ސީރިއާގައި ހަނގުރާމަވެރިންތަކެއް: އެތަނުގައި ތިބި ދިވެހިން ރާއްޖެ ގެނެސް މުޖުތަމައަށް ނެރޭނީ ހޭލުންތެރި ކުރުމަށް ފަހުގައި ކަމަށް ރައީސް ވިދާޅުވި. --ފޮޓޯ
04 ޖުލައި 2019 - 15:32
ސީރިޔާގެ ހަނގުރާމަ އަށް ފަހު، އެކި ކޭމްޕްތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސީރިޔާ އަށް ގެންދިޔަ ގިނަ ދިވެހި އަންހެނުންނާއި ކުޑަކުދިންގެ ތެރޭގައި މަޖުބޫރުން ގެންދިޔަ މީހުން ވެސް ހިމެނޭ ކަމަށާއި އެ މީހުން އަނބުރާ ގެންނަން ޖެހޭ ކަމަށެވެ. އަދި އދ. އާއި އެހެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ސަރުކާރުން އެކަން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަމަކު އެއީ ކިހާ އަދަދެއްކަން އަޅުގަނޑަކަށް ވެސް، ސަރުކާރަކަށް ވެސް ނޭނގޭ،" ރައީސް ވިދާޅުވި އެވެ.
ސީރިއާގައި ހިނގަނީ ދާޚިލީ ހަނގުރާމައެއް ކަމަށާއި އެއީ ގައުމުތަކުގެ ބާރު ހިނގާ ސަރަހައްދެއް ނޫން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކެމޭޕްތަކުގައި ތިބި ދިވެހިންނާ ސަރުކާރުން ވާހަކަ ދައްކަމުން ދިޔައީ އާއިލާތައް މެދުވެރިވެ ފޯނުގެ ޒަރިއްޔާ އިން ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ސީރިއާގައި ތިބި ދިވެހިން ރާއްޖެ ގެނެސް މުޖުތަމައަށް އަނބުރާ ނެރޭނީ ހޭލުންތެރިކޮށްފައި ކަމަށް ރައީސް ވިދާޅުވި.
ރައީސް ވިދާޅުވި ގޮތުގައި އާއިލާތަކުން ދޭ މައުލޫމާތުތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމާއަތްތަ ވާހަކަ ދައްކައިގެން ވެސް ސީރިއާގައި ތިބި ދިވެހިންގެ މައުލޫމާތު އަންނަނީ ހޯދަމުންނެވެ. އެ މީހުން، އދ. ނުވަތަ ދިވެހި ސަރުކާރުގެ ބާރުފޯރާ ސަރަހައްދަކަށް ގެނެވޭތޯ ވެސް މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި އެވެ.
ސީރިއާގެ އެކި ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނާއި އަންހެނުން ގެނައުމަށް އޮތް ދައްޗަކީ ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ކުރިން ބުނެފައިވާ ގޮތުގައި، ކޮން ބައެއް ކަން އެނގޭނެ ފަދަ ލިޔެކިޔުންތައް ނެތުމެވެ. އެތަނުގައި ތިބި ކުދިންނަކީ ދިވެހި ރައްޔިތުންކަން ކަނޑައެޅުމުގައި ވެސް ދަތިތައް އެބަހުރި ކަމަށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފައިވެ އެވެ.
ރައީސް ވިދާޅުވީ އެ މީހުން ގެނެސް މުޖުތަމައަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ލަފާ ދެމުން އަންނަ ކަމަށެވެ.
"އެ މީހުން ގެނެވެން އޮތް ގޮތެއް ބަލައި އެންމެ އަވަހަކަށް ގެނެވޭތޯ މަސައްކަތްތަކެއް އެބަކުރަން. އަދި ޔޫއެންއެޗްސީއާރުން ވެސް އަދި އެހެން ގައުމުތަކުން ވެސް ބުނަނީ އެ މީހުން ގެނެސް ޑީރެޑިކަލައިޒްނުކޮށް ދޫކޮށްލުމަކީ މުޅި މުޖުތަމައަށް އޮތް ނުރައްކަލަކޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސީރިއާ އިން ގެންނަ މީހުން މުޖުތަމައަށް ނެރުމުގެ ކުރިން ހޭލުންތެރިކުރުމަށް ތަނެއް ހަދައި މީހުން ވެސް އަންނަނީ ތަމްރީން ކުރަމުންނެވެ.
ސީރިއާގެ ހަނގުރާމައިގައި ގިނަ އަދަދެއްގެ ދިވެހިން މަރުވެފައިވެ އެވެ. އެކަމަކު ސައްހަ އަދަދެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ވެސް މިހާތަނަށް ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލަފޭ
05 July 2019
ހިޓްލަރުވެސް މެރިކަމައްވަނީ އެންމެ 2 މިލިއަނެއްހާ މީހުން އެކަމަކުވެސް ހާދަބައެކޭ އޭނާއައްވެސް ނަފްރަތުކުރަނީ ގައިމު އެވެސް އިންސާނެެއްވިއްޔަ
ޥާނުވާ
05 July 2019
3 ނޮވެމްބަރުގަ ރާއްޖެއައި ގުރޫޕްގެ އެންމެންވެސް ބަލިވި ހިސާބުން ރާއްޖެއައިކަމައްވަނީ މަޖުބޫރުވެގެން
ޙާޖީ
05 July 2019
އެމީހުން ސީރިއާ އައްދިއުމައް ހިއްވަރުދީ އެކަމައް ފަންޑު ކުރިބަޔަކު އެތާތިބި މީހުންނައް ދެއްކެންޖެހޭނެ ގޮތް ހުސްވީމާ މަޖުބޫރޭ ކިޔަނީ ތީ ޖިހާދު ވާންދިޔަބައެއް ހާލުގަޖެހިގެން ތިހެން އުޅުމަކީ ވެސް ޖިހާދުގެ ވައްތަރެއް ތިތާތިބޭ
ސާމާނުބެ
05 July 2019
މިހާރު ސީރިޔާގަ ނުތިބޭނެ ކުޑަކުއްޖެއް އަންހެނެއް ކީއްކުރަން ފިރިހެނަކުވެސް މަޖުބޫރުން ގައުމުގައި ތިއްބާ ކިޑްނެޕް ކޮއްގެން ނޫންގޮތަކައް އެތަނައް ދިޔައެކަކުވެސް ތިބުނާ މަޖުބޫރުކަމެއް އައިސްގެން ޕޮލިހައް ރިޕޯޓުކުރީ ކިތަން މީހުންބާ؟
އަލީހ
04 July 2019
ބަލައެއް ނުގަނެވޭ ތި ނިންމުމެއް
ޑޮޓްޝައިކް
04 July 2019
އެމީހުން އެތަނަށް ފޮނުވިމީހުން އެންމެ ނުރައްކަލީ. މީހުން ލޯބިންބޮޑެތިކޮށްފަ ތިބިކުދިންގެ ސިކުނޑިކާލައިގެން ފައިސާގެ ދަހިވެތިކަމުގައި އެކުދިން އެތަނަށް ފޮނުވި މީހުން ނެރޭ އެންމެންގެ ކުރިމައްޗަށް
އަތްބަޅޭކަޑަ
04 July 2019
އެކުދިން ބްރެއިންވޮޝް ކުރިމީހުންކޮބާތަ.އެމީހުން ފިލާދޯމިތިބެނީ..އެކުދިން ފަރާތުން އެނގޭނެ އެއީ ކޮންބައެއްކަން
ވާލުސޮރު
04 July 2019
ތިޔަ މީހުން ގެނެއްސަ ހުޅުވާލައިގެން ޝަރީއަތެއް ހިންގާފަ ތި މީހުން ފޮނުވީ މާލޭގައުޅޭ މުއްލާއިން ޓެރަރިސްޓުންނަށް ދައުވާކުރަންވާނެ.
ކާޖާ
04 July 2019
ގެންނާނެ ކަމެއް ނެތެވެ. ފިކުރަކީ އެހާ ފަސޭހައިން ބަދަލުވާ އެއްޗެއް ނޫނެވެ. ތި މީހުންގެ ފަރާތުން އިތުރު ބަޔަކު އަނެއްކާވެސް މަގު ފުރެދޭނީއެވެ.
ރައްޔިތުބެެއްޔާ !
04 July 2019
މި ރައީސް މީ ހަމަ ނަސީބެއް ދިވެހިންނަށް ލިބުނު !