ހޯމް މިނިސްޓަރު އިމްރާން އަދި ޕޮލިސް ކޮމިޝަނަރު ހަމީދު. ފެބްރުއަރީ 7 ތަކުރާރުވިޔަ ނުދިނުމަށް އެޅި ފިޔަވަޅު ބަަލަން އިމްރާންއާ ސުވާލު ކުރައްވަން މަޖިލިހަށް ހުށަހެޅުއްވީ ޖާބިރު.- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 ޖުލައި 2019 - 15:10
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެ ދުވަހަށް ފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.
އިމްރާން މަޖިލިހަށް ހާޒިރު ކުރަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުﷲ ޖާބިރެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރަކާ ސުވާލުކުރާ ނަމަ، އެ ބޭފުޅަކަށް މަޖިލިހުގެ އިދާރާ އިން ބަންދު ދުވަސްތައް ނުލައި 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެ އެވެ.
ޖާބިރު މަޖިލިހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ ފެބްރުއަރީ 6، 2012 ވަނަ ދުވަހުގެ ރޭ ޣައިރު ގާނޫނީ އަމުރުކުރާ ކަމަށް ބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަން ނުވި ފުލުހުންތަކެއްގެ މައްސަލަ ހައްލު ނުވުމުން ފެބްރުއަރީ 7، 2012 ގައި ހިނގި ހަމަނުޖެހުންތަކުގައި ނަޝީދު އިސްތިއުފާ ދެއްވި ކަމަށެވެ.
އަދި ފެބްރުއަރީ 8، 2012 ވަނަ ދުވަހު ރައްޔިތުންތަކެއް ނުކުމެ މާލެ އާއި ބައެއް ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި ވެހިކަލްތަކުގައި ހުޅު ޖެހި ކަމަށް މައްސަލައިގައިވެ އެވެ.
އެހެންވެ، ޖާބިރު ހުށަހެޅުއްވީ ފުލުހުންގެ ތެރޭގައި މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލުތަކަކީ ކޮބައިތޯ އާއި ފުލުހުންގެ އިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށެވެ.
އެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވެނީ މި މަހުގެ ފަހުކޮޅެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެ އެވެ. އެގޮތުން ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލައި އެކަމުގައި ބައިވެރިވި މީހުންނާ މެދު ފިޔަވަޅު އަޅަން އެމްޑީޕީގެ މަޖިލިހުގެ ގިނަ މެމްބަރުން ދާދި ފަހުން ވެސް ގޮވައިލި އެވެ.
ފެބްރުއަރީ ހަތެއްގައި ޖުމްހޫރީ މައިދާނަށް އެއްވެ ތިބި ފުލުހުންނާ ބައްދަލުކުރައްވަން އޭރުގެ ރައީސް ނަޝީދު ވަޑައިގަންނަވަނީ. ފައިލް ފޮޓޯ
ފެބްރުއަރީ 7 ގެ މައްސަލައިގައި އިމްރާން މަޖިލިހަށް ހާޒިރު ކުރާ އިރު، އޭރު ނަޝީދުގެ ވެރިކަމާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ލީޑަރަކީ ވެސް އިމްރާނެވެ. އެގޮތުން އިމްރާން އޭރު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ތުހުމަތުކުރާތީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ގަރާރަކުން ހަމަ އެ އަހަރު ކޮމިޝަނެއް އުފައްދައި ތަހުގީގުކުރި އެވެ. ހަ މަސްދުވަހުގެ މަސައްކަތަށް ފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ.
އޭރުގެ ނައިބު ރައީސް ވަހީދު ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން އެމްޑީޕީގެ ތުހުމަތުތަކަށް ބާރު ލިބޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެ ކޮމިޝަނުގެ ތަހުގީގަށް ފެނިފައެއް ނުވެ އެވެ. ނަމަވެސް އެމްޑީޕީން އޭރު ވެސް އަދި މިހާރު ވެސް އެކަން ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން އަބަދުވެސް ބުނަމުން އަންނަނީ ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށެވެ.
ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ ފެބްރުއަރީ 6، 7 އަދި 8 ވަނަ ދުވަހު ފުލުހުން އަނިޔާވެރިވެފައިވާ ކަމަށާއި އެކަން ބަލައި ތަހުގީގުކޮށް ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެގުނުކަތީބު
04 July 2019
އެއީ ޖެހިގެން އައި 8 ފެބުރުއަރީގައި ގައުމުގައި ޖެހި ބޮޑުހުޅުގެ ވެރިމީހާގެ ކަންކަން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާއި ބެހޭގޮތުން މާބޮޑަށް ސުވާލުކުރާތި. އެދުވަސް އަންނަނީ ވެރިކަމާހުރެ ބޫތުކައިގެން ވާނުވާ ނޭންގުނީމާކަން ހަނދާކުރަންޖެހޭ.
ލަންބެ
04 July 2019
މިފަހަރުވެސް ސުވާލުކުރަނީ ކާށިދޫ ޖާބިރު، ހީވަނީ ރެކޯޑެއް ހަދާނެހެން......އެކަމު އެއްވެސް މީހަކު އޭނައާ ސުވާލު ނުކުރައްޗޭ.......ގާފަރާ ކާށިދޫއާއި ދެެމެދު ކޭބަލް ކާރު އަޅާ ވާހަކައާއި، އަޑިންނާއި މަތިން މާލެ އަންނަ ވާހަކައާއި، ޖުއްބާ ލީ އަރަބިން ކާށިދޫއަށް ގެންނަ ވާހަކައިން..........
ލަންބެ
04 July 2019
މިފަހަރުވެސް ސުވާލުކުރަނީ ކާށިދޫ ޖާބިރު، ހީވަނީ ރެކޯޑެއް ހަދާނެހެން......އެކަމު އެއްވެސް މީހަކު އޭނައާ ސުވާލު ނުކުރައްޗޭ.......ގާފަރާ ކާށިދޫއާއި ދެެމެދު ކޭބަލް ކާރު އަޅާ ވާހަކައާއި، އަޑިންނާއި މަތިން މާލެ އަންނަ ވާހަކައާއި، ޖުއްބާ ލީ އަރަބިން ކާށިދޫއަށް ގެންނަ ވާހަކައިން..........
ކައުންސެލަރު
04 July 2019
ވާނެ! އަދިވެސް ފެބްުރުއަރީ 7 ތަކުރާރުވެދާނެ ހިސާބަށްވުރެ ނޭއްގާނީކަން ބޮޑުވެއްޖިއްޔާ. އެފަހަރުވެސް ވީއެހެން. މިޤައުމުގަ އަދިވެސް އެބަތިބި ޤައުމުދެކެ ލޯބިވާ އަމިއްލަވަންތަ ދިވެހިން. އެކަން ހަނދާންކުރަންވާނެ އަބަދުވެސް، މުޅިމަޖިލިސް އެއްކޮށް ލިބުނަސް.
ޝޮކްތެރަޕީ
04 July 2019
މިހާރު އިމްރާން އެހެރީ މިސަރުކާރު ގެނެވުނީތީ ހިންހަމަނުޖެހިފަ.
ހުދުހޯރަ
04 July 2019
7 ފެބްރުއަަރީ ތަކުރާރުނުވާނެ އެއްވެސްގޮތެއް ނެތް. ކަލަންޑަރު ޕްރިންޓްކުރަނީ ކޮންމެ އަހަރަކުވެސް 7 ފެބްރުއަރީ އަންނަ ގޮތަށް.
ރަދީފް ހުސެން
04 July 2019
ތީ އެންމެނަށް އެންގޭ ބޮޑު ސިރެއް. ތަކުރާރު ވިޔަނުދޭން ފިޔަވަޅުއެޅި، އެޅި ފިޔަވަޅަކީ އެދުވަސް ގެނައި މީހުން ތިމާމެންގެ އަތްދަށުލާ، މަތީ މަގާމަކާ، ފައިސާތަކެއްދީ ދެންވަށައިގެން ހިންގާ އެއްވެސް ކަމަކަށް ބަސްނުބުނެވޭވަރަށް ނަގޫފިއްތާލަފަ ބައިތިއްބައިގެން ހުދުގަމީހެއް ލައްވައިގެން ގެންގުޅުން.
ސޭޓު.
04 July 2019
އިމްރާނު ފަކީރު ކަންތައް ތި ހަމަވީ. އެސޮރު ގެ ޕްލޭން ބީ އަކީ ޔާމީން. ބަޓް، އެސޮރު ޖަލައް ލީވެސް ޔާމީން.
އަސްނާ
04 July 2019
އިމްރާނު ބޭނުންވާނީ އަނެއް ފެބް 7 ގެންނާކަށް ނޫންބާ؟
ނަޖުދާ
03 July 2019
7 ފެބުރުއަރީއަށް އިންސާފުލިބޭނެ! އެއީ މިހާރު ޝައްކެތް ވަހުމެއް އޮތް ކަމެއްނޫން. ދިވެހިރައްޔިތުންގެ ނިންމުން ފޭރިގަނެ، ޖެހިގެން އައި އިންތިހާބު ކޯޓު މެދުވެރިކޮށް ޖަހައިގަތް މީހުންނަށް ހައްގު އަދަބު ލިބޭނެ. ނިކަން ބަލާބަލަ މިގައުމުގެ ކަންކަން ހިނގަމުންދާ ގޮތް! ތަގުދީރުގެ ނިޔާ ނިކަން ދެކިބަލަ. އަތްފުޅާ ކޮށްފައި އުޅުނު ބޮޑުންތަށް އާރާއި ބާރު ގެއްލި ފިލައިގެން ގޮސް! މިއަދު މިއީ އެމް.ޑީ.ޕީގެ ސައިޒުގައި މިއޮތީ ރުކުރުވާލާފައި. އަސަރުކުރޭދޯ؟ ޕަކާސް!
*
04 July 2019
ފޭރިގަތްނަމަ އެ ޗާންސް ލިބުނީ މީހަކު ފީވެފަ ނާގާބިލްކަމުން އިސްތިއުފާ ދިނީމަ. ތަގުދީރުގެ ނިޔާ އެ ދައްކަނީ ވެރިކަން ވެއްޓުނީ ހަމަ އެންމެ ރަގަޅަށް ކަން. މަކަރުން އައި ވެރިކަމެއްވީމަ ވެއްޓުނީކަން. ކޯޓުން ގެނައިކަމަށް ތުހުމަތުކުރިއަސް އެ ވެރިކަން ސައްހަވީމަ ނުވެއްޓުނީކަން. މިއަދު އޮތް އާރާބާރަކީ މާ ފަޚުުރުވެރިވާންޖެހޭ ކަމެއްނޫން. ކުރިން ފޮނިވުމުން ނިކުތް ނަތީޖާ ދެން ފޮނިވުމުންވެސް ތަކުރާރުވާނެ ކަމާމެދު ޝައްކެއްނެތް.