މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގެ ތެރެއިން.--- ފޮޓޯ: ޕީޕީއެމް ޓްވިޓާ
16 ޖޫން 2019 - 14:01
މި އަހަރުގެ ދައުލަތުގެ ބަޖެޓުން އިދިކޮޅު ޕާޓީ، ޕީޕީއެމަށް ލިބެންޖެހޭ 9.2 މިލިއަން ރުފިޔާ މިހާރު ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ޕީޕީއެމަށް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިފައިވާ ފައިސާ މިދިޔަ ބުރާސްފަތި ދުވަހު އެއްކޮށް ޖަމާކޮށްފައިވާ ކަމަށެވެ.
މި އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 26.2 މިލިއަން ރުފިޔާ ދޭން އޮތީ ކަނޑައަޅައިފަ އެވެ.
އީސީގައި ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރެއިން ދައުލަތުން ފައިސާ ދެނީ 10،000 އަށްވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ. އެހެންވެ މި އަހަރު ވެސް ފައިސާ ލިބެނީ، މިދިޔަ އަހަރު ބަޖެޓު ފާސްކުރި އިރު އެ އަދަދަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީއަށެވެ. އެ ޕާޓީތަކަށް މީގެ ކުރިން ވަނީ ފައިސާ ޖަމާކޮށްފަ އެވެ.
މެމްބަރުން ތިބި އަދަދަށް ބަލައި މި އަހަރު އެންމެ ގިނަ ފައިސާ ލިބުނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށެވެ. އެ ޕާޓީ އަށް 12 މިލިއަން ރުފިޔާ ލިބުނުއިރު ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށް ލިބުނީ ދެ މިލިއަން ރުފިޔާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އާމިރު
16 June 2019
ދޭނެކަމެއްނެތޭ...
ކުނި މަސްހުނި ގަޑު
16 June 2019
ޚަބަރު ދާރު ތި ލާރި ކޮޅު ޕީއެންސީ ގެ ބޮޑުން ކާލަން ނުދޭތި..
ހިމާރުލް ޤައުމު
16 June 2019
އެމްޑީއޭގައި އަސްލު 10،000 މީހުން ހަމައެއްނުވާނެ. މުޅިން އޮޅުވާލުން. ދައުލަތުގެ ފައިސާ ބޭކާރުކުރުން ހުއްޓުވަން ޖެހޭ