ކުޑަކުދިންގެ ހިޔާގެ ކޮމްޕައުންޑުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ހެނދުނު ގެއްލުނު ޝައިމް.
25 ޖޫން 2019 - 11:52
ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ޚަބަރެއް ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އުމުރުން 14 އަހަރުގެ ޝައިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރިތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ޝައިމްއާ ގުޅޭ ގޮތުން "އާ މައުލޫމާތެއް ނެތް" ކަމަށެވެ.
"މިހާރު ވެސް ފުލުހުން ދަނީ އެކި ގޮތްގޮތުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ،
ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ބުނިގޮތުގައި، ޝައިމް ހޯދަން މިހާތަނަށް ފުލުހުން ވަނީ ތިން ގެއެެއް ބަލައި ފާސްކޮށްފަ އެވެ. އަދި ސީސީޓީވީ ފުޓޭޖު ބަލައިގެން މަސައްކަތްކުރާ ކަމަށް ބުންޏެވެ.
ޝައިމް ގެއްލުނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންގެ ހިޔާގައި ހުއްޓައި ކަމަކަށް ޖެންޑާ މިނިސްޓްރީން ފުރަަތަމަ އެއްބަހެއް ނުވެ އެވެ. އެކަމަކު މީޑިއާގެ ފިއްތުންތަކާ ހެދި ފަހުން ބުނީ އެ ކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "އަމާން" ގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށެވެ. އެއީކުށުގެ ވެށިން ގެނައި ކުއްޖަކަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހަދަން ކަމަށާއި އެއީ ހިޔާގެ ދަފްތަރުގައި އޮތް ކުއްޖެއް ނޫން ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
25 June 2019
އާދޭސްކޮށްފައި ސަރުކާރަށް ދަންނަވަން ޖެންޑާ މިނިސްޓްރީ އުވާލާފައި ޗިލްޑްރެންސް ޕާރލަމެންޓެއް ރާއްޖޭގައި އުފައަދަން.
އިންސާނާ
25 June 2019
ކޮބާ އެޖެންޑާ ކިމިށަނުން ބުނަނީކީކޭ ގެއްލޭމީހުން ހޯދަން ދެން ކޮންބާރެއް ބޭނުންވާނީ ރައްޔިތުންނައް މަންފާހުރި ގޮތަކަށް ބާރުތަކުގެ ބޭނުންހިފަން އަވަސްވެގަނޭ
ހަގީ
25 June 2019
ވެރިކަން ފޮރޮޅާލަން ޖެހޭ
ކޮމިޝަން.
25 June 2019
ކޮބާ ކޮމިޝަން ގެއްލޭކުދިން ހޯދާކޮމިޝަން މިފަހަރު ހަދަންޖެހޭނީ، ރަޢީގެ ޖީބުން އެމްޑީޕީ 6 ކަކުދިންނައްގަވާފަ އަވަހައްޢިޔުލާންކޮށްލައްވާ.
ފާފުން
25 June 2019
ގެއްލޭމީހުންނާއި ގޮތްްނޭގޭ މަރުތައްބަލާ ކޮމިޝަނުގެ ހުސްނުއްސުޢޫދު އާއި މައްސަލަ ހަވާލުކުރަން ފެނޭ.
ސަމޭދާން ބުނި ގަތޫރާ
25 June 2019
ސިދާތާދައްތަ އިސްތިއުފާ.
ޢަލީބަލީ
25 June 2019
ހީވަނީ ނޫނީ ޔަގީންވަނީ އެ ސޮރު ފިލައިގެން އުޅެނީކަމަށް. ކުށުގެ ވެށިން ގެނައީ، ދާނީވެސް ކުށުގެ ވެއްޓަށް. މިގޮތަށް ބަލަހައްޓާ ކުދިން ފިލާގޮތަށް ތަން ޑިޒައިން ކޮއްގެން ނުވާނެ. ދުވަސް ކޮޅަކު ގޭންގް ތަކާ ދުރުގަ ގެންގުޅުނީމާ ރަގަޅުވާނެ.
ގަޓް ބްރޯ
25 June 2019
ރިލްވާން ގެއްލުނުތާ ކިތައް އަހަރު؟ އަދިވެސް ނުފެނޭ!
ޙިޔާ
25 June 2019
އަހަރުންނަށް ކީ..އޭނަ އެކަނިތަ ގެއްލުނީ
ހަސަން ނުވަވަނަ
25 June 2019
ބޮޑު ހާއިނު ލުތުފީގެ ހާދިސާ ގޮތަށް ނުކުޅެދޭ ކުޅަނދު މަދު ސަރުކާރުން މިކަމުގަވެސް ފުރަތަމަ އުޅުނީ ދޮގު ހަދައިގެން ފޮރުވަން. ކަންކަން އެނގޭ މީހުން ނޫސްތަކުގަ ކޮމެންޓް ކުރަން ފެށީމަ އެއްމެ ފަހުން އެއްބަސްވީ
މިގޭ
25 June 2019
ސިޑޭ ކޮބާ