ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
01 ޖުލައި 2019 - 10:17
ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަށް ލިބުނީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި އޭނާ އަށް މާފު ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ގޮވާލައްވައިފި އެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް އަމާން ދިނުމުން އޭނާ އަށް ހިމާޔަތް ދީ ގެންގުޅޭތާ ދެ މަސް ވީ އިރު، ވެސް ރާއްޖެ ނުގެންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގައި ޝަރީފް ވަނީ ލުތުފީގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވައިފަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އޭނާ އަކީ ރާއްޖެ އަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން ސުވާލުކުރަން ހާޒިރު ކުރި މީހެކެވެ. އެތަނުގައި ހިނގި ހާދިސާ "ލޮލުން ދެކި އަތުން ހިފި" ކަމަށް އޭނާ ވިދާޅުވި އެވެ.
"ލުތުފީމެން ތަހަންމަލު ކުރި އަނިޔާގެ ދެއްކުމެއް ނެތް. އިންސާނިއްޔަތު ކަމެއް ނެތް. ލުތުފީއާ ދޭތެރޭގައި ހިންގި ޝަރީއަތަކީ އަޅުގަނޑަށް ކަނޑައެޅިގެން ދަންނަވަން ކެރޭ އިންސާފުވެރި ޝަރީއަތެއް ނޫންކަން. އޭނާގެ އަނގަޔަށް ބޫޓު ވައްދާ ތަން އަޅުގަނޑު ލޮލުން ދުށިން. އޭނާގެ ލޮލަށް އިނގިލި ހަރާ ތަން އަޅުގަނޑުގެ ލޮލުން ދުށިން، ދެން ތިބި މީހުންނަށް ހެދި ގޮތާއި އިދިފުށަށް ބިޑި އަޅުވާފައި ތަޅަމުން ތަޅަމުން ގެންދިޔަ މަންޒަރު އަޅުގަނޑުގެ ލޮލުން ދުށިން،" ޝަރީފް ވިދާޅުވި އެވެ.
އަބްދުﷲ ލުތުފީ ސިފައިންގެ ބެލުމުގެ ދަށުން މާލެ ގެންނަނީ.
ޝަރީފް ވިދާޅުވި ގޮތުގައި ލުތުފީއަކީ 70 އަހަރު ވާން ކައިރިވެފައި ހުރި ބަލި މީހެކެވެ. އަދި ލުތުފީ ވަނީ ޖަލުގައި ވަރަށް ގިނަ ދުވަސް ހޭދަކޮށްފައި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެހެންވެ، ސަރުކާރުން ބޮޑު ހަރަދުކޮށްގެން "ކަންތައްތަކެއް ކުރަން" ނުފެންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ސިފައިންނާއި އާންމުންގެ ތެރެއިން 19 ދިވެހިން ޝަހީދުކޮށްލި އިރު، ލުތުފީ އެމީހުންގެ ގަޔަށް ބަޑި ޖެހި ތަން ފެންނަން ނެތް ކަމަށެވެ. އަދި ލުތުފީ ބަޑި ހިފައިގެން އުޅުނު ކަން ވެސް އެނގެން ނެތް ކަމަށް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް ބަޑި ހިފައިގެން އުޅުނު ކަމަށް ލުތުފީ ޝަރީއަތުގައި އެއްބަސްވެފައިވެ އެވެ.
ޝަރީފް ވިދާޅުވީ ޕްލޯޓް ޖަމާއަތުގެ މީހުންނާ އެކީ ބަޣާވާތްކުރަން ލުތުފީ މާލެ އައި ކަމީ ހަގީގަތެއް ކަމަށާއި އެ ހަރަކާތަށް ތާއީދު ނުކުރައްވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އިންސާނިއްޔަތަށްޓަކައި، އުމުރުން 70 އަހަރުވެފައި ހުރި މީހަކު، ބަލި މީހަކު، ކެންސަރު ހުރި މީހަކު ކައިރިން ނުނެއްޓިގެން އުޅެނީ ކީއްވެތޯ ސުވާލު އުފެދޭ،" ޝަރީފް ވިދާޅުވި އެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގައި ބައިވެރިވި ލުތުފީ އެމްބަސީ އަށް ގޮސް ހަވާލުވީ ފުލުހުން ބުނާ ގޮތުން ނަމަ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހެވެ.
ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އެއީ އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީޓާ
03 July 2019
ޢެއިރުގެ ޝަރީއަތް އަޑުއަހަން ވަތް މީހަކުވެސް ތިހެންބުނި. މައިކުގެ އަޑުކެޑުން ވާހަކައާ.
އަހުމަދު ޒާހިރު
02 July 2019
މަވޯޓާ ޝަރީފު އިސްތިއުފާ !!!!!!!!!!!!!!!!!!!!!!!!!
ކަޅިރަވަ
02 July 2019
މިއޮތީ ޤާނޫނުހަދާ މަޖްލިހުގައި ތިބެންޖެހޭ އަދި ނުޖެހޭ މީހުން ކަނޑައަޅަން ޖެހިފަ. މަވޯޓާ މެމްބަރަކަށް ހޮވަން ވޯޓްދިންމީހުން ލަދެއް ނުގަނޭބާ؟ މިދަނީ ސުލޫީ މިންގަނޑަށްވުރެ މާމަތިން. ދެން ކިހިނެއް ފަނޑިޔާރުގެ އިސްލާޙުކުރާނީ. މުސްކުޅިޔަސް އަނިޔާކުރިޔަސް އޭނާ ކުރިކަމެއް ނުކުރާކަމަކަށް ނުހެދޭނެ. އޭނާ މިނިވަންކުރުމަށް ގޮވުމަކީ އޭނާއާއެކު ބައިޢަތު ހިފާކަމުގެ ހެއްކެއް. އޭނާ އެއިރު މަގުމައްޗަށް ދޫކޮށްލިނަމަވެސް އެތިކޮޅެއްވެސް ހޯދާ ނުފެންނާނެ.
3 ނޮވެމްބަރު
02 July 2019
މީ ކާކުތަ؟ އަހަރުމެންގެ 19 މީހުންގެ ލޭ ހޭކިފައި އޮތް އަތެއް، 19 ޢާއިލާ ބިކަކުރި މީހެއް. މިސްކިތު ޙުރުމަތް ކަނޑާ، ތާޅަފިލިން އަޑުގަދަކުރި މީހެއް. ޤައުމު ރޮއްވާލި މީހެއް. ހިތެއް ހެވެއް ނުކުރެވޭނެ. މާފެއް ދުވަހަކުވެސް ނެތް.
ދުލެއް
02 July 2019
ޔާމީނު ވެރިކަމުގައި 21 މަރު ޒިންމާނަގަންޖެހޭމީހެއް ނެއިގުނު!
އަހުމަދު ޒާހިރު
02 July 2019
ދެން އަންނި ވެރިކަމުގަ މަރުވި މީހުންގެ ޒިންމާ ނަގަންޖެހޭ މީހުން އެނގިފަތަ އޮތީ.
އިބިރިހިންބެއްޔާ
02 July 2019
"މާލެއިން ގުޅޭނެކަމަށް ގެރެންޓީ ދިންމީހުން" "ސުވާލުކުރަން ގެންދެވުނު މީހުން" "ކަންތައްހިގޮތް ދުއް މީހުން" "ކާމިޔާބު ލިބުނުނަމަ އަޑޫގެ ވެރިކަންދޭން ހަމަޖެއްސި މީހުން؟" މީހުން މީހުން މީހުން. އުމުރުން 70 އަހަރު ނުވިޔަސް ފިލާ ކުއްވެރިންނަށް "ނިޔާވެސް ފޮހެވި" މާފުދިނުން އެއީ އައުކަމެއް ނޫންތާ.
ކޮބާ..ކޮބާ
02 July 2019
ބަލަ.. ޕްރޮގްރެސް ލައިޓަށް ބޮޑުބަޑިން ހަމަލާދީ ފައްތާލީ ކާކުގެ އޯޑަރަށްތަ<<<ބަލަ އެބޯޓުގައިވެސް ވަނީ ދިވެހިން ޝަހީދު ވެފައޭ.. އެހެންވެޔޭ މިބުނަނީ މިއީ އަލުން ތަހުގީގު ކުރަން ޖެޙޭ ކަމެކޭ.. ކޮބައިތަ ޑިކްޓޭޓަރު؟؟؟
އެބަހުރި
02 July 2019
ޑިކްޓޭޓަރު އުޅުއްވަނީ އެންމެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ މުހިއްމު ރައީސާއެކު މިހާރު. އެހެންވީމަ ޑިކްޓޭޓަރަށް ޑިކްޓޭޓަރުގެ ނަމުން މުޚާތަބުކުރާނަމަ ޑިމޮކްރެޓިކް ރައީސަށްވެސް އެ ހުތުރުނަން ރައްދުވާނެ. އަދި މިހާރު އެޑިމޮކްރެޓިކް ރައީސް ނުކިޔާ އެއްގޮތަކަށްވެސް އެއީކީ ޑިކްޓޭޓަރެއް ކަމަކަށް. އެހެންވިީމަ އަނގަމަތީ މަލަން ޕްލީޒް.
ކަޅިރަވަ
02 July 2019
ޕްރޮގްރަސް ލައިޓަށް ހަމަލާދޭން މަޖުބޫރު ކުރުވީ އެއިރު އޭގައި އިން ތިޔަ ޓެރަރިސްޓް ލުޠުފީގެ އޯޑަރަށް އަމާން ނުދިނުމުން. އަދި ކޮމާންޑް ކުރަމުންދިޔައީ ޚުދު ލުޠުފީކަން އެއިރު އެބޯޓުގައި ތިބި ދިވެހިން ވަނީ ހާމަކޮށްފައި. އެ ވީޑިއޯތައް ޔޫޓިއުބްގަ އެބަހުރި. ބައްލަވާލައްވާ.
ގާސިމް
02 July 2019
މާލެއިން ގުޅެން ކީމީހުންނަކީ މީތާ. މީނައައްވެސް ހުކުމް ކުރަންޖެހޭ.
ނެގުނުކަތީބު
02 July 2019
ޤާތިލު ޝަހީދުކޮށްލި 19 ދިވެހިންގެ ޢާއިާއަށާއި މިގައުމުގެ ހުރިހާ ރައްޔިތުންނަށް މަވޯޓާ ފުރައްސާރަކުޕށްފައިވާތީ މަޖުލީސް މެމްބަރުގެ ސްލޫކު އޮތްގޮތެއް ވަރަށް އަވަހަށް އެބަޖެހޭ ބަލަން.
ބބބބ
02 July 2019
މަވޯޓާ ދިވެހިންގެ އިހްސާސްތަކާ ނުކުޅެ ތި ގޮނޑިން ފައިބާ
ނައިބުތުއްތު
02 July 2019
މިކަހަލަ ސިކުނޑި ހަމަނުޖެހޭ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރުމަށް ވޯޓުދެއްވި އައްޑޫ ރައްޔިތުންގެ ޙައްޤުގައިނަމަވެސް މީނާގެ މައްޗަށް ފިޔަވަޅުއަޅާ މަޖިލީހުން ބޭރުކުރަންޖެހޭ. ރައްޔިތުން ވޯޓުދިނީ މުޅިރާއްޖެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާ 19 ދިވެހިން ޝަހީދުކޮށްލި މުޖުރިމެއްގެ ދިފާޢުގައި ވާހަކަދައްކާކަށްނޫނެވެ. އަދި ޢަދުލު އިންޞާފު ޤާއިމުކުރުމަކީ މިފަދަ މީހުންނަށް ހަމްދަރުދީވެ އެމީހުންނަށް ވާގިވެރިވާކަށްވެސްނޫނެވެ.