ރައްޔިތުންގެ މަޖިލިހުގެ ރައީސް މަޖިލިހުގެ ރިޔާސަތުގައި..---ފޮޓޯ: ހުސައިން ވަހީދު/މިހާރު
10 ޖުލައި 2019 - 13:50
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކުރަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ޗެމްބަރުގައި ގޮނޑި ޖަހާނެ އުސޫލެއް މަޖިލިހުގެ ގަވައިދުގައި ހިމަނާފައި ނުވާ ކަމަށާއި މިއީ ޒަމާނުއްސުރެ ވެސް މަޖިލިހުގައި ގޮނޑި ޖަހާފައި ހުރި ގޮތް ކަމަށެވެ. އޭގެ ފަހުގައި، އެމަނިކުފާނު ވަނީ މަޖިލިހުގެ ތާރީހުގައި ހިނގި ކަންކަން ފާހަގަ ކުރައްވައިފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިސް 1932 ވަނަ އަހަރު އެކުލަވާލި އިރުގައި ތިއްބަވަނީ ރަދުންގެ އަށް މެމްބަރުންނާއި މާލޭގެ މެމްބަރުންނެވެ. ރަސްކަމެއް ދޫކޮށް، ޖުމްހޫރިއްޔަތަކަށް ބަދަލުވުމުން 1968 ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހުރިއްޔާގެ އަށް މެމްބަރުން ކުރީ ގޮނޑީގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އާ ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށުމާ ގުޅިގެން އިންތިހާބީ ދާއިރާތަކެއް ކަނޑައަޅައި، އެ ދާއިރާތަކުގެ ތަރުތީބުން ގޮނޑި ޖަހާފައި ހުންނަތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
"އަޅުގަނޑަށް ނުފެނޭ މިއީ މަޖިލިހުގައި މެމްބަރުން އިށީނދެގެން ތިއްބަވަން އެންމެ ބުއްދިވެރި ގޮތެއް ކަމުގައި،" މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި މެމްބަރުން އިށީނދެގެން ތިއްބަވަނީ އެއް ޕާޓީއެއްގެ މެމްބަރުން އެއް ދިމާލެއްގައި ނުވަތަ ވާދަވެރިން އެހެން ދިމާލެއްގަ އެވެ. އެހެންވެ، މެމްބަރުން އެދިވަޑައިގަންނަވާ ގޮތަކަށް އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލިހުގެ ގޮނޑި ޖަހާ ތަރުތީބު، އަތުރާފައި ހުރި ތަރުތީބު ބަދަލު ކުރަން ޖެހިފައިވާތާ ކިތަންމެ ދުވަހެއް،" ނަޝީދު ވިދާޅުވި އެވެ.
މިދިޔަ މެއި މަހު ހުވާ ކުރި 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނައީ އެމްޑީޕީގެ މެމްބަރުންނެވެ. އެ ޕާޓީގައި 65 މެމްބަރުން ތިއްބަވަ އެވެ. ޖުމްހޫރީ ޕާޓީގައި ފަސް މެމްބަރުން ތިއްބަވާ އިރު، އިދިކޮޅު ޕީޕީއެމްގައި ވެސް ތިއްބަވަނީ ފަސް މެމްބަރުންނެވެ. ޕީއެންސީގައި ތިން މެމްބަރުން ތިއްބަވާ އިރު، އެމްޑީއޭގެ ދެ މެމްބަރުން ތިއްބަވަ އެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ހަތް ބޭފުޅުން ތިއްބަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
11 July 2019
ރައީސްކަން މަނިކުފާނަށްލިބިވަޑައިގަތުމާއިއެކު “ޑިމޮކްރެޓިކްއުސޫލާއި ލާމަރުކަޒީހަމައަށް” ގޮނޑީގެތަރުތީބުބަދަލުކޮށްލުމަށްއެދި ކޮމަންޓްކުރިން (ލިންކްގައި ކޮމަންޓްވާނެ) https://mihaaru.com/news/55647 މާލޭގެގޮނޑިތައް ކުރީސަފަށް އަންނާންޖެހުނީކީއްވެ؟ ÷ޕާޓީ ތަރުތީބަށް ބަދަލުކުރެވެންދެންވެސް ޤާނޫނުއަސާސީގެ ތަރުތީބަށް ނުވަތަ ސިޓީތަކުގެ ތަރުތީބަށް އިސްކަންދީގެން ގޮނޑިތަޢް މިވަގުތަށްވެސް ބަދަލުކުރާންޖެހޭ. * * މަޖިލީހުގައި އައްޑޫގެ އަޑުކަޑުވައިގެން ނުވާނެ.
ރަގަޅު
11 July 2019
މަޖްލިސް ދެ ފަޅިކޮށްލާފަ އެއް ފަޅީގައި ދިގު ސޯފާއެއް ބަހައްޓައިގެން ހުރިހާ ކުދިން އެއް ތަނެއްގައި ތިބެންވީނު؟ ވަރަށް ބޮޑަށް ގުޅުން އާލާވާނެ. ދެން އިދިކޮޅުގަ ބަހައްޓަންޖެހޭނީ ވަރަށް ކުރު ސޯފާއެއް މިވަގުތަށް ބަލާއިރު.
ޑްރާމާޕްރެޒިޑެންޓް
11 July 2019
މަނުކުފާނުއޭ ރާއްޖޭގެ އިގުތިސާދުވަނީ ދަށޭ ރައްޔިތުންގެ ރިޒާވަނީ މަދޭ ތަކެތީގެ އަގުވަނީ ބޮޑޭ ތިޔަތާ ރޭދުވާ ހޭދަތިކޮށްލަނީ ޑްރާމާ ކުޅޭށޭ ޜައްޔިތަކަށް ފާދާވާ ކަމެއް ނުވައްޏާ ކުރިން ހުންނެވި ގޮނޑި އިސްތިއުފާ ދެއްވާފައި މުޒާހަރާ އަށް ނުކުއް ގޮތަށް މުޒާހަރާޔަށް ނުކުންނަވާށޭ އެކަން ނެތީމަ ވަރަށް ފޫހިވާ މީހުންވެސް ތިބެޔޭ
ސާބަސް-
11 July 2019
ތިބޭފުލުންގެ މުސާރަ އުނިކުރާވާހަކަ ކިޔާބަލަ؛. ޢޭރުން ދައުލަތުގެ ބަޖެޓުން ވެސް އެހެންކަމެއް ކުރެވޭނީ
ރަގަޅު
11 July 2019
އަންނި ފުރަތަމަ ބޮލަ ބޭސް ކުރަންވީ...މީކާކު ތަ!
ބޮޑުމީހާ
11 July 2019
ތިކަމަށްވެސް މިލިއަނުން ހަރަދުކޮށްލާ؟ މަޖްލިސް ހުޅުވިފަހުން އޮށްޓަރުހުރި މަސައްކަތެއް އަދިނުކުރޭ. މުޅިންވެސް ކުއްލި މައްސަލަ ހުށެހެޅުމާއި ގަރާރު ހުށަހެޅުން
ސުނީތާ
10 July 2019
އާބާދީގެ ތަރުތީބުން ގޮނޑިބަރި ޖަހަންވީ. ފުރަތަމަ މާލެ. ދެން އައްޑޫ، އެއަށްފަހު ހދ، ރ، ހއ، ގދ، ށ، ލ، ނ، ތ މިހެން ގޮސް ވ އާ ޖެހެންދެން.
އަސްތާ
10 July 2019
ތެދުފުޅެއް. ޖޭޕީ، ޕީއެންސީ، ޕީޕީއެމް އެއްތަނަކަށް ލާ. ޢޭރުން އިދިކޮޅު މީހުންނާ ސަރުކާރު ޕާޓީ އާ އޮންނާނީ ވަކިން
ކޮއިލު
10 July 2019
ކޮންމެވެސް ހެޑްލައިނެއް ހެދޭތޯ ބަލާތި! ތިތާކޮންމެ ތަނެއްގައި އިޝީދެ ތިއްބަސް ކުރާ މަސައްކަތާ ދޭވޯޓްން ރައްޔިތުންނަށް އަސަރުކުރާނީ! އަހަރެމެންނަށް ހެޔޮ ބިންމަތީގައި ކުނާ އަޅާގެން ތިއްބަސް
އަޝްރަފު
10 July 2019
މަނިކުފާނު އަތްޖަހާ ލަވަ ވިދާޅުވާން ފައްޓަވާ، މެމްބަރުން ގޮޑިތަށް ވަށައިގެން ދުވާނީ! މަނިކުފާނު ހުއްޓަވާލެއްވީމާ މެމްބަރުން ހުއްޓޭނީ! އެއިރަކު އެ މެމްބަރަކު ހުޢްޓި ހުންނަވާ ގޮޑިކޮޅެއް އެ މެމްބަރަކަށް ދެއްވާނީ! ސިމްޕަލް ކަމެއްނު!