ޚަބަރު / ރައްޔިތުންގެ މަޖިލިސް

މުވައްޒަފުން ނެގުމުގެ ބާރު އެމްޑީންގެ އަތުން ނަގަން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީގެ މެންބަރުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުން

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން ވެއްދުމުގެ ބާރު އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ އަތުން ނަގަން އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކުރުމުން އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ކުންފުނިތަކުގެ މަގާމުތަކަށް މީހުން ނެގުމުގެ ބާރު މެނޭޖިން ޑިރެކްޓަރަށް ލިބޭ ގޮތަށް އުސޫލު އޮތް ނަމަ އެކަން ބަދަލު ކުރަން މިހާރު ކުންފުނިތަކަށް އަންގާފައިވާނެ ކަމަށެވެ.

"މިހާރު ވެސް އެބަހުރި ބައެއް ކުންފުނިތައް މެނޭޖިން ޑިރެކްޓަރު ބޭނުންފުޅުވާ ނަމަ އިއުލާން ކުރުމަކާ ނުލައި މަގާމުތަކަށް މީހުން އައްޔަން ކުރެވިދާނެ. އެއީ ވަރަށް ބޮޑަށް ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް،" މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިއުލާން ކުރުމަށް ފަހު މަގާމަށް އެކަށީގެންވާ މީހަކު ނުލިބޭ ނަމަ ކުންފުނީގެ ބޯޑުން މަޝްވަރާކޮށް މީހަކު ނެގޭ ގޮތަށް އުސޫލު އޮތުން ގޯހެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީގެ މެންބަރުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުން-- ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ ބޭނުންތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން އެކި ކުންފުނިތަކަށް ނެގި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ބައެއް ކުންފުނިތަކުން މިހާރު ދަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންނެވެ.

މުއައްވިޒު ވިދާޅުވީ ކުންފުނިތައް ހިންގުމުގައި އެ ކޮމިޝަނުން ކަންބޮޑުވާ މައިގަނޑު ތިން ދާއިރާއަކީ ޕްރޮކިއުމެންޓް ނިޒާމާއި ރެކުރޫޓްމަންޓްގެ އިތުރުން ސްޕޮންސާ ދިނުމުގެ ކަންކަން ކަމަށެވެ.

އެގޮތުން ހަރުދަނާ ޕްރޮކިއުމެންޓް ނިޒާމެއް ކުންފުނިތަކުގައި ހެދިފައި ނުހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ކުންފުނިތަކުގައި ރެކްރޫޓްމަންޓް ޕޮލިސީއެއް ނޯންނައިރު މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ޝަރުތުތަކެއް ކަނޑައަޅާފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"މަގާމަކަށް އިއުލާން ކުރަންވީމާ ޝަރުތެއް ކަނޑައަޅާފައި އެބަ އިއުލާން ކުރޭ. އޭގެ ސަބަބުން މިވާ ގޮތަކީ ބައެއް މަގާމުތަކުގައި އެކަށީގެންވާ ވަރަށް ވުރެ ގިނައިން މީހުން ތިބުމާއި ދަށް ފަންތީގެ މަގާމުތަކުގައި މަތީ ފަންތީގެ މަގާމުތަކަށް ވުރެ ބޮޑެތި ޝަރުތުތައް ހިމަނާފައި ވެސް ބައެއް ފަހަރު އެބަހުރި އިއުލާން ކޮށްފައި،" މުއައްވިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ޖަމިއްޔާ ޖަމާއަތްތަކަށް ކުންފުނިތަކުން ސްޕޮންސާޝިޕްގެ ގޮތުގައި ފައިސާ ދޫކުރާއިރު އެ ހަރަދުކޮށްފައިވަނީ ރަނގަޅަށްތޯ ބެލިފައި ނުހުންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީގެ މެންބަރުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުން-- ފޮޓޯ: މަޖިލިސް

ކުންފުނިތަކުން ބީލަމާ ގުޅޭ ކަންކަން ކުރުމުގައި އިޖުރާތްތަކާ ހިލާފަށް އަމަލު ކުރުމާއި އިޖުރާތްތައް ހަދާފައި ހުންނަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޭސީސީން ބުނެ އެވެ. އެގޮތުން އާއްމު ބީލަމަށް ހުޅުވާނުލައި މަސައްކަތް ކުރެވޭނެ ގޮތް ހަދައި އެ ގޮތަށް އަމަލުކުރާ ކަމަށް ވެސް އޭސީސީން ވަނީ ކޮމެޓީއަށް މައުލޫމާތު ދީފަ އެވެ.

ވޭތުވެދިޔަ ތިން އަހަރު އެ ކޮމިޝަނަށް ކޮށްފައިވާ މަސައްކަތްތައް އޭސީސީން ވަނީ ކޮމެޓީއާ ހިއްސާކޮށްފަ އެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު އެކޮމިޝަނަށް 2،705 މައްސަލަ ހުށަހެޅި އިރު އޭގެ ތެރެއިން 516 މައްސަލައަކީ ކޮމިޝަންގެ އިސްނެގުމަށް ބެލި މައްސަލަތައް ކަމަށް އޭސީސީން ބުންޏެވެ. އެއީ އޮޑިޓް ރިޕޯޓްތަކާއި ހަބަރުތަކުން ލިބޭ މައުލޫމާތަށް ބިނާކޮށް ބަލާ މައްސަލަތަކެވެ.

ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން 372 މައްސަލަ ނިސްބަތްވަނީ ދައުލަތުގެ ކުންފުނިތަކަށެވެ.

ފާއިތުވި ތިން އަހަރު 20 މައްސަލައަކާ ގުޅިގެން 280 ދައުވާއެއް ކުރަން ޕީޖީ އޮފީހަށް ފޮނުވި އެވެ. އެއީ ނާޖާއިޒު ފައިދާ ހޯދުމާއި ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާތަކެވެ. އެ މައްސަލަތަކުގެ ތެރެއިން 33 މައްސަލައެއް ޕީޖީން އަނބުރާ ފޮނުވާލި އެވެ. އަދި 24 މައްސަލައެއްގައި ޕީޖީ ނިންމާފައިވަނީ ދައުވާ ނުކުރުމަށެވެ.

މުއައްވިޒު ވިދާޅުވީ އަނބުރާ ފޮނުވާލާ ގިނަ މައްސަލަތަކުގައި ޕީޖީން ދައްކާ ސަބަބު ގަބޫލުނުކުރެވޭ ކަމަށެވެ. އެ ކޮމިޝަނުން ދައުވާކުރަން ފޮނުވަނީ މައްސަލަތައް ތަހުގީގު ކުރުމަށް ފަހު މެމްބަރުން އެ މައްސަލައެއް ދިރާސާ ވެސް ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ފާހަގަކުރެވޭ އެހެން މައްސަލަތައް

• ދުރު ރާސްތާ ޕްލޭނެއް ނެތި ކުންފުނިތަކުން މަސައްކަތް ކުރުން

• ކުންފުނިތަކުގެ މެންޑޭޓުން ބޭރުގެ މަސައްކަތްތަކާއި ހަވާލުވެ އެކަންކަން ކުރުން

• މާލީ ގާބިލް ކަމެއް ނެތި، އެކި ގޮތްގޮތަށް ފައިސާ ހޯދައިގެން ޕްރޮޖެކްޓް ހިންގުން

• އެކައުންޓްތަކުން ފައިސާ ޓްރާންސްފާ ކުރުމުގެ ބަދަލުގައި ނަގުދު ފައިސާ ނަގައިގެން ބޭނުން ކުރުން

• ކުންފުނީގެ ނެތް ފައިސާއިން ސީއެސްއާރަށް ހަރަދު ކުރުން

• ޑޮލަރު ގަތުމާއި ވިއްކުމުގެ މުއާމަލާތައް މަނިޓަރީ ގަވައިދާ ހިލާފަށް ކުރުން

13 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 4%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާމާ

02 July 2019

ހަގީގަތުގައިވެސް ވަރަށް ބޮޑަށް ރުޅި ގަދަވެއްޖެ. މިކިޔަނީ ކީކޭ ބާއެވެ. ވާން މިއުޅެނީ ކިހިނެއްބާވައެވެ. ނުވެގެން މިއުޅެނީ ކޮންކަމެއްބާވައެވެ. ވާންޖެހެނީ ކިހިނެއްބާއެވެ؟ ހައްތާވެސް ސުވާލެވެ. ޖަވާބަކީ ރުޅި ގަދަވުމެވެ. ރުޅި ނައަންނަން ހުޓަސް ހިނިވެސް އާދެއެވެ. ކުންފުނީގެ ހުރިހާ ކަމެއްވެސް ކުރަންޖެހޭނީ އެމްޑީ އޭނާއަށް ހުރިހާ ބާރެއް އޮންނަންވާނެ. އެކަމަކު އެކަން އެއީ ވަކި އުސޫލަކުން ހާމަ ކަން ބޮޑު ގޮތަކަށް އޮންނަން ޖެހޭ ކަމެއް.

The name is already taken The name is available. Register?

ރަށުބޭބޭ

02 July 2019

އިތުބާރު ގެއްލިފައިވަނީ ހަމައެކަނި ފަނޑިޔާރުގޭގެއެއްނޫން، ތިޔަ އޭސީސީއަކީ ރާއްޖޭގައި ހިނގާދިޔަ ބޮޑު ކޮރަޕްޝަންގެ ބައިވެރިއެއް، ހުރިހާ މެމްބަރުންވެސް މިކަމުގައި ބައިވެރިވުން އޮތުމުގެ ފުރުސަތުބޮޑުކަމުން މެމްބަރުން ބަދަލުކޮށްގެންނޫނީ ތިތަނުންކުރާ ކަމަކަށް އިތުބާރު ނުކުރެވޭ

The name is already taken The name is available. Register?

އައްސަދުއް

02 July 2019

މެނޭޖްމަންޓަކީ ކޯޗެއް އަދި ކިހިނެތް ހިންގާއެއްޗެއްކަން މުއައްވިޒު އަށް ނޭނގޭ.. މެނޭޖްމަންޓަކީ އޮލިގާރކީއެއް.. އެ ފީޗާރ މެނޭޖްމަންޓަކުން ގެއްލިއްޖެއިޔާ ކުންފުންޏެއް ނުހިންގޭނެ. އޮލިގާކީއެެއް ސަސްޓެއިން ކުރަން ވެރިޔަކައް ހުންނަމީހާ ޑެވެލޮޕް ކުރަންޖެހޭ ވަކިފެންވަރެއްގެ އިތުބާރު ހިފޭ ސާރކަލްއެއް. މިކަން ނުކުރެވޭނެ މެނޭޖިންޑައިރެކްޓަރައް މީހުން އިޚްތިޔާރުކުރުމުގެ ބާރުނެތިއެއް. ކުރަންވީކަމަކީ ބާރު ނެގުމެއް ނޫން.. އެމީހުން އައްޔަން ކުރުން ހަރުދަނާކުރޭ.

The name is already taken The name is available. Register?

ޒަވީނާ

02 July 2019

ދިސް އިޒް ސޯ ވިޔާޑް.. ކިހިނެތް މެނޭޖްމަންޓު ހިންގާނީ.. ކުންފުނިތައްވެސް ސިވިލް ސާވިސްއައް ބަދަލު ކުރަންވީނުން. ކީއްކުރަން ކޮންމެހެން ކެޕިޓަލް ވަކިކުރި ކުންފުނިތަކެއްގެ ގޮތުގަ ބާއްވަންވީ.

The name is already taken The name is available. Register?

ދާއިރާ މީހާ

02 July 2019

ކުންފުނި ތަކަށް އެކަންޏެއް ނޫން އަންގަންވީ. މިނިސްޓްރީ ތަކުގައިވެސް ސިޔާސީ ކޮންމެވެސް މީހަކު ހުރޭ އެޗް އާރ އާއި ހަވާލުވެ. އެމީހާގެ ނުފޫޒު ނުވަތަ ސިޔާސީ އެންމެން ރާވައިގެން މިހާރުވެސް މުވައްޒަފުން ނަގަނީ ސިވިލްގެ ޤަވާއިދުތަކާއި ޚިލާފަށް. ބޭނުންވާ ބަޔަކަށް އިންޓަވިއުއަށް ކިޔާ ބޭނުން ނުވާ މީހުން ނަށް ނުކިޔާ އެތައް ކަމެއް ކޮރަޕްސަނަށް މަގުފަހިވާ ގޮތަށް ކުރަމުންހމ ދަނީ. އެކަމު ޒީރޯ ޓޮލަރަންސް ދޯ؟

The name is already taken The name is available. Register?

علي وحيد

01 July 2019

ނަހަމަގޮތުގަ ކުރާ ދަޢުވާ އެންޓިކަރކްސަން ކޮމިސަނުން ބައިލައި،ގަނެ ދަޢުވާ ރަށްދުވާފަރާތްކަމަށް ބެލެވޭ ފަރާތަށް ތިވަރުގެ ޤާބިލް ކޮމިސަނަކުން ޖަވާބުދެނީ ކީއްވެތޯ އަޅުގަނޑު ސުވާލު އުފެދޭ ތިދައްކާވާހަކައަށް ދެންނެވޭނީ ސޮރީއޭ

The name is already taken The name is available. Register?

ޢަބީދާ ޢަބޫދު

01 July 2019

ތިޔަކަންކަން ހާމަކަމާއެކު ޢާއްމުކުރުމުގެ އިޚްތިޔާރު އޭސީސީއަށް ލިބުނުކަމަށްޓަކައި އުފާކުރަން. ހިތާމަޔަކީ ފާއިތުވީ ހައެއްކަ އަހަރު ތިޔަފަދަ ކޮރަޕްޝަނާ ދުރު އުޞޫލުތައް ހާމަކުރުމަށް ނުކުޅެދިފައި ތިބެންޖެހުނުކަން. ޤައުމު އިޞްލާޙުކުރެވޭނީ ނޫނެކޭ ބުނަންޖެހޭ ދަނޑިވަޅުތަކުގައި ނޫނެކޭ ބުނަންކެރޭ ބާރާއެކު މަޤާމުގެ ޒިންމާ އުފުލިގެން

The name is already taken The name is available. Register?

އިންސާފުވެރިޔާ

01 July 2019

މުއައްވިޒު މިހާރު މާ ކަންކަން ބަލާ މީހަކަށް ހެދެން އުޅޭނެ ކަމެއް ނެތް. މިއޮތް ހުރިހާ ދުވަހު ތި އަނގަ ކޮބާ. ޔާމިނު ސަރުކާރުން އެތިއެތިކޮޅު ލިބޭތީ ލޯކަނުވެފަ ކަންފަތް ބީރުވެފަ ކުރިންހުރީ. ހިޔާ މަޝްރޫއުގެ ފްލެޓްތަކުން އެތަކެއް ފްލެޓްތަކެއް ޔާމީނާއި މެޑަމް އަރިހު ދަންނަވައިގެން އެއްބަނޑު އެއްބަފާ މީހުންނަށާ ތިމާގެ މީހުންނަށް ހޯދިއިރު މުއައްވިޒުމެނަށް އޭތި ކޮރަޕްޝަނަކަށް ނުވި. ތީ މިދުނިޔެމަތީ ގެންގުޅެން ހެޔޮވާވަރުބަޔެއް ނޫން.

The name is already taken The name is available. Register?

ޑެލްބޯއި

01 July 2019

ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުނިތައް ހިންގީމާ އެނިމުނީ ކުންފުނީގެ މެނޭޖިންޑިރެކްޓަރ އާއި ބޯޑު ގެ އަތާފައި ބަނދެފައި ދެން ހިންގާށޭ ބުނީމާ ކުންފުންޏެއް ނުހިންގޭނެ. ކޯރޕަރޭޓް ގަވަަނަންސްގެ އުސޫލުތަކާ ކަރަޕްޝަން އާ ގުޅޭ ކަންކަމާބެހޭ ޕޮލިސީ އެއް ކޮންމެ ކުންފުންޏެއްގައި އޮންނަންވާނެ. ސުޕްރީމް ކޯޓުން ގައިޑް ލައިން ނެރޭ ގޮތަށް އެންޓި ކަރަޕްޝަނުން އަންގާ ގޮތަށް ހިންގުން އެއީ ކަމުދާނެ ގޮތެއް ނޫން.

The name is already taken The name is available. Register?

މަޝާރު

01 July 2019

އެންމެ ރަނގަޅު. އެކަމު މުވައްޒަފުން ވަކިކުރުމުގެ ބާރު އެމްޑީ އަތުގައި އަދިވެސް އޮންނާނެތޯ؟ އެހެންވީރު ވަކިމީހަކު ނުނެގުމުން އެޗްއާރު އެންމެން ކަނޑާފޮނުވާލަފާނެތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454