަމައެކަނި ހިޔާނާތުގެ ބޮޑުންގެ އެއްޗެއްތޯ ޖަމީލް ވަނީ ސުވާލު ކުރައްވައިފަ އެވެ.
ވަކި މީހެއްގެ ނަން ވިދާޅުނުވިޔަސް ޖަމީލް އެ އިޝާރާތް ކުރެއްވީ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކޯޓުން މިނިވަންކުރުމާ އެކު ބޭސްފަރުވާ އަށް ބޭރަށް ފޮނުވަން ސަރުކާރުން ނިންމި ނިންމުމަށެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ސަރުކާރު ދުވެލި މަޑުވެ، ރައްޔިތުންގެ އިންތިޒާރު ވަނީ ދިގުވެފަ އެވެ. ރައްޔިތުންނާ ގުޅޭ ތަރައްގީ އަށް ހަރަދު ނުކޮށް ދައުލަތް ހިންގުމުގެ ހަރަދު ބޮޑުވުމުން، ވައުދުތަކުގެ ބޭނުމަކީ ކޮބައިތޯ ވެސް ސުވާލު ކުރެއްވި އެވެ.
"ސަރުކާރަށް 6 މަސް ވީ އިރު މަސައްކަތަށް ސާބަސް! އިންތިގާލީ އިންސާފަކީ ހަމައެކަނި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ބޮޑުންގެ އެއްޗެއްބާ؟ ހޯމް މިނިސްޓަރާއި ފުލުހުން ރައީސަށް ޖަވާބުދާރީވާންޖެހޭ އިރު ހުރި ބާރުތަކުގެ ބޭނުން ނުކޮށް ރައްޔިތުންގެ ފައިސާ އިސްރާފުުކުރަން ޖެހޭބާ؟" ޖަމީލް އެއްސެވި އެވެ.
މި ސަރުކާރު ވެރިކަމަށް ގެންނަން ސިޔާސީ ލީޑަރުންގެ ތެރޭގައި ޖަމީލް އިސްކޮށް އުޅުއްވި އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު އެމަނިކުފާނު ވަނީ ޕީޕީއެމާ ގުޅިވަޑައިގެން އިދިކޮޅު ޕާޓީއެއްގެ ގޮތުުގައި އެ ޕާޓީ ހަރުދަނާ ކުރަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅުއްވައިފަ އެވެ.
ޔާމީންގެ ފުރަތަމަ ނައިބު ރައީސްގެ ގޮތުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރި މައްސަލައިގައި ޔާމީނާއި ޕީޕީއެމަށް ފާޑުވިދާޅުވި އެވެ. އެކަމަކު މިދިޔަ ރޯދަ މަހުގެ ތެރޭގައި ޖަމީލް ވަނީ ޕީޕީއެމްގެ އޮފީހުގައި އޮތް ތަރާވީހެއްގައި ޔާމީނާއި ޕީޕީއެމްގެ އިސްބޭފުޅުންނާ އެކު ބައިވެރިވެވަޑައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
16 June 2019
ޖަމީލުމެން ދެންވެށްޖެނޫންތަ ސިޔާސި މައިދާން ދޫކޮއް ކޮންވެސް އެހެންކަމަކާ އުޅުއްވަން. ރައްޔިތުންގެ އިތުބާރުނެއް ބޭފުޅެއް.
ފުޅިމަދުއުނގުރި
14 June 2019
ފެއިލްވެފައި ތިބޭ މީހުން ފާޑު ކީމާ ވަރަށް އައިބު. ޢަދި އަމްދުން ފުޅިމަދު އުނގުރިން ކިޔާ އެއްޗެއް މީހަކު އަޑެއްވެސް ނާހާނެ.
ޖަމަލުފޮޑި
13 June 2019
ޖަމީލޫ އަދީބުގެ ހުކުންތައް ކޯޓުތަކުން ބަރިބަރިއަށް ބާތިލްކުރިއިރު ޖަމީލަށް ނުކެރުނުދޯ ޖުޑީޝަރީއަށް ފާޑުކިއާކަށް އަދި ޖުޑީސަރީގެ މައްސަލައެއް އުޅޭކަންވެސް ޖަމީލު ގަބޫލެއް ނުކުރޭ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅަން ފެށުމުންވެސް ޖަމީލަށްގޯސްވީ ޖޭ.އެސް.ސީ ދެން ޖަމީލުމެންގެ އިހުލާސްތެރިކަން ހުރިވަރު ރައްޔިތުންނަށް ވަރަށް ސާފު ނައިބުރައީސްކަން ކޮށްފަ މަޖިލީހަށް ކުރިމަތިލީމަ ވޯޓުލާނެ މީހަކުވެސް ނުވި އެއްޗެއް ވިސްނެންވެއްޖެދޯ
ގަބުޅި
13 June 2019
ޖަމީލު ދެން ކޮން އަނގައެއް ތަޅަންތޯއެވެ. ޖަމީލުގެ ސައިޒުވެސް ރައްޔިތުން ދައްކައިދީފިއެވެ. ޖިނާއީ ކޯޓްގެ އިސްގާޒީ ކަމުގައި ހުރެގެންނާއި ޖަސްޓިސް މިނިސްޓަރު ކަމުގައި ހުރެގެން ކިތައް މީހުންނަށް އިންސާފު ހޯދާ ދެވުނުތޯއެވެ. އެއިރު އިންސާފު އޮތީ ކޮންބަޔަކަށްތޯއެވެ.
ލޯކަ!
13 June 2019
ރަނގަޅު ވާހަކައެއް ބުނުމުން އެކަން ޤަބޫލު ކުރެެެެެވޭނީ ތައައްސުބުން ހިތް ސަލާމަތް ވެފައި ހުރިމީހަކަށެވެ. އެއީ ވަރަށް ވަރަށް މަދުބައެކެވެ. މީހަކު އެއްޗެކޭ ބުނުމުން އެއާމެދު ނުވިސްނުމަކީ ޣާފިލުކަމުގެ ޢަލާމާތެކެވެ. ގިނަމީހުންނަކީ އެސިފަ ލިބިގެންވާ މީހުންނެވެ.
ޖަމަލުފޮޑި
13 June 2019
ޖަމީލަކީވެސް ސެލެކްޓިވް ޖަސްޓިސްއަށް ތާއީދުކުރާ ބޭފުޅެއް ކޯޓިތަކުން އަދީބުގެ ހުރިހާ މައްސަލަތައް ބާތިލުކުރި އިރު ޖަމީލަކަށް ނުކުރުނު ކޯޓަށް ފާޑުކިއާކަށް
އަލްޖިބްރާ
13 June 2019
ވެރިކަމަށް ހޮވުނަސް ވެރިކަން ހަވާލެއް ނުކުރާނަމޭ ބުނިހަދާން އެބަހުރިތަ ؟ ބަޢާވާތް ކޮށް ވެރިކަން ވައްޓާލި ހަދާން އެބަހުރިތަ ؟ މިހާރު އަގަހުޅުވާލަން ފުރުސަތު ހޯދާދިނީ ކަލޭވެސް ބައިވެރިވި ބަޣާވާތުން ވެރިކަން ވައްޓާލި އިރު ވެރިކަމުގައި ހުރި މީހާގެމަސައްކަތުންކަންވެސް މިހާރު ހަދާނެއް ނެތް ! އަނެއްފަހަރު ތިހިރީ ކަލޭ ޖަލަށް ލާން ރޭވި މީހާގެ ފަހަތުގައި ! ދެން ކަލެއަށް އިންސާފު ހޯދަދޭނެ މީހަކު މިއުޑުދަށުގައި ހުންނާނެބާ ؟
ލޯކަ!
13 June 2019
ޗާލާކީޗޯރަށް ދައުލަތުގެ ދުއްކާން ތަކުގެ ތަޅުދަނޑިފަތި ލިބުނު ގޮތައް، ބާޣީންނަށް ވެރިކަމުގެ ލަގަން ލިބިއްޖެ! ދެކެން ތިބޭ! ތަލިން ކުޅުހިކި، ދޮޅީީގައި އަތުގެ ކައްތިރި ވިދޭނެދުވަސް ދާދި ގާތްވެއްޖެ!
ދަތްނެތްކުއްޖާ
13 June 2019
އިންސާފުތޯ ރައްޔިތުންގެ ވެރިކަމެއް ބަޔަކު ނާޖާއިޒް ބާރުގެ ބޭނުން ކޮއްގެން އެ ވެރިކަން ބަދަލު ކުރުމަކީ ! ކަނޑު ކޮސް ވާހަކަ ނުދައްކާ! ރައްޔިތުން ބަލައި ނުގަންނަ މީހުން ސިޔާސީ މައިދާނުން އެކަހެރިވެ ތިބުން ބުއްދިވެރިވާނެ.
ކާލާމަންނަ
12 June 2019
މާލެ އަތޮޅު ވިލިގިލީ ދާއިރާއިން ލިބުނު ވޯޓް ގެ އަދަދުން މަނިކުފާނުގެ ފެންވަރު އެގިގެން ހިގައްޖެ.
މުކި
12 June 2019
ޢަދީބަކީ ހިޔަާތ ތެރިއެއް. ޢޭނަ މިނިވަންވީވެސް އިންސާފުންތޯ
ބުޒުރާދީ
12 June 2019
ގައުމީ ބޮޑެތި ކަންކަމާއި ވާހަކަ ދައްކާނީ، ގައުމުގެ ރައްޔިތުންގެ ރުހުމާއި، ލޯތްބާއެކު، އިންތިހާބުކޮށްފައިވާ ފަރާތްތަކުން. ސިޔާސީ މީހުން! ނައިބު ރައީސް ކަމުގައި ހުއްޓާ، ރައްޔިތުންގެ މަޖްލީހުން ގައުމަށް ބޭވަފާތެރިވިކަން ސާބިތުވެގެން އިތުބާރުނެތް ކަމުގެ ވޯޓު ނަގާ ބޭރުކޮށްފައިވާ މީހެއް މިކަހަަލަ ގައުމީ ބޮޑެތި ކަންކަމުގައި ބަސް ބުނެ ހެދުމަކީ ލަދުވެތި ކަމެއް، ދަށުދަރަޖައިގެ އަމަލެއް!
ކަދުރޭ2
13 June 2019
އެމްޑީޕީ އަށް އެއްޗެއް ބުނެގެންނުވާނެ. އެމްއެމްޕީއާރސީގެ ފައިސާ އެންމެ ގިނައިން ވަނީ ކޮންބައެއްގެ އެކައުންޓްތަކަށް ކަން ބަލާބަލަ.