ކުޑަކުދިންގެ ހިޔާގައި ހުއްޓައި ގެއްލުނު ޝައިމް.
30 ޖޫން 2019 - 21:38
ކުޑަކުދިންގެ ހިޔާގައި ހުއްޓައި ގެއްލުނު ޝައިމް އަބްދުﷲގެ މައުލޫމާތު ހާމަކުރުމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ދަފްތަރު ނަންބަރު ރސ 2997، ޝައިމް އަބްދުﷲ 14، ގެއްލިގެން ހޯދަމުން އަންނަ ކަން އެންމެ ފުރަތަމަ އިއުލާން ކުރީ ފުލުހުންނެވެ. ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުން ކަމަށް ވިދާޅުވެ، ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ އެ ކުއްޖާއާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް މީޑިއާތަކާ ހިއްސާ ކުރައްވައިފަ އެވެ. އެކަމަކު ނަޝީދު ހިތްހަމަޖެހިވަޑައިނުގަތީ އެ ވާހަކަތައް ގެނެސްދިން މީޑިއާތަކާ މެދުގަ އެވެ.
މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަޖިލިހުގެ ބައެއް ކޮމިޓީތައް ސިއްރު ކުރަމުން އަންނާތީ ގަވައިދަށް ބަދަލު ގެނެސްގެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކޮމިޓީތައް ކުރިއަށް ގެންދިއުމަށް ނުވިސްނަވަންތޯ "މިހާރު"ން ކުރި ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ވަކި ފަރުދެއްގެ އަބުރު ގެއްލޭ ފަދަ މައުލޫމާތެއް ހާމައެއް ނުކުރެއްވޭނެ ކަމަށެވެ. އެކަމަކު، ރައްޔިތުންގެ މަޖިލިހުން ވީ ވަރަކުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެމުން ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މީޑިއާއާ ތި މައްސަލައިގައި އަޅުގަނޑު ވަރަށް ހިތްހަމަނުޖެހިފައި މިހުރީ. ކީއްކުރަންތޯ އެ ކުއްޖާގެ ނަމާއި ކުއްޖާގެ އެޑްރެހާއި ކުއްޖާގެ ވާހަކަތައް ތަކުރާރުކޮށް ހާމަކުރައްވަމުން ގެންދެވީ؟" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިހުގެ ހާމަކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާއެއް ނެތެވެ.
"މިއީ ކުޑަކުޑަ ކުއްޖެއް. އޭނާ ގެއްލިގެން، ހޯދޭތޯ (މިއުޅެނީ). ރާއްޖޭގެ އެތައް ބައެއް ކަންބޮޑުވޭ އެކަމާ. މިހާރު ދެ ހަފްތާ މި ވަނީ އަޅުގަނޑުމެންނަށް އޭނާ ނުފެނި. އޭނާއާ ގުޅޭ ޒާތީ މައުލޫމާތު ހިފެހެއްޓެން ޖެހޭނެ. ސިއްރު ކުރެވެން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އަމިއްލަ ފަރުދުންގެ ޒާތީ މައުލޫމާތުތަކުގެ އިތުރުން ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތައް ވެސް ރައްކާކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެ ދެ ކަންތައްތައް ރައްކާތެރި ކޮށްދިނުމަކީ ރައްޔިތުން އެދޭ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޖެންޑަ މިނިސްޓަރު ރޭ ކޮމިޓީގެ ބައްދަލުވުމުގައި. އެ ކޮމިޓީ ވަނީ ސިއްރުކޮށްފައި. --- ފޮޓޯ: މަޖިލިސް
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލުނު ޝައިމް، އަދިވެސް ނުފެނެ އެވެ. ޝައިމް ގެއްލިގެން ހޯދަމުން އަންނަ ކަން ފުލުހުން އިއުލާން ކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
އެކުއްޖާ ގެއްލުނީ ހިޔާގައި ހުއްޓާ ކަމަށް ޖެންޑާއިން ފުރަތަމަ އެއްބަހެއް ނުވި އެވެ. އެކަމަކު މީޑިއާގެ ފިއްތުންތަކާ ހެދި ފަހުން ބުނީ އެ ކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "އަމާން"ގެ ކޮމްޕައުންޑުން ކަމަށެވެ. އެއީ ކުށުގެ ވެށިން ގެނައި ކުއްޖަކަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހަދަން ކަމަށާއި އެއީ ހިޔާގެ ދަފްތަރުގައި އޮތް ކުއްޖެއް ނޫން ކަމަށް ވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކުށުގެ ވެށީގައި އުޅެނިކޮށް ޝައިމް މި މަހުގެ ކުރީކޮޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ހަވާލުވާނެ ބަޔަކު ނެތުމުން ކަމަށެވެ. އާއިލާ އިން ވެސް ޝައިމްއާ ހަވާލުވާން ދެކޮޅު ހެދިއިރު، ބެލެނިވެރިން ވެސް އޭނާ ގޭގައި ބަހައްޓަން އެއްބަސް ނުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޅާ
01 July 2019
ސީރިޔާގަ ތިބި ތުއްތު ކުދިންގެ ނަންތައް ހާމަ ކުރުނަންވީމަ ފަސްނުޖެހޭ މީހެއް. ދެން ކޮން ސިޔާސި ސުޓަންޓެއް ޖައްސާކަށް. ކަލޭގެ ކިބައިން ދިވެހި އުންމަތް ސަލާމަތް ކުރައްވާށި! އާމީޏް.
ކޮބާ..ކޮބާ
01 July 2019
އެނގެނީ އެންމެ ކަމެއް... ތި ކުއްޖާ އަށް ކުޑަ ކުއްޖެކޭ ކިޔޭކަމަށް ވަންޏާ... ކުޑަ ގޮޅިއެއް ހަދާފަ ލާފަ ބައިންދާ..ޢާއިލާ އަށް ނުކަތާފަ..ރައްޔިތުންގެ ޓެކްސް ލާރި ތިޔަގޮތައް ތަޅާ ބުރުއްސިގެން ނުވާނެ..
މުޙުއްމާ
01 July 2019
އެކަމަކު ލުތުފީ އެންބެސީގަ ފޮރުވައިގެން ގެންގުޅުނު މައްސަލައިގަ ނުރުހުން ފާޅެއްނުކުރޭ. އެހެންތާ ވާނީ މަސްލަހަހަތު އޮތްކަމެއްގަ ވިއްޔާ ޒީރޯ ޓޮލަރެންސް އޮވެގެން ނުވާނެތާ.
އާދެ
01 July 2019
އެސޮރުގެ ނަން އެނގުގެން ނެންނު ހޯދަންވެސް އެނގޭނީ. ފޮޓޯ އެއް ފެނިގެން ދޯ އެނގޭނީ އަޅައިގަނެފަ ވެއެްޓުނަސް
ހޮހޮ
01 July 2019
ތިހަދައިގެން އުޅޭ ކޮމެޓީ ތަކުން ބެލުން މުހިންމު .ރިލްވާން ވަގައް ނެގި މީހުން ވެސް ހޯދޭން ތިކުއްޖާ ނެގި މީހުންވެސް ހޯދޭނެ
ފސދފ
01 July 2019
ކޮށްމެވެސް ކުއްޖަކު ދިވެހިރާއްޖޭގެ ރައީސަކީ ކާކުކަން ބުނެދީފާނަންތަ ؟
އީސަބެ
01 July 2019
މިނިވަން ނޫސްވެރިކަމާއި، ޚިޔާލުފާޅުކުރުމުގެ މިނޖވަނ ކަމަކަށް ހުޅުވާލަމާތޯ! އުއްމީދަކީ އެ ސޮރު ފެނުން!
އަލީ އަހުމަދު
01 July 2019
ކަލޭ މައުލޫމާތު ރައްކާކޮއްގެން ހުރޭ!! އަހަރުން ބޭނުންވަނީ ހުރިހާ މައުލޫމާތެއް ހާމަކޮއްގެންނަމަވެސް އެ ކުއްޖާ ހޯދަން. ފަހަރުގައި ގޭގެ އެޑްރެހާ އެއްޗެހި ހާމަކުރުމުން އެ ކުއްޖާ ދެނެގަތުމަށް އާންމުންނަށް ފަސޭހަވެގެން ދާނެ. މި ދަނޑިވަޅަށް މުހިންމީ އެކުއްޖާގެ މައުލޫމާތު ފޮރުވުމެއް ނޫން. މީގެންވެސް އިނގެނީ އަންނި ކޮންމެހެން އެކުއްޖާ ހޯދުމަށް އެއްވެސް ފަރުވަލެއް ނެތްކަން. މުޅިން ސީޔާސީ ބޭނުމުގަ ވަހަކަ ދައްކާ މީހެއް ތީ!! އެއްވެސް ރަހުމެއް ނެތް!!
އައިިޝަތު ރަދީފާ
01 July 2019
ޝައިމް އަށް ހެޔޮ ވިސްނުން ދެއްވާށީ.އާމީން
ތޭރަ
01 July 2019
ތިކުއްޖާ ދުނިޔޭގައި ހުރިކަމެއް ނެތް ކަމެއް އެބަ އެނގޭބާ؟ އަނެއްކާ ރިލުވާނަށް ވީހެން ވީ ބާ؟ މި ކުޑަކުޑަ އާބާދީގައި މީހުން ގެއްލުންވެސް މިހާރު ޢާންމެ ކަމަކަށްވަނީބާ؟