ޚިޔާލު

ވޮލީބޯޅަ އެސޯސިއޭޝަންގެ އިންޓަރިމް ކޮމިޓީ ސަައްހަބާ؟

ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ވެރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި: އެސޯސިއޭޝަން މިހާރު ވަނީ އިންޓަރިމް ކޮމިޓީއަކާ ހަވާލުކޮށްފައި .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުސައިން ޝަމީމް

23 ޖުލައި 2019 - 10:26

12 comments

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އުވާލައްވައި، އެ އެސޯސިއޭޝަންގެ ހިންގުން، ވަގުތީ ކޮމިޓީއަކާ ހަވާލު ކުރެއްވުމަށް، ޖޫން 13، 2019 ދުވަހު، ކޮމިޝަނަ އޮފް ސްޕޯޓްސް ވަނީ ނިންމަވައިފަ އެވެ. އެ ނިންމެވުމުގެ ގާނޫނީ ސައްހަކަން ބަލަން، ވޮލީބޯޅައާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާއިން ބޭނުންވާ ކަމަށް، މީޑިއާއިން މަޢުލޫމާތު ލިބެ އެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގައި ކުޅިވަރުގެ ގައުމީ ޖަމިއްޔާތަކުގެ ބެލެނިވެރިކަމާއި، އެ ޖަމިއްޔާތައް ބެލެހެއްޓުން ގާނޫނުން ހަވާލުކޮށްފައިވަނީ، ކުޅިވަރުގެ ގައުމީ މަޖިލީހުގެ ލަފައާ އެކު، ކޮމިޝަނަ އޮފް ސްޕޯޓްސްއާ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގުމުގެ ދޯދިޔާކަމާއި، ފެންވަރު ދަށްކަމާއި، މިހާރު (އޭރު) އޮތް ހިންގާ ކޮމިޓީގެ ބެލުމުގެ ދަށުން ވޮލީބޯޅަ ކުރިއަށް ނުދާ ކަމަށް، ވޮލީބޯޅައިގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެއުޅޭ މީހުން ޝަކުވާކޮށް ތުހުމަތުކުރެ އެވެ. އެ ތުހުމަތުތައް، ވޮލިބޯޅަ އެސޯސިއޭޝަން ހިންގާ ކޮމިޓީ އާއި، އެ އެސޯސިއޭޝަނުގެ ރައީސް ދޮގުކުރަމުން ގެންދެ އެވެ. ރަނގަޅު ނޫން ކަންތައްތަކެއް ހިނގައިގެން އުޅޭ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ވޮލީބޯޅަ އެސޯސިއޭޝަންގެ އެކި ޚަބަރުތައް ކިޔުމުން އަޅުގަނޑަށް ވެސް ދޭހަވެ އެވެ. ހަމަ އެއާ އެކު، ވޮލީބޯޅަ އެސޯސިއޭޝަނުގެ ކަންތައްތަކާ މެދު ޝަކުވާކުރާ ހަމަ (ގާތްގަނޑަކަށް) ހުރިހާ މީހުންނަކީ ވެސް، މި ދައުރުގައި، މިހާރު ހުރި ރައީސްގެ ދަށުން، ވޮލީބޯޅައިގެ އެކިއެކި ޙަރަކާތްތަކުގައި ވަރަށް ފޯރިއާ އެކު ކޮންމެވެސް ދުވަސްވަރެއްގައި ބައިވެރިވެ އުޅެފައިވާ މީހުންނެވެ. އޭގެ ތެރޭގައި ނައިބު ރައީސުންނާއި، ގައުމީ ކޯޗުންނާއި، ސެކްރެޓަރީ ޖެނެރަލުންނާއި، ލަފަ އާއި އިރުޝާދު ދޭ މަގާމުތަކާއި ކޮމިޓީތަކުގައި މަސައްކަތްކުރި މީހުން ހިމެނޭކަމީ، ދެބަސްވެވެން ނެތް ހަގީގަތެކެވެ. މި ލިޔުމުގެ ބޭނުމަކީ، ވޮލީބޯޅައިގައި ކަފިވެފައިވާ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ރަނގަޅީ ކޮން ބައެއްކަން ކަނޑައެޅުމެއް ނޫނެވެ. އެއީ، އަޅުގަނޑަށް ލިބިހުރި މަދު މައުލޫމާތުތަކުގެ އަލީގައި ނިންމޭ ވަރަށް ވުރެ މާ ބޮޑު ކަމެކެވެ. ބަހުސް ގިނަ ކަމެކެވެ. ވީމާ، އެބައި ބާއްވާށެވެ.

ވޮލީބޯޅައިގައި މިދެންނެވި، މިހާރުގެ ހިންގާ ކޮމިޓީއާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ބޭފުޅުން، އެބޭފުޅުންގެ ޝަކުވާތައް އަބަދުވެސް ކުޅިވަރު ވުޒާރާއަށް ދިޔައީ ހުށަހަޅުއްވަމުންނެވެ. އެކި ދުވަސްވަރު އެކި ބޭފުޅުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އެ ޝަކުވާތަކުގެ ސިޓީތަކަށް ވާނުވާއެއް ވެސް ނޭނގޭ ކަމަށްވެ އެވެ. އެއްވެސް ސިޓީއަކަށް ދުވަހަކު ވެސް ޖަވާބެއް ނުލިބޭ ކަމަށްވެ އެވެ. އެހެންކަމުން، މި ސަރުކާރު އައުމާ އެކު، ވޮލީގެ ކަންކަމުގައި އުޅުއްވާ އިސްވެދެންނެވި ބޭފުޅުންނާއި، އެބޭފުޅުންނަށް ވާގިވެރިވާ ބޭފުޅުން އައު ޖޯޝަކާ އެކު މަސައްކަތް ފެއްޓެވި އެވެ.

މިދެންނެވި ބޭފުޅުންގެ ޝަކުވާގެ ސިޓީތައް، ކޮމިޝަނަ އޮފް ސްޕޯޓްސްއަށް ފޮނުއްވީ މެއި/ޖޫން 2019 ގެ ތެރޭގަ އެވެ. އޭރު، ކުރިން ހުންނެވި ކޮމިޝަނަ އޮފް ސްޕޯޓްސް ޢަލީ ޢުމަރު، މަގާމުން ވަކިކޮށްފައި ވާތީ، ޤާނޫނުގައިވާ ގޮތުގެ މަތިން އެކްޓިން ކޮމިޝަނަރެއްގެ ގޮތުގައި ހުންނެވީ، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ވެސް ރައީސް އިބްރާހީމް އިސްމާޢީލެވެ. ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަކީ، ކޮމިޝަނަ އޮފް ސްޕޯޓްސް ޖަވާބުދާރީވާން ޖެހޭ މުއައްސަސާއަށް ވާއިރު، ގައުމީ މަޖިލީހުގެ ރައީސާއި އެކްޓިން ކޮމިޝަނަރާ ދެ މީހުންނަކީ އެކަކަށް ވުމަކީ، އޭގެ ޒާތުގައި މަސްލަހަތު ފުށުއެރުމުގެ އިހުތިމާލު އޮންނާނެ ކަމެކެވެ. އެއީ ޤާނޫނުގައި ސީދާ ލިޔެފައި ނެތް ނަމަވެސް، ތަންދޮރު ފިލާ މީހުން ވިސްނާ ފިކުރުކޮށް، އަމިއްލައަށް ދުރުހެލިވާން ޖެހޭ ކަންކަމެވެ. އެކްޓިން ކޮމިޝަނަރު ކަނޑައެޅުއްވީ، ވޮލީބޯޅައިގެ ޝަކުވާ ބައްލަވަން ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައްވާށެވެ. އެ ކޮމިޓީގެ ނިންމުންތައް ލިބުނުއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ކޮމިޝަނަ އޮފް ސްޕޯޓްސްގެ މަގާމަށް ހީނާ އަޙްމަދު ސަލީމް، ޖޫން 22، 2019ގައި، ޢައްޔަންކުރައްވައިފަ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ކަންތަކުގައި ހީނާ ސަލީމްގެ ލަފަ އާއި އިރުޝާދު ހޯއްދެވީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސް އިބްރާހީމް އިސްމާއިލުގެ އަރިހުންނެވެ. އިބްރާހީމް އިސްމާޢީލްގެ ޚިޔާލާ ވެސް އެކު، ކޮމިޝަނަ އޮފް ސްޕޯޓްސް ނިންމެވީ، ވޮލީބޯޅަ އެސޯސިއޭޝަން ހިންގުން އިންޓަރިމް ކޮމިޓީއަކާ ޙަވާލުކޮށް، އެ އެސޯސިއޭޝަންގެ މައްސަލަ ހަމައަކަށް އެޅުއްވުމަށެވެ. އެ ކޮމިޓީއަށް ބޭފުޅުން އިޚްތިޔާރު ކުރެއްވީ ކޮމިޝަނަރެވެ.

ކުޅިވަރުގެ ޤާނޫނުގެ ދަށުން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރުތައް ބޭނުންކުރާނެ ގޮތާ ބެހޭ ގަވާއިދެއް ގެޒެޓު ކުރެވި ޢަމަލުކުރަމުންދެ އެވެ. އެއީ، ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާ ބެހޭ ގަވާއިދު އެވެ. ކުޅިވަރު ޖަމިއްޔާއެއްގެ ކަންކަން އިސްލާހުކުރުމަށް އެންގުމާ ބެހޭ ގޮތުން ހަދަން ޖެހޭ ގޮތް އޮތީ، އެ ގަވާއިދުގެ 36 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި އޮންނަނީ؛ އެ މާއްދާގައި ބުނާ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، "ބަޔާންކުރެވިފައިވާ ޙާލަތެއް މެދުވެރިވެފައި ވަނީ ކުޅިވަރުގެ ޤައުމީ ޖަމްޢިއްޔާއަކަށް ނަމަ، އެ މައްސަލައެއް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ކޮމިޝަނަ އޮފް ސްޕޯޓސް ހުށަހެޅުމަށް ފަހު، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތިން ކޮމިޝަނަ އޮފް ސްޕޯޓްސް ފިޔަވަޅު އަޅަންވާނެ" ކަމަށެވެ. އެ ޒާތުގެ ހަ ޙާލަތެއް، އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން، ވޮލީބޯޅަ އެސޯސިއޭޝަނާ މެދު، ކޮމިޝަނަރު ގޮތެއް ނިންމެވުމުގެ ކުރިން ފުރަތަމަ ކުރަން ޖެހޭ ސުވާލަކީ، ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާ ބެހޭ ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) އިން (ޅ) އާ ދެމެދު ބަޔާންކޮށްފައި ހުރި ކަންތައްތަކުގެ ތެރެއިން ކަމެއް ހިނގާފައިވާކަން ނުވަތަ ނޫންކަމެވެ. އެއިން ކަމެއް ހިނގައިފައިވާ ނަމަ، އެ ޖަމިއްޔާއަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު، ކޮމިޝަނަރަށް ލިބުނީ އެވެ. އެ ހިސާބުން ދެން ބަލަން ޖެހޭ ކަމަކީ، ވޮލީބޯޅަ އެސޯސިއޭޝަނަކީ ގައުމީ ޖަމިއްޔާއެއްކަން ނުވަތަ ނޫންކަމެވެ. ވޮލީބޯޅަ އެސޯސިއޭޝަނަކީ ގައުމީ ޖަމިއްޔާއެކެވެ. އެހެންކަމުން، ގަވާއިދު ބުނާ ގޮތުން، އެ ޖަމިއްޔާއާ މެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ލަފައެއް ހޯދަން ޖެހެ އެވެ.

މި މައްސަލައިގައި ކަންތައް ހިނފައިވާ ގޮތަށް ބަލާއިރު، ވޮލީބޯޅަ އެސޯސިއޭޝަނަކީ، ގައުމީ ޖަމިއްޔާއަކަށް ވާތީ، އެ ޖަމިއްޔާއާ މެދު ފިޔަވަޅެއް އެޅުމުގެ ކުރިން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ހޯދަން ޖެހޭ ކަމަށް ގަވާއިދުގައި އޮތް ލަފާ، ކޮމިޝަނަ އޮފް ސްޕޯޓްސް ހޯއްދަވާފައެއް ނުވެ އެވެ.

މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގައި އޮންނަނީ؛ "ޤާނޫނެއްގައި، ވަކި ގޮތަކަށް ޢަމަލުކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ނަމަ، އެއީ، އެ ޤާނޫނުން އުފައްދާ ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމުގައި ބަލަންވާނެ" ކަމަށެވެ. މި ހާލަތުގައި، ގައުމީ ޖަމިއްޔާއަކާ މެދު ގޮތެއް ނިންމުމުގެ ކުރިން، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ލަފައެއް ހޯދުމަކީ، ކޮމިޝަނަރުގެ މައްޗަށް ޤާނޫނުން އުފައްދާފައިވާ ބަރީއަވުމެއް ނެތް ޒިންމާއެކެވެ. އެ ޒިންމާ އަދާނުކޮށް ނިންމާ ނިންމުމުގެ ޤާނޫނީ ބުރަދަނެއް ނޯންނާނެ އެވެ.

މި މައްސަލަ މިގޮތަށް ދިމާވެފައިވަނީ، ކޮމިޝަނަރު ހީނާ ސަލީމުގެ އެކަނި އިހުމާލުން ކަމަށް ވެސް މުޅިއަކުން ބެލޭކަށެއް ނެތެވެ. އެއީ، ވޮލީބޯޅަ އެސޯސިއޭޝަނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފައްޓަވައި، އެ މަސައްކަތް ނިމުމަކާ ހަމައަށް ގެންދަވާފައިވަނީ، އެކްޓިން ކޮމިޝަނަރުގެ ހައިސިއްޔަތުން، ކުޅިވަރުގެ ގައުމީ މަޖިލީހުގެ ރައީސް ކަމަށް ވާތީ އެވެ. އެހެންކަމުން އެކަމުގެ ޒިންމާ، އިބްރާހިމް އިސްމާއިލް ވެސް ނަންގަވަން ޖެހެ އެވެ. އެއީ، ބައްލަންވާ ވަރަށް ނުބައްލަވައި، ޤާނޫނުގައި ކަނޑައެޅިގެން އޮތް އިޖުރާއާތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ކޮމިޝަނަރަށް ލަފާ ނުދެއްވާ އޮތުމުންނެވެ. އަނެއްކޮޅުން އޭގެ މާނައަކީ، ކޮމިޝަނަރުގެ ޒިންމާ އެއްކޮށް ނެތިގެން ދިއުމެއް ވެސް ނޫނެވެ.

ކޮމިޝަނަރު ޢައްޔަނު ކުރެއްވި އިންޓަރިމް ކޮމިޓީގެ މެންބަރުން ވަރަށް މިސްކީނެވެ. އެ މެންބަރުންގެ ކުށެއް ނެތެވެ. އެ މެންބަރުންނަށް މަސައްކަތް ހަވާލުކުރެއްވި ފަރާތުން ބައްލަވަންވާ ވަރަށް ނުބައްލަވާ އޮތީ އެވެ. ނަމަވެސް، އަޅުގަނޑު މިއީ، އެކޮމިޓީގެ މެންބަރެއް ނަމަ، އަޅުގަނޑު ގަސްދުކުރާނީ އިސްތިއުފާދޭށެވެ.

ޤާނޫނީ ގޮތުން، ވަކި ކަމެއް ކުރުމަށް، ވަކި އިޖުރާއާތެއް ފުރިހަމަކުރަން ޖެހޭކަމަށް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ނަމަ، އެކަމެއް އެގޮތަށް ކުރުމަކީ ލާޒިމް ކަމެކެވެ. އެނޫން ގޮތަކަށް އެކަމެއް ކޮށްފި ނަމަ، އެކަމެއް ވާނީ ބާޠިލު ކަމަކަށެވެ. ބާޠިލު އިޖުރާއާތެއްގެ މައްޗަށް ތަރައްތުބުވާ ހަމަ ކޮންމެ ކަމަކީ ބާޠިލުކަމެއްކަމީ، ޤާނޫނީ ޢުރުފުގައި އިސްތިޤުރާރުވެފައިވާ މަބްދައެކެވެ.

ވީމާ، އަޅުގަނޑުގެ ނަޒަރުގައި، ވޮލީބޯޅަ އެސޯސިއޭޝަން ހިންގުން އިންޓަރިމް ކޮމިޓީއަކާ ހަވާލުކުރެއްވުމަށް ކޮމިޝަނަ އޮފް ސްޕޯޓްސް ހީނާ ސަލީމް ނިންމެވި ނިންމެވުމަކީ ގާނޫނީ ގޮތުން ސައްހަ ނިންމެވުމެއް ނޫނެވެ. އެ ނިންމެވުމުގެ މައްޗަށް ދެން ހިނގާ އެއްވެސް ކަމެއް، އެއީ ގާނޫނީ ގޮތުން ސައްހަ ކަމަކަށް ވެސް ނުވާނެ އެވެ. މިހާރު އެކުރާ މަސައްކަތަކީ އިއާދަކުރަން ޖެހޭ، އަދި އިއާދަކުރެވޭނެ މަސައްކަތެކެވެ.

އެޑިޓަރުގެ ނޯޓު

ގާނޫނީ ވަކީލް ޝަމީމަކީ، ކުޅިވަރުގެ ގައުމީ މަޖިލިހުގެ މެމްބަރެކެވެ. އެކަމަކު ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގުން އިންޓަރިމް ކޮމިޓީއާ ހަވާލުކުރިތާ ދެތިން ދުވަހުގެ ތެރޭގައި އެ މަޖިލިސް ވަނީ އުވާލައިފަ އެވެ.

12 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާއްޖެ ވޮލީ

28 January 2021

ކޮއްމެ ކަމެއްވެޥެސް ވާނީ ރަނގަޅައް. ލަތީ ގެ ދައޮރުގަ އެއްމެ ގިނައިން އެސޮސިއޭސަން ގެ ބަޖެޓަށް ފައިސާ ވައްދަ ދީފަ ހުރީ. .ފައިސާތައްޥެސް މިހާ ބަނޑު އަޅާލައިފި.

The name is already taken The name is available. Register?

ބަނާނާ

24 July 2019

ވޮލީ އެސޯސިއޭޝަނަކީ ވަކި ބަޔަކު ހިސޯރުކޮށްފަ އޮންނަ ތަނެއްގެ ގޮތުގައި ލަތީގެ ދައުރުގައި ފެނުނީ. މެޑަމް ރުއްސަން ކަންކަން ކުރަމުންދިއައީ. ޔޫތުޑިވެލޮޕްމަންޓަށް ދޭ ބަޖެޓުވެސް މިވެރިންގެ ކަންކަމަށް ތަޅާހުސްކޮށްލީ. ލަތީ ޖަޒީ ވިއްކީމަ ކަޑައޭ.

The name is already taken The name is available. Register?

ާރިޔާ

24 July 2019

ރިޔާޒް ދައުރުގަ އުޅުނީ ކީއްކުރަންބާ؟ ވަކިބަޔަކު ބޭނުންވާގޮތަށް ކަންކަން ނުވާތީ އެސޯސިއޭޝަން ބަދަލުކުރަން ފައިވިއްދާފަ. އެވެސް ޤާނޫނާ ހިލާފަށް. ލަތީފް ގޯސްވީ އެމީހުންނަށް ހަވާލުކުރި ޓާސްކް ނުނިންމި އެންމެފަހުން އަމިއްލަޔަށް ބޭރުވެގެން.

The name is already taken The name is available. Register?

ކަދުރޭ22

23 July 2019

ހުރިހާ ކްލަބްތަކަށް ބައިވެރި ވެވޭ އިންތިހާބެއް ބޭއްވޭނީ އިންޓަރިމް ކޮމިޓީއަށް

The name is already taken The name is available. Register?

Mohamed

24 July 2019

ވޯޓްލެވޭނީ އަސާސީ ގަަވައިދު ބުނާ ގޮތުން 3 އަހަރު ތެރެއިން 2 އަހަރު ވިދިވިދިގެން ކުޅެފަ އެސޯސިއޭޝަން ފުލް މެމްބާރޝިޕަށް ފައިސާ ދައްކާ ކޮމިޝަނާރ އޮފް ސްޕޯރޓްސްގައި ރެޖިސްޓާރ ކޮށްފައިވާ ފަރާތްތަކަސް

The name is already taken The name is available. Register?

އަމީތާބު

24 July 2019

ވޯޓުލެވެންވީ ހަމައެކަނި ލަތީއަށް ތާއީދުކުރާ ދެކުލަބަށްތޯ؟ އެންމެ ކްލަބެއްގެ ވޯޓުން ހިންގާގަވާއިދު އަށް ލަތީ ވަނީ ބަދަލުތަކެއް ގެނެސްފަ. އެހިންގާގަވާއިދު ގަބޫލުނުކުރާކަން ކަމިޝަނަރ އޮފް ސްޕޯރޓްސް އަދި އޮލިމްޕިކް ކޮމިޓީ އިން ވަނީ ބުނެފަ.

The name is already taken The name is available. Register?

މާއިނގޭ

24 July 2019

ހިންގާ ގަވާއިދުގަ ނޫންތޯ އެގަވާއިދު ބަދަލުކުރުމަށް ވޯޓުދެވޭނޭ ކުލަބްތައް އެނގެންއޮތީ. ދެން ރަޖިސްޓްރީވުމަށް ފުުސަތު އޮންނައިރު، ކުލަބުތަށްބައިވެރި ނުވުމާ އަދި އެވަގުތެއްގައި ތިބިކުލަބްތަކެއްގެ ވޯޓުނެގުން އެއީ ލަތީގެ މައްސަަލަތޯ. ހަޤީޤަތަކީ ރިޔާގެ ދައުރުންފެށިގެން ވޮލީ ހިސޯރު ނުކުރެވިގެން އުޅޭ ބައިގަނޑެއް މިސަރުކާރުގެ ނާޖައިޒްފައިދާނަގަން ފޫގަޅާފަތިބިކަން. މީ ޑިމޮކްރެޓިކަށް ލޯބިކުރާ ސަރުކާރުނަމަ އަދި ބަގާވާތައް ނޯއޭ ބުނާނަަަމަ މިކުރަނީ ކީއް

The name is already taken The name is available. Register?

ބުއްޅަބޭ

23 July 2019

ސިޔާސީ ބޭނުންތަކަށް އެސޯސިއޭޝަންގެ ފައިސާ އާ މީހުނާ ވަސީލަތް ބޭނުން ކުރުމަކީ އެސޯސިއޭޝަން ސަސްޕެންޑުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް ކުޅިވަރު ގާނޫނާ ޖަމިއްޔާތައް ހިންގާ ގަވާއިދުގައި އޮވޭ. އަމިއްލަ ވިޔަފާރިއަށް އެސޯސިއޭޝަންގެ ފައިސާ ބޭނުންކުރުމާ ހިންގާގަވާއިދު އުސޫލުތަކާޚިލާފަށް ބަދަލުކުރުމަކީ އެސޯސިއޭޝަން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ޖެހުނު ސަބަބުތައް. ވޮލީ އާއިލާ އޮތީ މިހެޔޮ ބަދަލަށް އެދިއެދި. ލަތީގެ ޕާރޓުންވެސް ބޭނުމީއެގޮތް.

The name is already taken The name is available. Register?

ކަލޯގަޔާ

24 July 2019

ދޮގެއްވިއްޔާ ހައްދަވާތި. ރަނގަޅަށް ހިންގާ ގަވާއިދު ބައްލަވާ. ތިބުނާ ޕޮއިންޓެއް ނެތް އެޔަކު. މިހާތަނަށް ތިޔަބުނާ ކޮމެޓީ އެތަނަށްވަދެ ވަގަށްބޭރުކުރި ލިޔުންތަކުންވެސް އެނގެނީ، ލަތީފް ކަަންކަން ކޮށްފައިހުރީ ގަވާއިދާއި އެއްގޮތަށްކަން.

The name is already taken The name is available. Register?

ޝާފީ 1

23 July 2019

ޝަމީމަށް އިގޭނީ ކުޅިވަރު ގިރައިގެން ބޯން.އެބުނާ އުވާލި ބޯޑުގައި އިންތިހާބު ވީ މިހަކަށް ހުރީ ރައީސް އެކަނި.އަސާސީ ގަވައިދު ބަދަލުކުރީ ކުރީ ސަރުކާރުގެ ބާރާއި ނުފޫޒް ބޭނުންކޮށްގެން.ޑޭވް އަލީ އުމަރު ޒިންމާ ވާންޖެހޭ

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

23 July 2019

ޖަޒީރަތުލް މަހަލްދީބުގައި ނުހުންނާނެ ސައްހަ އެއްވެސްއެއްޗެއް.

The name is already taken The name is available. Register?

ޅަބޭ

23 July 2019

މިގަރުނުގެ އެންމެ މޮޅު ކޮމެންޓު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454