އައިޖިއެމްއެޗުގެ އިންޖީނު ރޫމްގައި ހުރި ބެޓެރިއެއްގައި ރޯވުމުން ދުން އަރަނީ. --ފޮޓޯ/މިހާރު
14 ޖޫން 2019 - 10:40
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އިންޖީނު ރޫމްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލް ކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާން ރޯވީ، އައިޖީއެމްއެޗްގެ ބާ އިމާރާތުގެ އިންޖީނު ރޫމުގައި ހުރި ބެޓެރިއެއްގައި ކަމަށެވެ. އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުނުތާ ގާތްގަނޑަކަށް 15 މިނެޓް ތެރޭގައި ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި މީހަކަށް އަދި އިމާރާތަށް ވެސް ގެއްލުމެއް ނުލިބެ އެވެ.
އައިޖީއެމްއެޗުގެ އީއާރުގައި ތިބި މީހުން އެހެން ތަނަކަށް ބަދަލުކުރަނީ-- ފޮޓޯ: ފުލުހުން
އެކަމަކު އިންޖީނު ރޫމުން ދުން ބޭރުކުރުމުގެ ތެރޭގައި އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ދުމުގެ އަސަރު ކުރުމުން އެތަނުން މީހުން ވަނީ އެހެން ތަނަކަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްގާއި609
14 June 2019
ސަލާމަތްވި ކަމައްޓަކައި ހަމްދާއި ޝުކުރުކުރަން.
ހަސަން ނުވަވަނަ
14 June 2019
ކޮބޭ ކުޑަބަންދޭ. އަވަހަށް ޔާމީނު ބޮލަށް ކަނޑލާ
ކަރީމުއްދީން ބާޝާ
14 June 2019
ކޮބާ އެއާކޯނު މައްސަލަ ހައްލުވެއްޖެތަ.
ދިހި
14 June 2019
އެ އަލިފާން ނިއްވުމުގެ މަސައްކަތުގަ އުޅުއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން..
މަސްވެރިޔާ
14 June 2019
ސަޅި. ވަރަށްސަޅި. ބޮލީވުޑަށް ވިއްކާލަން ރަގަޅު ސްޓޯރީީ
މަރޭމިތުރު
14 June 2019
ބެޓަރި ގޮވުނަތައް މާގިނަވެއްޖޭ! ބެޓަރީ ބޭނުންކުރާން ދަސްކުރަންވެއްޖޭ!..................... ބެޓްރީ ބޭނުންކުރާ ގޮތްތައްވެސް ދަސްކުރަންވެއްޖެ! ފޭކު ޗައިނީސް ޗާޖަރަކީ ނުރައްކަލެއް.ފަަރުވާކުޑަކަމުން ހިނގާ ހާދިސާތައް!
ކުރުނބާ
14 June 2019
އައިޖީއެމްއެޗް އިންޖީނުގޭގަ ޑިއުޓީގަ ތިބޭ މީހުން ވަރަށް ކެރަވަޅު ޖައްސާނެ. ރަނގަޅަށް ޒިންމާ ނުނެގޭކަން މިއިގެނީ
ޗިޗަންޑާނަވާރަ
14 June 2019
ދެން މީޑިއާއަށް އަރާ ބުނާނީ ނޫން މި ހާދިސާހިނގީ ޔާމީނުގެ ސަރުކާރުގެ ސަބަބުންނޭ.