ބެންގަލޫރަށް ފުރާވަޑައިގަތުމަށް އަނބިކަނބަލުން މަރިޔަމް ނަޝްވާ އެކު އަދީބު އެއާޕޯޓުގައި. --ފޮޓޯ/ސޯޝަލްމީޑިއާ
25 ޖޫން 2019 - 22:26
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބެންގަލޫރުގައި ބޭސްފަރުވާކުރުމަށް ކަރެކްޝަނަލް ސާވިސް އިން ދިން މުއްދަތު މިރޭ އިތުރުކޮށްދީފި އެވެ.
ކަރެކްޝަނަލް ސާވިސް އިން މިރޭ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭން ބޭރުގައި ފަރުވާ ހޯދަން އަދީބަށް ދިން މުއްދަތުގައި އެކަންކަން ފުރިހަމަކުރެވިފައި ނުވާތީ އެ މުއްދަތު އިތުރުކޮށްދޭން އާއިލާއިން މިއަދު އެދިފައިވާ ކަމަށެވެ. އެހެންވެ ފަރުވާގެ ބޭނުމަށް އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ބުންޏެވެ.
ބޭސްފަރުވާ އަށް އަނބިކަނބަލުން މަރިޔަމް ނަޝްވާއާ އެކު އަދީބު ފުރާވަޑައިގެންނެވީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެނބުރި ވަޑައިގަންނަވަން ކުރިން ހަމަޖައްސާފައިވަނީ މާދަމާ އެވެ.
"..އަދީބު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ މުއްދަތުގައި ބޭސްފަރުވާގެ އެންމެހާ ކަންކަން ފުރިހަމަ ކުރެވިފައިނުވާތީ އަދި ވަކިން ހާއްސަކޮށް ކެންސަ ސްކްރީންއެއް ހެދުމަށް ޑޮކްޓަރު ދެއްވާފައިވާ ލަފާފުޅާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ރާއްޖެއިން ބޭރުގައި ބޭރުން ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތު އާއިލާއިން އެދިފައިވާތީ، އަހުމަދު އަދީބު ބޭސްފަރުވާގެ ބޭނުމަށް ވަގުތީގޮތުން ޖަލުން ދޫކޮށްފައިވާ މުއްދަތު 6 ޖުލައި 2019 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްދެވިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުމާއި ދައުލަތުގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތްތެރި ވުމުގައި އިސްކޮށް އުޅުއްވި ކަމުގެ އިތުރުން ވެސް ގިނަ ކުށްތަކެއްގެ ތުހުމަތު ކުރެވޭ އަދީބު ބޭސްފަރުވާ އަށް ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ މެޑިކަލް ބޯޑުން ދިނީ އެއް އަހަރު ދުވަހަށެވެ.
ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަދީބުގެ ދަތުރުގައި ސަލާމަތީ ކަންކަން ވާނީ ވަރުގަދަކޮށްފަ އެވެ. އޭނާ އެކު އިންޑިއާގައި ދިވެހި ތިން ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ތިން އޮފިސަރަކު ހަރަކާތްތެރިވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިކުރު
26 June 2019
އާއްމު ރައްޔިތު މިހާާ އަށް މިއުޅެނީ ބޭސް ފަރުވާ އަށް ދާން އާސަންދަވެސް ނުލިބިގެން..އެކަމު އަދީބު މެން ދާން ވީމަ ސަރުކާރު ހަރަދުގަ ހުރިހާ ކަމެއް..އެކުގަ ޕޮލިސް 3 މީހުންނާ ކަރެކްޝަން ގެ 3 މީހުން ވެސް ސަރުކާރު ހަރަދުގަ..ކިހާ ހެއްވާ...
ޒުވާނާ.
26 June 2019
ސަރުކާރައްކުރިތާއީދު އަހަރެން އަނބުރާގެނެސްފިން އަދީބަކީ ބޮޑުއަނިޔާވެރިއެއް
ތޮޅި
26 June 2019
ނާނަ ނާނާނާ ނާނަ ނާނާ ނަޝް ... ނާނަ ނާނާނާ ނާނަ ނާނާ ނަޝް .. ދެން ލަލަލާ .. ބުރޯ ބަޗައިފި!
ހަސަން ނުވަވަނަ
26 June 2019
ބަލަ މީނަ ފަންޑުކޮށްގެން ޖަޒީރާ ވެރިކަމަށް ގެނައީ. ދެން ޕޭބެކް ދޯ މިހާރު އެ ދަނީ
ދޭސީ
26 June 2019
މިފަހަރު އަދީބު ފިލުވަނީ. ކުރީފަހަރު ލުތުފީ. އެމްޑީޕީވަރުގެ ގައުމަށް ގައްދާރުވާ ޕާޓީއެއް ނުދެކެން.
ދެރަ
26 June 2019
ތިޔަ ބޭސްފަރުވާއެއް ދެން ނުނިމޭނެ. އޭނާއަތުގައި މިލިއަނުން ޑޮލަރު އެބަހުރި. ދެން ކީއްކުރަން އަންނަންވީ. އިބޫއަށް ވޯޓުދެވުނީތީ ދެރަވަން.
ބޮޑުމީހާ
26 June 2019
އަދީބު ދައްކަނީ އިންޑިއާގެ އައިޖީއެމްއެޗް އަށްތަ؟ ތިހާ ދުވަސް ތި ނަގަނީ. އެޕޮއިންމެންޓެއް ނުލިބެނީ ދޯ. ވެއިޓިންގް ލިސްޓްގަ މީހުން ގިނަކަމުން. އަދީބު ރާއްޖެ އައިސް ޖަލަށް ވަންނަތަނުން ކަންނޭގެ އެޕޮއިންޓްމަންޓް ހަމަޖެހިގެން ގުޅާނީ
ފޫލްސް
25 June 2019
އޭނަ އެތާ އެބަ ފަރުވާއެއް ކުރޭބާ؟ ނުސްވެރިން އަޅެބަލާލަދެއްވާ.
ހުސޭނުބެ
25 June 2019
އެމީހަކު މިނެދޭ ނާޅިއަކުން އެމީހަކަށް މިނެދޭންވާނެއެވެ.
ރިނީމް
25 June 2019
ސަރުކާރު މިހާރުއޮތް ހާލަތައް ތިޔަކީ ކުރަންޖެހޭ ކަމެއް..ފޮރިންމިނިސްޓަރ ބޭރަށްގޮސް ހޯދާއެހީއަށްވުރެ އެތައް ގުނައެއް ރަނގަޅުކަމަށްވަނީ އަދީބްގެ މުއްދަތު އިތުރުކުރުމުން..