މޫދު އަޑިން ފެނުނީ ގެއްލިގެން ހޯދަމުން އައި ސައިކަލެއް -- ފޮޓޯ: ޕޮލިސް
14 ޖުލައި 2019 - 12:16
ގެއްލިގެން ރިޕޯޓުކޮށްފައިވާ ސައިކަލެއް މާލޭގެ ނޯތު ހާބާގެ މޫދު އަޑިން ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ސައިކަލު ފެނުނީ އެ ހާބަރުގައި އޮތް ބޯޓަކުން ވެއްޓުނު އެއްޗެއް ހޯދަން ރޭގެ ވަގުތެއްގައި މޫދަށް ފުންމާލި މީހަކަށެވެ.
މޫދު އަޑިން ފެނުނު އެ ސައިކަލަކީ މިދިޔަ އޭޕްރިލް މަހުގެ 16 ގައި ގެއްލިގެން ރިޕޯޓުކޮށްފައިވާ ސައިކަލެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން އަންނަނީ އެކަމާ ގުޅޭ ފަރާތްތަކާ އެކު މި މައްސަލަ ބަލަމުން ކަމަށް ވެސް ބުންޏެވެ.
ގެއްލިގެން ރިޕޯޓުކޮށްފައިވާ ސައިކަލެއް ވިއްކާލަން ފޭސްބުކްގައި ޖަހާފައި ވަނިކޮށް މިދިޔަ މަހު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އެ ސައިކަލު ފެނުނީ 15،000ރ. އަށް ވިއްކާލަން ވެގެން އިއުލާނުކުރުމުން، އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު25
15 July 2019
ކޮންފަދަ އަނިޔާވެރި އަމަލެއްތޯ ؟ މިފަދަ އަނިޔާދޭން ހިޔޮނުވާނެނެ ، ހަސަދަވެރިކަމުން ހިއްފުރުނަސް. ﷲ މިކަން ކުރިމިހާ އައް ހިޔޮވިސްނުންދެއްވާ ، ހިޔޮމަގައް ތަބާވުމައް މިންވަރުކޮއް ދެއްވާށި.. އަދި މުދަލުގެ ވެރިފާރާތައް މުދާގިނަ ކުރައްވާ ބަރަކާއިލައްވާށި ..އާމިން
ދެރަ
14 July 2019
ހެޔޮވާނީ ކިހިނެއް؟ ދުވާލު ހަތަރުދަމު ގުދާރު ބިންދައިގެން މަސައްކަތްކޮށްގެން ހޯދާ ފައިސާކޮޅު އެތައް ދުވަހަކުން އެއްކޮށްގެން ގަންނަ މިފަދަ އަގުބޮޑެތި މުދާތަކަށް ގެއްލުންދޭއިރު ތިމާ ހެއްދެވިފަރާތުގެ މަތިން ކުޑަވެސް ހަނދާން ނުހުންނަނީބާ؟
ރަދީފުއްދީނުލް އަކްބަރު
14 July 2019
ތީތިގެންގޮސް ދެން ލާ ދާރުލްއާސާރަށް.
މުހައްމަދު25
15 July 2019
އަމިލަގޭން ދާރުލް އާސާރައް މުދަލެއް ހަދިޔާކުރަން ފޭނޭ...އެގޮތް ކިހިނެއްވާނެތޯ ؟
މަރޭމިރުތާ
14 July 2019
މިހާރު ހުންނަ ބައެއް ސައިކަލު ވަރަށް ވައްތަރުވާނެ ޖެޓްސްކީއާ! އެހެންވެ ވަގަށް ނެގި މީހުން ހަމައިގަ ނުތިބުމުގެ ސަބަބުން އޮޅިގެން މޫދުގަ ދުއްވާލަން އުޅުނީ ކަމަށްވެސް ވެދާނެ!
ބަބުރުކަލޯ
14 July 2019
ހެހެހެ.
ފީނަރު
14 July 2019
ތިޔަ ވާނީ ވަގަށް ނަގައިގެންގޮސް ދޯންޏަށް އަރުވަން އުޅެނިކޮށް ވެއްޓުނީމަ ދޫކޮއްލާފާ ދިޔައީކަމަށް. މޫދުން ނަގަން އުޅުމަށްވުރެ ވަގުންނަށް ފަސޭހަވާނެތާ ޕާކިން ލޮޓެއްގަ ހުރި ސައިކަލެއް ވަގަށް ނަގަން.
ހަސަން ނުވަވަނާގެ އަމާ
14 July 2019
އެކަންކުރަންއުޅުނު މީހަކަށްއިގޭނީ ތިސައިކަލު ވެއްޓުނުގޮތެއްވެސް..