ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް.
02 ޖުލައި 2019 - 22:23
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ ހޮވަން ޖުލައި 13 ގައި ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމިއްލަ އުސޫލެއް ހަދާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ބާ ކައުންސިލްގެ އިންތިހާބުގެ އުސޫލު އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރި އިރު އެ އިއުލާނުގައި ބުނެފައި ވަނީ ބާ ކައުންސިލްގެ ރައީސް ކަަމަށް ޝަރުތު ހަމަވާ އެކަކަަށް ވުރެ ގިނަ ބޭފުޅުން ކުރިމަތި ނުލައްވައިފި ނަމަ ކުރިމަތިލެއްވި ބޭފުޅަކު އިންތިހާބުވި ކަން ވޯޓަކާ ނުލައި އިއުލާނު ކުރެވޭނެ ކަމަށެވެ. ބާ ކައުންސިލްގެ ނައިބު ރައިސް ކަމާއި އެގްޒެކެޓިވް ކޮމިޓީގެ ހަ މެމްބަރުން ހޮވުމުގައި ވެސް އިއުލާނުގައިވާ ގޮތުން އަމަލުކުރާނީ އެގޮތަށެވެ.
އުޝާމް ވިދާޅުވީ އެހެން ބައެއް އިންތިހާބުތަކުގައި އެގޮތަށް އަމަލު ކުރިޔަސް ބާ ކައުންސިލް އުފެއްދި، ގާނޫނީ ފަންނުތަކުގެ ގާނޫނުގައި އެ ފުރުސަތު ދީފައި ނުވާ ކަމަށެެވެ. އޭނާ ވިދާޅުވި ގޮތުގައި ބާ ކައުންސިލްގެ މަގާމަކަށް ކުރިމަތިލީ އެކަކު ކަމަށް ވިޔަސް، ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ އެވެ. އަދި އެ ވޯޓް ނަގަން ޖެހޭނީ ވެސް ސިއްރު ވޯޓެއްގެ ގޮތުގަ އެވެ.
"އެހެން އިންތިހާބުތަކުގައި އެގޮތަށް އަމަލުކުރެވެނީ އެގޮތަށް ގާނޫނުގައި އޮންނާތީ. އެކަމަކު މިގާނޫނުގައި އެގޮތަކަށް ނެތް، އޭނާ ވިދާޅުވި އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ ހޮވަންޖެހޭނީ ޤާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންކަން ޤާނޫނީ ފަންނުގެ ޤާނޫނުގެ 6 އަދި 11 ވަނަ މާއްދާއިން ވަރަށް ސާފުކޮށް އެނގެން އޮތްއިރު، އިލެކްޝަންސް ކޮމިޝަނަށް އުޞޫލެއްގެ ދަށުން އެޙައްޤު ހަނިކުރެވޭނޭ ޤާނޫނީ ހައިސިއްޔަތެއް ނެތް. pic.twitter.com/Yr5ulTM9A0
— Ahmed Usham (@a_usham) July 2, 2019
ބާ ކައުންސިލްގެ އިންތިޚާބާ ގުޅޭ ގޮތުން އުޝާމް ކުރެއްވި ޓުވީޓު
ގާނޫނުގައި އޮތް ގޮތަށް ބާކައުންސިލްގެ އިންތިހާބު ބާއްވަން އޭނާ އޭސީސީ އަށް ގޮވައިލެއްވި އެވެ.
ބާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލާން އީސީން މިރޭ ވަނީ ހުޅުވާލާފަ އެވެ. އެ އިންތިހާބުގައި ވޯޓްލެވޭ ވަކީލުންގެ ލިސްޓެއް ވެސް އާއްމު ކުރި އެވެ. އެ ލިސްޓް އީސީން މިރޭ އާއްމު ކުރި އިރު އައިޑީ ކާޑް ނަމްބަރު ނުހިމެނޭ އަށް ނަމެއް އެބަ އޮތެވެ.
އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ އައިޑީ ކާޑު ނަމްބަރު ނެތް ނަންތަކުގެ މައުލޫމާތު ސުޕްރީމް ކޯޓުން ހޯދަން އީސީން މަަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އެ މައުލޫމާތު ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް އެންގި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓޭ
03 July 2019
ދެން މާ މަބޮޑުނުވެ، ރައީސްކަމަށް ކުރިމަތިލާންވީނު.
ދޮންހުސޭނު
03 July 2019
މީނާ އަށް ކަމުދާ އެއްވެސް ކަމެއް އަދި ނުވޭ. ކޮންމެ ކަމެއްގައިވެސް ބޯހަރު ގޮތް ދައްކާ މީހެއް. އިދިކޮޅޭ ބުނަން ނުކެރި އިދިކޮޅަށް ކުޅެވޭތޯކުޅެވޭތޯ އުޅޭ މީހެއް. ކިޔަވައިގެން ހުއްޓަސް އެފުރިހަމަ ކަމެއް ނުފެނޭ. ބޯހަރުކަން މީ ވިލިމާލެއަށް ޖެހިފައިވާ ބައްޔެއްބާ
ޢަދީބު
03 July 2019
މީނާގެ ލަފާ މަތިން ބިގައް ދެއްކި 78 މިލިޔަން ރުފިޔާ ހޯދަން މީނާޔައް ދައުވާ ކުރަންވީ، ޒިންމާދާރު ވަޒީފާގައި ހުރެ މަސްއޫލިއްޔަތުން ރެކިގެން ރައްޔިތުންގެ ފައިސާ ހިތުހުރިގޮތަކައް ބަހަން މީނަޔަކައް ނުނިންމޭނެ، މީގެންވެސް އެންގެނީ ނަމެއްގަ ކިޔަވައިގެން ހުއްޓަސް ގާބިލު މީހެއް ނޫންކަން
ފޮނިޓައްޕު ހަސަނު
03 July 2019
މީ ކިހިނެއް ވެގެން އުޅޭ ސޮރެއްތަ؟
ވާލުސޮރު
03 July 2019
ވިލިމާލެ ދާއިރާއަށް މި ނޫން މީހެއް ނުލިބެނީތޯ؟ މީގެ ކުރިން ނިހާނު މިހާރު ހުޝާމް، މިއީ ވަކި ކިޔަވައިގެން ނުކިޔަވައިގެން ނުވަތަ ތަނަވަސްކަން ހުރި ނެތް ވަރަކުން ވާ ކަމެއްނޫން. ތިމާގެ ބޮޑުކަން ދެއްކުމާއި ސަމާލުކަން ހޯދަން ކުރާ ކަންތައް. މަޖްލީހާއި މި ސަރުކާރުން އަދި ޖުޑީޝަރީ އިސްލާހުކުރުމުގެ ކަންތަކުގައިވެސް މިބޭފުޅާ ހިތްހަމަ ޖެހޭ އެއްވެސް ކަމެއް އަދި ނުހިނގާ
މައްލި
03 July 2019
އާދެ، އާދެ. ތިމީހުންނަށް ކަމުދާނީ ނުކިޔެވިޔަސް ރީނދޫ ކުދިން. ރީނދޫ ވީމަ ހުރިހާ ޝަރުތެއް އެ ފުރިހަމަވީ. ހަޤީޤަތް ޤަބޫލް ކޮށްބަ. ހުޝާމް ބުއްޔަސް ރަނގަޅު ވާހަކަ ވާނީ ރަނގަޅުވާހަކަ އަށް.
ޙުސޭނު ދަރި
03 July 2019
މީ މިހާރު ހާދަ ފުންނާބު އުސް ވެގެން އުޅޭ ބޭފުޅެކޭ ދޯ. އެންމެންގެ ސަމާލުކަން ހޯދާ ކުރިމަގަށް މަގުއަލިކުރެވޭތޯ މަސައްކަތް ތަކެއް ކުރަމުން ދާކަމަށް ފާހަގަ ކުރެވެނީ. މިދިޔަ 10 ވަރަކަށް އަހަރުވެސް މިގޮތަށް އުޅުނު ދެތިން މީހަކު އުޅުނު. ޢެކަމަކު މިހާރު އެމީޙުންގެ އެއްބަޔަކު ވަނީ ލޯމަތިން ގެއްލި އަޑުކެނޑިފަ.ދެން ތިބި ދެތިން މީހުންވެސް ހަމަބިމަށް ތިރިވާން މަޖުބޫރުވެ މޫނާ އެއްކޮށް ފޮށާ އަޅައި ގެއްލިވަޑައިގެންފި. މިމަނިކުފާނަށް ވެސް ހެޔޮ ރަހްމަތް ލައްވާށި!
ކަންއޮތްގޮތް
03 July 2019
މިޤައުމަކީ ޢަދަު 4 ލައްކަ ހަމަނުވީނަމަވެސް ހުސް "ވެރިން"ގެ ޤައުމެކެވެ. ކޮންމެމީހަކީ ވެރިއެކެވެ. ޤާނޫނުގެ ބާރުގަދަވާނީ ބަޔަކު ވެރިކަމާތޮޅެންއުޅޭނަމަ، އެމީހުން ހޭއަރުވާލަން. އެހެންނޫނީ އީސީއެއްނޫން ޕީސީ ޤަވާޢިދުހަދައިގެން އެޤާނޫނު ފުނޑުފުނޑު އަރުވާލެވިދާނެ. މިރާއްޖޭގައި ޤާނޫނަށްވުރެ ތަނެއްގެ ވެރިއަކުހަދާލާ ޤާނޫނަކުން ރައްޔިތުންގެ ޙައްޤު ގެއްލިފަވަނީ އެތައްފަހަރަކުއެވެ. އީސީއަކީ އެމީހުންދެކޭގޮތުގައި ޤާނޫނަށްވުރެ އިލެކްޝަންގެ ކަންތަކުގަ މަތީބައެކެވެ
އެޑްމުންޑޯ
03 July 2019
އައިޑީ ކާރޑް ނެތްކަމަށް ސްޕްރީން ކޯޓުން އެންގިކަމަށެވެ. ސުވާލަކީ ވަގަށް ވަދެތިބި ބައެއްތޯ އޭ ސްޕްރީންކޯޓް ގައި ތިތިބީ ، އަންތަރީސްނުވާނެތަ ، މީ އެންމެ މަތީކޯޓުގެ ހާލަތު ، ދެންހުރި ތަންތަނުގެ ހާލަތު ކިހާވަރެއްވާނެ
ޢަލިދީދީއައްޑޫސިޓީ
03 July 2019
ޤާނޫނުތައް ފަރުމާކޮށް ކޮށާ މަށާ އޮމާންކޮށް އޮފުއަރުވާ ދޫކޮށްލާ އިރު އޭގަ ބާގނޑެއް ހުރިއްޔާ ފުޓުނި އެޅުމަކީ އެކަންކުރި ބައެއްގެ ޒިންމާއެއް. ބާރކައުންސިލް ގެ ޤާނޫނު އިހަށްދުވަހު އުފަންވި އިރު، ރައްޔަތުންގެ މަޖިލިސްގެ މެންބަރު ކަމުގައި ޤާނޫނީ "ފުންނާބު އުސް" ބޭބޭފުޅުން ތިއްބެވި. މިއަދު އެ ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ކަންކަން ކުރަން ފެށުމުން "އެލޯވަޅޭ މިލޯވަޅޭ" ކިޔަންފުށުމުން މި އެނގެނީ ޤާނޫނު ހެދުން އަދިވެސް އިތުރަށް ހަރުދަނާ ކުރަން ޖެހޭކަން.
ސޫދު
03 July 2019
ބާ ކައުންސިލަކީ ވަކި ބައެއްގެ ބާރު ކޯޓުތަކާއި ލޯޔަރުންގެ މައްޗަށް ފޯރުވަން ހަދައިގެން އުޅޭ އެއްޗެއް.