ޖޭއެސްސީގެ ބައެއް މެމްބަރުން މަޖިލީހުގެ ކޮމެޓީއެއްގައި: ފަނޑިޔާރު ޑީޑީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ޖޭއެސްސީން މިރޭ ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
18 ޖޫން 2019 - 00:17
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލާގައި އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުގައި ޖަވާބު ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފި އެވެ.
ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން މިދިޔަ ހަފުތާގައި ނިންމާފައި ވަނިކޮށް އެ ނިންމުން ބާތިލްކުރަން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ސުޕްރީމް ކޯޓުން އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ނިންމާފައި އޮތީ އެ އަމުރު ގަބޫލު ނުކުރުމަށެވެ.
ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައިވަނީ ފަނޑިޔާރު ޑީޑީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ޖަވާބުދާރީވުމަށް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރަކު ފޮނުވަން މިރޭގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން އެ މައްސަލާގައި ޖަވާބުދާރީވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދެންނެވުމަށް ވެސް ކޮމިޝަންގެ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
Commission gai miadhu (17.06.2019) beyvvi badhaluvumuge news briefing.https://t.co/JRFl9hno4x
— JSC Maldives (@MaldivesJSC) June 17, 2019
ޖޭއެސްސީގެ ޓުވީޓު
ފަނޑިޔާރު ޑީޑީގެ ދެ މައްސަލައެއް ޖޭއެސްސީން ބަލަން ނިންމައި، އެމަނިކުފާނު މިރޭ ވަނީ ބަޔާން ނެގުމަށް ޖޭއެސްސީއަށް ހާޒިރުކޮށްފަ އެވެ.
ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް ނާޅަން ސުޕްރީމް ކޯޓުން ކުރި އަމުރު ގަބޫލު ނުކުރަން ޖޭއެސްސީން ނިންމާފައިވާތީ ސުޕްރީމް ކޯޓުން ވަނީ އިތުރު އަމުރެއް މިއަދު ނެރެ، އެ ކޯޓުގެ އަމުރާ ޚިލާފަށް ޖޭއެސްސީން ކުރާ ހުރިހާ ކަމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
18 June 2019
އަހަރެންގެ ގެއިން މީހަކު ވައްކަންކުރުމުން ޕޮލިހުން މައްސަލަ ތަހުޤީގުކުރުމަށް އޭނާއާސުވާލުކުރަން ގެންދާއިރަށް ސްޕްރީމްކޯޓުން އޭނާއާއި ސުވާލުނުކުރާތި، ފިޔަވަޅެއްނާޅާތި، ގައިގައި އަތްނުލާތި އޭނާބަންދުނުކުރާތި މިކޯޓުން ބުނަންދެކަށް ކިޔާފަހުބަސްބުނުން މިއެއްނޫންތޯ މައްސަލަޔަކީ މީއަޅެ ބޮޑުވަރުނޫން ދެންކޯންއެއްޗެއް
ޑީޑީ ޑީޑީ
18 June 2019
ޑީޑީ ވަކިކުރީމަ ފަޑިޔާރުގެ އިސްލާހު ވަންޏާ މީ ވަރަށް ބޮޑު އަޖައިބެއް...
އުސްތާޛްޒަކީ
18 June 2019
ސުޕްރީމް ފަނޑީޔާރެއްގެ މައްސަލައެއް ބަލަން ހަމަ ފަށާ އިރަކަށް ސުޕްރީމް ކޯޓުން ބޮޑު އަމުރެއް ނެރެ އެކަން ހުއްޓުވާނަމަ ދެން ސުޕްރީމް ފަނޑިޔާރެއްގެ ކަމެއް ބެލޭނެ ގޮތެއް އޮންނާނެހޭ، ނޯންނާނެއޭ! އެކަމަކު ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަސް ޒިންމާ ކުރުވެންޖެހޭނެ ކަމަށް، ގާނޫނު އަސާސީ ގައި ރައްޔިތުން ބޭނުން ވެގެން ލިޔުއްވީ ވެސް މިސަބަބައްޓަކައެވެ. ބާރު އޮތީ ރައްޔިތުންގެ އަތް މަތީ ގައި ކަން ހަނދުމަފުޅުކޮށް އަރުވަމެވެ.
ދާންދޫ
18 June 2019
ސްޕްރީމް ކޯޓަށް ބެލޭނެ މައްސަލަ ތައް އެގޭނީ ޖޭ.އެސް.ސީއަށް ދޯ ؟ މިހާރު.
ދޯރި
18 June 2019
ރައްޔިތުން މެޖޯރިޓީ ދިނީ ކަމަކުއެވެ. ޖުޑީޝަރީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސްޕްރީމް ކޯޓުން އެކޯޓަށް ލިބިފައިނުވާ ބާރުގެ ބޭނުންކޮށް ޝަރުއީ ނިޒާމުގެ ކަންކަމަށް ނުފޫޒު ފޯރުވުމެވެ. ޖޭއެސްސީގެ މެމްބަރުންގެ ވާހަކައިން އެކަން ވަރަށް ސާފެވެ. ސަރކިއުލާއެއް އާންމު ސިޓީއެއް ނުނީ އަމުރެއް ނެރެގެން ކޮންމެވެސް ދެކޮޅުނުޖެހޭ ކަމެއްކުރެއެވެ. ވީމާ، ސްޕްރީމް ކޯޓްގެ ފަޑިޔާރުންނަށް ލިބިފައިނުވާ ބާރުގެ ބޭނުންކޮށްފައިވަ އެމީހުން މަގާމުން ވަކިކުރާށެވެ.
Dhaadhey
18 June 2019
ސާކިއުލަރ އަކުން ގާނޫނު އަސާސީގައި ސަރީޙަކޮށް ބުނެފައިވާ ބާޠިލު ނުކުރެވޭނެ ކަމާއި، ސްޕްރީމް ކޯޓަށް ލިބިގެންވަނީ ގާނޫނީ ހަމަތަކުގެ މަތިން އެކޯޓަށް ހުށެހެޅޭ އަދި އެކޯޓުގެ އިޚްތީޞް ތެރޭގައި ހިމަނާފައިވާ ކަންކަން ގާނޫނު އަސާސީގައި ރަތުން ލިޔަންޖެހޭ ކަމަށް ފެނޭ. އަދި މިބުނި ބަހަށް ދެކޮޅު ހަދައި އެކޯޓުން ކުރާ ކޮންމެ އަމުރަކީ އަދި ހުކުމަކީވެސް ބާޠިލު ނިންމުމެއްކަން ލިޔެ ބަޔާންކުރަން ވެއްޖެނުން.
ކޮބާ އިންސާފު؟
18 June 2019
ޖޭއެސްސީގައި މަޖްލިސްގެ ރައީސްއާ، އެކު އުޅުނު ލޯޔަރުންނާ، ނުވިތާކަށް ޖޭއެސްސީގެ ބާކީތިބި މެންބަރުންނަކީ ޕާޓީގެ އެކްޓިވިސްޓުން ތިބެން ނިންމާ ނިންމުމާ، އެކަންކަން ތަންފީޒުކުރަން، ޤާނޫނު އަސާސީން، ޤާނޫނު އަސާސީ މާނަކުރުމަށާ، ޤާނޫނީ އެންމެ ފަހުބަސްބުނަން، ޤާނޫނީގޮތުން އެންމެ މަތީބާރު ދީފައިވާ ސްޕްރީމް ކޯޓްގެ ބަސް ބޮލާލާ، ޖޭއެސްސީއަށް ޖެހިދާނެ ބާއެވެ؟
ނެގުނުކަތީބު
18 June 2019
ޖޭ އެސްގައި މިތިއްބަވަނީ ކޮންކަހަލަ ބައެއްބާވައޭ ހިތަކަށް ނާރާތޯ؟؟؟
އެލެކްސް
18 June 2019
އަބްލޯ ގާޒީ 2
ސިސް
18 June 2019
އަޅެ ފަހެ މީރާޒުވާ ކުޅެނީތަ މަހަމަ ބޯހަލާކު
ތިޔާނުވީ
18 June 2019
ތިޔަކަމެއް ތިޔާގޮތަށް ނުވާނޭ. ރައީސުލް ޖުމްހޫރިއްޔާޖެހޭނީ ކުއްލި ޙާލަތު އިއުލާންކޮށް ގާނޫނު އަސާސީގެ ބައެއް ބައިތައް ސަސްޕެންޑް ކުރުމަށްފަހު ކޯޓްއުވާލައި ސްޕްރީމް ކައުންސިލެއް އުފައްދައި އެކައުންސިލަށް ސުޕްރީމް ކޯޓްގެ ބާރުތައް ދޭންށޭ. މަޖްލިސް މެޖޯރިޓީއިން ގާނޫނު އަސާސީ އިސްލާޙުކޮށް ޖުޑިޝަރީގެ އުވާލަންޖެހޭ ބައިތައް އުވާލައިގެން ނޫނީ ތިޔާކަމެއް ކޮޅެއްގައި ނުޖެހި އަތަށް ގޮވުން ނޫން ކަމެއް ނުވާނޭ. މިއީ މުޖައްރިބު ކަމެކޭ.
Dhaadhey
18 June 2019
ތިބުނީ ރަނގަޅަށް. އެބަޖެހޭ ނެޝަނަލް ސްޕްރީމް ކައުންސިލެއް އުފައްދަން. މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި ޖުޑީޝަރީން ނިންމާ ނިންމުންތަކަކީ ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި ނިންމާފައިވާ ނިންމުމެއްތޯ ބަލައި އަޅަންވީ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސަށް ލަފާއެރުވުން. މައުމޫނު ޖުޑީޝިއަރީގެ ފަހުބަސް ބުނާ މީހަކަށްވެގެން އުޅުއްވަންޖެހުނީ ކަމެއްވެގެން. މިއުނދަގޫތައް އަންނާނެތީ. މައުމޫނު ގޯހެއް ނުހައްދަވައެކޭނުން މިބުނީ.