ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި (ވ) ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް. -- ފޮޓޯ: މިހާރު
26 ޖޫން 2019 - 13:22
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބި، މިނިވަންވާ ތަން ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ސަރުކާރުގައި ބޮޑެތި ޖަރީމާތަކެއް ހިންގި ކަމަށް ބުނެ އެ މައްސަލަތަކުގެ ތަހުގީގުތައް އަވަސް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވީ ސަރުކާރުގެ އެކި މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ދިގު މުއްދަތަކަށް ކުރެއްވި ޔާމީނަށް ކުރާ ތުހުމަތުތައް އިންތިހާ އަށް ގިނަ ކަމަށެވެ. އެމަނިކުފާނާ ދެކޮޅަށް ތުހުމަތުކޮށް، ޝަރީއަތާއި ތަހުގީގު ކުރިއަށް ގެންދާ ނަމަ، ހާއްސަ އިސްކަމެއް ދީގެން އެ މައްސަލަތައް އަވަސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ދައުލަތުގެ މަތީ މަގާމެއް އަދާކުރައްވާފައި ހުންނެވި ބޭފުޅަކާ ދޭތެރޭ ކުރާ ތުހުމަތުތައް ނެތޭ ވަރަށް އިންސާފުވެރި ތަހުގީގަކާއި ޝަރީއަތެއް ހިންގުން މުހިންމެވެ. އަދި ޝަރީއަތުގައި އޮތް މައްސަލައެއް ނަމަ، އެ މައްސަލަތައް ކުރިއަށް ނުދަނީ ކީއްވެތޯ ބެލުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ވެހިކަލަކަށް އަރުވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ފަނޑިޔާރު ބޭނުންފުޅު ނުވަނީތޯ، ނުވަތަ އެހެން މައްސަލަތަކެއް ހުރިތޯ ބެލުމުގެ ޖާގަ އޮންނާނެ. އެހެންވީމާ އެ މައްސަލައާ ގުޅޭ ގޮތުން ދަންނަވާލަން ބޭނުންވަނީ މިކަން ކުރިއަށް ނުދަނީ ކީއްވެކަން ޖޭއެސްސީން އަވަހަށް ބައްލަވައި ދެއްވުމަށް،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ޔާމީނާ ދެކޮޅަށް ނުކުރާ ތުހުމަތެއް ނެތް ކަމަށެވެ. އެގޮތުން ވައްކަމާއި ހިޔާނާތުން ފެށިގެން ހުރިހާ ތުހުމަތެއް އެމަނިކުފާނަށް އެކި ފަރާތްތަކުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަޖިލިހުގައި ހާމަކަން ބޮޑު ގޮތެއްގައި ނުދެއްކޭ ވަރަށް ތުހުމަތުތަކެއް އެބަ ކުރެވޭ. އެ ތުހުމަތުތަކުގެ ހަގީގަތަކީ ކޮބައިކަން އެނގެން އެބަ ޖެހޭ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ހައްޔަރުކޮށްފައި" ނުވަތަ ރާއްޖެ އިން ބޭރަށް ޔާމީނަށް ވަޑައިނުގެންނެވޭ ގޮތް ވުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު އެދެނީ މި ތުހުމަތުތަކުން ބަރީއަވެވޭ މިންވަރަށް ޝަރީއަތްތަކާއި ތަހުގީގުތައް ހިންގައި އެމަނިކުފާނު [ޔާމީން] މިނިވަން ވެގެންދާ ތަން ފެނުން،" އަސްލަމް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ. އެކަމަކު އެ ކޯޓުގެ އެ އަމުރު ހައި ކޯޓުން ބާތިލް ކުރުމާ ގުޅިގެން އެމަނިކުފާނު ހުންނެވީ މިނިވަންވެފަ އެވެ.
ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަބީބު
29 June 2019
ފުރަތަމަ ވެރިކަމަށް އަންނަން ކީ މައުމޫނޭ، ސާބިތެއް ނުވި. ދެން ދުވަސްކޮޅަކުން ސްޓަންޓް ހަދާ ކީ އަމިލްލަ ނައިބު ރައީސް ވަހީދޭ .... މިހާރު ޔާމީނޭ.... ކަލޯ ރައްޔިތުން މިތިބީ ބަލަން!!! މާ ރަންގަޅު ވާނެ ލަންކާ ދިވެހި އެމްބަސީގަ ވީއައިޕީ ކޮށް ޑިޕްލޮމެޓޮ ބޯޑު ޖެހި ކާރުކޮޅު ގަ އުޅޭ ބާޣީ ލުތުފީ ގެ ވާހަކަ ދެއްކީޔާ.... މަގޭ ހިޔާލް...
ނަސީމް
28 June 2019
ކެނެރީގޭނަސީދުއަށްހުކުމެއްކޮށްފަފޮނުވީހައްޖަށްތޯ؟
ރީތި މޫސަ
28 June 2019
ނަޝީދަކީ ހެޔޮވެރިކަމެއް ކުރާނެމީހެއްނޫން ކުރެވޭނެ މީހެއްވެސްނޫން މީއެންމެންތަޖުރިބާކޮށްފައޮތްކަމެއް އެކަމަކު މިހާރު ނަޝީދު މަސައްކަތްކުރަނީ ވެރިކަމަށްއައުމަށް ބޭނުމަކީ ގައުމުވިއްކާލުން ކުރިންވެސް ކަންކުރިގޮތަށް ލާހިކެއްނޫން ނަޝީދުމިގައުމުގަ ހުއްޓާ އެއްވެސްމީހަކަށް ރައްޔިތުންނަށް ފައިދާވާގޮތަށް ވެރިކަންކުރާކަށް މިހާރުވަނީ މިހާލު އިބޫއަށްވެސްޖެހިފަ
އަލްޖިބްރާ
27 June 2019
ދުވަހެއްގެ ކޮޅުންވެސް ތިޔަމީހާ މިނިވަން ވާކަށް ނޭދެން !
ޖޯނީ
27 June 2019
ފަނޑިޔާރުން ބަދަލުކުރުމުގެ ބޭނުމަކީ ޔާމީނަށް ވަރުގަދަ ހުކުމެއް ކުރުން... ކެނެރީގޭ ބޮއްޅަބޭގެ ވިސްނުން އެނގޭ އެންމެނަށް...
ޕަބްޖީ
27 June 2019
ހުސް ބޮޓުން
ބީކޭކޭ
26 June 2019
އަސްލަ މޫމޫމޫ
މާރަނގާ - އައްޑޫ ސިޓީ
26 June 2019
އިންތިހާބަށް ވާދަނުކުރެއްވުމަށް އޭރުވެސްއެދެމުން “އަސްލަމް މަޖިލީހުގައިމާގިނަދުވަސްވެއްޖެކަމަށް“ ބުނީ މިފަދަވާހަކަ ސާފުބަހުން މަޖިލީހުގައިހާމަކުރާންޖެހިލުންވާކަން އިގޭތީ. * * އަހަރުމެން “އައްޑޫ މީހުނަށް އިންސާފާއި މިނިވަންކަން ލިބުމަށްވުރެބޮޑަށް” އަސްލަމްއަށް އަހަރުމެންގެމައްޗަށް “ނުލަފާ ޖައްބާރު ހުދުމުޙުތާރު ވެރިކަމެއްކުރި” އަނިޔާވެރިއަކަށް ހައްޤުހޯދާދިނުން މުހިންމުވީގޮތަކާއިމެދު އަންތަރީސްވެއްޖެ. އޭނާގެ މައްޗަށް ދައުވާ އުފުލާ ހައްޤު އަދަބުދީ.
އައްޔޫބް އަމުރުލް ބިން މަކްތޫޚ
26 June 2019
ބުނަން މިހާރު ބޭނުން ވަނީ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ ؟ ކޮންމެހެނެއް ނުޖެހޭ ރައިސް ޔާމިން ކުރީ ކޮންކަމެއްތޯ މިހާރަކު ބަލާކަށް ، ވެރިކަން ހަވާލުވީ ފަރާތުން ނަގަން ޖެހެނީ ތިހުރި ހުރިހާ ޒިން މާއެއް ތިޔައީ. ތިޔަ އުޅުއްވަނީ ހުރިހާ ބޭފުޅުން ވެސް އެބޭފުޅެއްގެ ޒިންމާ ނުނެގިގެން އެހެންވެ ތި އުޅެނީ ................
ފުއްޓަރުފަރާތު ރާޅުގުޑި ދޮންބެ
26 June 2019
ފުދޭވަރަށް ރީލޯޑު ލިބިފަހުރި ކޮމަންޓޭއްދޯ. މިސަރުކާރުއައީ ރައީސް ޔާމީނު ކޮށްފަހުރިކަންތައްތައް ބަލައި، ރައްޔިތުންނަށް އަނގާދީ އިންސާފުގެމަގަށް ޤައުމުގެނައުމަށް ވަޢުދުވެގެން. އެކަން ހަނދާންނައްތާލާފަ އަޗާތަޅާކަށްނޫން. ސަރުކާރުން ތިބަލާގޮތަށް ކަންތައްތައްބަލައި، ކޮމެންޓޭމެނަށް ރީލޯޑުދިންވަރުވެސް ބަލާ! އެއީއޯ ލަލަލާ
ައަލައިކާ
27 June 2019
ސަރުކާރު ގެނެއީ ކޮރަޕްޝަން ނެޔް، ރައްޔިތުންނަށް ހެޔޮވެރިކަމެއްކުރަން. ޖުޑީޝަރީ ރަނގަޅު ކުރާންށާ ކުރީގަ ޖަރީމާތަށް ހިންގާފަ ތިބި މީހުންނަށް ހައަގު އަދަބު ދޭން. މީގެން އެއްވެސް ކަމެއް ކުރިތަނެއް ނުފެނޭ އަދި. ޖުޑިޝަރީ އޭކިޔާފަ ހުރިހާ ބާރެއް އެއްތަން ކޮއްގެން އަޗާތަޅަނީ. ޔާމިނު އިރު ދޭންބުނި ފުލެޓުތަށް ވެސް ކުރީ އަގުބޮޑު. ޢެޖެންޑާ 19 ގަ ފުލެޓު -/6000 އަށް ދޭންކީ ސަރުކާރު. އަދިހަމަ ފެންނަނީ ބަނަކޮށް. މޑޕ މެންބަރެއްގެ ހައިސިއްޔަތުން މިބުނަނީ
ފޮރުވާ
26 June 2019
މާކުރިންވެސް އަހަރެމެންނަށް އެގޭ ޔާމިނަކީ އަސްލަމްއާ ނަޝީދުގެ މީހެއްކަން މިސަރުކާރަކުން ޔާމިނެއް ޖަލަކަށް ނުލާނެ. އަދި ޔާމިނުގެމައްށަށް އެއްވެސް ސަރިޔަތެއްވެސް ނުކުރާނެ.