ކުޅުދުއްފުށީގައި ލޮނު އަޅައި ހިއްކަން ބަހައްޓާފައި ހުރި މިޔަރު އުރަހަތަކެއް: މިޔަރު ހިފައި އޭގެ ވިޔަފާރި ކުރުމަކީ ރާއްޖޭގައި މަނާކަމެއް-- ފޮޓޯ/ ޕޮލިސް
09 ސެޕްޓެމްބަރ 2016 - 13:55
ހދ. ކުޅުދުއްފުށީގައި ބަޔަކު ގަވައިދާ ހިލާފަށް ހިފައި، ލޮނު އަޅާފައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ މިޔަރު މަހާއި އުރަހަތަކެއް ފުލުހުން ހޯދައި، އެ މައްސަލަ ބަލަން ފަށައިފި އެވެ.
ފުލުސް އޮފީހުން މިއަދު ބުނިގޮތުގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ފިޝަރީޒް މިނިސްޓްރީންނެވެ.
މިނިސްޓްރީން ބުނީ މި މައްސަލަ ހުށަހެޅުމާ ގުޅިގެން، ކުޅުދުއްފުށީ އުތުރުކޮޅުގައި އޮންނަ ލޮނު މަސްއަޅާ ސަރަހައްދަށް ފުލުހުން ދިޔައިރު، އެތަނުގެ އަށިތަކެއްގެ މަތީގައި 92 އުރަހަ އާއި ގިނަ އަދަދެއްގެ މިޔަރު މަސް، ލޮނުއަޅައި ހިއްކަން ބަހައްޓާފައި ހުރި ކަމަށެވެ.
ވިޔަފާރީގެ ގޮތުގައި ބޭނުން ކުރަން ތައްޔާރުކޮށްފައި ހުރި މިތަކެތި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
މިޔަރުގެ މަސްވެރިކަން ކުރުމާއި އެ ތަކެތީގެ ވިޔަފާރި ކުރުން ރާއްޖޭގައި މަނަލެވެ. އެކަމަކު އޭގެ ކުރިން ކުޅުދުއްފުށީގައި މިޔަރުގެ މަސްވެރިކަން ވަރަށް އާންމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
10 September 2016
ޢާއްމުން ކުށުގެވެށިން ސަލާމަތްކުރަން، އަމިއްލައަށް އިސްނަގައިގެން ފުލުހުންވެސް ކުރަނީ ކޮންކަމެއްބާ؟ ކުޅުދުށްފުށި އޮތް ސަރަޙައްދަކީވެސް، ދައުލަތުން ބޮޑު ޚަރަދެއްކޮށްގެން ފުލުހުން ބައިތިއްބާފަވާ ސަރަޙައްދެއް! އެކަމަކު މިވަރުކަމެއްވެސް ފުލުހުންނަށް މިކުރެވެނީ މާލޭގަ ހުންނަ މިނިސްޓްރީއަކުން މިކަން އެބަ ހިނގާކަން އެންގީމަ! ބަޔަކު ކަމެއްގަވާހަކަ ރިޕޯޓްކުރިޔަސް އަދި ނުކުރިޔަސް ހުރިހާ އެންމެންވެސް އަދި ވަކިން ޚާއްޞަކޮށް ދައުލަތުގެމުސާރަވެރިން މިހާރަށްވުރެ ޒިއްމާދާރުވާން ވެއްޖެކަމަށް ދެކެން!
އަލީ
10 September 2016
އާ އެހެނޫންވާނީ އާދައިގެ މީހަކު ރާއްޖޭގެ އެއްވެސް ވަސީލަތެއް ބޭނުންކޮގެން ފައިދާއެއް ހޯދުމަކީ މަހުޖަނުނައް ހަޖަމު ކުރެވޭވަރު ކަމެއްނޫން
ޢަބްދުﷲނާފިޒު
09 September 2016
މީހަކު ހައްޔަރު ކުރާނެކަމެއް ނެތޭ، ހުރިހާ މިޔަރު އުރަހަޔަކާ މަހެއް ކުށްވެރި ވީކަމަށް ނިންމާ ހުކުމް ކުރީމަ ހުންނާނީ ހުރިހާ ކަމެއް ނިމިފަ، އަދި މަސްއަވީލާފަ ހުރި އަށިތައްވެސް ގެންގޮސް ހުކުމެއް ކުރަންފެނޭ، އހ.
ޑީސީ
09 September 2016
ތީ މާލޭ ބުރިޖް އަޅަން އައިސްއުޅޭ ޗައިނާމީހުންނަށް ވިއްކަންވެގެން ތައްޔާރުކުރާ އެއްޗެހި، އެނގޭތަ އެމީހުންގެ އޮންލައިންޕޭޖެއް ހުންނަކް ބުޅާގަންނަން، 200ރ އަށް ބުޅަލެއް ގަނޭ އެމީހުން މިހާރު މާލެ ސަރަހައްދުން ވަރަށް ބުޅާ މަދުވާނެ، މީހަގީގަތެއް!!!
ޞހ
10 September 2016
ޢެހެންވެ ދޯ ވިލިމާލެ ބުޅަލުން ފުރިފަ އޮންނަނީ
ޘގ
09 September 2016
ޤާނޫނުން މިޔަރު ހިމާޔަތް ކުރެވޭއިރު ޤާތިލުން މިނިވަންވުމަކީ ހިތާމަހުރި ކަމެއް
އެމްސް
10 September 2016
ޤާނޫނުން ޙިމާޔަތްކޮށްފަ ހުންނަ އެއްޗެތިތަށްތެރޭ އިންސާނުން ނުހިމެނެއްޏާ ޔޯ؟
އަލީ ސަމީރު
09 September 2016
ތީ އެހާ ކަންތައް ބޮޑު ކޮށްލަން ޖެހޭ ކަމެއް ކަމަކަށް ނުދެކެން. ހަމަ ތިގޮތަށް ކުރީ ޒަމާނުގެ "ދީންވެރިން" ވެލާ މަސް ހަރާމް ވާނޭ ކިޔައިގެން ވެސް އެތައް އަހަރެއްވަންދެން ބަޔަކު މޮޔަހައްދައިގެން އުޅުނު. ސުވާލަކީ އަހަރެމެން ދިވެހިން މިޔަރެއް ބޭނީމަހޭ މިޔަރު ހުސްވަނީ؟
މިޔަރު
09 September 2016
މިޔަރު ގިނަކަމުން މިހާރު ރަށުބޭރައް ފީނާލަން ދާންވެސް ޖެހިލުންވޭ،..މިހާރު މިޔަރުމާ ގިނަވެއްޖެ.ތަންކޮޅެއް މަދުކުރަންފެނޭ،..
ހަސަން ބިން މުޙައްމަދު
09 September 2016
މިޔަރުގެ ހައްޤުތައް، ވަލުު ޖަނަވާރުގެ ހައްޤުތައް.....ކޮބާ ﷲ އަށް ޓަކައި އަދާކުރަންޖެހޭ ހައްޤުތައް؟
ދޮހުއްތު
09 September 2016
މިޔަރު ހިމާޔަތް ކުރެވުނީ ނިކަމެތިން ނިކަމެތިކޮށް ޓޫރިސްޓް މަހުޖަނުން އިތުރަށް މުއްސަނދިކުރުވުމަށް
ސަލާމް
09 September 2016
މިޔަރު އަށް ވެސް ގާނޫނަކުން ، ނޫނީ މިޔަރު ހޭލުން ތެރިކަމުގެ ޕުރޮގުރާމެއް ހިންގަން ވީ. މީ ހުން އަޅާ އެންކޮޅު ނުކެއުމާއި ، އެމުގެ ތެރޭ ބުލިއެއް އިންނާނެ ވާހަކަ، އަދި ކާލާފިނަމަ ބުޅީގަ އެލޭނެކަމަށް. ކޮންމެ ބަޔަކު ވެސް އެތަނެއް ގައި ހަދާ ފަ ހުންނަ ގާނޫނު ތަކަށް ތަބާ ވާން ޖެހޭނެ. ދެރަކަމަކީ ގާނޫނު ތަންފީޒު ވަނީ ނިކަމެތި ރައްޔިތުން ކަން އެކަނި.