ނައިބު ރައީސް ފައިސަލް ނަސީމު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ވާހަކަދައްކަވަނީ--ފޮޓޯ:ރައީސް އޮފީސް
17 ޖޫން 2019 - 16:10
ރައްޔިތުންގެ އާމްދަނީގެ ބޮޑުބައެއް ގެދޮރުގެ ކުއްޔަށް ހޭދަކުރަން ޖެހުމަކީ ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ، ރާއްޖެ ކަހަލަ އާބާދީއެއް އޮންނަ ގައުމެއްގައި ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސްގައި ފެށި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ މެންދުރު ސެޝަންގައި ނައިބް ރައީސް ވިދާޅުވީ، ރާއްޖެ އަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އަހަރުން އަހަރަށް ކުރިއަރަމުން އައި ނަމަވެސް، އެ ކުރިއެރުން ހުރިހާ ރައްޔިތުންގެ މެދުގައި ނުބެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު، މި ސަރުކާރުން މަސައްކަތް ކުރަނީ، ހުރިހާ އެންމެން ޝާމިލްވާ ގޮތަށް ގައުމު ތަރައްގީ ކުރުމަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންވެސްޓަރުން ހޯދުމަށް ބާއްވާ ފުރަތަމަ މިފަދަ ފޯރަމްގައި ފައިސަލް ވިދާޅުވީ، ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާ އިން ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ އިރު އަދި ވެސް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ.
"މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތަށް ބޮޑު ކުރިއެރުމެއް ވަނީ ގެނެސްފައި. ނޭޝަނަލް މެންޓަލް ހެލްތް އިންސްޓިޓިއުޓުން އާސަންދަ ކަވާ ކުރާނެ ގޮތް ވަނީ ފަހިކޮށްދީފައި. ނުވަ އަހަރާއި 13 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް އެޗްޕީވީ ވެކްސިން ވަނީ ދީފައި،" ފައިސަލް ވިދާޅުވި އެވެ.
ސަރުކާރުން ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިއްހީ ހިދުމަތްދޭ ތަންތަން ގުޅާލުމަށް މަސައްކަތް ކުރާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޭން
18 June 2019
ގަބޫލުފުޅު ނުކުރެވެންޔާ އަވަހަށް އެކްޝަން ނަންގަވަންވީ ނޫންތޯ... ރައްޔިތުން ހަނާހުނި ވަނީ ކަރަންޓް ބިލް އެހާ ބޮޑު ފެން ބިލު އެހާ ބޮޑު...މުސާރަ އެހާ ކުޑަ...ކިހިނެތް ދިރިއުޅެނީ ދެން މިވަރުން...ވަރަށް ހިތްދަތި...ވައިސް ޕްރެސިޑެންޓް ކޮންމެވެސް ގޮތެއް ހައްދަވާ ދެއްވާ... އެހެންނޫނީ ރަށުގައި ރަގަޅު ފެސިލިޓީސް އަޅުގަނދުމެންނަށް ދެއްވާ...ނޫނީ ފްލެޓް ދެއްވާ...
އެމްސް
18 June 2019
މާލެ ނައިސް 2 ކޮޅުޖެހޭ އާމްދަނީ އެއް ހޯދޭނެ ގޮތް އަވަހަށް ހައްދަވާ، އިސާހިތަކު ތިކަން ޙައްލު ވެދާނެ
ޗިޗަންޑާނަވާރަ
18 June 2019
ތިކަމަށް ހައްލު ގެންނަން ޔާމީނު އަޅަން ފެށި ފްލެޓްތަށް ކަލޭމެން ކޮތަރު ކޮށްޓޭކިޔާ ހުއްޓުވާ %50 މަދުކޮށްފަ ކޮންހާ ބޭކާރު އަނގައެއް ތަޅާކަށް؟
އެޑްމުންޑޯ
18 June 2019
މިހާތަނަށްވެސް ފާހަގަނުކުރެވޭ ކަމެއްގެ ވާހަކަ ބުނަލާނަން ، ނައިބްރައީސް ފަކީރަށް އެއްވެސް ޒިންމައެއްހަވާލުކޮއްފައިނެތް ، މިކަހަލަ ޖަލްސާތަކުގައި ބަހެއްބުނަލަން ހުއްދަ އޮންނަނީ ، ނަމެއްގައި ހުންނަ ނާއިބްރައީސް އެއް.
ކަދުރޭ2
18 June 2019
ރަށްފުށުން އެންމެން މާލެއައިސް މުޅިމާލެ ޚަރާބުވީ. ނޭވާނުލެވޭ. ރަށްފުގައިވެސް ވަޒީފާއާ ވިޔަފާރިތައް ފުޅާވާނެ ކަންކަން ސަރުކާރުހިންގަން ތިބިމީހުން ކޮށްބަލަ. އޭރުން މާލެ ތޮއް ނުޖެހޭނެ. ޓާޓާފްލެޓް ތައްވެސް މާލޭގަ އަޅަން ޖެހޭ ސަބަބެއް ނެތް ޓާޓާ އަތުން ބޮޑު ސަޔެއްގެބޭނުމުގައި ނޫނީ.
އެހެންތޯ
18 June 2019
ރަނގަޅު ވާހަކައެއް. އެކަމަކު މީކީ މިރާއްޖެއަށް އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫން. ދުނިޔޭގެ ގިނަ ކެޕިޓަލް ސިޓީތަކުގެ ކުލީގެ ޚަރަދު އުޅެނީ އާދައިގެ މީހެއްގެ އާމްދަނީގެ %60-40 އާއި ދޭތެރޭ.
ދޮމްބޭބެ
18 June 2019
އާދައިގެ މީހެއްގެ އާމްދަނީގެ %60-40 އިން ކުލި މިތާ ހަމައެއް ނުޖެހޭ. %100 ޕަސެންޓުންވެސް ހަމައެއްނުޖެހޭ. މިތާ އާދައިގެ މީހެއްގެ މުސާރަ އުޅޭނީ 9000 އިން ދަށުގަ. އެއްރޫމް އެޕާރޓްމެންޓެއްވެސް އުޅޭނީ އެންމެ ކުޑަކޮންވެސް 10000 އިން މަތީގަ.. އަސްލު ހަގީގަތަކީ ކުލީގެ %60-40 ޕަސެންޓޭ ކަވަރުވަނީ އާދައިގެ މީހެއްގެ މުސާރައިން،.
ކާފަބޭ2019
18 June 2019
7މިލިއަންރުފިޔާގެލޯނެއްނެގީމަ 20 އަހަރުވަންދެން ކޮންމެމަހަކު 89ހާސްރުފިޔާ ދައްކަންޖެހޭ ދެންކުލި ކުޑަކުރަންހަދާނެގޮތެއްނޭނގެ މުއްދަތުކުޑަކުރަން އެދިއްޖެނަމަ 1 ލައްލަރުފިޔާއަށްވުރެގިނަވޭ ދައްކަންޖެހޭވަރު ވީމާ ކުލިކުޑަކުރެވޭނީ ބެންކުން ނަގާއިންޓްރަސްޓުކުޑަކުރެވި ލޯނުންއަވަހަށްސަލާމަތް ވެވޭނެގޮތެއްހަމަޖެހިގެން އަޅުގަނޑުވެސްްޤަބޫލުކުރަން ކުލިތައްބޮޑުކަމަށް
ރަންނަ
18 June 2019
ނެތް ފެންވަރުން ނުޖެހޭ ގެ ހަދާކަށް. ކުލިދައްކާމީހުން ތިބީ ތިމީހުންގެ ލޯނުދައްކަން ދަރާފަތަ؟
ރާއްޖޭން ބޭރު މާލެ
18 June 2019
.. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަބަދުވެސް ރާއްޖެތެރޭ މީހުންނަށް. އަދި މިހާރު ރައީސް އާއި ނައިބް ރައީސްވެސް ރާއްޖެތެރެއަށް ނިސްބަތްވަނީ.. ތިކަންކަން ރަނގަޅުކުރަން ފުރުސަތު އަބަދުވެސް ލިބިފަތިއޮތީ.. މާލޭމިހާ ރާއްޖެތެރޭމީހާ އަޅުވެތިކުރަނީޔޭ ނުކިޔާ.. ރާއްޖެތެރޭ އިއްޒަތްތެރި މެމްބަރުންނާއި ރާއްޖެތެރޭ ރައީސްމީހާ ރާއްޖެތެރޭމީހާ އަޅުވެތިކުރަނީ...
އައްލާ
18 June 2019
ހަމައެކަނި މާލޭގެ ރަށްޔަތުންނައް މީގެ ކުރީގައިނޯވޭ ބައްޕަގެ މަންމަގެ ބިންކޮޅެއް އޮވޭތޯ އަނބިމީހާގެ ބިންކޮޅެއް އޮވޭތޯ 18 އަހަރު ހަމަވީމާ ސަރުކާރުން ގޯތިދޫކުރަށްވާ ހެދުމާ ނުހެދުމާ އައީ އަމިއްލަ ކަމެއް މިހާތަނައް އަމިއްލަޔައް ގުދޮރު އްޅައިގެން އުޅުނީ މީވަރއް ސިންޕަލްކަމެއް މިހާރުވެސް ރައްރަށުގައި ގޯދި ދޫކުރާހެން ގޯތި ދޫކޮއްބަލަ މަސް އަލަ ހައްލުވީ ހައްތާވެސް ބަލަނީ ރައްޔަތު މީހާ ދާއޮހޮރުވާ ލައިގެން ހޯދާފައިސާކޮޅު ފުލެޓް ގެސްޓް ހައުސްގެދަށުން ހުސް
ސައީދުތުރީ
18 June 2019
އެއީ ސީދާ ރަށްޔަތުން އަޅުވެތިކުރަން ހިންގި ނަސްލީ އިމްތިޔާޒެއް 3000 ވަރަކަ އަހަރުވެއްޖެ މީހުން އުޅޭތާ 1978އަހަރާހަމަޔައް މިގެދޮރުވެރިކަމުގެ މަސްއަލައެއްނެތް މިހުރިހާކަމެއް މިޖެހުނީ ރާވައިގެން ރަށްޔަތުންލައްވާ ބިންހިއްކުވަން މަސައްކަތް ކުރުވާފައި ހަމައެކަނި މާލޭގެ ރަށްޔަތުންނައް ގޯތިނުދީ ބިންތައް ހިސޯރުކޮއް ފުލެޓްގެ ނަމުގައި ގެސްޓުހައުސް ވިޔަފާރި ސީދާ ރައްޔަތުންނައް އަމާޒްކޮއްފެއްޓީ މިކަން ވަރައްސާފު މީގެ ކުރީގައިނޯވޭ ބައްޕަގެ މަންމަގެ މުނިމާމާގެ
އަމީތާބު
18 June 2019
ތިވާހަކަ ދިމައެއްނުވޭ. މާލޭންނާވިލިމާލޭންނާ ހުޅުމާލެއިން ގޯތިތަކާ ފްލެޓްތައް ގިނައިން ދީފަހުރީ މާލެ ނޫންމީހުންނަށް.