ރިޕޯޓް

ކުށްވެރިންގެ މުދާ ދައުލަތަށް، ކުށް ކުރުން ހުއްޓުވިދާނެތަ؟

ފުލުހުން އޮޕަރޭޝަނެއްގައި: މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް އަންނަނީ ކުރަމުން -- ފޮޓޯ: މިހާރު

ހަށިވިއްކުމުގެ ވިޔަފާރީގައި ބޭނުންކުރި ގެތަކެއް ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގަ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދައުލަތަށް ނެގި އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރިކަމުގެ ކުށް ސާބިތުވި މީހަކު މާލެއިން ގަނެފައިވާ ގެއެއް ވިއްކާލަން ނިންމި އެވެ. މި ހުންނަނީ ބޮޑެތި ކުށްތައް ހުއްޓުވަން އެޅެން ހުރި އަދި އަޅާފައި ހުރި ފިޔަވަޅުތަކެވެ.

ބޮޑެތި ކުށްތަކުގެ ހާލިތަކުގެ ގޮތުގައި ފާހަގަކުރެވޭ އެތައް ގެއެއް މާލޭގައި އެބަ ހުއްޓެވެ. އެއީ ޒަމާނުންސުރެ ކުށްތައް ކުރަން ބޭނުންކުރަމުްނ ދާ ތަންތަނެވެ. މަސްތުވާތަކެއްޗާއި ބަދުއަހުލާގީ އަމަލުތައް ފަދަ އެތައް ކަމެކެވެ. އަދި އަލަށް އެތައް ބަޔަކު ކުށުގެ ވެއްޓަށް ވެސް ވަންނަނީ އެފަދަ ތަންތަނުންނެވެ. މިފަހުން ފުލުހުން ވަނީ އޭގެ އެތައް ގެއެއް ރެއިޑްކޮށް މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެތަންތަން ބޭނުންކުރުން ހުއްޓުމަކަށް ނާދެ އެވެ.

މަސްތުވާތަކެތި ވިއްކާ ނުވަތަ ބޮޑެތި އެހެން ކުށްތައް ކުރާ ތަންތަން ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ސަރުކާރުން ނަގަ އެވެ. ނަމަވެސް ރާއްޖޭގައި އެއީ އުނދަގޫ އަދި ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގެއެއްގައި ހަރުކޮށްގައި ހުރި ދަގަނޑު ދޮރެއް

މީހަކު މުދާ ހޯދި ގޮތް، ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް ބުނެނުދެވޭ ނަމަ ގިނަ ގައުމުތަކުގައި އެ މުދަލެއް ދައުލަތަށް ނަގަ އެވެ. ނަމަވެސް ރާއްޖޭގައި އެކަން އޮތީ އެހެންނެއް ނޫނެވެ. ނުހައްގު މުދާކަން ސާބިތުކޮށްދޭން ޖެހެނީ ދައުލަތަށެވެ. އެމީހާއެއް ނޫނެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ މުދަލާއި ތަކެތި ދައުލަތަށް ނެގޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. އެ ތަކެތި ހޯދި އެހެން ގޮތެއް ބުނެނުދެވޭ ހާލަތެއްގައި ދައުލަތަށް ނެގޭނެ ކަމަށް ބުނެފައިވެ އެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަގުބޮޑު ތަކެއްޗާއި މުދާ ހޯދާފައިވާ މީހުން ތިބި ނަމަވެސް މަދު ފަހަރެއްގައި ނޫނީ އެގޮތަށް މުދާ ނެގިފައެއް ނެތެވެ.

މާލޭގެ ގޭގޭގައި ދަގަނޑު ދޮރުތައް ލައިގެން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި މިހާރު އެބަ ކުރެ އެވެ. މަސްތުވާތަކެތީގެ ގާނޫނު ބުނާ ގޮތުން އެފަދަ ކުށެއް ކުރަން ގޭގެ ކުއްޔަށް ދިނުމަކީ ވެސް ބޮޑު ކުށެކެވެ. އެފަދަ ކުށެއް ކުރަން އެއްބާރުލުން ދޭ އިމާރާތުގެ ވެރިޔާއަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ ފުރުސަތު އެބަ އޮތެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭގޭގެ ވެރިން އެކަމުގެ ޒިންމާ ނަގަން ޖެހެ އެވެ. ބައެއް ގޭގޭގައި އެފަދަ ކަންކަން ކުރަނީ އެގޭގޭގެ ވެރިންނަށް އެނގިގެން އަދި އެމީހުންގެ އެއްބާރުލުމާ ވެސް އެކުގައިކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ޓާގެޓަކީ ހަމައެކަނި ބޭނުން ކުރާ މީހުންނެއް ނޫން. ގޭގޭގެ ވެރިފަރާތާ ހަމައަށް މިހާރު އަޅުގަނޑުމެންގެ ތަހުގީގު މި ބައްޓަން ކުރަނީ،" ޝާކިރު އިންޒާރު ދެއްވި އެވެ.

ދައުލަތަށް ގޭގެ ނެގުން ކިހިނެއް؟

ކުރީގެ އުއްތަމަފަނޑިޔާރު، އަހުމަދު ފާއިޒް ހުސައިން ވިދާޅުވި ގޮތުގައި އެފަދަ ކުށް ކުރަން ބޭނުންކުރާ ގެތަކުގެ ތެރެއިން އެމީހެއްގެ އާއިލީ ގެ ދައުލަތަށް ނެގުމުގައި ހުރަސްތަކަކާއި މައްސަލަތަކެއް ދިމާވެދާނެ އެވެ. ސަބަބަކީ އެފަދަ ގެއެއް ދައުލަތަށް ނެގުމުން އެގެޔަށް ނިސްބަތްވާ އެހެން ބަޔަކު މަގުމަތިވުމުގެ ފުރުސަތު އޮތީމަ އެވެ.

"އެދެވޭ އަދަބެއްގެ އަސަރު އަނބިދަރިންނާ ހިސާބަށް ގެންދިއުން ރަނގަޅެއް ނޫން. އެގޮތަށް ހެދީމަ އިޖުތިމާއީ އެކިއެކި މައްސަލަތައް ކުރިމަތިވާނެ،" ފާއިޒް ވިދާޅުވި އެވެ.

ނަމަވެސް އެމަނިކުފާނު ވެސް ގަބޫލުފުޅުކުރައްވާ ގޮތުގައި ނާޖާއިޒު ގޮތުގައި ނުވަތަ އެކި ކުށްތައް ކޮށްގެން ހޯދާ ފައިސާއިން ގަނެފައިވާ މުދަލާއި ތަކެތި ދައުލަތަށް ނެގުން ރަނގަޅެވެ. އަދި އެފަދަ ގާނޫނެއް ރާއްޖެއަށް މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

"ދައުލަތަށް ހިޔާނާތްވާ މީހުންނާއި ނާޖާއިޒު ގޮތުގައި ހޯދާފައި ހުންނަ މުދާތައް ނެގުން ރަނގަޅު،" ފާއިޒު ވިދާޅުވި އެވެ.

،ަސްތުވާތަކެތީގެ ވިޔަފާރިކުރުން، ނާޖާއިޒު ގޮތުގައި މުދާ ހޯދުން ފަދަ ބޮޑެތި ކުށްތައް ހުއްޓުވަން، އެހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް އިސްކަންދޭންވީ، ފާއިޒު ވިދާޅުވި ގޮތުގައި، ގާނޫނު ތަންފީޒު ކުރުމަށެވެ. ބޮޑެތި ކުށްތައް ނުހުއްޓެނީ އެކަންކަން ކުރާ މީހުން އެކި ސަބަބުތަކާ ހުރެ ދޫވެ، އަލުން އެކަން ކުރުމުގެ ފުރުސަތު ދެވޭތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރެއިން ބައެއް މީހުން ޝަރީއަތުގެ ތެރެއިން ދޫވާއިރު އަނެއް ބަޔަކު ދޫވަނީ އަދަބު ދިނުމުގެ މަރުހަލާގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

"އަނެއްކާވެސް އައިސް ވިޔަފާރި ކުރަނީ. ކޯޓު ތެރެއިން ވެސް، ހުކުމް ކުރުމަށް ފަހުން ވެސް އެބަހުރި ސަލާމަތް ވެފައި،" ފާއިޒް ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ބޮޑެތި ކުށްކުރަން ބޭނުންކުރާ ތަންތަން ދައުލަތަށް ނެގުމަކީ ކުށް ހުއްޓުވަން އެޅޭނެ ރަނގަޅު ފިޔަވަޅެކެވެ. ނަމަވެސް އެކަން ކުރުމުގެ ކުރިން ޝަރުއީ ދާއިރާއާ މެދު އާއްމުންގެ އިތުބާރު ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ކުށް ހުއްޓުވޭނެ މަގަކަށް ވާނެ. އެކަމަކު އެކަން ކުރަންވާނީ ސިސްޓަމާ ދޭތެރޭ އިތުބާރު އޮވެގެން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވަނީ ދައުލަތަށް މުދާ ނެގުން ފަދަ ކަމަށް ގާނޫނެއް ހަދައި ތަންފީޒު ކުރާއިރު ޝަރުއީ ދާއިރާ އިސްލާހުކުރަން ޖެހޭ ކަމަށެވެ. މިހާރު ކޯޓުތަކުން މައްސަލަތައް ލަސްވުމާއި އިންސާފުވެރި ނޫން ކަމަށް ބެލެވޭނެ ޖާގަ އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ގާނޫނެއްގައި ހަމައެކަނި ލިޔެގެނެއް ނުވާނެ. ތަންފީޒު ކުރެވިގެން ވާނީ. މިހާރު މިއޮތް ގޮތަށް ކޯޓްތައް އޮވެގެން އެކަން އިންސާފުވެރިކޮށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ މިވަނީ ބޮޑެތި ކުށުގެ ހާއްޔަކަށް ވެފަ އެވެ. ފުލުހުން މިޖެހެނީ ތަންތަން ރެއިޑް ކޮށްލަކޮށްލާ ނުވަތަ މީހުން ހައްޔަރުކޮށްކޮށް ތިބޭށެވެ. އެކަމަށް ހުއްޓުމެއް ނެތެވެ. އެހެންކަމުން ކުށް ކުރަން ބޭނުންކުރާ ތަންތަނާއި މުދާ ދައުލަތަށް ނެގުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅޭނެ ފުރުސަތު މިހާރަށް ވުރެ ބޮޑަށް ތަނަވަސްކޮށްދޭން ޖެހެ އެވެ.

19 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 98%
icon sad icon sad 0%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހަރެންގެ ހިޔާލު

14 June 2019

ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އަންނަނީ އިންސާފް ހޯދައިދޭން. ކަރަޕްޝަން ނައްތާލަން. ގާނޫނީ ހައްގުތައް ކަށަވަރުކޮށްދޭން. ހަމަހަމަކަން ގާއިމް ކުރަން. ނަމަވެސް ވެރިކަމަށް އައުމަށްފަހު އޮންނަނީ ހަކުރު ދެންޏާ ބޮޑުބޭބެ ސިސްޓަމް. މޮޅުމީހާ އަށް މޮޅުގޮތް ދެރަމީހާއަށް ދެރަގޮށް. ގޭންގްތައް ނުހުއްޓުވޭ. ޖަރީމާތަކެއް ނުހުއްޓުވޭ. ކަރަޕްޝަނެއް ނުހުއްޓުވޭ. ރައްޔިތުން ފައިސާއިން ބޮޑުކޮށް ހިޔާނާތްވާ މީހުންގެ އަތުން އެފައިސާ ނުހޯދޭ.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

14 June 2019

ކޮއެފުޅާ ތި ރިޕޯޓް ވަރަށް ފުރިހަމަ ވާނެ ދައުލަތުން ވައްކަން ކުރި މީހުންގެ މުދަލާއި ގެދޮރު ދައުލަތަށް ނަގަން ޖެހޭނެކަމަށް ލިޔުނު ނަމަ.

The name is already taken The name is available. Register?

ކުއްކުރާ

14 June 2019

ކުއްވެރިންނާއި މުޖިރިމުންނާއި ކުއްވެރިންގެ ނިވަލުގައި ތިބި ބޮޑެތި ވިޔަފާރިވެރިންގެ ތައްޕާހުން ވެރިކަމަށް މިއަންނަނީ ދެން ކޮން ފިޔަވަޅެއް އެޅޭނީ އެމީހުންނާއި ދެކޮޅަށް. ފުލުސް އޮފީހަކީ ވެސް ގޭންގެއްހެން ހީވިދުވަސް ދެކެފަ މިތިބީ. ސިފައިންނާއި ފުލުހުންނާއި ކުރިމަތިލީ ދުވަސްވެސް ތިޔަބޭފުޅުންނާނީ ދެކެފަ. ވީމާ ތިހީރީކީ ވާނޭ ކަންތައްތަކެއްނޫން. ސަލާމް.

The name is already taken The name is available. Register?

ޙހހހ

14 June 2019

ޙުސްވާހަކަ. ނުވާނެ އެއްކަމެއްވެސް. ކުއްކުރާ ސޮރުމެންނާ މުޖުރިމުންގެ ފަހަތުގައި ތިބެނީ މުއްސަދިންނާ ސިސާސީ ***ން.

The name is already taken The name is available. Register?

ހަސަނު

14 June 2019

ކުށެއް ކޮށްގެން ހޯދި ފައިސާއިން ހޯދާ މުދާ ދައުލަތައް ނެގުމާ، ކުށެއް ކުރުމަށް މީހަކު ބޭނުން ކުރާ އޭނާގެ އަމިއްލަ މުދާ ސަރުކާރަށް ނެގުމަކީ ވަރަށް ތަފާތު ދެ ކަންތައް.. ކުރިން މި ބުނި ގޮތަށް ހޯދި މުދާ ނެގޭނެ ކަމަށް ގިނަ ގާނޫނު ތަކަކުން ބުނޭ ހާއްސަކޮޮށް އެންޓިމަނީ ލައުންޑަރިން ގާނޫނު.. ފަހުން މިބުނި ގޮތަށް، ކުރި ކުށެއްގެ އަދަބެއްގެ ގޮތުން މުދާ ނެގުމަކީ ގާނޫނު އަސާސީން މަނާކުރާ ކަމެއް...

The name is already taken The name is available. Register?

ލަންބެ

14 June 2019

ގާނޫނުގައި ހުރި ލޫޕްހޯލްތައް ވަރަށް ގިނަ، މުދާ ހޯދިގޮތް ޕްރޫވްކޮށްދޭން ޖެހޭނިވެސް ދައުލަތަކަށް ނޫން އެއީ އެމީހަކު ޝާރީއަތުގެ މަޖިލީހުގައި ކުރަން ޖެހޭ ކަމެއްކަމުގައި ދެކެމެވެ. ބައެއްކަންކަން އަމިއްލަ މީހާ ޕްރޫވްކޮށްދޭގޮތަށް އޮތުން ގޯހެެވެ. ނާޒިމް ދިރިއުޅޭ އެޕާރޓްމަންޓުން ފިސްތޯލައެއް ފެނުމުން އެއީ އޭނާގެ އެއެްޗެއް ނޫންކަން ހާމަ ނުކޮށްދެވުމުން ޙުކުމެއް އައެވެ.

The name is already taken The name is available. Register?

ފަޅުމަސް

14 June 2019

5 ކުދިން ތިބޭ ގެއަކުން، އެކަކު މަސްތުވާތަކެތި ވިޔަފާރި ކުރާތީ އަނެއް 4 ބެއިންނާ އެ މީހުންގެ އަނބިދަރިން މަގުމަތި ވާގޮތް ހެދުން އެއީ އިންސާފެއް ނޫން.. އެހެނެއް ނޫން، ފާއިޒު އެ ވިދާޅުވިހެން ޚިޔާނާތުގެ ނުވަތަ މަސްތުވާތަކެތި ވިއްކައިގެން ލިބޭ ފައިސާ އިން ގަންނަ ގެދޮރާއި މުދާ ހަމަ ވިއްކަންވީ..

The name is already taken The name is available. Register?

545454

14 June 2019

ޑީޑީގެ މުދާ ނެގިދާނެތަ؟ ސުޕްރީމް ކޯޓުން އެެބުނީ 1މިލިއަން ޑޮލަރު ބަލައިގެންވެސް ނުވާނޭ! ދެން އެލާރި ރައްޔިތުން އަތު ނުޖެހޭ ތާކަށް ލާނެ ވަގުތު ލިބި އެހެން ތާކަށް ލީމާ އެއަށް ޒިންމާވާނީ ސުޕްރީމް ކޯޓުތަ؟ ދެން ނަގާނީ އެމީހުންގެ މުދާތަ ބަދަލަކަށް. ދައުލަތަށް ގެއްލުމުގެ. ހޭބަލި ވެދާނެ.

The name is already taken The name is available. Register?

އިންޑިޔާއިން

14 June 2019

ޕީޕީއެމްގެ ސަރުކާރު ގައި އަދީބަށް ޝަރިޢަތް ކޮށް ހުކުމް އިއްވި. އަދީބު ބޭރަށް ފުރުވާލީ ޢެހެންވީމާ އަދުލު އިންސާފު ގާއިމުކުރީ. ޙަނދާވަނީ އަންނި އާއި ގާސިމާ ނާޒިމު ބޭސް ފަރުވާއަށް ވަޑައިގެން ވީގޮތް.

The name is already taken The name is available. Register?

މަރޭމިތުރު

14 June 2019

ނަގާށެވީ ހައްގުނޫންގޮތުގަ އެހޯދި މުދާތައް! މަގާމުގާ ހުރެނެގި ރިޝްވަތުގެ ފައިސާތައް!......................... މަގާމުގާހުރެ ހޯދި ރިޝްވަތާއި، ވައްކަމާއި އަދި ޑުރަގްވިޔަފާރިކޮށްގެން ހޯދި ތަކެތި ދައުލަތައް ނަގަމާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454