ނުކުޅެދުންތެރިކަން ހުންނަ ކުދިން ނެށުމެއް ހުށަހަޅައިދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ޖުލައި 2019 - 10:53
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމުގެ ބިލެއް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ހުށަހަޅުއްވައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ހުށަހެޅުއްވި އިސްލާހުގެ ބިލްގައިވާ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެން ޖެހޭ ބައެކެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމަށާއި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން އެކަށޭނެ ގޮތެއްގައި ލިބިދެވޭނީ އެފަދަ މީހުންނަށް ލިބޭ މާލީ އިނާޔަތް އިތުރުވެގެން ކަމަށް ބިލްގައިވެ އެވެ.
ބިލްގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ބަލަހައްޓައި އެ މީހުން ގިންތި ކުރަން ވާނެ އެވެ. އަދި ދަފްތަރުން އެ މީހަކު އުނިކުރާ ތާރީހާ ހަމައަށް ކޮންމެ މަހަކު 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.
އެމީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000ރ. ގެ އިނާޔަތެއް ދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އިނާޔަތްތަކަކީ އެ މީހެއްގެ ހުރި ނުކުޅެދުންތެރި ކަމަކާއި އެކަމެއްގެ ސަބަބުން އެ މީހެއްގެ ދިރިއުޅުމަށް އަސަރު ކުރާ މިންވަރުގެ މައްޗަށް ރިއާޔަތްކޮށް، ސަރުކާރުން ކަނޑައަޅާ އެއްޗަކަށް ވާން ވާނެ ކަމަށް ބިލްގައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000ރ.ގެ އިނާޔަތެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރަން މަޖިލިހަށް ނާޒިމް އިސްލާހެއް ހުށަހެޅުއްވި އިރު، މަޖިލިހުގެ ގަވައިދުގެ 71 ވަނަ މާއްދާގެ (ނ) ގައި ވަނީ ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނި ކުރުމަށް ހުށަހަޅާ ބިލްތަކާއި ދައުލަތުގެ މާލިއްޔަތުން ވަކި ކަމަކަށް ފައިސާ ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް ހުށަހަޅާ ބިލްތައް ހުށަހަޅަން ވާނީ ސަރުކާރުން ކަމަށެވެ.
އެކަމަކު، މިއަދުގެ ޖަލްސާގައި ނާޒިމް ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިއުން ރިޔާސަތުން ވަނީ އިއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭޓަރ
01 July 2019
ގައުމީ އަދި ސިޔާސީ ކަންކަމުގައި ފުޓްބޯޅަ ޓީމްތަކަށް ސަޕޯޓްކުރުމުގެ އުޞޫލުދޫކޮށްލަމާ. އަމިއްލަ ވިސްނުމުން ވިސްނާ ކޮންމެ ބަޔަކުވެސް ރަނގަޅުކަމެއްކޮށްފިނަމަ ބަލައިގަނެ، ގޯސްކަމެއްކޮށްފިނަމަ ފާހަގަކުރަމާ. އަދި ކޮންމެ ކަމެއްގައިވެސް ހިމެނޭ ރަނގަޅު/ގޯސް ދެނެގަންނަމާ. ތިމާ ތާއީދުކުރާ ބަޔަކު ކުރާ ކޮންމެކަމަކީ ރަނގަޅުކަމެއްކަމަށް ދެކުމަކީ ޑިމޮރެސީއެއްނޫން. އެއީ ޑިކްޓަރޓިޕަށް/ޕޮޕިއުލަޒިމްއަށް އޮތް ދޮރެއް. މިއީ ނޫސްވެރިންނާ ދިވެހިންނަށް އަޅުގަނޑުގެ ނަސޭހަތ
ނެގުނުކަތީބު
01 July 2019
ދައުލަތުގެ ކެރިފޯރުން ތެރިކަންހުރިނަމަ ތިޔަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ ދިނުމަކާއި ދެކޮޅެއްނޫން. އެކަމަކު ދައުލަތުގައި ބުރަ މަސައްކަތްކުރާ މީހުންނަށް ތިވަރުގެ ޢަދަދެއް ނުދެވޭއިރު އަދި އެންމެ ކުޑަ އުޖޫރަ ކަނޑަނޭޅޭއިރު، ތިގޮތަށް ހުށަހެޅުމުގެ ނިޔަތް ރަނގަޅު ކަމަށް ބަލާނެ ޖާގައެއް ނެތް.
ފިސާރިކަނބަލެއް
01 July 2019
ތިއީ ވަރައްރަގަޅު ބިލެއް އެކަމަކު މަޖިލީހުން ތިއިސްލާހު ފާސްކުރާނެހެން ހިޔެއްނުވޭ، މުސްކުލިންގެ އެލަވެންސް ބައިން އުނިކޮށްގެން ނަމަވެސް ތިއިސްލާހު ފާސްކުރަންޖެހޭ، މުސްކުޅިންގެ ތެރެއިން މަހަކު 10000 ރުފިޔާ ލިބޭމީހުންނަށް އެއެލަވެންސް ކަނޑަންޖެހޭ، އެފަދަ ކުދިން ބަލަން ގޭގައި ޚާއްސަ އެކަކު ހުންނަންޖެހޭ، މިއީ ފަޤީރުކަން ނައްތާލަން އެޅޭފިޔަވަޅަކަށްވެސް ވެގެންދާނެ
ަްއަލީ
01 July 2019
ވަރަށް ރަނގަޅު ކަމެއް. ޙާއްސަ އެހީއަށް ބޭނުންވާ ގިނަ މީހުންނަކީ ވަރަށް ނިކަމެތިހާލުގަ ދިރިއުޅެމުން އަންނަ ބައެއް.. އެފަދަ ފަރާތްތަކުގެ އިހްސާސްތައް ދަނެ އެފަރާތްތަކަށް ރަނގަޅު މުސްތަގުބަލެއް ހޯދަދިނުމަށް މަސައްކަތްކުރުމަކީ ސަރުކާރަށް ލާޒިމްކަމެއްކަމަށް ދެކެން.
މުޙުއްމާ
01 July 2019
ސަރުކާރަށް ބުރަ ނުޖައްސާ ނާޒިމާ ޤާސިމާ ދެމީހުންވެގެން ތިކަން ކޮއްލަންވީނުން.
ހހވވވ
01 July 2019
ތިވަރުމާމަދު 20،000 ރ. ދޭންފެނޭ
ސަކީނާ
01 July 2019
މަހަކު 10000ރުފިޔާއިން މަތިން ލިބޭ ދުވަސްވީ މީހުންގެ އިނާޔަތް ކަޑާލާފަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތް ބޮޑުކުރަން ފެނޭ.
ހަސްފަސްނެތް
01 July 2019
ސިވިލް ސާރވިސްގެ އީ.އެކްސް 1 ގެ ޖޮބެއްގަ އަހަރެން އުޅެނީ، ލިބެނީ 12000 ވަރަކަށް، އަހަރެން އޯޓިސްޓިކް ދަރިފުޅަށް ލިބޭ 2000 ރުފިޔާ 5 އަހަރު ވަންދެން އެއްކޮށްގެން މާލެގޮސް ތެރަޕީތައް ފެށިން 2 އަހަރު ވީއިރު އަތްމަތި ހުސްވެގެން ތެރަޕީތައް ހުއްޓާލާފަ އަންނަންޖެހުނީ ރަށަށް!
ޓާކުރު
01 July 2019
ތެރަޕީ ކަހަލަ ފަރުވާ ލިބޭނެގޮތް ނުވަތަ އޭގެ ޚަރަދު ދޭން ރަނގަޅު. އެކަމަކު މާ ބޮޑެތި އަދަދުން ފައިސާ ދިނީމާ އެ ފައިސާގެ ހައްގުވެރިޔާއަށް އެފައިސާ ނުލިބޭ ފަހަރު ވަރަށްގިނަ. މިކަމަށް ވެސް ވިސްނައިގެން ގޮތެއް ނިންމަން ރަނގަޅީ
ކިކީ
01 July 2019
ދުނިޔެލެއްވި ހުރިހާމަސަތްކަތެއް ފައިސާހޯދަންކުރޭ އެކަމަކު ކުޑަކޮއްކޮރާހިނގާތީ އޭނައައްވެސް ނުކުޅެދޭ މީހުންގެ ފައިސާބަރާބަތައްލިބޭ މިވެސްއިންސާފުތޯ
ސަކީނާއްތަ
01 July 2019
ދެން ގިނަރައްޔިތުން ދުއްވައިގައްނާނީ އައިޖީއެމްއެޗް ގެ ޑޮކްޓަރަށް ދައްކަން ، ތިމައްނަ ނުކުޅެދޭކިޔާފައި.