ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
10 ޖުލައި 2019 - 14:11
މަސްތުވާތަކެތީގެ މައްސަލައެއްގައި ގެއެއް ފާސްކުރަން ވަދެ ބިދޭސީއެއްގެ ގައިގައި ތަޅައި އަނިޔާކުރި ފުލުހުން ސަސްޕެންޑް ކުރުމާ ގުޅިގެން އެ މީހުންގެ ދިފާއުގައި ނުކުތް ފުލުހުންނަށް ފިޔަވަޅު އަޅައިދިނުމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް މިއަދު ގޮވާލައްވައިފި އެވެ.
ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ނިޔާޒް ވިދާޅުވީ މީގެ ކުރިން "ރާވަނީއޭ" އަދި "ބަޣާވާތް ކުރަން އުޅެނީއޭ" ގޮވާ އަޑު ވެސް އިވުނު ކަމަށެވެ. މިހާރު އަނެއްކާ ވެސް ބަޣާވާތުގެ ގޮވެލި ބާރުވާ އަޑު އިވެމުން އަންނާތީ ނިޔާޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"އަޅުގަނޑުމެންނަށް އެއް ރެއެއްގެ އިރުން ދަން ފާއިތުވެގެން ދިޔަ އިރު، ޖުމްހޫރީ މައިދާނުގައި ރެނދުލާފައި އޮތް ތަން ފެނުނީ،" ފެބްރުއަރީ 7، 2012 ގައި ފުލުހުންނާއި ސިފައިން އިސްވެ ތިބެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލު ކުރި ގޮތަށް އިޝާރާތް ކުރައްވައި ނިޔާޒް ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެ މަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެ އެވެ. އެގޮތުން ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލައި އެކަމުގައި ބައިވެރިވި މީހުންނާ މެދު ފިޔަވަޅު އަޅަން އެމްޑީޕީގެ މަޖިލިހުގެ ގިނަ މެމްބަރުން ދާދި ފަހުން ވެސް ގޮވައިލި އެވެ.
ފުލުހުން މީހަކަށް އަނިޔާ ކުރަނިކޮށް ނަގާފައިވާ ސްކްރީން ޝޮޓެއް.
ބަޣާވާތުގެ ތުހުމަތާ އެކު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ގަރާރަކުން ކޮމިޝަނެއް އުފައްދައި ތަހުގީގުކުރި އެވެ. ހަ މަސްދުވަހުގެ މަސައްކަތަށް ފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ.
ނިޔާޒް ވިދާޅުވީ އަނިޔާކުރި މައްސަލާގައި ޑިސިޕްލިނަރީ ފިޔަވަޅެއް ހަތް ފުލުހުންނާ ދެކޮޅަށް އެޅީމާ، ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕްރޮފައިލް ކަޅު ކުރި ފުލުހުންގެ ނިޔަތުގައި އޮތީ ކޮން ކަޅު ކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ޕްރޮފައިލް ކަޅު ކުރި ފުލުހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
"ކަމެއް ވާ އިރަށް ޕްރޮފައިލް ކަޅު ނުކޮށް، ތެދުވެރިކަމާ އެކުގައި ހިދުމަތް ކުރާނެ ނޫކަށި ފުރައިގެ ޒުވާނުން ރާއްޖޭގައި އެބަތިބި. މި ގައުމު ބޭނުން ވަނީ ސާފު ހުދު، ޕްރޮފައިލާ އެކު މަސައްކަތްކުރާ މީހުން،" ސަސްޕެންޑްކުރި ފުލުހުންގެ ދިފާއުގައި ހަދާފައިވާ ކަޅު ކުލައިގެ ޕްރޮފައިލް ފޮޓޯއެއް ބޭނުންކުރި މައްސަލައިގައި ނިޔާޒް ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކަށް އަނިޔާ ކުރި މައްސަލައިގައި ހަތް ފުލުހަކު ސަސްޕެންޑްކޮށް، އެމީހުންނާ މެދުގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ބޭއިންސާފުން އެއްވެސް ފުލުހަކަށް ފިޔަވަޅު ނާޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވި އިރު، އެ އޮޕަރޭޝަން ހިންގި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ފުލުހުންގެ ދިފާއުގައި ތިބި ކަން ސޯޝަލް މީޑިއާގައި ބައެއް ފުލުހުން ގެންދަނީ ހާމަކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ..ކޮބާ
15 July 2019
ފުލުހުން ނަށާ ސިފައިން ނަށް ގާނޫނުން ލިބިދީފަ ނެތް ބާރު ތަކެއް ބޭނުމެއް ނުކުރެވޭނެ..މިގަމުގަ ރައްޔިތުންގެ ބާރުގެ މައްޗަށް ފުލުހުންނާ ސިފައިން އަރަގަންނަން ދޫނުކުރެވޭނެ..ތައިލެންޑާ. ޕާކިސްތާނު ވެއްޓިފައިވާ ވަޅުގަނޑަށް މިގައުމު ވެއްޓިގެން ނުވާނެ..ރޭދުވާ އެއްކޮށް މަސައްކަތް ކޮށްގެން، ބެލެނިވެރިން ނުކައި ނުބޮއި ތިބެގެން ދަރިންނަށް މަތީ ތައުލީމު ހޯދަ ދީފަ ތިބި ދަރިން މިގަމު ހިންގަން އެބަތިބި..
ރަށުމީހާ
14 July 2019
ދުނިޔޭގެ ކޮންމެތަނެއްގާވެސް ފުލުހަކު ގައިގާޖެހީމާ ނުޖަހާ ނުހުންނާނެކަން އަހަރެމެން ރަގަޅައް ދަންނަންޖެހޭނެ. މިގޮތުންއިންޑިޔާގާވީކަމެއްނަމަ ތިވަރެއްވެސް ނޫންކުރާނީ. ތީއީ އަދިކުޑަވަރެއް. ބަރަށް ބުޑައް ސުކުރިއް ޔާ.
ޟަރިޔާ
12 July 2019
މި ސަރުކާރާކީ ބާޣީންނަށް ނިސްބަތްވާ ސަރުކާރެއް.
ޤާނޫނު
12 July 2019
ރައްޔިތުންގެ މަޖިލީހުގެ ޒިންމާތައް އަލުން ރިވިއުކޮށް ، މަޖިލީހަކީ ސަރުކާރު ސައްލާކުރާ ތަނަކަށް ބަދަލުކުރުން ރަނގަޅު. ބޭކާރު ވާހަކަތައް ގިނަކޮށް ، އުފެއްދުންތެރި ނިންމުންތަކެއްް ނުވާތަނެއް ރައްޔިތުންގެ ނަމުގައި ހިންގުމަކީ ހުރިލަދެއް.
Mohamed jamshad
11 July 2019
ބާރު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ނުވާނެ ޕޮލިހުން ރައްޔިތުންނަށް އަނިޔާ ވެރިވުމަކީ ގޯހެއް
ޖާބިރު
11 July 2019
ވެރިކަން ކުރުމުގެ ޤާބިލުކަން ނެތީ. ބޭކާރު އަނގަނުތަޅާ. ވެރިކަނ ކުރެވޭތޯ އުޅެބަލަ
މުށި
11 July 2019
ދިވެހި ފުލުހުންނަކީ ތިޔަކަހަލަ ވާހަކައަކުން ހަމައިންނެއްޓީ ހޭބޯއަރައިގަންނަ ވަރަށްވުރެ މާ ޒިންމާދާރު ބައެކެވެ. ކައްކުވަން ނޫޅޭށެވެ. އެކަމެއް ނުވާނެއެވެ. އެއީ ނިޔާޒުމެނެއް ނޫނެވެ.
މިގޭ
11 July 2019
މާބޮޑަށް އަނގަ ފުޅާނުކުރެ ހުރެވޭތޯބަލަ.
ގުންޑާއެމްޑީޕީ
11 July 2019
ޢެއްކަމެއްވެސް ނުކުރެވޭނެ އެކުދިންނަށް. ވ ސާފު. ތިޔަ އުޅެނީ އަމިއްލައަށް ބޮނޑިބޯން. 7 ފެބްރުއަރީ މަތިން ހަނދާން ކޮއްލައިގެން ވާހަކަ ދައްކާތި.
ރެދަން
11 July 2019
ތެދެއް. ފުލުހުންނަށްވެސް އެފަދަ ކަމެއް ހިންގައިފި ނަމަ ފިޔަވަޅު އަޅަންވީ. ހަމަ އެގޮތަށް ތަޅާނެ ކުދިންކޮޅެއް ނެރެގެން ފުލުހުންގައިގަ ތަޅަންބުނި މީހުނާދޭތެރޭވެސް ފިޔަވަޅު އަޅަންވީ. ކަން ހިނގަންވާނީ ހަމަ އެންމެ އިންސާފުވެރިކޮށް. ފުރަތަމަ ނަޝީދު، ދެން މާރިޔާ، ދެން އޭގެ ފަހުގާ ފުލުހުން.