ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އޮފީސް އިމާރާތް ހުންނަ ސަރަހައްދު: އެ ކުންފުންޏާ ގުޅުން ހުރި ޚިޔާނާތްތަކެއް އޭސީސީން އަންނަނީ ތަހުގީގު ކުރަމުން. --ފޮޓޯ/މިހާރު
24 ޖޫން 2019 - 14:09
ކުރީގެ ސަރުކާރުގައި ކޮރަޕްޝަންގެ "ހާއްޔެއް"ގެ ގޮތުގައި ތުހުމަތު ކުރި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅޭ ޚިޔާނާތްތަކެއް ތަހުގީގު ކުރަން އެތަނަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެއްޖެ އެވެ.
އޭސީސީން ތަހުގީގުކުރާ މައްސަލަތަކުގެ ލިޔެކިޔުންތައް ހޯދަން އޭސީސީގެ ޓީމެއް މިއަދު ވެސް އެޗްޑީސީގެ އޮފީހުގައި ހަރަކާތްތެރިވި އެވެ.
އެ ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެޗްޑީސީއާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފްލެޓްތަކާއި ބިންތައް ދޫކޮށްފައިވާ މައްސަލަތަކުގެ އިތުރުން އެޗްޑީސީން ހިންގި ބައެއް މަޝްރޫއުތަކުން ވެސް ދައުލަތަށް ގެއްލުންވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ނުފޫޒު ގަދަ، އިސް މަގާމްތަކުގައި އުޅުއްވި ބޭފުޅުންނަށް ހުޅުމާލެ އިން ފްލެޓާއި ބިން ދޫކުރި ކަމުގެ ޝަކުވާ ބޮޑުވި އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތް އިންތިޚާބުގައި ޕީޕިއެމްގެ މައި ޖަގަހަ އަކީ އެޗްޑީސީ ކަމަށް ހަދައިގެން، ކެމްޕޭނަށް މިލިއަނުން ހޭދަކުރި ކަމަށް ވެސް ތުހުމަތު ކުރި އެވެ. އެޗްޑީސީ އަށް ވަގުތީ ގިނަ މުވައްޒަފުންތަކެއް ނަގައި އެކި ހަރަކާތްތައް ބާއްވަން މިލިއަނުން ފައިސާ ހަރަދުކުރި ކަމުގެ ތުހުމަތު އެޗްޑީސީން ދޮގުކުރި އެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި އެޗްޑީސީގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވި އެވެ. އޭގެއިން އަރައިގަތުމަށް ނުއަގުގައި ގޯތި ވިއްކަން ވެސް ހުޅުވާލި އެވެ. އެއީ، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400،000ރ.ގެ މަގުން 1،000 އަކަފޫޓުގެ 400 ގޯއްޗެވެ. މިކަން ހުއްޓުވީ އޭސީސީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސަމް
25 June 2019
ވާނެ ހައެއްޗެއް ވީމަ ގޮސް ކޯންޗެއް ބަލަން
ހައްޤުވެރިޔާގ
24 June 2019
މިއީ މިހާތަނައް މިސަރުކާރު އައިފަހުން ލިބުނު އެންމެ އުފާވެރި ހަބަރު، މިކޮރަޕްޝަންގެ އަމަލުތައްބަލާ ްް ވީހާވެސް އަވަހަކަށް ފިޔަވަޅު އަޅަންވީ،.. އެތައް ނިކަމެތި ރައްޔިތުންގެ ހައްގުތައް ނޮޅައިގެން ކައިފަ އެތަންތަން ކުއްޔައްދީފަ ގިނަމީހުން ދިރިއުޅެނީ މިހާރު ރާއްޖޭން ބޭރުގަ
ެސަމްރާ
24 June 2019
އެޗްޑީސީގެ ނުފޫޒު ގަދަ، އިސް މަގާމްތަކުގައި އުޅުއްވި ބޭފުޅެއް ހުޅުމާލޭގައި ކާރުގަނެގެން ، ބުކްޝޮޕް ހިނގައިގެން އުޅެނީ. މިސަރުކާރުގައި ކުލަބަދަލުކޮށްގެން އަދި ހިފަހަޓާލައިގެން އެބައުޅޭ
ރުޅި
24 June 2019
ހެޔޮނުވާނެ އެކިއެކި ކުންފުނިހަދައިގެން އެކިއެކި މީސްމީހުންނަށް 2018/2017 ގައި ބޮޑެތި ބިންތަކެއްނާޖާއިޒްގޮތުގައި ވަނީ ދީފައި. މިތަންތަން ނަގާތި. އަދި ހުޅުމާލެ ބީޗް ހުސްކުރާތި. އެއީ ހަމަ މިލިއަން ރުފިޔާ. އަދި ތިޔަ އިންޑަސްޓްރިއަލް ޒޯނުން ބިންދީފައިވާ މީހުން އެބިންތަކުގައި ނުގައިވާއިދުން ކުރާކަންކަންވެސް ބަލާތި.
ސޫދާ
24 June 2019
އޭސީސީގެ މައްސަލަބަނީ ކޮންތަނަކުންތޯ އެތަނުގެ ނާއިބުގެ ކޮއްކޮމެންނަށް ހޯދައިދެއްވި ފުލެޓްގެ މައްސަލަ ބެއްލެވީކާކުތޯ ތިޔަގޮވަނީ ގުދޯގުދޯ ޝުކުރިއްޔާ.
ޝޮކްތެރަޕީ
24 June 2019
މިސަރުކާރުގެ ބޭނުމަކީ އެހެންމީހުން ފަލީހެއްކުރުން. އެމްޑީޕީއަ ތާއީދުކުރާ މީހުން ދޫކޮއްލާފަ އެހެން މީހުންބާނާލުން. މީ މިހާރު ފެންނަންއޮތް ހަގީގަތަކީ.
ސަކީނާއްތަ
24 June 2019
ވަރަށް އުފާވޭ. ތިގޮތަށް ހިންގާފައި ހުންނަ ޖަރީމާ ތަށް ފަޅާއަރުވާތީ. ދެން ކުރަންވީ ކަމަކީ ތި މީހުންނާއި މެދު ކުރެވޭ ޝަރީއަތް ފެންނަގޮތް ހެދުން. އަދި އަދަބު ދެވުން.
ހިޝާ
24 June 2019
ކޮބާ ހޭ ޕީއެސްއެމް ގެ ހިޔާނާތްތައް؟
ދޭސީ
24 June 2019
އޭސީސީ ވަނިއްޔާކީއްވާނީ؟ މިސަރުކާރުން ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސްއޭ ކިޔާފަ އޮއްވައެއްނު އޭސީސީން ބުނީ ހުޅުމާލެ ބީޗް ކެފޭތަކާއި ގެސްޓު ހައުސްތަކަށްދީފަ ހުރީ ގޯސްކޮށޭ. އެކަމަކު މިސަރުކާރުން އެއްވެސް ކަމެއްވިތަ؟ ސީދާ މަތިންކަމަށްވަނީ އޯޑަރުއައީ ބީޗްގެ ތަންތަން ނެގުން ހުއްޓުމަށް.
މަރޭމިތުރު
24 June 2019
ބަލަންބަލަން މައްސަލަތައް ލަސްނުކުރާށޭ! އެޅެންހުރި ފިޔަވަޅުތައް އަވަސްކުރާށޭ!........................... ތިތަނުގެ ތެރޭހުރި ކޮރަޕްޝަން އވަހަށް ބަލައި ފިޔަވަޅުއަޅުއްވާ! ތިއީ ކޮޜަޕްޝަންގެ ކިއްލާ ހަދާފަހުރި ތަނެއް.