ްޕްރޮސެކިއުޓަރުންގެ މަހާސިންތަ ފެށުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ޕީޖީ ބިޝާމާއި ދައުލަތުގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
15 ޖޫން 2019 - 10:39
ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި އިންސާފު ގާއިމުވާ ތަން ރައްޔިތުންނަށް ފެންނާނެ ގޮތަަކަށް މަަސައްކަތް ކުރަންޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ވަކީލުންނާއި އަދުލު އިންސާފު ގާއިމްްކުރުމުގެ ދާއިރާގެ އެހެން މުއައްސާތަކުގެ މީހުންނަށް މިއަދު ފެށި ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބިޝާމް ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ނެތުން ކަމަށެވެ. ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެއީ ދެމެހެއްޓެނިވި ބަދަލުތަކަކަށް ވާންޖެހޭ ކަަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ބަލައިގަންނަ ފަދަ އުސޫލުތަކަށް އަމަލު ކުރުމަށް މުއައްސަސާތަކުން ކުރާ މަސައްކަތްތައް ހަމަހަމަ ދެފުށް ފެންނަ އުސޫލަކުން ކުރުމަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް. އެހެން ކަމުން އިންސާފު ގާއިމްވެގެންދާ ތަން ރައްޔިތުންނަށް ފެންނަން އެބަޖެހޭ،" ބިޝާމް ވިދާޅުވި އެވެ.
ޕްރޮސެކިއުޓަރުންގެ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއީ މިއަދުން ފެށިގެން ތިން ދުވަހަށް ކުރިއަށް ގެންދާ މަހާސިންތާއެއް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ތަފުސީލުކޮށް ވާހަކަ ދައްކަވަމުން ބިޝާމް ވިދާޅުވީ، އެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުލްއުގޫބާތަށް މުއައްސާތައް އަދިވެސް އަހުލުވެރި ނުވުމަކީ އެފަދަ އެއް މައްސަލަ ކަމަށެވެ. އެ ދެ ގާނޫނަށް ދައުލަތުގެ މުއައްސަސާތައް ބީރަށްޓެހިި ވުމުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ކުދި ކުށްތައް ކުރާ މީހުންނަށް ލިބިދެވެން ހުރި ލުއިތަކަށް އަހުލުވެރި ނުވުމެވެ.
ޕްރޮސެކިއުޓަރުންގެ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"ނަމަވެސް މި ނިޒާމު ފައްކާ ކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މި ކުރާ މަސަައްކަތްތަކުން މި ކަން ވެސް އަޅުގަނޑުމެންނަށް ހާސިލުވާނެ ކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ގާނޫނީ ގޮތުން ރާއްޖެއަށް އައި ޒަމާނީ ބަދަލުތައް ތަންފީޒުު ކުރުމަށް ކުރަންޖެހޭ މަަސައްކަތްތަތާ ބެހޭ ގޮތުން ވެސް ބިޝާމް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ، ޖިިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒު ކުުރުމަށްޓަކައި ކަމާ ބެހޭ އިދާރާތަކުން ގަވައިދުތައް ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ގަވައިދުތައް އެކުލަވާލާފައި ނުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ޕްރޮސެކިއުޓަރުންގެ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕީޖީ ބިޝާމް ވާހަކަ ދަކއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ޕީޖީ ވިދާޅުވި ގޮތުގައި، ގަވައިދުތައް ނުހެދި ލަސްވުމުގެ ނަތީޖާ އަކީ، މުޅި ޖިނާއީ އަދުލުގެ ނިޒާމަށް އޭގެ ނޭދެވޭ އަސަރު ކުރުމެވެ. އެހެންވެ، ގަވައިދު އެކުލަވައިލުމާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ފަދަ މަސަައްކަތްތައްް އަވަސް ކުރަން ޖެހޭ ކަމަށް ވެސް ބިޝާމް ވިދާޅުވި އެވެ.
އިސްލާމީ މަރުކަޒުގެ ހޯލުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަހާސިންތާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޔުނިޓްތަކާއި ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ގިނަ މުއައްސަސާތަކާއި ކޯޓުތަކާއި އެހެން ބައެއް އިދާރާތަކުގެ މަންދޫބުން ބައިވެރިވެ އެވެ.
ޕީޖީ އޮފީހުން ބުނީ މަހާސިންތާގައި ބައިވެރިވާ ހުރިހާ މުއައްސަސާތަކުން މަޝްވަރާ ކުރާނީ ގޮންޖެހުންތައް ހައްލުކުރުމާ ބެހޭ ގޮތުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮޓީ
16 June 2019
އަނިޔާވެރި ލާދީނީ އެމްޑީޕީގެ ސަރުކާރެއްގައި ދުވަހަކުވެސް އިންސާފު ފެނުމަކީ މުސްތަޙީލް ކަމެއް.
ޢިޝާ
16 June 2019
، ޔާމީން ވެރިކަމުގައި ކަމާނާ މައްސަލަތައް ގެންދިޔައީ ކަމާނާގެ އޮފީހުގެ ނަޒާހަތްތެރިކަން ގެެއްލޭފަދަ ގޮތްގޮތަށް- ޔާމީންއާއިން ޑައިރެކްޓް ލައިން އޮންނަނީ މަދުބަޔަކަށްކަން އެހިން، ކަމަނާތީ އޭގެ އެކަކުއޭ ބުނާތީ ވެސް އެހިން....އަދުލު އިންސާފުގެ ތެރެޔަށް ސިޔާސީ ނުފޫޒު ވައްދާ ސަރުކާރު ބުނާގޮތަށް ކަންކަންކުރި އެއް ޕީޖީ އަށް ބިޝާމު ވާނެ،، ފެބުރުއަރީ 1 ގައި ސަރުކާރު ދިފާއު ކުރުމުގެ މަސައްކަތުގައި ވަރަށް އެކްޓިވް ކޮށް އުޅުއްވި..
ޖޯޖު
16 June 2019
މިހާރުވެސް އެއުޅެނީ ހަމައެގޮތަކަށްނު؟ ދެންކޮބާ މައްސަލައެއް؟
ހަންސަން
15 June 2019
ޕީޖީ ގެ ޒިންމާ އަދާކުރާކަމަށް ގަބޫލެއްނުކުރެވޭ. ޕޮލިހުން ތަގީގުތަށް ފުރިހަމައެއްނުކުރޭ. ދެން އަދުލު އިންސާފު ގާއިމްވާނީކިހިނެއް.
ޢަބްދުﷲ ބެ
15 June 2019
ޖިނާއީ ޢަދުލުގެ ނިޒާމެއްގައި އެންމެ މުހިންމު އެއްބަޔަކީ ދިފާޢީ ވަކީލުން. ތިޔަ ކޮންފަރެންސްގައި ދިފާޢި ވަކީލުން ނުހިމެނޭކަމީ ތިޔަ ކޮންފަރެންސް ކާމިޔާބު ނުވާނެ ކަމުގެ އެއް ހެކި.
ިއިބްރާ
15 June 2019
ކޯޓްތަކަށް އެމްޑީޕީ ހަރުގެއިން މީހުންލައި ހުކުމްކުރަން ފެށުމުން އިންސާފްގާއިމްވާނެއެވެ.
ބިސްބެ
15 June 2019
މިރާއްޖޭގެ ކޯޓު ތައް ޖެހޭނީ އޯވަރ ހޯލް ކުރަން
ޖައިސާމް
15 June 2019
ބިޝާމް ލަދެއް ނުގަނޭތަ އިންސާފޭ ކިޔައިގެން އަގަހުޅުވަން؟
ޗިޗަންޑާނަވާރަ
15 June 2019
ތި ބޭފުޅާ ޕީޖީ އަކަށް ހުރެ، ޖޭއެސްސީ މިހާރު އޮތް ކޮމްޕޮޒިޝަންގަ އޮވެ، މިހާރުގެ އޭޖީ ހުރެ، މިހާރު ތިބި ފަނޑިޔާރުންގެ ގިނަ ބަޔަކު ތިބި ހާ ހިނދަކު ގިނަ ބަޔަކު ގަބޫލެއް ނުކުރާނެ އިންސާފު ލިބޭނެކަމަކަށް. ސަބަބަކީ ފަނޑިޔާރުން ވަކި ކޮށްފަ ދެންލާނީވެސް ސިޔާސީ ފަނޑިޔާރުން ވީމަ. މިނިވަން ކުރަން ޖެހެނީ ސިޔާސީ މީހުންގެ ފުށުންނާއި ޗެކް އެންޑް ބެލެންސް އެއް އޮވެ، ޖަވާބުދާރީ ކުރެވޭނެ މިނިވަން އޮނިގަނޑެއްގެ ތެރެއިން. މިހާރު އޮތް އުސޫލު ތަކަކީ ހަމަ ސައިބޯނި ބޮކި
ޖީމު
15 June 2019
ޕީޖީ ތެރޭގައި އެންމެ ވަރުގަދަޔަށް ބިސާމްގެ އެޖެންޑާ ޕީޕީއެމްއަށް ކާމިޔާބުކޮށްދިނުމުގައި އުޅުނީ މަހްމޫދު ސަލީމް އެއްވެސް މީހަކު އޭނާގެ ވާހަކަ ނުދައްކަނީ ކީއްވެ. ބިސާމް އިސްތިޢުފާ
ހައްޤުބަސް.
15 June 2019
ކަނޑައެޅިގެން ދޮގެއް.އެއީ 100 ޕަސެންޓް އެމްޑީޕީ އާއިލާއެއްގެ އެމްޑީޕީ ސަޕޯޓަރެއް.ރާއްޖެ ޓީވީން ގެނައި މޮޅެތި ރިޕޯޓުތަކުގެ އެއް މޭސްތިރި.ރާއްޖެޓީވީގެ ޝެއަރ ހޯލްޑަރުންގެ ގޮތުގަ ތިއްބެވީ އޭނާގެ އެއްބަނޑު އެއްބަފައި ދެ ބޭބެއިން.. އެކަކީ އެމްޑީޕީ ތަމްސީލު ކުރާ މަޖިލިސް މެންބަރެއް.. ސަލީމަކީ ވަރަށް ޕްރޮފެޝަނަލް އަދުލުވެރި ބޭފުޅެއް. ބޭކާރު އަނގަ ނުތަޅާ މަޑުމައިތިރިއެއް. ނިހާޔަތު އަދި ބިޝާމު އެއީ ވަކި ފެކްޝަނެއް. ވާނުވާގަހުރެ ފިތުނަވެރި ވާހަކަ ނުދައްކާ
ހާދިމުންގެ ހާދިމް
15 June 2019
މަށަށް ދެރައީ ރައީސް އިބޫ އަށާއި މަޖިލިސް ރައީސް އަންނި އަށާއި ރައްޔިތުންގެ ޚާދިމުންނަށް މިތާ މިލިޔާ ވާހަކަތައް ނުފެންނާތީ
ޝާހިދު
15 June 2019
ވެރިކަން ލިބުނީމާ މި މީހުންނަށް ވާ ގޮތެއް ނޭނގެ.. ދެން މި މީހުންނަށް އަހަރެމެން ފެންނާނީ ވެރިކަން ވެއްޓުނީމަ.. ދެން އެދުވަހުން ބިޝާމޭ ކަތްދާފުޅޭ ޙަސަނޭ ބާޣީ އޭ ގޮވާނެ..
ނަޝީ
15 June 2019
ތިފެނުނު މީހަކު ނެތް. ސްޕްރީމް ކޯޓުން ހީވަނީ މިހާރު ކަރުގަ ކައްޓެއް ޖެހިގެން އުޅޭ ބައެއްހެން. ރަގަޅު ވެރިކަމެއް ކުރެވޭނީ ކޯޓްތައް ސާފްކުރެވިގެން