ޚަބަރު / އެމްއެމްއޭ

އޭސީސީގެ ތަހުގީގުން އަޒީމާގެ މައްސަލައެއް ނުފެނުނު

އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ: މަނީ ލޯންޑަރިން ހިންގަމުން ދިޔަ ކަމަށް އެފްއައިޔޫން އެކުލަވާލި ރިޕޯޓް ފުލުހުންނަށް ހުށަނާޅަން އޭނާ އެންގެވި ކަން އެނގެން ނެތް ކަމަށް އޭސީސީން ބުނޭ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން އެތައް މިލިއަން ރުފިޔާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް ޚިޔާނާތްވި މައްސަލައިގައި އޭސީސީން ކުރި ތަހުގީގުން، އޭރުގެ ގަވަރުނަރު އަޒީމާ އާދަމް ސަލާމަތްވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އެމްއެމްއޭގެ އިހުމާލުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތަހުގީގުކޮށްފަ އެވެ. ދައުލަތުގެ ފައިސާ އިން މަނީ ލޯންޑަރިންގެ އަމަލު ހިންގި ކަން އެމްއެމްއޭ އަށް އެނގި ތިބެ ތަހުގީގު ކުރަން ފުލުހުންނަށް ނުފޮނުވި މައްސަލައިގައި އާޒިމާ އަށް ތުހުމަތުކޮށް، އޭސީސީން އޭނާގެ ބަޔާން ވެސް ނެގި އެވެ.

އެކަމަކު އެ މައްސަލައިގެ ރިޕޯޓް މިއަދު އާއްމުކުރި އިރު އަޒީމާ ވަނީ ސަލާމަތްވެފަ އެވެ. އޭސީސީގެ ތަހުގީގުތަކުން އަޒީމާގެ މައްސަލައެއް ފެންނަން ނެތަސް، މި މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަމުން ދެ އެވެ. އެހެންވެ، މި މައްސަލައިގެ ތެރެއިން އަޒީމާ އަށް މުޅިން ސަލާމަތްވެވުނީ ކަމަށް ބެލެވޭކަށް އަދި ނެތެވެ.

އޭސީސީން ބުނެފައި ވަނީ އެސްއޯއެފުން މަނީ ލޯންޑެރިން ހިންގި ކަމަށް އެފްއައިޔޫން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅިގެން ވަކި ގޮތަކަށް އަމަލުކުރަން އަޒީމާ އިރުޝާދު ދެއްވި ކަމުގެ އެއްވެސް ކިތާބީ ހެއްކެއް ކޮމިޝަނުގެ ތަހުގީގަށް ނުލިބޭ ކަމަށެވެ. އެއާއެކު، އެ ރިޕޯޓް ފުލުހުންނަށް ފޮނުވަން ނިންމާފައި ނުވަނީ އަޒީމާ ނުފޫޒު ފޯރުވައިގެން ކަމަށް ސާބިތުކުރެވޭ ވަރުގެ ހެއްކެއް ވެސް ކޮމިޝަނުގެ ތަހުގީގަށް ލިބިފައެއް ނުވެ އެވެ.

އެ މައްސަލައިގައި އޭސީސީގެ ތުހުމަތުތައް ބުރަވީ އެފްއައިޔޫގެ އޭރުގެ އިސްވެރިޔަކަށް ހުންނެވި އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށެވެ. މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްދޭން އޭސީސީން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެ މައްސަލަ ދިރާސާކޮށް ޕީޖީން އިރުޝާދު ދިނީ އެ މައްސަލައިގައި މަނީ ލޯންޑެރިންގެ އަމަލު ހިމެނޭތީ އެކަން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފުލުހުންނަށް ހުށަހެޅުމަށެވެ.

މަނީ ލޯންޑެރިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރެއް އޭސީސީއަކަށް ނޯވެ އެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ގެއްލުންވީ މަނީ ލޯންޑެރިންގެ އަމަލު ހިންގާ ކަން އެފްއައިޔޫ އަށް އެނގޭ އިރު ވެސް އެކަން ހުއްޓުވާފައި ނުވާތީ އެވެ.

އޭސީސީގެ ތަހުގީގުގައި އާތިފް ވިދާޅުވެފައި ވަނީ، އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ކަމަށެވެ. އެކަމަކު އެކަން ތަހުގީގުކުރަން ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް ތަހުގީގަށް ދެއްވި ބަޔާނުގައި އާތިފް ވިދާޅުވެފައިވެ އެވެ.

އެ ތުހުމަތު ދޮގުކުރައްވައި އޭސީސީގެ ތަހުގީގަށް އަޒީމާ ވިދާޅުވެފައި ވަނީ އެސްއޯއެފުން ހިންގި ޝައްކު ކުރެވޭ މުއާމަލާތްތަކަކާ ގުޅިގެން ނޮވެމްބަރު، 27، 2014 ގައި އެފްއައިޔޫ އަށް ފޮނުވި "ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް"ގެ ވާހަކަ، އެމްއެމްއޭ އިން ބޭއްވި ބައްދަލުވުމަކަށް ފަހު އާތިފް ހިއްސާކުރެއްވި ކަމަށެވެ. އެއާއެކު، ޝައްކުކުރެވޭ މުއާމަލާތް ވަރަށް ރަނގަޅަށް ދިރާސާކުރަން ޖެހޭނެ ކަމަށް އާތިފަށް ދަންނަވާފައި ވާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ.

ތަހުގީގަށް އަޒީމާ ވިދާޅުވެފައިވާ ގޮތުގައި، އެފްއައިޔޫ އަކީ އެމްއެމްއޭގައި އޮންނަ މިނިވަން ޔުނިޓަކަށް ވާތީ، އެތަނުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން، މައްސަލަތައް ނިންމާނެ ވަކި ގޮތެއް ވިދާޅުވެ ދެއްވުމަކީ އޭނާގެ ދައުރެއް ނޫނެވެ. އެތަނުން ބަލާ މައްސަލަތަކަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ބައްދަލުވުންތައް އޭނާއާ އެކު ނުބާއްވާ ކަމަށް އަޒީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބައެއް މައްސަލަތައް ބަލާކަން އެފްއައިޔޫ އިން އޭނާ އަށް އަންގަ އެވެ. އެއީ، އެއްގޮތަކަށް ވެސް ކަންތައް ރިޕޯޓް ކުރުމުގެ ގޮތުން ނޫން ކަމަށާއި އެފްއައިޔޫއާ އެކު ގިނަފަހަރަށް ބައްދަލުވުން ބާއްވަނީ ގަވާއިދުތަކާ ގުޅޭ ގޮތުން ކަަމަށް ވެސް ތަހުގީގު ރިޕޯޓުގައިވެ އެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ފައިސާ އިން މަނީ ލޯންޑެރިންގެ އަމަލު ހިންގަން ފުރުސަތު ލިބުނީ އެފްއައިޔޫގެ އިހުމާލުން ކަން ސާބިތުވާ ވަރުގެ ހެކި ވަނީ ލިބިފަ އެވެ.

އޭސީސީން ފާހަގަކުރި އެފްއައިޔޫގެ އިހުމާލުތައް

- ބީއެމްއެލް އާއި ބޭންކް އޮފް ސިލޯން މެދުވެރިކޮށް، އެސްއޯއެފް އިން ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގި ސަބަބު އެފްއައިޔޫ އިން ޔަގީނެއް ނުކުރި.

- ދައުލަތުގެ ކުންފުންޏަކުން (އެމްއެމްޕީއާރުސީން) ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކުރުމަށް ފަހު، ފައިސާގެ ގޮތުގައި ވިތުޑްރޯކޮށްފައި ވިޔަސް އެކަން ނުބެލުން.

- އެމްއެމްޕީއާރުސީން އެސްއޯއެފަށް ފައިސާ ޖަމާކުރުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ހޯދަން ބޭނުންވި މައުލޫމާތު އެސްއޯއެފް އިން ނުދިންކަން އެފްއައިޔޫ އަށް އެނގި ތިބެ އަޅާނުލުން.

- އެފްއައިޔޫގެ ޒިންމާ އަކީ މަނީ ލޯންޑެރިން ކަމަށް ޝައްކު ކުރެވޭ މުއާމަލާތްތައް އިތުރަށް ތަހުގީގު ކުރަން ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވުން ކަމަށް ވިއަސް އެ ޒިންމާ އަދާކޮށްފައި ނުވުން.

ބީއެމްއެލް އާއި ބޭންކް އޮފް ސިލޯން މެދުވެރިކޮށް، އެސްއޯއެފް އިން ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގި ސަބަބު ޔަގީން ނުކުރުމާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ފައިސާ ޖަމާކުރުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ހޯދަން ބޭނުންވި މައުލޫމާތު އެސްއޯއެފް އިން ނުދިން ކަން އެފްއައިޔޫ އަށް އެނގި ތިބެ އަޅާނުލުމަކީ މައްސަލައެއްގެ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް އޭސީސީން ނެރުނު ރިޕޯޓުގައިވެ އެވެ. މަނީ ލޯންޑަރިން ކަމަށް ޝައްކު ކުރެވޭ މުއާމަލާތްތައް އިތުރަށް ތަހުގީގު ކުރަން ކަމާ ބެހޭ މުއައްސަސާތަކަށް އެފްއައިޔޫ އިން ނުފޮނުވުމަކީ އެ ތަނުގެ އިހުމާލެއްގެ ގޮތުގައި އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން، އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފަށް ޖަމާކޮށް، އެ ފައިސާ ލޯންޑަ ކޮށްފައިވެ އެވެ. އެ ފައިސާ ލޯންޑަ ކުރަން ޑޮލަރުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް ބައިވެރިކުރި އެވެ. އެސްއޯއެފްއާ އެކު އެތައް މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގި މީހުންގެ ނަން، ވެސް ރިޕޯޓުގައިވެ އެވެ.

50 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 2%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލިސް

03 July 2019

ދެން އެހެނވީއްޔާ ޔާމީނުގެ ވެސް މައްސަލަ އެއް އޮވެގެން ނުވާނެ. އެންމެ ކުޑަމިނުން ވެިޔަކަށް ހުރި މީހާގެ އިހްމާލު އޮތްކަމަށް ބުނަންޖެހޭނެ މިތަޙްްގިގު ބަރާބަރަށް ދިޔަނަމަ. ބޮޑަށް އާތިފް ބޮލަށް ކަނޑާލަން ހިފާފަ ހުރިފާޑު ޖަހަނީ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

03 July 2019

މިސަރުކާރަކީ މި ޤައުމު އަޅުވެތި ކުރާނެ ނުލަފާ ސަރުކާރެ.

The name is already taken The name is available. Register?

އުމަރުބެ

03 July 2019

އޭސީސީގެ ތަހްގީގަކީ މިހާރު ބަލައިގަނެވޭނެ ތަހްގީގެއްނޫން، އިބޫ އުފައްދާފައިވާ ކޮމިޝަންތަކުން ދެން ތަހްގީގު ހިންގަންވާނީ

The name is already taken The name is available. Register?

ޔާނނ

02 July 2019

ޖެހި ރުފިޔާތަކަށްވީގޮތެއްވެސް ނޭގުނު.ހަޜާންކޯރުވީ.

The name is already taken The name is available. Register?

ރާއްޖެތެރެ 7- ކުޅަދު

02 July 2019

ކޮބާހޭ ފުލެޓް ކޮމިޓީ ގެ ހަބަރަކީ... ފިލައިގެނެއް ނޫޅެވޭނެ..

The name is already taken The name is available. Register?

ރާއްޖެތެރެ 7- ކުޅަދުގެ މަންމަ

02 July 2019

ރައްޔިތުންނަށް ވާނުވާ އަންގަމުންދާންވީ... ތި މީހުން ޖަހާ ސަކަރާތް ބަލަން މާ ގިނަ ދުވަހަކު ނުތިބޭނަން... މަގު މަތީ ހަރަކާތް ތަކުގަ އަޑު އުފުލާނަން... ބުރާސްފަތި ދުވަހު ބޮޑު މުޒާހަރާ ގަ އަޑު އުފުލާނަން. ރައްޔިތުންގެ އަޑު ސަރުކާރަށް އިވެންދެން އަޑު އުފުލާނަން...

The name is already taken The name is available. Register?

ވޯލް

02 July 2019

އެފްއައިޔޫ އަކީ މިނިވަން ކުނިޓެއްކަމަކު، ޤައުމުގެ މަރުކަޒީ ބޭންގެ ގަވަނަރުގެ ހައިސިއްޔަތުން މިކަން އެންގި ހުރެ ކަމާބެހޭ އަދި ރައްޔިތުންގެ މަޖިލީހަށްވެސް އަންގަންޖެހޭ، އެންމެ ކުޑަ މިނުން ސިޓީގަޑެއް ނަމަވެސް ފޮނުވާލެވެންޖެހޭ. 100،000 ރުފިޔާ މުސާރައަށް ދިނީކީ ކަލޭ ދެފައިދަމާފަ އޮންނާކަށްނޫން.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

02 July 2019

މިފަދަ މިފަދަ މީހުންގެ މައްސަލަ އެއް ނެތޭ! މައްސަލަ އަކީ ޤައުމުގައި ތިބި ރައްޔިތުންގެ މައްސަލައޭ. އެއީ ރައްޔިތުންގެ ޙަޒާނާ ތައް ބަޔަކު ކައި ހުސްކޮއް ޤައުމު ދޫކޮއް ފިލައިގެން ދާއިރުވެސް އެވެރިންނަށް ރައްޔިތުން އެފަދަ ފުރުޝަތު ތައް ދޭތީއެވެ. އެވެރިން ދެކޭ ގޮތުގައި ޤައުމުގައި ތިބި ރައްޔިތުންނަކީ ތަނެއް ދޮރެއް ނުދަންނަ ގަމާރު ހުސް ގުނބޯ ރައްޔިތުންނެވެ.

The name is already taken The name is available. Register?

ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ

02 July 2019

އޭ ސީ ސީ އިން އަވަސް އަރުވައިގެން ކޮންފަދަ ގުރުބާނީތަކެއްވާންތޯ ތިއުޅުއްވަނީ... މިއަދު ތިޔަ ކޮމިޝަނަރަކީ ކޮރުވެފައިވާ ތަނެއް ވެރިޔަކުނެތް ރިޕޯރޓު އިއްވަމުން ތިދަނީ ދާދުފަހުން ހައިކޯޓު ތެރޭގައި އދީބުގެ ކަންތައް ނިންމަމުން ގެންދިޔަ ގޮތަށް

The name is already taken The name is available. Register?

ހާރޫން

02 July 2019

ކޮބާ އެއްކަލަ ފުލެޓް ކޮމިޓީގެ މަސައްކަތް... މި ހަފުތާގަ ލިސްޓް އާންމުކުރާ ވާހަކަ ކިޔާފަ ކޮބާ..

The name is already taken The name is available. Register?

ފޮލާދޮންބެ

02 July 2019

ތިއެއްވެސް މައްސަލައެއްގެ އެއްވެސްމީހަކަށް އެއްވެސްކަމެއްވެދާނެބާ؟ ރައީސް ޔާމީންގެ ސަރުކާރުންކުރި އެއްކަމެއްގައި އެކަކުވެސް ކުށްވެރިވާކަމަކަށްނުވެއެވެ. މުޅިދައުލަތު ކޮރަޕްޓްވެފަވާއިރު، ސިވިލްސަރވިސް ކޮރަޕްޓުނުވެ އޮންނާނެކަމާއިމެ ޝައްކެއްނުއުފެދެއެވެ. މިނިވަން މުވައްސަސާތަކާއި ސަރުކާރުގެ އެކިދާއިރާގައި އަދިވެސް އެދައުރުގައި ނަފާލިބުނުމީހުން ގިނަކަން ފާހަގަކުރެވެއެވެ. ކޯޓުތަކުން މީހުންފުރުން މަނައެއްނުކުރެއެވެ. ތުހުމަތުކުރެވޭމީހުން އެތިބަދަނީއެވެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454