ޚިޔާލު / ޖުޑީޝަރީ

އުސޫލުގެ ތެރެއިން ނުވަންޏާ ވެސް އުސޫލެއް އޮންނާނެ!

ޖަސްޓިސް ބިލްޑިން:

ނިކަން ކުރުކޮށް ބުނަން ހިނގާށެވެ. ރައްޔިތުން ކަމެއް ބޭނުންވީމާ އެ ކަމެއް ނުކުރެވޭ ނަމަ ދެން ހަދާނެ ގޮތެއް ވެސް އޮންނަން ވާނެ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތައް ހަދައި އޭގެ މައްޗަށް ދައުލަތެއް ހިންގަން ރައްޔިތުން ހަވާލުކުރުމުން އޭގައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިން ކަންކަން އިސްލާހުކުރެވޭ ގޮތް ނުވާ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ވެރިކަމުގެ ބާރުތައް އެހެން ބައެއްގެ އަތްމައްޗަށް ރައްޔިތުން މިފަހަރު ދޫކޮށްލީ ޖުޑީޝަރީ އިސްލާހުކުރުމުގެ ވައުދު މުހިންމުވެގެންނެވެ. ރައްޔިތުން ދެން ކުރި ކަމަކީ ވެރިކަން ހިންގުމުގެ ބާރަށް އެއްވެސް ހުރަހެއް ނާންނާނެ ގޮތަށް ރައްޔިތުންގެ މަޖިލިސް އަލުން އިންތިހާބުކުރުމެވެ. ހަމަ މި ބުނާ ވައުދު ފުއްދުން އެންމެ ބޮޑު ޝަރުތަކަށް ހަދައިފަ އެވެ. ދެން އޮތީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ. އެ ބާރު އިސްލާހުކުރަން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލު ގެނެސް، ފަނޑިޔާރުން ވަކިކުރުން ފަދަ ބާރުތައް ވެސް މި އޮންނަނީ ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ ދެ ބާރަށެވެ. މިއީ ދައުލަތުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ދަދީލުކޮށްދޭން ފަސޭހަ މިސާލެކެވެ.

ވެރިކަން ބަދަލުކޮށް، ގާނޫނު ހަދާ މަޖިލިސް ވެސް އަލުން އިންތިހާބުކޮށް އެ މަޖިލީހުން އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މަޖިލިހުން ކަނޑައަޅާ މެންބަރު ހޮވުމެވެ. އެއާ އެކު ފެށުނީ ޖުޑީޝަރީ އިސްލާހު ނުވާ ސަބަބަކީ ޖޭއެސްސީގައި ތިބޭ މެންބަރުން ނޫން ކަމަށާއި ޖޭއެސްސީ އެކުލަވާލަން ގާނޫނުއަސާސީގައި ބުނާ ގޮތް ކަމަށެވެ. އެހެންވެ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޖޭއެސްސީ އެކުލަވާލާ ގޮތް ބަދަލުކުރުން ކަމަށް ބުނި މީހުން ބައިވަރެވެ. އެއީ ރަނގަޅު ވާހަކައެކެވެ. ޖޭއެސްސީ އެ އޮންނަ ގޮތުން ސިޔާސީ ނުފޫޒު ނޫން އެއްޗެއް އެތާކު ނޯވެ އެވެ.

އެކަމަކު މިކަން ބަދަލުކުރަން ފުުރުސަތު ދޭނެތޯ އެއީ މާޒީ އަށް ބަލާއިރު އުފެދޭ ސުވާލެކެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާއެއްގައި އޮއްވައި ވެސް ސުޕްރީމް ކޯޓުން މީގެ އަހަރުތަކެއް ކުރިން ހުއްޓުވި އެވެ. އެ ބިލް ގާނޫނަކަށް ވާނެ ކަމެއް ވެސް އޭރު އަދި އެނގެނީއެއް ނޫނެވެ. އެކަމަކު މަޖިލީހުގެ މަސައްކަތުގެ ތެރެއަށް ސުޕްރީމް ކޯޓު ވަނީ އެވެ. އަދި މީގެ ކުރިއަށް ދާއިރު 2010 ވަނަ އަހަރު، އާ ގާނޫނުއަސާސީ އާއި ގާނޫނުގެ ދަށުން ކަނޑައެޅި ފަނޑިޔާރުންގެ ޝަރުތުތައް އޮތްގޮތަށް އޮއްވައި ޖޭއެސްސީން އަމިއްލަ އަށް ގޮތްތަކެއް ކަނޑައަޅައި ފަނޑިޔާރުން ދާއިމީކުރި އެވެ. އެހެންވެ، ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކޮށްގެން ކަމެއް ކުރުމުގެ އުންމީދެއް އެބަ އޮތް ހެއްޔެވެ؟ އެއްބާރުން އަނެއް ބާރުގެ ތެރެއަށް ވަނުމުގެ މިފަދަ ކިތަންމެ ކަމެއް ހިނގާފައި ހުރި އިރު، ޖޭއެސްސީ ރޫޅާއި ރާވަން ކުޑަ ނަމަވެސް ފުރުސަތެއް ދީފާނެހެއްޔެވެ؟

މި ހަގީގަތް ގަބޫލުކުރާށެވެ. ގިނަ މީހުންނަކީ އެ މީހަކު ބޭނުންހާ ގޮތަކަށް ކަންތައް ކޮށްފައި އެހެން މީހުން އުސޫލުގެ ތެރެއިން ކަންކުރަން ޖެހޭނެ ކަމަށް ވަކާލާތުކުރާ މީހުންނެވެ. އާންމު ދިރިއުޅުމަށް ބެލިޔަސް، ސިޔާސީ ކަންކަމުން ވެސް މި ނޫން މަންޒަރެއް ތަކުރާރެއް ނުވެ އެވެ.

އުސޫލުގެ ތެރެއިން ކަންކަން ކުރުމުގެ ވާހަކަ ދައްކާއިރު، އާ ގާނޫނުއަސާސީ އައި ފަހުން، ޖުޑީޝަރީއާ ގުޅޭ ގޮތުން ހުރި ޝަކުވާތަކަށް ހައްލެއް ލިބޭނެ ބަދަލެއް ގާނޫނީ ގޮތުން ގެނެވިފައި އެބަ އޮތް ހެއްޔެވެ؟ ބަދަލެއް ގެންނަން އުޅެގެން ކޮންމެވެސް ހިސާބަކުން އެކަން ނުހުއްޓުވާ އެބަ އޮތް ހެއްޔެވެ؟

ފަނޑިޔާރަކާ ބެހޭ ގޮތުން ކިތަންމެ ބޮޑު ތުހުމަތެއް ކުރެވުނަސް، ފާޅުގައި ފެންނަން ހުއްޓަސް އެޅުނު ފިޔަވަޅެއް އެބަ އޮތް ހެއްޔެވެ؟ ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސީން ވެސް މިހާތަނަށް ފަނޑިޔާރަކާ މެދު ފިޔަވަޅެއް އެޅިއްޔާ އަޅާފައި އޮތީ ކަމަކުން ނުވާ ކަންކަމުގަ އެވެ. ފަނޑިޔާރަކު ދެއްކެވި ވާހަކައެއްގެ ސަބަބުން، ލިޔުނު އެއްޗަކާ ހެދި އަދަބެއް ދީފާނެ އެވެ. އެކަމަކު ހުކުމް ކުރުމާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާއެއްގެ ނަތީޖާއެއް ފެނުނު ހެއްޔެވެ؟ ލަދުން ދައްކަން ނުކެރޭ ވަރުގެ ވާހަކަތަކާއި މަންޒަރުތައް ފަނޑިޔާރުންގެ ފަރާތުން ފެނުނަސް ވީކަމެއް ނެތެވެ. އެހެންވެ ގާނޫނީ ހަމަޔާއި އުސޫލާއި އިޖުރާއާތުގެ ވާހަކަ ދައްކަންވީ މިހާރު ހެއްޔެވެ؟

މި ހަގީގަތް ގަބޫލުކުރާށެވެ. ގިނަ މީހުންނަކީ އެ މީހަކު ބޭނުންހާ ގޮތަކަށް ކަންތައް ކޮށްފައި އެހެން މީހުން އުސޫލުގެ ތެރެއިން ކަންކުރަން ޖެހޭނެ ކަމަށް ވަކާލާތުކުރާ މީހުންނެވެ. އާންމު ދިރިއުޅުމަށް ބެލިޔަސް، ސިޔާސީ ކަންކަމުން ވެސް މި ނޫން މަންޒަރެއް ތަކުރާރެއް ނުވެ އެވެ. އެހެންވީމާ އުސޫލު ބާއްވާފައި ހަގީގަތަށް ރުޖޫއަވާން ހިނގާށެވެ. ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރަން ފުރުސަތު ނުދީ، ތިމާމެންގެ އަމިއްލަ ދިފާއުގައި ގާނޫނުއަސާސީ އާއި ގާނޫނު އައްޑަނަ އަކަށް ނަގާނެ ކަމެއް ނެތެވެ.

ވެރިކަމެއް ބަދަލުކޮށް، ގާނޫނުހަދާ މަޖިލީހެއްގެ އަޣުލަބިއްޔަތު އެއްބަޔަކަށް ރައްޔިތުން ދިން މައިގަނޑު އެއް ސަބަބަކީ ޖުޑީޝަރީ އިސްލާހުކުރުމުގެ ވައުދު ނޫން އެހެން ކަމެއް ނޫނެވެ. ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނުއަސާސީގައި ލިޔެފައި އޮންނަނީ މިފަދަ ހާލަތެއް އަތުވެދާނެތީ އެވެ. ރައްޔިތުން ހަވާލުކުރާ ޒިންމާ އަދާނުކޮށް ނަހަމަ ގޮތުގައި ބޭނުންކުރާ ނަމަ، އޭގެ މައްޗަށް ރައްޔިތުންނަށް ބަސް ނުކިޔޭނެ، ފިޔަވަޅެއް ނޭޅޭނެ ހާލަތެއް ނޯންނާނެ އެވެ. އުސޫލުން ބޭރުވީމާ އަމަލުކުރާނީ މި އުސޫލުންނެވެ.

15 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 4%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުރުތުގާލް

16 June 2019

ޖޭއެސްސީ އާ ރައްޔިތުންގެ މަޖިލިސް އަށް ޖުޑީޝަރީ އިސްލާހުކުރަން ނުކުޅެދިއްޖެނަމަ ދެން އޮތް ހައްލަކީ ޖުޑީޝަރީ އިސްލާހުކުރަން ރައްޔިތުން ދެމިގެންވާ ސުލްހަވެރި ބޮޑު މުޒާހަރާ އަކަށް ނުކުތުންހެން ހީވަނީ. މިފަހަރު އެގޮތަށް ނުކުމެއްޖެނަމަ ހިޔެއްނުވޭ މުޒާހަރާ ރޫޅާލާނެ ބަޔަކުވެސް ނުކުންނާނެހެނެއް. ވާގޮތެއް ބަލަންތިބެމާ!

The name is already taken The name is available. Register?

ލާލު މަންނަ

16 June 2019

މޮޔައިންގެ އަތަށް ކަނޑި ލިބުނީމާ ވާނީ މިހެން. މަޖިލިސް ބަދަލުވި އަދަދެއް ނޭގެ. ރައީސުލް ޖުމްހޫރިއްޔާ 2 އިރު ކާ ބޭހެން ހެން ރައްޔިތުން ބަދަލުކޮށްފި. ޤާނޫނު އަސާސީ ބުނީ ގާސީންވެސް ބަދަލު ކުރާށޭ! މަޓީއާ ގާސީންނާ ބަދަލެއް ނުވޭ އަދިވެސް. ދެން ވާނެ 6 އެތި މިވަނީ. އެއްބަޔަކު އެއްކަމެއްގައި ގިނަދުވަހު ތިބީމަ އާހިލެއް ނާންނާނެ. ހެދޭނީ އަތުން ފައިން ގޯސް.

The name is already taken The name is available. Register?

ކާލާމަންނަނ

16 June 2019

ބައެއް ވިޔަފާރި ވެރިން ޖުޑިސަރީ އިސްލާހު ކުރުމާ ދެކޮޅަށް މި ނިކުންނަނީ ކީއްވެގެންބާ؟ މިސާލަކަށް ޖާބިރާ ގާސިމް.

The name is already taken The name is available. Register?

މުރާސިލް

16 June 2019

ވިޔަފާރި ވެރިން އެކަނިތަ؟ ވައްކަމުގެ ކުށް ސާބިތުވެފައި ތިބި މީހުންވެސް އެބަ ނިކުމޭ، އަދި ރިޝްވަތު ދިންކަމަށް ބުނާ މީހާވެސް އެބަ ނިކުމޭ ހިމާޔަތުގައި. އެމީހަކީ ކާކުކަން ދެނެގަތުމަށް އެމީހާގެ ރަހުމަތްތެރިންނަށް ބަލާށޭ ބުނަނީ ކަމަކު.

The name is already taken The name is available. Register?

ޗިޗަންޑާނަވާރަ

16 June 2019

ތިއީކީ އެއް މުޅިން ހަމަ ޖެހޭ ވާހަކަ އެއް ނޫން. ގާނޫނު އަސާސީ ބަދަލު ކުރެވޭހާ ބަރު އެބަ އޮތް. އެ ގޮތަށް ބަދަލު ކޮށް، ކޯޓުން ހުއްޓުވިއްޔާ ރައްޔަތުންގެ ވޯޓު ނެގެން ވެސް އޮބަ އޮތް. ގަދަބާރުން އުސޫލު ތަކާ ޙިލާފަތް ކުރާ ކަންކަން އަބަދުވެސް ގޮވާނީ އަތަށް. ޔާމީނަށް ވީ ވެސް އެހެން. މީގެ ކުރިންވެސް ވީ އެހެން. ދެން ވެސް ވާނީ އެހެން. އެހެން ވީމަ މަސައްކަތް ކުރެވޭނެ ބައިވަރު މަގު އޮތްވާ ނުވާނެ އޭ ކިޔާ ނުޖެހޭ މިހާރު އޮތް އުސޫލު މުގުރާކަށް.

The name is already taken The name is available. Register?

0000000000

16 June 2019

މަށަށް ފެންނަނީ ޑީޑީ ސަސްޕެންޑް ކުރާނީތޯ ނުކުރާނީތޯ ވޯޓެއް ނަގަން. ވޯޓު ނަގާނީ މިސްކިތުގައި. ނަމާދު ނިމިގެން. އިމާމު މީހާ ތުހުމަތު ކުރެވޭ މައްސަލަ އިއްވާފައި. ދެން 2 ސަފު ހަދާނީ. ސަސްޕެންޑް ސަފާ ބަހައްޓާ ސަފާ. ބޯގުނާލީމަ ނިމުނީ ރައްޔިތުންގެ ނިންމުން. ޖުޑީސަލް ކޮމިޝަން ނިންމުން ކަމު ނުދައްޏާ. އަބަދުވެސް ފަހުބަސް އިއްވާނީ ރައްޔިތުން.

The name is already taken The name is available. Register?

00000 އަށް

16 June 2019

ޑީޑީ ސަސްޕެންޑު ކުރަން އުސޫލާ ޙިލާފުވާން ޖެހޭތަ؟ އުސޭލެއް ހަދާފަ އޮވޭ. އެއާ އެއްގޮތަށް ކީއްވެ ނުކުރަން އުޅެނީ؟ މައްސަލަ ހުޝަހަޅާމީހާ މައްސަލަ ބަލަން ވެސް އިންނަން ޖެހޭތަ؟ ނަޝީދު ވީމަ އޯކޭދޯ؟ އެބޭފުޅާ އެކިޔަނީ ޖޫޑިޝަރީ އެއްކޮށް އިސްލާހް ކުރަން ހަދާ ގާނޫނު ތަކެއްގެ ވާހަކަ ހެން ހީވަނީ.

The name is already taken The name is available. Register?

0000000000

16 June 2019

00000 އަށް. މިސްކިތް ދެކެ ހާދަ ބިރަކުން ތިއުޅެނީ. އެއޯ؟

The name is already taken The name is available. Register?

ހާދަރު އަސްލަމް

16 June 2019

އުސޫލްގެ ތެރެއިން ގާސީ އަލީ ހަމީދު ސަސްޕެންޑް ކުރުން އޯކޭ ވެފައި ޑީޑީ ސަސްޕެންޑު އޯކޭ ނުވީ ކީއްވެ ސުޕްްރީމް ކޯޓަށް. ދެމީހުންވެސް ތަހުގީގު ހިންގަނީ ޖިނާއީ މައްސަލައެއްގައި. އެކަކު ބަދު އަހުލާގީ އަނެކަކު ރިޝްވަތު. ނޫސްވެރިންވެސް ވެއްޖެނު ލޯޔަރެއް ކައިރީ އަހާލައިގެން މިވާހަކަ ލިއެލަން. ނޫސްފުރަން އުސޫލޭ އުސޫލޭ ނުކިޔާ.

The name is already taken The name is available. Register?

ސައްޔާހު

16 June 2019

މިހާރު ތިޔަ ފެންނަނީ އެމީހަކު ބޭނުންވީމާ ގާނޫނުގެ މާއްދާގައި ހިފުމާއި އަކުރުގައި ހިފާމަންޒަރު. ރާއްޖޭގައި ނުފޫޒު ނުފޯރުވާނެ ދިމަލެއްނެތް. އެންމެ އާދައިގެ ކައުންސިލްތަކަށްވެސް ވަނީ ނުފޫޒުވަދެއްފައި ދެން ކޮންތާކަށް ނުވަންނާނީ. ސިޔާސީ ނުފޫޒެއް ނުވަންނާނެ ބަޔަކު ނުލިބޭނެ. ވަނާޖުބޭގައެއްނޫން ވަރު ހުންނަނީއަކީ.

The name is already taken The name is available. Register?

ލަންބެ

16 June 2019

“If you really want to do something, you'll find a way. If you don't, you'll find an excuse.

The name is already taken The name is available. Register?

ރައްޔިތުންނޭ

16 June 2019

ޑަރ. އުސޫލްތެރެއިން ނުވަންޏާ ރައްޔިތުން ކައިރިއަށް ދާންޖެހޭނީ. ކޮންމެ ރައްޔިތެއް ކައިރިއަށް އިރު އިރު ކޮޅުން ނުދެވޭނެތީ ރައްޔިތުންގެ މަޖިލީހެއް ހަދާފައި އެ ހުންނަނީ ރައްޔިތުން ބޭނުންވާ އުސޫލް ހަދަން. އަވަހަށް އެތަނުން އުސޫލް ހަދާ. އެ ހަދާ އުސޫލް ރަގަޅު ތޯ ބަލަން ރައީސް މީޙާ ކައިރީވެސް އޮންނާނެ ބުނެފައި. އެއީ މާ ބޮޑު ކަމެއްނޫން.

The name is already taken The name is available. Register?

66666

16 June 2019

ފަނޑިޔާރުންނޭ ކިޔާ މި ފެންނަ ފިލްމާ އިވޭ އަޑުތަކުން މީ މުސްލިމް ގައުމެކޭ ކިއަންވެސް ލަދުގަނޭ. މިއަށްވުރެ ކާފަރު ގައުމުތަކުގައި ނާސިގެއެއްގެ އޮޅިއެއް މަތީ ހުއްޓާ ފެނިގެންވެސް ޖެހުނީ ފަނޑިޔާރު މަގާމް ދޫކޮށްލާފައި ދާން. އަދި ކަމެއް ކުރިކަމެއް ނުކުރާކަމެއް އެނގެނީކީވެސް ނޫން. އެކަމަު 100 ޕަސެންޓް އިސްލާމީ މިގައުމުގައި އިތުރަށް މަގާމްގައި ބައްދާ މުއައްސަސާގެ ގަދަރަށް ބެލުމެއް ނެތި! އިސްތިއުފާ އެއީ ދަންނަ އެއްޗެއް ނޫން.

The name is already taken The name is available. Register?

އާބެރު ޓޮއް ޓޮއް

16 June 2019

އާ ޤާނޫނު އަސާސީއާއެކު ތިޔަ މީހުންނަށް ދަސްވީ އެމީހުންގެ ހައްގު. ރައްޔިތުންނަށ އޮތް ޒިންމާއާ ތަނުގެ އަގު ހިފެހެއްޓުމަށްވުރެ ބޮޑަށް. ދެންވާނެ ގޮތް އެވަނީ.

The name is already taken The name is available. Register?

ށަޖު ް

16 June 2019

މިގައުމު ތަރައްގީ ނުވަނީވެސް އަދުލްއިންސާފް ނެތުމުން އިހްތިރާމް ނުޖުރަނީ ވެސް އިތުބާރު ދަމަހައްޓަން އިސްލާމް ދީންގައި ކަނޑައަޅައިފައިވާ އިންސާފްވެސް ނުލިބޭ %100 މުސްލިމް ގައުމު އަދުލު އިންސާ ނެތް %100

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454