ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑީޑީ: އެމަނިކުފާނުގެ މައްޗަށް ހިންގާ ތަހުގީގު ޓީވީން ލައިވްކޮށް ދައްކާނެ -- މިހާރު ފޮޓޯ/ހުސައިން ވަހީދު
19 ޖޫން 2019 - 20:44
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ދެކޮޅަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލަތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އާންމުކޮށް ހުޅުވާލައިގެން ހިންގާ ތަހުގީގު ޓީވީން ލައިވް ބްރޯޑްކާސްޓްކުރާނެ ކަމަށް ޖޭއެސްސީން މިރޭ ބުނެފި އެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން އެ ތަހުގީގު އާންމުކޮށް ހުޅުވާލަން ފަނޑިޔާރު ޑީޑީ އެދިވަޑައިގަތުމުން ޖޭއެސްސީން ވަނީ އެގޮތަށް ނިންމައި، އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި މާދަމާ އެ ތަހުގީގު ފަށަން ވަނީ ހަމަޖައްސައިފަ އެވެ. މިއީ ފަނޑިޔާރެއްގެ މައްޗަށް ހިންގާ ތަހުގީގެއް އާންމުކޮށް ހުޅުވާލައިގެން ގެންދާ ފުރަތަމަ ފަހަރެވެ.
ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ދަރުބާރުގޭގައި ޖާގަ އޮތް މިންވަރަކުން އާންމުންނަށާއި މީޑިއާ އަށް އެތަނަށް ވަދެވޭނެ ކަމަށެވެ. އެ ތަހުގީގު ލައިވްކޮށް ޓީވީން ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ޕީއެސްއެމުން އެކަމުގެ ހުއްދައަށް އެދިފައިވާތީ އެ ފުރުސަތު ދީފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ.
"ލައިވް ކުރުމަށް މިހާތަނަށް އެދިފައި އޮތީ ޕީއެސްއެމުން. އޭގެ އިތުރުން އެހެން ފަރާތަކުން އެދުނު ކަމަށް ވިޔަސް އަޅުގަނޑުމެން އެ ފުރުސަތު ދޭނަން،" ޒަހީން ވިދާޅުވި އެވެ.
ޒަހީން ވިދާޅުވީ އެ ތަހުގީގަކީ ހުޅުވާލައިގެން ބާއްވާ ތަހުގީގެއް ކަމަށް ވިޔަސް، ތަހުގީގު ކުރިއަށް ދާ މާލަމުގައި ހިފަހައްޓަންޖެހޭ އުސޫލުތައް އާންމުން ވެސް ހިފަހައްޓަން ޖެހޭނެ ކަމަށާއި އެއާ ޚިލާފްވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެ ކޮމިޝަނުން އަޅާނެ ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދާއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންނާއި ސިފައިން ވެސް ބައިވެރިވާނެ ކަމަށް ޒަހީން ވިދާޅުވި އެވެ.
ޒަހީން ވިދާޅުވި ގޮތުގައި ތަހުގީގުގެ އަޑުއެހުމަށް ވަނުމަށް އެދޭ އާންމުންނަށް އެ ފުރުސަތު މާދަމާ ހެނދުނު 9 އިން ދަރުބާރުގެ އިން ލިބޭނެ އެވެ.
ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަނަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި އޮތުމުން ފަނޑިޔާރު ޑީޑީ މިހާރު ގެންދަވަނީ ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވަމުންނެވެ. އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރު ގަބޫލު ނުކުރަން ޖޭއެސްސީން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާގަބާޑި
20 June 2019
މިފަހަރު އެންގިދާނެ ގަދަކޮޅެއް
ގާސިމް
20 June 2019
މާލޭގެ ތަންތާ ޔާމީން ބެހެެއްޓި ބޮޑެތި ސްކްރީން ތަކުން ވެސް ލައިވް ކޮށްލާތި.
ކުޑަދޫ
20 June 2019
ގަލޮޅުދަނޑުގައި ކުރިޔަށް ގެންދާނަމަ ވަރަށް ގިނަ ބަޔަކަށް ތިޔަ ޝަރީޢަތް ހަމަލޮލުން ބަލާލުމުގެ ފުރުޞަތު ލިބުނީހެއްނު.
ޢަލިކާ
20 June 2019
ޝަމްސުއްދީނު ރަދުންގެ ޝަރީޢަތް ދިއަގޮތަށް ކަންނޭގެ......
ފުންއަސަރު
20 June 2019
ވާނެބައެއް ބުނާކަށް އަދި ނޭނގެ. ހަމަގައިމުވެސް ކޮންމެވެސް އެއްބަޔަކު އޮރިޔާންވާނެ.
ހަތްދިހަފަހެއް
20 June 2019
ފަންޑިޔާރު ޖިންސްގަޑެއް ލައިގެން ޖޭއެސްސީގެ ބައްދަލުވުމަށް ހާޒިރުވުމަކީ ލަދުކަމެއް މިޢީއަޅުނަޑު މިބޭފުޅާއާއި ބެހޭގޮތުން ފާހަގކުރާ ފުރަތަމަކަންތައް ދެންހުރިކަންކަން ފާހަގަކުރެވޭވަރަކުން .........
މުދި
20 June 2019
އަދި ބުންޏެއް ނުން, ތިޔަކުރާ ޝަރިއަތެއް ކުރަންވާނީ ހުޅުވާލައިގެނޭ!. ކޮބާ ހީވޭ ކަމެއްހެން. ތިޔައޮތީ އަމިއްލަޔަށް ދެމި ގުއިރޯނުގަ ޖެހިފަ!
ދަތްނެތްކުއްޖާ
20 June 2019
ތާރީޙީ ދުވަހަކަށް ވާނެދޮތަ! ނިމި ދިޔަ ސަރުކާރުން މިސޮރު ލައްވާ ހުރިހާ ގޯހެއް ހެއްދުމަށް ފަހު އެވެރިން މި މަންޒަރު ބަލަން މާދަމާ ޓީވީ ދޮށުގައި ބޮޑު ކެއުން ކައްކައިގެން މި ފަނޑިޔާރަށް ޖޯކު ޖަހަޖަހާ މަލާމާތް ކޮއްކޮއް އެވެރިން މަންޒަރު ބަލަން ތިބޭނެ ދޮތަ!
އައްޑޫ ރަދުން
19 June 2019
ވަރަށް ރަނގަޅު ނިންމުމެއް.މިގޮތަށް ގެންދިޔައިމަ ގޯހީ ކޮންބައެއްކަން ވަރަށް ސާފުކޮށް އެނގޭނެ.ސަރުކާރުން ޒާތީ ވަނީތޯ ނުވަތަ ނުހައްގު ކަންތައް ތަކެއް ޑީޑީ ހިންގިތޯ ރައްޔިތުންނަށް ވަރަށް ސާފުވާނެ.ބޮޑެތީ ހުރިހާ މައްސަލަތަކެއްވެސް ލައިވު ކުރުން ވަރަށް މުހިންމު.
ރަދީފުގެމުންނަ
19 June 2019
މިއޮތީވާ ކަމެއް.. ތިކަންވެސް އަވަހަށް ނިންމާލާ މާދިގުދަންމާނެ ކަމެއްނެތް..