ފިހާރައަކުން މީހަކު ސިނގިރެޓު ގަންނަނީ: -- މިހާރު ފައިލް ފޮޓޯ
02 ޖުލައި 2019 - 20:42
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދަށް އަމަލުކޮށް، ވަކިން ސިނގިރޭޓު ވިއްކާތޯ ބެލުމަށް، ވިޔަފާރި ކުރާ ތަންތަން ބަލާ ފާސްކުރަން ނިންމައިފިި އެވެ.
އެ ގަވައިދުގެ ދަށުން ވަކި ސިނގިރޭޓު ވިއްކުން މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ވަނީ މަނާކޮށްފަ އެވެ. އަދި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމުގެ ބައި ތަންފީޒުކުރަން ހަމަޖައްސާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ގަވައިދަށް އަމަލު ކުރާ މިންވަރު ދެނެގަތުމަށް އެ މިނިސްޓްރީ އާއި ކަމާ ބެހޭ އެހެން އިދާރާތަކުން ހާއްސަ އޮޕަރޭޝަނެއް ފަށަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެކަން ފަށާ ދުވަހެއް މިނިސްޓްރީ އަކުން ނުބުނެ އެވެ.
އެތަނުން ބުނިގޮތުގައި އެ އޮޕަރޭޝަނުގެ ދަށުން، ވިޔަފާރި ކުރާ ތަންތަނުން ދުންފަތުގެ ބާވަތްތަކުގެ ވިއްކާގޮތުގެ މަޢުލޫމާތު ހޯދާނެ އެވެ. އަދި ބޭނުންވާ ހާލަތްތަކުގައި، އިތުރު މައުލޫމާތު ހޯދުމަށް އެ ފަދަ ތަންތަން ވަގުތީ ގޮތުުން ބަންދު ކުރާނެ ކަމަށް ވެސް ބުންޏެވެ.
"ވީމާ، މިކަން އާންމުކޮށް ހުރިހާ ފަރާތްތަކުގެ އަދި ވަކިން ހާއްސަކޮށް ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މި އޮޕަރޭޝަންތައް ކުރިޔަށްދާއިރު ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުމަކީ ވަރަށް ބޮޑު އެދުމެކެވެ." އިއުލާނުގައި ބުނެފައި ވެ އެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދުގައި ބުނެފައިވާ ގޮތުން، ގަވާއިދާ ހިލާފުވާ ފަރާތްތައް އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000ރ. އަދި ތިން ވަނަ ފަހަރަށް، 10،000ރ. އިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލުފޮޑި
03 July 2019
ދެލޯ ފުޅާ މިއަށްވުރެ ގިނައިން ގާނޫނާއި ގަވާއިދާއި އުސޫލުތަށް ހެދިފަހުރި ގައުމެއްނޯންނާނެ. އެގަވާއިދަށް އަމަލުކުރާމީހުންނަށް އިންތިހާއަށް ދަތިކުރޭ. އަމަލުނުކުރާމީހުންނަށް އެއްވެސް އަދަބެއްނުލިބޭ. އޭގެ ހެއްކެއް ބިދޭސީންގެ މައްސަލައަކީ.
ޑޯން
03 July 2019
ގަވައިދު ހުއްދަ ނުކުރާ ކޭޝިޔަރެއް ތަނުގައިންނަނީ ބިދޭސީކޭޝިރ ތިބުން ހުއްދަތޯ..، ވަކިން ސިގިރޭޓްވިއްކުންމަނާ...ބިދޭސީ ކޭޝިރ ހުއްދަތޯ.. ..އެއްވެސްކަމެއް އެބަ ބެލޭތޯ
ޝިޔާމް
03 July 2019
ރާއްޖޭގައި ޤަވާއިދުތައް އޮންނާނީ ނަމެއްގައި. އެބަޔަކު ބޭނުން ކަމެއް ކުރަމުން އެހެރަ ދަނީ. ދުންފަތުގެ ޤާނޫނުތަކާއި ޤަވާއިދު ތަކަކީވެސް ހަމަ އެފަދަ އެއްޗެހި.
ޙިނި
03 July 2019
މަގުތައް ރަގަޅައްތޯ ހުރީ ބަލަނީ ކޮން އރކުންބާ
ހަމައެއްލަމައެއްއުސޫލެއް ނެތް އަމުރު މައުރޫފު ނުހިންގޭ
03 July 2019
ތިހުރީ ބެލިފަ ތިކަން ތި ނިމުނީ އެއްވެސްކަމެއް އެބަ ބެލޭތޯ ގަވައިދު ހުއްދަ ނުކުރާ ކޭޝިޔަރެއް ތަނުގަ އިންނަން ހުއްދަކޮށް ލޯމަރާލާފަ އޭނަ ސިނގިރޭޓު ވިއްކަނީ ގަވަދުންތޯ ބަލަނީ ހެހެހޭ މިއޮތީވާ ގައުމެއް
ނާގަބާޑި
03 July 2019
ވާވަރު ކަންތައްތާކާ އުޅެބަލަ ތިކަމެއް ނުވާނެ.
ޅަބޭބާ
03 July 2019
މާއުނގޫދޫގައި ހޮޓަލެއްގަ ވަކިން ސިގިރޭޓްވިއްކާ! ކައުންސިލަރުންނާއި ޕޮލިހުގަ އުޅޭބޭފުޅުންވެސް ގަނޭ!
ބަދޫރާ
03 July 2019
ތަންތަނުގެ ސެކިޔުރިޓީ ކުރާ ބަންގްލަދޭޝް މީހުން ވެސް ވަރަށް ގިނައިން ފޮށި ގަނެގެން ތިބެ ދަންވަރު ތީގެ ވިޔަފާރި ކުރޭ...... މިކަން ބަލާ ފިޔަވަޅު އެޅުމަށް ގޮވާލަން
ކޮބާ..ކޮބާ
03 July 2019
އަތުގަ ލާރި ހުރި ވަރަކުން ކޮންމެ އެއްޗެއް ވިޔަސް ގަނެވޭނީ.. ކީއްވެތަ ހަނޑޫ ވެސް ބަސްތާ އިން ނޫނީ ނުގަނެވޭ ގޮތައް ހަމަޖައްސަން ނޭނގިފަ ތިޔަ ތިބީ... ތިޔަ ކަމެއް ނުހުއްޓުވޭނެ.. މަކުނަށް ތަހުޒީބު ދަސްކޮށްދޭން އުޅުމާ އެއްފަދަ ކަމެއް..
ވަރުވާ
03 July 2019
ނުވާނެ ތިޔަކަމެއް. ހުރިހައި ވަގުވިޔަފާރީގެ ނަމަކީ "އޯޕަން ވިސާ" މިއީ ދުނިޔޭގެ އެއްވެސް ޤާނޫނެއްގައި ނެތް ޖުމްލައެއް. މި ވިސާގައި، ވިސާގެ ފައިސާވެސް ދައުރުވަނީ އަތުންއަތަށް.