އާތިފް: ސިޓީއެއް ހުށަހަޅައިގެން މަނީ ލޯންޑަރިން ހުއްޓުވޭނެ ކަމުގެ ޔަގީންކަން އޮތް ނަމަ އެކަން ކުރެއްވީސް ކަމަށް ވިދާޅުވި.
02 ޖުލައި 2019 - 16:10
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުންޏަށް ދައުލަތުގެ ފައިސާ ޖަމާކޮށް މަނީ ލޯންޑަރިން ހިންގި މައްސަލަ ފުލުސް އޮފީހަށް ހުށަނާޅުއްވައި މަގާމުން އިސްތިއުފާ ދެއްވީ، އެކަން ތަހުގީގުކޮށް ހުއްޓުވާނެ ކަމުގެ ޔަގީން ކަން ނެތުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.
އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ ތެރޭގައި އުފައްދާފައި އޮންނަ މިނިވަން ޔުނިޓެކެވެ. މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި އެ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާ އަކީ އެފްއައިޔޫ އެވެ.
އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ އެތައް މިލިއަން ރުފިޔާ އެސްއޯއެފަށް ޖަމާކޮށް، މަނީ ލޯންޑަރިން ހިންގިކަން، އާތިފް އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ އެފްއައިޔޫގެ ތަހުގީގުން އޮތީ ފެންނާށެވެ. އެކަމަކު، އެ މައްސަލަ ފުލުސް އޮފީހަށް ނުފޮނުއްވުމުން އާތިފްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމުގެ ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީން) އަށް މިދިޔަ ފެބްރުއަރީ މަހު ހުށަހެޅި އެވެ. ނަމަވެސް، އޭގައި މަނީ ލޯންޑަރިން ހިމެނޭތީ ޕީޖީން އޭސީސީ އަށް އިރުޝާދު ދިނީ ފުލުސް އޮފީހަށް ހުށަހެޅުމަށެވެ.
މަނީ ލޯންޑަރިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ ބާރެއް އޭސީސީއަކަށް ނޯވެ އެވެ.
އެ މައްސަލަ ތަހުގީގުކޮށްދޭން އޭސީސީން ފުލުހަށް ހުށަހަޅާފައި ވިޔަސް އާތިފްއާ އަދި ސުވާލެއް ނުކުރެ އެވެ.
މި މައްސަލައާ ގުޅިގެން އާތިފް "މިހާރު" އަށް ވިދާޅުވީ އޭސީސީގެ ތަހުގީގުގައި އޭނާއާ ސުވާލުކުރީ އެފްއައިޔޫގެ ރިޕޯޓް ފުލުސް އޮފީހަށް ފޮނުވާފައި ނުވާތީ ކަމަށެވެ. އެކަން ނުކުރެއްވީ އޭރުގެ ހާލަތު އޮތް ގޮތުން ފުލުސް އޮފީހަށް ހުށަހެޅިޔަސް ފިޔަވަޅެއް އަޅައި ހުއްޓުވާނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށް ވިދާޅުވި އެވެ.
"ފުލުސް އޮފީހަށް ސިޓީއެއް ފޮނުވައިގެން މި ކަންތައް ހުއްޓުވޭނެ ކަމަށް އެއްވެސް މިންވަރަކަށް ހީކުރެވިފައި ނުވަތަ ގަބޫލުކުރެވުނު ނަމަވެސް އެ ސިޓީ ވެސް ފޮނުވީމުސް،" އާތިފް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެސްއޯއެފަށް ޖަމާކުރަމުން ދިޔައިރު، ފުލުސް އޮފީހާއި މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީސް ވެސް ކޮންޓްރޯލް ކުރެއްވީ އަދީބެވެ. އޭރުގެ ހާލަތު ހުރި ގޮތް ކަމަށް އާތިފް އެ ވިދާޅުވަނީ، އަދީބުގެ ނުފޫޒު އޮތް މިންވަރަށް ކަމަށް ބެލެވެ އެވެ.
އެންމެ ރަނގަޅު ހައްލު ކަމަށް އާތިފަށް ފެނިވަޑައިގަތީ، މަގާމުން އިސްތިއުފާ ދެއްވުމެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖޫން، 2014 އިން ސެޕްޓެމްބަރު 2018 އާ ހަމައަށް ފުލުސް އޮފީހަށް ނުފޮނުވައި އެފްއައިޔޫގައި މަނީ ލޯންޑަރިންގެ މައްސަލަ އޮތެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން، ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކަން ފުލުހުންނަށް ހުށަހެޅުއްވި ބޭފުޅާ މަގާމުން ވަކިކުރި ކަން އާތިފް ފާހަގަކުރެއްވި އެވެ.
އެމްއެމްއޭގެ އިހުމާލުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ އެފްއައިޔޫގެ ހެޑަކަށް އެންމެ ފަހުން ހުންނެވި އަބްދުﷲ އަޝްރަފެވެ. އެ މައްސަލަ ހުށަހެޅި ދުވަސްވަރު އެފްއައިޔޫގެ އޮނިގަނޑަށް ގެނައި ބަދަލަކާ އެކު އޭނާގެ މަގާމު ވަނީ ގެއްލިފަ އެވެ.
އާތިފް ވިދާޅުވީ އެފްއައިޔޫ ހިންގުމާ އޭނާ ހަވާލުވެ ހުންނެވި ހަތް މަހުގެ ތެރޭގައި ލިބުނު މައްސަލަތައް ތަހުގީގު ކުރެއްވި ކަމަށެވެ. އަދި އެކަން ހުއްޓުވަން ކަމާބެހޭ ފަރާތްތަކުގެ އިސް ވެރިންނާ ބައްދަލުކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރި މަސައްކަތްތަކުގެ ތަފްސީލާއި ބައްދަލުކުރި މީހުންނާއި މީޑިއާ އަކު ހާމައެއް ނުކުރެވޭނެ. ގާނޫނީ ބާރު ލިބިގެން މާލިއްޔަތު ކޮމިޓީގައި ސުވާލުކުރި ދުވަހު ހުރިހާ އެއްޗެއް ކިޔައިދިނިން،" އާތިފް ވިދާޅުވި އެވެ.
"މަގާމުގެ ގާނޫނީ ޒިންމާ އަދާނުކޮށް މުސާރަ ނަގައިގެން ހުންނަން ބޭނުން ނުވީ. އެހެންވެ އިސްތިއުފާ ދިނީ. އަޅުގަނޑަށް ނުވަންޏާ ކޮންމެވެސް އެހެން މީހަކަށް ކުރެވިދާނެ ކަމަށް ބަލައި ވަކިވީ."
އާތިފް ހާޒިރުކުރި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބޭއްވީ ސިއްރުކޮށްގެންނެވެ.
އެސްއޯއެފްގެ މުއާމަލާތްތަކަކީ މަނީ ލޯންޑަރިން ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެފްއައިޔޫގެ ވެރިޔާ އަށް އެނގޭ ކަން ތަހުގީގަށް ސާފުކޮށް ފެންނަން އޮތް ކަމަށް އޭސީސީން ބުންޏެވެ. އަދި އެއީ ފުލުހުންނަށް ފޮނުވަން ޖެހޭ މައުލޫމާތުތަކެއް ކަން އެފްއައިޔޫގެ އިސްވެރިޔާ ތަހުގީގުގައި އިއުތިރާފްވެވަޑައިގަތް ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެ އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަދީބު
03 July 2019
ޜައީސް އޮފީހުން ބުއްދަޅާ ނެޕީ ގަނެދީދެން، މަކްތަބައް ފޮނުވާ ކިޔަވާދިނަސް ދައުލަތައް ފަވާރެރިޔެއް ނޫން
ޖައިސާމް
03 July 2019
މަގާމްތަކަށް އަންނަ މީހުންނަކީ ނަޒާހަތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރެވޭ ބަޔަކަށްވާންވާނެ. އެހެން ނޫނީ އެމަގާމަށް ކުރިމަތި ނުލާނީ. ރައްޔިތުންގެ ފައިސާ ނުނަގާނީ. އާތިފަށްވެސް މަގާމުގެ ޒިންމާ އަދާނުކުރުމުގެ ސަބަބުން ލިބެންޖެހޭ އަދަބެއް ލިބެންވާނެ.
ބޮޑުމީހާ
03 July 2019
އާތިފްވެސް ދެރަވާނެކަމެއްނެތް. އެހެން އަދި ބަޔާނެއް ނަގައި، މައްސަލަ ފޮނުވިޔަސް މިރާއްޖޭގައި ހުކުމެއްކޮށް އެ ތަންފީޒުނުކުރާނެ. ދުވަސްކޮޅަކުން ލިބޭނެ ކުރިއަށްވުރެ ބޮޑު މުސާރައިގެ ވަޒީފާއެއް.
މަރީނާ777
03 July 2019
އާތިފް ގެ ބޯ ސަކަރާތް މިހާރު. މުސްކުޅިވީމާ ދައްކާކަހަލަ ހަމަނުޖެހޭވާހަކަ. ތިއޮތީ ރަގަޅަށް އިއްތިރާފްވެފައި.
އަބަދުވެސް
03 July 2019
އެއްއިރެއްގެ ހަމަޖެހުނު މީހެއްކަމަޢް ނުފެނެ. ސަރުކާރު' އެސްޓީއޯ' އެލައިޑް' މިފްކޯ' އެމްތީސީސީ' ފެންޓަސީ ހުރިހާތަނެއްގަވެސް ފެއިލް. އެކަމަކު ނުފޫޒު ގަދަވިމާ އަދިވެސް ވަޒީފާ ލިބޭނެ.
ކިނިކްސް
03 July 2019
"މަނީ ލޯންޑަރިން ހިންގި މައްސަލަ ފުލުސް އޮފީހަށް ހުށަނާޅުއްވައި މަގާމުން އިސްތިއުފާ ދެއްވީ، އެކަން ތަހުގީގުކޮށް ހުއްޓުވާނެ ކަމުގެ ޔަގީން ކަން ނެތުމުން " ވަޒީފާގެ މަސްއޫލިއްޔަތަކީ މައްސަލަ ފުލުސް އޮފީހަށް ހުަށަހެޅުން. ފުލުސް އޮފީހުން އެކަން ބެލުމާއި ނުބެލުން އެއީ އެހެން ކަމެއް.
ޝެލަރީ
03 July 2019
މަށްސަލަތައް ފެށެނީ ޔާމީނާ ހަމައިން ނިމެނީ ނިކަމެތި ރަށްޔިތުމީހާގެ ބޮލައް ދެއްތޯ؟ މިޤައުމު ހަލާކު ކޮށްލީ ވަހީދު އާއި ދީން އާއި ހަމައިން ބުނަން އެޖެންޑާ19 ވަހީދު ހޯދާން އެބަޖެހޭ އެއީ މި ލޮބުވެތި ވަތަން ހަރާބުގެ މަގައް ވައްޓާލި މީހުން ދެއްތޯ؟
ޖޮއްބެ
02 July 2019
އަހަރެން ބުރިޖުމަތިން ހުޅުމާލެއަށް ނުދަނީ ހުޅުމާލެއާއި ހަމަޔަށް ފޯރާނެކަމުގެ ޔަގީންކަން ނެތީމައެވެ...!!!!
ރޮންބޭ
03 July 2019
އަހަރެން ބްރިޖުން ހޫޅުމާލެއަށް ނުދަނީ ސައިކަލެއް ނެތީމަ، އެކަމު ބޭކާރު ބައިސްކަލެއްގަތިން ބުރިޖުން ހުޅުމާލެއަށްދާން، އެއީ ބްރިޖް ޑިޒައިންގައި ބައިސް ލޭނެއް ހިމަނާފައިއޮތީމަ، އެކަމު މީހަކު އެލޭން ވިއްކާލާފަ އޭނަގެ ގެ 15ބުރިޔަށް ނެގީ!!!
ރާއްޖެތެރެ 7- ކުޅަދުގެ މަންމަ
02 July 2019
ކޮބާހޭ ފުލެޓް ކޮމިޓީ... ބޮޑު މުސާރަ ނަގައިގެން 8 މަސްވީ.. އެއްކަމެއްވެސް އަދި ނެތް ކުރެވިފަ... މަހަކު 20 30 ހާސް ނަގައިގެން ކީއްތިކުރަނީ.. ސޯޝަލް އަޑު ގަދަ ވީމަ ނޫނީ އެކެއްޗެއްވެސް ރައްޔިތުންނަށް ހިއްސާ ނުކުރަންތަ ތި ތިބެނީ....
ބޮޑުމީހާ
03 July 2019
ޑިމޮކްރަސީ ހޯދަންވެސް މުޒާހަރާ ކުރީ. ފްލެޓްވެސް ލިބޭނީ މުޒާހަރާކޮށްގެން
ިއިއިއިއި
03 July 2019
ލޮލް ގިނަ ކޮމިޓީތަކަކީ މުސާރަ ލިބޭބައެއްނޫން
ކާޖާ
02 July 2019
މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ އެފްއައިޔޫގެ ހެޑަކަށް އެންމެ ފަހުން ހުންނެވި އަބްދުﷲ އަޝްރަފެވެ. އެ މައްސަލަ ހުށަހެޅުމާ އެކު އެކަށީގެންވާ ސަބަބެއް ނެތި ކުއްލި ގޮތަކަށް އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. މިއީ ބާރު ދަށްވަމުން ދިޔައިރުއެވެ. އޭރު އަދި ކިހާވަރެއްވާނެބާއެވެ.
މޫސާސް
03 July 2019
އާތިފަށްވެސް ފޮލިހާ ހިސާބަށް މައްސަލަ ފޮނުވާފަ އިސްތިއުފާ ދެވުނީހެއްނު. އާތިފާ ދޭތެރޭ ޝައްކު ކުރުމުގެ ޖާގަ އެބައޮތް. (ޕީ.އެޗް.ޑީ)
ޢަސޭލާ
02 July 2019
ޢަދީބުގެ ވާހަކަ ދަށްކާއިރު އެއީ އެއްމެ މީހެއް ހުރިހާ ބާރެެއް އަދީބާ ހަވާލު ކޮށްފަ އިންޓެލް ރިޕޯޓެއް ނުލިބެެއޭ ކިޔާފަ ބޯދައި ގަނެގެން ހުރީ ޔާމިން ކޮބާތަ.