ސުއޫދު: ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން އޭނާ ވަނީ ނިންމަވާފައި -- ފޮޓޯ/މިހާރު
01 ޖުލައި 2019 - 16:56
ބާ ކައުންސިލްގެ ރައީސް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވާދަ ކުރައްވަން ނިންމައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ އިންތިޚާބު މިމަހު 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައި، މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާ ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބާ ކައުންސިލްގެ ރައީސް ކަމަށް އޭނާ ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. މިއީ އެ ކައުންސިލްގެ މަގާމަކަށް ކުރިމަތިލާނެ ކަން އިއުލާން ކުރެއްވި ފުރަތަމަ ވަކީލެވެ.
Alah ufedhey Bar Council ge Raees kamuge magaamah vaadhakuran ninmaifin. vote lun onnaanee 13 July 2019 vaa honihiru dhuvahu. https://t.co/iy3r8fBk21
— Husnu Al Suood (@hsuood) July 1, 2019
ސުއޫދުގެ ޓްވީޓް
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒިޔާޕު
02 July 2019
މީ ކޮންރަށެއްގަ އޮންނަ ކައުންސިލެއްތަ
ސަޅި
02 July 2019
އެންމެ ހުދު ކާފޫރު ޖަޒީރާވަންތަ ގޮނޑުދޮށުގެ އެންމެ ހުދު ދޮންވެލި ފަދަ އިންސާފު ލިބޭނީ މި ކަހަލަ މީހުން ތަންތަނުގެ ވެރިންނަށް ލީމާ.
ނަތާޝާ
02 July 2019
ތީ ބޭކާރު މީހެއް! މިހާރު ކައުންޓެއް ނުކުރަން! 48 ގަޑީއިރުތެރޭ ރިލުވާނަށް ވީގޮތް ހޯދަން އިބޫ ހަވާލުކުރީމަވެސް އެކަން ފެއިލްވީ! ސުލޫކީ މިންގަނޑުދަށް މީހެއްތީ! އިތުބާރެއް ނުކުރެވޭ! މަމޮޅުވެފައި ހުންނަނީ!
ވިސްނާލާފާ
02 July 2019
އިންސާނުންގެ ހިތަކީ ފުރޭނެ އެއްޗެއްނޫން.
އަލީ ފިރާގު
02 July 2019
ސުއޫދަކީ ވަކީލުކަމުން ސަސްޕެންޑުކުރެވިފައި ހުރި މީހެއް. ބާރ ކައުންސިލުގެ ރައީސްކަމަށް މީނާއަށް ކުރިމަތި ލެވޭނެ ގޮތަކީ ކޮބާ އެހެންވެއްޖިއްޔާ! ގާނޫނު ބުނާގޮތުން، ކައުންސިލުން ވަކީލުންގެ ހުއްދަ ދެވެނީ ކައުންސިލަށް މެންބަރުން އިންތިހާބުވުމަށް ފަހު. އެހެންވީމާ އޭގެ ކުރީގައި ސަސްޕެންޑުވެފައި އޮތް މީހަކު ހަމަ އޮންނާނީ އެގޮތުގައި ދޯ.
ލޯކަ!
02 July 2019
ބާވެ ހަސްފަސް ނެތް ތި ބާކައުންސިލް އުފެއްދީވެސް ތި ސުޢޫދަށް ދޭންވެގެން! ނޮވެމްބަރ 3ގެ ބަޣާވާތް އުފެއްދި ބައިގަނޑު ތިކުޅެނީީ ވަރަށް ރީތިކުޅިގަނޑެއް!
އަންކަލޯ
02 July 2019
ބާރ އަކީ ކޮބައިކަން ސާފުކޮށްލަ ދެވިދާނެތޯ، މިޥެސް ހަބަރެކޯ.....ބޯ ހަލާކު.
ޢަޙްމަދު ނަސީމް
02 July 2019
މި ކަލޭގެ ރައީސްކަން ކުރަން ހެދި އައްޑާއެއް ދޯ މީ
ސުޢޫދު ބޮއިކޮޓް
02 July 2019
ނުވެގެން އުޅުނު ކަންތައް ވީނު. ކަލޭމެންނަށް ލާރި ގަނޑެއް ދޭން ހެދި ޤާނޫނެއްވިއްޔާ އެއީ. ދެން ހުރިހާ ބާރެއް މުށު ތެރެއަށް ލައިގެން ތިބޭ. ސުޢޫދު މާ ސިޔާސީ ވީމަ ތިކަހަލަ ތަންތަނުގެ ރައީސްއަށް ހުރުން އެކަށީގެން ނުވޭ. މީ މިގައުމުގެ ހުރިހާ ވަކީލުންވެސް ވިސްނަންޖެހޭކަމެއް. އެންމެން އެކީ ސުޢޫދަށް ނޫނެކޭ ބުނަމާ.
ރިލޭ
02 July 2019
ކޮބާ މަރުތައް، ވައްކަންތައް ބަލާ އަވަދިވީ؟؟؟؟
ނޮން
02 July 2019
އަދި ކިނބޫ މަރުވި މައްސަލަވެސް ނުބެލޭ.