ތ. ވޭމަންޑޫގައި ބަޔަކު ހަރަކާތްތެރިވަނީ: ވޭމަންޑު އާއި ކިނބިދޫ ކޯޒްވޭ އަކުން ގުޅާލަން މި ސަރުކާރުން ވަނީ ނިންމާފައި.
10 ޖުލައި 2019 - 10:44
މ، ތ، އަދި ލ. އަތޮޅުގެ ރަށްތަކެއް ގުޅާލުމަށް ކޯޒްވޭ ހެދުމުގެ މަޝްރޫއުތައް ޑިޒައިންކޮށް، އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓަށް ބޭނުންވާ އެންވަޔަރަމަންޓަލް ކޮންސަލްޓަންސީ އާއި ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ލ. އާއި ތ. އަތޮޅުގެ ރަށްތަކެއް ކޯޒްވޭއިން ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ކެމްޕެއިންގައި އެ ރަށްތަކަށް ވަޑައިގެން ރައީސް ވަނީ އެ ރަށްތައް ގުޅާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
Dhanbidhoo aai Isdhookalaidhoo gulhaalaanan: Ibu
The most trusted news source in the Maldives
Mihaaru
ލ. ރަށްތަކެއް ގުޅާލުމަށް ރައީސް ވައުދުވުން--
ޕްލޭނިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހުކޮށްފައިވާ އިއުލާންގައި ބުނެފައިވާ ގޮތުން މުޅިންހެން ގުޅާލަނީ އެއް ފަޅެއްގައި އޮންނަ ރަށްތަކެކެވެ.
* ލ. ކުނަހަންދޫ - ލ. މެންދޫ ކޯޒްވޭ
* ލ. ކަލައިދޫ - ލ. ދަނބިދޫ ކޯޒްވޭ
* ލ. ހިތަދޫ - ލ. މެންދޫ ކޯޒްވޭ
* ތ. ވޭމަންޑޫ - ތ. ކިނބިދޫ ކޯޒްވޭ
* މ. މުލި- މ. ނާލާފުށި ކޯޒްވޭ
އެ މަޝްރޫތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް މިއަދު ބައްދަލުވުމެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހެވެ.
އައްޑޫ ސިޓީ އާއި ލ. އަތޮޅުގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުގެ ބައެއް ރަށްތައް މީގެ ކުރިން ވެސް ވަނީ ކޯޒްވޭތަކުން ގުޅާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
10 July 2019
300މ ޑޮލަރުހޭދަކޮށް ބްރިޖްއަޅާފައި އެއިންއަގުނެގުމެއްނެތި މާލޭގައި އަނެއްކާވެސް 488މ ޑޮލަރުގެބްރިޖެއް އަޅަން ސޯލިޙްގެސަރުކާރުންނިންމެވީ ކޮންއުސޫލަކުންތޯ؟ * * އާބާދީގެ 4 ބައިކުޅަ އެއްބަޔަށްވުރެ ގިނަމީހުން ދެކުނު 3 އަތޮޅުގައި އުޅޭއިރު 30 ހާސް އައްޑޫ ސިޓީގައި ދިރިއުޅޭ. * * ރައީސް މައުމޫނާއި، ނަޝީދު އަދި ޔާމިންވެސް ވިދާޅުވެފައިވަނީ “ރަނގަޅުއަގަކަށް ހުޅުމީދޫ - ހިތަދޫ ބްރިޖަކުންގުޅާލެވޭނެ” ކަމަށް. މިއީ ޢިންތިހާބްގައި ވޯޓްދެއްވުމުގެ މުހިންމުއެއްބޭނުން.
ސަންފަ
10 July 2019
އައްޑޫގެ ރަޖިސްޓްރީގައި 30000 މީހުން ތިބި ނަމަވެސް، އޭގެތެރެއިން ބޮޑު ބައެއް ދިރިއުޅެނީ މާލޭގައި. މާލޭގައި އުޅޭ ގިނަ އައްޑޫ މީހުން މިހާރު ތިބެނީ މާލެ ވެފަ. ގިނަ މީހުން ލަދުގަނޭ ތިމަންނާމީ އައްޑޫ މީހެކޭ ބުނަންވެސް
ހިސެން
12 July 2019
މަމީ އައްޑު މީހެއް މާލޭގެ ބިން ވެސް އޮވޭ މިހާރު.. އަހަރެންގެ ދަރިން ހުންނާނީ އައްޑު ގަ ރެޖިސްޓްރީ ކޮއްފަ... މާލެވެގެން މާލެ މީހުނަ ލިބެނީ ކޯޗެއްބާ؟
ނެތީމޭ
10 July 2019
ތިޔާއީ ފޫނެތް ފަޔަށް ފެން ފުރުން ފަދަ ކަމެކޭ ބުނަން މަމެން ނެތީމޭ...
އަލީގ
10 July 2019
އަދި މީހުން ހޭލުންތެރިވެސް ކުރުވާތި. މިހާރު ވާގޮތަކީ އަވަށު ވާދަވެރިކަމުގަ ރަށުވާދަވެރިކަމުގަ ރުޅިއަންނަފަހަރު ގޮސް މަގު ދެބުރިކޮއްލާތަން އަންނަނީ، އެއީ އެންމެންނައްވެސް ލިބޭ ގެއްލުމެއް.
ގަހާފޮޑިދޮންތި//ފޭދޫ
10 July 2019
ތަމަމެން ދެން ބޑިހަދާ، މިފެންނަނީ ތަރައްގިއަކީ، ވައްކަން ކޮށް މުޅި އިގުތިސާދު މާލެ ފަޅުތެރެއަށް އާދޭ! އަޅުގަނޑަށް ފެނުނު އެއްމެ ބޮޑު ބިޔަ މެގަ ޕުރެޖެކުޓަކީ ޑރ. އަފުރާޝީމު އަލީގެ މަރުގެ ރިޕޯރޓު.. އެހޮޔޮ ނުކައި ނުބޮއި ތިބެން ޖެހުނަސް ކޯޓުތައްޠޯހިރުކޮށް ދެއްވާ ރައީސު.... އެއްމެ ފުރަތަމަވެސް އެކަންނުކޮށް އެހެން ޕުރެޖެކުޓެއް މަމެން ނަށް ހަރާމް
ހާދާލު
10 July 2019
އެއްފަސް ކުރުން ނޫން ތޯ ހައްލަކީ؟؟؟؟
އިބްޝާ .
10 July 2019
އެއްމެ މުއްސަދި މީހާވެސް ރަގަޅަށްދަނޭ މާލޭބުރިޖުން އޭނާއަށް އިންތިހާއަށް މަންފާވިޔަސް އެއީ މުޅިގައުމުގެ އެދޭގޮތް ނޫންކަން، މިގޮތަށް އަތޮޅުތެރޭ ރައްތައް ގުޅާލުމުން އެރަށުގަހުރި ، (މުއްސަދިމީހާ ދެކޭ) ފަގީރުމީހާގެ ތަނަވަސްކަން އިތުރުވެ، ކޮންމެ 5އަހަރަކުން އެމީހުން ކާރިއަށް ގޮސް އެނޑާފޮނި ނުވިކޭނެކަން އަދި މާލޭގަ 20 - 30 ހާސް ރުފިޔާއަށް ކުއްޔަށްދީފަ ހުންނަ އިމާރަތްތައް ކުއްޔަށް ހިފާނެމީހަކު ނެތި ހުސްވާނެކަން..
ހަސަން.
11 July 2019
ތީ ހަމަ ހިޔާލީ ފޮލައެކެވެ. އައްޑޫގަ ބިމާ ގުޅުވާފަ ހުރި ރައްތައް މަދީތަ؟ މިތާ ނޫޅޭ މީހެއް. އެންމެން ގޮސް ހުޅުމަލޭ ބްރިޖްގަ ދުއްވަނީ.
ދިހި
10 July 2019
މިފެށެނީ މެގަ ޕްރޮޖެކްޓުތައް... މެގަޕްރޮޖެކްޓޭކިޔާ މިތާ ކާރުހާނާއެއް އުފައްދައިގެން ކެވޭނެ ރާކަނިމަހެއް ނޯންނާނެ..
ޢަފްރާދު
10 July 2019
ތަރައްޤީއަށް ޓަކައި ތިޔަ އަޅުއްވައިދެއްވަނީ ވަރަށް ރަނގަޅު ފިޔަވަޅެއް ތިޔައީ ގިނަ ރައްޔިތުން ތަކެއްގެ ގިނަދުވަސްވީ އުއްމީދެއް ރިޔާސީ ކެމްޕޭނުގެ ވަޢުދު ފުޅެއްވެސްމެ ތިޔަ މަސައްކަތްޕުޅަށް ކުރިއެރުމާ ފާގަތި ކަމަށް އެދެން ސަރުކާރު ކަންކަން ކުރިޔަށް ގެންދަވާލެއް ވަރަށް ހަރުދަނާކަމަށް ފެނޭ !
ރަންނަމާރިޔާ
10 July 2019
ކަލޭ ހާދަ މޮޔައޭ..ތަރައްގީ ކިޔަން އިގުނީމަ ނިމުނީ
7777
10 July 2019
ވަޓް އަ ޖޯކް. ނުވާނެ ތިކުދިންނަކަށް. މީހުން ޖަލަށްލުން ނޫން ކަމެއް ނުވާނެ. ތިއީ ލޮލުގަ އަޅުވާ އަނދުން.
ވާލުސޮރު
10 July 2019
ތިއީ އެންމެ ތާކުން ތާކު ނުޖެހޭ ހިސާބު ގަނޑު ދޯ. ގިނަ ދިވެހިން ލާމާއި މީމުގެ މުއްޔަށް ދާހިތް ނުވަނީ އެ ހިސާބު މީހުން އެހެން ދިވެހިންނަށް އިހުތިރާމް ނުކުރާތީއޭ ބުނާ އަޑު އަހަން. ހާއްސަކޮށް ލާމު އަތޮޅުގައި ޕާޓޭން ގިނަވުމާއި ވައްކަމާ ފޭރުން އެހާ ބޮޑު
ފަޅޮލޭ
11 July 2019
ހަަހަ ވަޓް އަ ޖޯކް. ދެން މާލޭގަ ޕާޓޭން މަދުކަމުންތަ އެންމެން މާލެ އަންނަނީ
ސަޖޯ
12 July 2019
ލ. އަށް އެންމެދާހިތްވަނީވެސް