ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ އިރު، އޭނާގެ އަރިހުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު. --- ފޮޓޯ: މަޖިލިސް
08 ޖުލައި 2019 - 10:46
ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ކުރީގެ ސަރުކާރުން މަސައްކަތް ކުރިޔަސް، އޭނާ މާލެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިޒުނަ ނުލިބުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.
ލުތުފީ ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކުރޭތޯ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ކުރެއްވި ސުވާލަށް ޖަވާބު ދެއްވައި އިމްރާން ވިދާޅުވީ ސްރީ ލަންކާގައި ފިލައިގެން އުޅުނު ތަނުގެ މައުލޫމާތު ފުލުހުންނަށް 2014 ގައި ލިބުނު ކަމަށެވެ. އަދި ލުތުފީ ގެނައުމުގެ އެންމެ ފަހު "ސްޓޭޖާ" ހަމައަށް އޭރު ދިޔަ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"ނަމަވެސް އޭރުގެ ހޯމް މިނިސްޓަރުގެ އެޕްރޫވަލް އެއް ނުލިބިގެން އެކަންކަން ނުވެގެން ދިޔަ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ،" އިމްރާން ވިދާޅުވި އެވެ.
އުމަރު ނަސީރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓު.
އޭނާ ވިދާޅުވީ ލުތުުފީ ރާއްޖެ ގެނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ ފުލުހުންނަށް އޭރު އެންގެވީ އުމަރު ކަމަށެވެ.
އިމްރާންގެ ވާހަކަތައް، ފޭސްބުކް ޕޯސްޓެއްގައި އުމަރު ވަނީ ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ލުތުފީ ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ވަޒީރަކީ އޭނާ ކަމަށެވެ.
އިމްރާން ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގައި އެކަން އެގޮތަށް ދިޔަ ކަމަށް ވިޔަސް، ލުތުފީ ރާއްޖެ ގެންނާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށެވެ. އަދި ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ލިބުނުހާ އަވަހަކަށް ލުތުފީ ރާއްޖެ ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ.
"އަޅުގަނޑުމެން ވަރަށް ބޭނުން ކަމެއް ލުތުފީ އަނބުރާ ރާއްޖެ ގެނައުމަކީ އަދި ހުކުމް ތަންފީޒު ކުރުމަކީ. މި ސަރުކާރުން އެ ކަމަށް އެއްވެސް ވަރަކަށް ފަހެއް ނުޖެހޭނެ،" އިމްރާން ވިދާޅުވި އެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ކަމަށް ވާ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް އަމާންދިނީ މިދިޔަ މެއި 1 ގަ އެވެ. އޭގެ ފަހުން ދެ މަސް ވި އިރު ވެސް ސަރުކާރުގެ އިދާރާތަކުން އެކަން އާއްމުނުކޮށް ތިއްބައި އެކަން ފަޅާއަރުވާލެއްވީ އުމަރެވެ.
ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގަ އެވެ. އެކަމަކު އޭނާ ފިލައިގެން ގޮސް މިހާތަނަށް ދިރިއުޅެމުން ދިޔައީ ސްރީ ލަންކާގަ އެވެ.
ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރު ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގައި އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރު އޮތުމުންނެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ އަށް ވަދެގެންނެވެ.
ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލުމަށް ހިންގި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މެރުމަށް ހައި ކޯޓުން ނިންމި އެވެ. އެކަމަކު، މައުމޫން ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމް 25 އަހަރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ. ލުތުފީ ފިލި އިރު އޭނާ ވަނީ ޖަލުގައި 21 އަހަރު ހޭދަކޮށްފަ އެވެ.
ލުތުފީއާ އެކު އެ ހަމަލާގައި އިސްކޮށް ބައިވެރިވި ސަގަރު އަހުމަދު ނާސިރު ވަނީ، 25 އަހަރު ހަމަކޮށް، މިނިވަންވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތަން އިސްކުރަންޖެހޭ
08 July 2019
އިމްރާނަ ގޮވާލަން. މަނިކުފާން ތިބައިވެރިވަނީ ޤައުމު އަޅުވެތިވާއިރުގަވެސް. ބުއްދީގެ ބޭނުން ހިފަން އިމްރާނަ ގޮވާލަން.
ރަށުމީހާ
08 July 2019
ބަލަމިހިރަ އުމަރާ އުމަރު ތީ މެދެލްޖަހަން މސެއްކަތްކުރާމީހެއްކަން ހުރިހާދިވެހީން ވަރަށް ރަގަޅަށް ދަނޭ. މިބުނީ ވަރަށް ބައިވަރު ވާހަކަ.
ހުސެން
08 July 2019
ދީނީޢިލްމުވެރިންނެއްކަމަކު ސިޔާސީވީމަ މަގުއޮޅި ހަލާކުވެދެއެވެ، މިރާއްޖޭގައި ސިޔާސީދާއިރާއަށްވެދެ ސަރުކާރުގެ އިސްމަގާމެއް ފުރުމުގެ ފުރުސަތު ލިބުނު ކޮންމެ ދީނީޢިލްމުވެރިއަކުމެ ވަނީ ދޮގާއި މަކަރުހަދާ ރައްޔިތުންނަށް ހަރާންކޯރުވެފައެވެ އިމްރާނުވެސް މިހާރު މިކުރަނީ މިދެންނެވި ކަންތަކެވެ. ޝަހީމަށްވެސް ވީ މިހެންނެވެ ވިސްނުނުއިރުއޮތީ ވަގުތު ފާއިތުވެފަ އެހެންނުން ޑރ.ޝަހީމް
ވާލުސޮރު
08 July 2019
އުމަރު ނަސީރު މީހަކަށް ހަދައިގެން އޭނަ ސަމާލުކަން ހޯދަން ބުނެލާ ބަސްތައް ޖަހައިގެން އުޅެނީ ރާއްޖޭގެ ބައެއް މީޑިއާތައް، އުމަރަކީ އެހާ ތެދުވެރިއެއް ނަމަ ކީއްވެބާ ޔާމީނުގެ ވެރިކަމުގެ ކޮރަޕްޝަން ވާހަކަ ނުދައްކަނީ، ތިމާ ޒާތީ ވާ މީހުންގެ ވާހަކަ އެކަނި ދައްކަނީ ކީއްވެބާ؟ އުމަރަކީ ސީދާ ސިޔާސީ ފައިދާ ހޯދަން ގަދަ ބަސް ބުނެފަ ކަމަކާ ޖެހުނީމަ ފިނިޑިއެއް
ޝަފްރާޒް
09 July 2019
ބަލަ އިމުރާނަކީ އެހާ ތެދުވެރި އިހުލާސްތެރިއެއްނަމަ ތިބުނާ ބޫދައިން ކީއްވެތަ ދީނައް ފާޅުގައި ފުރައްސާރަކުރާއިރު އަދި އެކަންކުރުމުގައި ވެރިކަން ކުރާޕާޓީއައް އިސްކޮއްގުޅިފައިވާމީހުން ހިމެނޭއިރު އެމީހުންނައް ފިޔަވަޅުއަޅަން އޭނާއައް ގޮވާނުލެވިގެން އުޅެނީ. އުމަރައްވެސް އިމުރާނައްވެސް އޮތީ އޭގެ ފަހަތުގައި އެއް ސަބަބެއް. އެއީ އަރާތިބެވުނީ ނުބައި އޮޑިއަކައްކަން.
އަހުމަދު 222
08 July 2019
އިމްރާން ތިހެދީ ބޮޑު ދޮގެއް!
އޮސްކާ
08 July 2019
ކާކުތަ ބުނީ އިމްރާނަކީ ޝޭހެކޭ؟؟ އެނާއަކީ ސިޔާސީ މީހެއް. އެހެންވެގެން އަހަރުން ހައިރާނުވޭ ސިޔާސީ އިމްރާނު ދައްކާވަހަކަ އަކުން.
ޢެޑްމުންޑޯ
08 July 2019
މޭ.1 ގެ ހެދިފަދަ ބޮޑުދޮގެއް ހަދާލީދޯ ، ދޮގުހެދުމުގެވެސް ލާމަސީލް ޝޭޚެއް މިއީ
ޝޮކްތެރަޕީ
08 July 2019
އިމްރާނަ ނޭގުނަސް. ދިވެހިން މިދަނީ ނިކަމެތި ވަމުން އިންޑިޔާގެ ސަބަބުން.
ރައްޔިތުމީހާ
08 July 2019
ތިމާގެ މޮޅުވާހަކަ ދައްކަން އުމަރު ވަރެއްނެތް. ހައްލަކީ އުމަރު.
ހުތާނި
08 July 2019
ލުތުފީ ރާއްޖެ ގެންނަނީކީ ނޫން. ލުތުފީ ރާއްޖެ އަންނަނީ.