ޚަބަރު / ކުޑަކުދިންގެ ހިޔާ

ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުންކަން ގަބޫލުކުރަން: ޝިދާތާ

ޖެންޑަ މިނިސްޓަރު ޝިދާތާ (މ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ކުޑަކުދިންގެ ހިޔާގައި ހުއްޓައި ޝައިމް އަބްދުﷲ މިދިޔަ ހަފުތާގައި ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުން ކަން ގަބޫލުކުރައްވާ ކަމަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލުނު ޝައިމް، 14، އަދިވެސް ނުފެނެ އެވެ.

އޭނާ ގެއްލުނީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ކަމަށް ޖެންޑާއިން ފުރަތަމަ އެއްބަހެއް ނުވި އެވެ. އެކަމަކު މީޑިއާގެ ފިއްތުންތަކާ ހެދި ފަހުން ބުނީ އެ ކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "އަމާން"ގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށެވެ. އެއީ ކުށުގެ ވެށިން ގެނައި ކުއްޖަކަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހަދަން ކަމަށާއި އެއީ ހިޔާގެ ދަފްތަރުގައި އޮތް ކުއްޖެއް ނޫން ކަމަށް ވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކުށުގެ ވެށީގައި އުޅެނިކޮށް ޝައިމް މި މަހުގެ ކުރީކޮޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ހަވާލުވާނެ ބަޔަކު ނެތުމުން ކަމަށެވެ. އާއިލާ އިން ވެސް ޝައިމްއާ ހަވާލުވާން ދެކޮޅު ހެދިއިރު، ބެލެނިވެރިން ވެސް އޭނާ ގޭގައި ބަހައްޓަން އެއްބަސް ނުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ހިޔާއަކީ ކުށުގެ ވެށިން ގެންނަ ކުދިން ބައިތިއްބާ ތަނަކަށް ނުވިއަސް އިތުރު ގޮތެއް ނެތުމުން ޝައިމް ބެހެއްޓީ އެހެން ކުދިންނާ ވަކިން ކޮޓަރިއެއްގަ އެވެ. ގެއްލުނު ރޭ ވެސް ޝައިމްގެ ކަންކަން ހިޔާގެ މުވައްޒަފުން ބެލި ކަމަށާއި ޝައިމް ފިލީ ޖެހިގެން ހުރި ކޮޓަރީގެ ކުޑަދޮރަކުން ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޝައިމް ފިލި ރޭ ވެސް އޭނާ ނިދާފައި އޮތް ކޮޓަރި ހިޔާގެ މުވައްޒަފުން ތިން ފަހަރަށް ޗެކްކުރި ކަމަށެވެ. އެކަމަކު، އޭނާ އަކީ މުޅި ގައިގައި ބެޓްޝީޓް އަޅައިގެން ނިދާ ކުއްޖަކަށް ވާތީ، ބެޑްޝީޓް ހިއްލައި މުވައްޒަފުން ނުބަލާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުނޑު ގަބޫލުކުރަން ބަލަންވާ ވަރަށް ނުބަލާފައި ކަމަށް އެ އޮތީ. ހަމައެއާއެކު އަޅުގަނޑު ފާހަގަކޮށްލަން ވަކި ކަހަލަ ބިހޭވިއާ ހުންނަ ކުދިން ބެލެހެއްޓޭ ގޮތަށް ހުރި ތަނެއް ނޫން ހިޔާ އަކީ. އަދި އެގޮތަށް ތަމްރީންވެފައި ތިބި މުވައްޒަފުން ވެސް ތިބި ތަނެއް ނޫން ހިޔާ އަކީ. އެއީ ސަބަބެއް ކަމަށް ވެދާނެ. ނަމަވެސް އެއީކީ އެކަން ވާން ޖެހޭނެ ގޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝައިމްއާ ގުޅޭ ގޮތުން މިނިސްޓްރީން އާއްމުކުރި ތަފްސީލު

- އާއިލާ އިން ޝައިމް އަށް އިހުމާލުވާ މައްސަލަ މިނިސްޓްރީ އަށް ފުރަތަމަ ހުށަހެޅީ 2009 ގައި.

- އެސެސްމެންޓްތަކަށް ފަހު ދައުލަތުގެ ބެލުމުގެ ދަށަށް ޝައިމް ނެގީ 2015 ގައި.

- އޭނާގެ ގާނޫނީ ބެލެނިވެރިންނަށް ވާން އެދި ހުށަހެޅި ބަޔަކާ 2016 ގައި ހަވާލުކުރި.

- އެ ކުއްޖާއާ ގުޅޭ ގިނަ މައްސަލަތަކެއް 2017 ގައި ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި. އޭގެ ތެރޭގައި ސްކޫލަށް ނުދިއުމާއި ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަކުރުން ހިމެނޭ.

- އޭގެ ފަހުން، ޝައިމްގެ މަންމައާ އެކު ގެސްޓު ހައުސްއެއްގައި އުޅޭ ކަމަށް މިނިސްޓްރީ އަށް މައުލޫމާތު ލިބުނު. އެތަނަށް ގޮސްގެން ޝައިމްއާ ދިމައެއް ނުވި.

- ޝައިމް ދިރިއުޅެމުންދާ ގެއެއްގެ އެޑްރެސް ލިބިގެން މިނިސްޓްރީގެ ޓީމުތައް މި އަހަރު ދިޔައިރު ވެސް ދިމައެއް ނުވި.

- އޭނާ ދިރިއުޅޭ ހާލަތު މޮނިޓަކުރަން ދިރިއުޅޭ ތަނެއް ހޯދައިދޭން މި އަހަރުގެ ތެރޭގައި ތިން ފަހަރަށް ފުލުހުންނަށް ހުށަހެޅިން.

- ޝައިމްގެ އެޑްރެސް ފުލުހުން ހޯދައި މިނިސްޓްރީ އަށް އެންގުމުން ޓީމުތައް ދިޔައިރު އެ ގެއަކުން ދިމައެއް ނުވި. އޭނާގެ ބެލެނިވެރިންގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި އެއްވެސް ގޮތަކަށް ގެއަކަށް ނާދޭ.

- ފުލުހުންނަށް ޝައިމް ފެނުނީ މި މަހުގެ ކުރީކޮޅު. ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އާއިލާ އިން ހަވާލު ނުވުމުންނާއި ކުރިން ހަވާލުވި މީހުން ވެސް އިތުރަށް އޭނާ ބަލަހައްޓަން ދެކޮޅު ހެދުމުން. ހިޔާގައި ބަހައްޓާފައި ހުރީ އެސެސެމެންޓްތަކެއް ހެދުމަށް.

ޝިދާތާ ވިދާޅުވި ގޮތުގައި ޝައިމް ގެއްލުމާ އެކު މިނިސްޓްރީން މައުލޫމާތު އާއްމު ނުކުރީ ކުޑަކުދިންގެ މައްސަލަތަކުގެ ޚައްސާސް ކަމުންނެވެ. މީޑިއާ އާއި ސޯޝަލްމީޑިއާ އަދި އެހެން ގޮތްގޮތުން ވެސް ދައުރުވާ ވާހަކަތައް ސްކޫލް މާހައުލުންނާއި އެ ނޫން ގޮތްގޮތުން ވެސް ހިޔާގައި ތިބި ކުދިންނާ ހަމައަށް ވެސް ފޯރާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓްރީން އިސްކަންދެނީ، އޭނާ ވިދާޅުވި ގޮތުގައި، ކުދިންގެ ރައްކާތެރިކަމާއި ހިމާޔަތަށެވެ.

ޝައިމްގެ މައުލޫމާތު އާއްމުކުރުމުގައި އޮޅުންތަކެއް އެރީ މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ސަބަބާ ހެދި އެވެ.

36 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 21%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަކުރުބެ

30 June 2019

ކުދިން ދުނިޔެއަންނަނީ ކުށުގެ ވެއްޓަކުންނެއް ނޫން. ކުދިން ނިކުންނަތަން މިނިސްޓަރަށް ހަމަ ރަނގަޅަށް އިނގޭނެ. ފޭސްބުކާ ތަންތަނުގެ ޖަހާ ހަބަރުގެ ވާހަކަ ކުދިންނަށް އިނގޭނެޔޭ ކިޔާފަ، އެބަ ގޮވަޔޭ އެސޮރަކީ ވަކަރުގޭ ސޮރެކޭ. ބަލާވެރިކަމެއްނު. ކަލާމެން އޭނައަށް މިހާތަނަށް ދިން އަނިޔާ ކުޑައީތަ؟ އަމިއްލަ ދަރިނަމަ މިނިސްޓަރަށް އިނގޭނެ ނުކުތްތަންވެސް ރަނގަޅަށް ބުނެދޭނެ.

The name is already taken The name is available. Register?

އިދާތާ

27 June 2019

ކުރީގެ ވެރިކަމާ އިދިކޮޅަށް ބަޔަކާ އަތުގުޅާފަ ނިކުތް ދުވަހު ހިތަށްވެސް ނާރާ މިފަދަ ބުރަ ބޮޑު އިމްތިހާނެއްޖެހި އަމިއްލަ އަގުވެއްޓި ވެއްޔާ މޮޑެވިދާނެ ކަމަށް. ހުރި މަގާމުގައި ދިފާއުނުކުރެވޭނެ ފަދަ ހާލަތެއް އަތުވެދާނެ ކަމަށް. ދުނިޔެ ދައްކާނެ އިބްރަތް.

The name is already taken The name is available. Register?

ކީއްހޭތިކުރަނީ

27 June 2019

ގެއްލުވާލީތަ؟

The name is already taken The name is available. Register?

އިހުމާލު

27 June 2019

އާއިލާ އިން ޝައިމް އަށް އިހުމާލުވާ މައްސަލަ މިނިސްޓްރީ އަށް ފުރަތަމަ ހުށަހެޅީ2009 އެ ހިސާބުން ކީއްހޭ ކުރީ ތިޔަ މިނިސްޓްރީ އިން.

The name is already taken The name is available. Register?

ޝެލަރީ

27 June 2019

ބައިއެޅި އިރު ލައްވާލި މަޤާމެއް ދެއްތޯ؟ ފިލީ ބެޑުޝީޓް އޮޅައިގެންނޯ އެހެންވެޔޯ ނޭނގުނީ ބޮޑެތި ޖޯކް ނުވާވަރުގެ ކަންތަކާ ހަވާލުވޭ އަދިވެސް

The name is already taken The name is available. Register?

ާއުނިމާ

27 June 2019

މިހާރު ދެން މީހުން ގެއްލޭވާހަކަ ދައްކަން މިސަރުކާރު ގެނައި ބޮޑުން ލަދުވެތިވާންޖެހޭނެ! މިނިސްޓަރ އިސްތިއުފާދެއްވާފަ ގެއަށް ވަޑައިގަންނަވަންޖެހޭ

The name is already taken The name is available. Register?

ރެނދަން

27 June 2019

ކުޑަކުއްޖަކާ ގުޅޭ ކޮންފިޑެންޝިއަލް މައުލޫމާތުތަކެއް ތިޔަ މީޑިއާއަށް ދޫކޮށް އޭނާގެ ޒާތީ މައުލޫމާތު ތިޔަ ހާމަކޮށްލީ ތިޔަ އެކުއްޖާގެ އަގު ވައްޓާލާ މިނިސްޓްރީ ގެ ޒިންމާއިން ބަރީއަވާން. މައުލޫމަތުތަށް މީޑިއާއަށް ހާމަކުރުން ތީ ވަރަށްއ ބޮޑު މައްސަލައެއް. މިނިސްޓްރަށް މިކަހަލަ މުހިންމު ކަންކަންވެސް ނޭނގެނީ ނޫނީ އާންމުންގެ ސަމާލުކަން ބޭނުންވާލެއް ބޮޑީ.

The name is already taken The name is available. Register?

ރަސާމާ

27 June 2019

ކުރިންވެސް ކަމަނަ އަތުން އިބްތިހާލް އޮތީ ގެއްލިފައި. މިފަހަރު ޝައިމް. ދެންފަހަރުން މައުވީން....މީ ދެން ކަމަނ ހުރިއްޔާ ނުވެ ނުދާނެ ކަމެއް... އިސްތިއުފާ ދެއްވާ! މަގާމުގަ ބަގުޑި ނުބައްދާ!

The name is already taken The name is available. Register?

ހޭހޭ

27 June 2019

އޭ ކާކުތަ މި ހޫނުގަ މުޅި ގައިގަ ބެޑްޝީޓުއަޅައިގެން ނިދަނީ؟ މީހަކު ހޭބަލި ނުވާނެތަ.

The name is already taken The name is available. Register?

ވޯލް

27 June 2019

14 އަހަރަކީ ކުޑަ ކުދިންގެ އުމުރެއް ނޫން. ހެޔޮ ނުބައި ވިސްނޭނޭ. މިފަދަ ކުދިން ޖެހޭނީ ހަމަ އިސްލާހިތްޔާއަކަށް ލާން. ކުރިން އިސްލާހިތްޔާހުރި އިރު ވަރަށް ގިނަ މިފަދަ ކުދިން އިސްލާހުވެ މުޖުތަމައުއަށް އަނބުރާ ގެނެވުނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454