ޚަބަރު / ހައި ކޯޓް

ފަޔާޒް ޖަލަށްލާން ކުރި ދެ ހުކުމް ވެސް ހައި ކޯޓުން ބާތިލްކޮށްފި

ފަޔާޒް: ހުކުމް ތަންފީޒުކޮށް ނިމި، އޭނާ މިހާރު ވަނީ މިނިވަންވެފައި -- ފޮޓޯ/މިހާރު

ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ބުނެ ސިފައިންގެ އޭރުގެ ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ދެ އަހަރާއި ތިން މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

ސެޕްޓެމްބަރު، 2015 ގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރައްވަނިކޮށް ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވައިލި މައްސަލައިގައި، އެ ކަމާ ގުޅޭ ތަހުގީގަށް ހުރަސް އެޅޭ ގޮތަށް ފަޔާޒް އަމަލު ކުރި ކަމަށް ބުނެ ދެ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، ދެ އަހަރާއި ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް ތަންފީޒުކޮށް ނިމި، މިދިޔަ އަހަރު އޭނާ ވަނީ މިނިވަން ވެފަ އެވެ.

އެ ދެ މައްސަލަ ވެސް ފަޔާޒްގެ ފަރާތުން އިސްތިއުނާފް ކުރުމުން، އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި އޭނާ އަށް އިއްވި ދެ އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ކުށުގެ ވެށި ރައްކާތެރިކުރަން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅި ކަމަށް ބުނެ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ފަޔާޒްގެ މައްޗަށް ކުރިޔަސް، ގާނޫނުލް އުގޫބާތުގައި އެ ކުށް ބަޔާންކުރާ މާއްދާގައި ހިމެނޭ އެއްވެސް އަމަލެއް ކުރަން އޭނާ ސިފައިންނަށް އަންގަވާފައިވާ ނެތް ކަމަށާއި އެފަދަ ގޮތަކަށް އެއްވެސް ހެކިވެރިއަކު ބުނެފައި ނެތުމުން އެ ކުށް އޭނާގެ މައްޗަށް ސާބިތުވާން ނެތް ކަމަށެވެ. އަދި އަދަބު ކަނޑައެޅުމުގައި ގާނޫނުލް އުގޫބާތުގައި ބުނާ އުސޫލުތަކަށް ދަށު ކޯޓުން ރިއާޔަތް ކޮށްފައި ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ ހުކުމް ބާތިލް ކުރަން ތިން ފަނޑިޔާރުން އިއްތިފާގުވެ ވަޑައިގަތަސް، އެ ހުކުމަށް ވާސިލްވި ސަބަބުތަކުގައި ފަނޑިޔާރު މުހައްމަދު ނިޔާޒް ފާހަގަ ކުރެއްވި ސަބަބުތައް ތަފާތެވެ. ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވަނީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގެ މާނައިގެ ތެރޭގައި ހިމެނޭ އެއްވެސް އަމަލެއް ފަޔާޒް ކުރި ކަމަށް ދައުވާގައި ވެސް ނެތް ކަމަށާއި އެކަން ދައުލަތަށް ބުނެދެވިފައި ވެސް ނެތް ކަމަށެވެ. އެހެންވެ، ފަޔާޒްގެ މައްޗަށް އެ މައްސަލައިގައި އެ ދައުވާ ނުކުރެވޭނެ ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ.

ލޯންޗަށް ފުލުހުން އެރުމަށް ހުރަސް އެޅި ކަމަށް ބުނެ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގައި ތިން މަހާއި 18 ދުވަހަށް ފަޔާޒް ޖަލަށްލާން ކުރި ހުކުމް ބާތިލްކުރީ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ހަސަން އަލީ އާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރު ނިޔާޒްގެ ރައުޔަކީ އެ މައްސަލާގައި ކުރި ހުކުމް ރަނގަޅު ކަމަށެވެ.

އެ މައްސަލައިގައި ކުރި ހައި ކޯޓުގެ ހުކުމުގައި ވަނީ އެ ލޯންޗުކޮޅަށް އެއްވެސް ބަޔަކަށް އެރޭނީ ސިފައިންގެ އީއޯޑީ ޓީމުން ލޯންޗް ޗެކް ކުރުމަށް ފަހު ކަމަށް އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި ކަމަށް ހެކިން ތަހުގީގަށް ދިން ބަޔާންތަކުން އެނގެން އެބައޮތް ކަމަށެވެ. އަދި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް ތަހުގީގަށް ދިން ބަޔާނަށް ބަލާއިރު ވެސް، ފުލުހުން އެ ލޯންޗަށް އެރުމުގެ ހުއްދަ ފަޔާޒް އޭރު ދީފައި ނުވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ އަމުރަށް ކަމަށް ކަން އެނގެން އެބައޮތް ކަމަށެވެ.

ފަޔާޒް އެގޮތަށް އަމަލު ކުރީ ސިފައިންގެ އޭރުގެ ވެރިންގެ އަމުރަށް ކުރި އަމަލަކާ ގުޅިގެން ކަމަށް ވާތީ އެއީ ގާނޫނުލް އުގޫބާތުގެ ދަށުން ހުއްދަ އަމަލެއް ކަމަށް ބެލެވޭނެ ކަމަށާއި އެހެންވެ، ދަށު ކޯޓުން ހުކުމްކުރީ ގާނޫނާ ޚިލާފަށް ކަމަށް އެ ހުކުމުގައި ވެ އެވެ. އަދި އަދަބު ކަނޑައެޅުމުގައި ވެސް ގާނޫނުލް އުގޫބާތަށް ރިއާޔަތް ކޮށްފައި ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ފަނޑިޔާރު ނިޔާޒްގެ ރައުޔަކީ ފުލުހުން އެ ލޯންޗުކޮޅަށް އެރުން މަނާކުރީ ވެރިންގެ އަމުރަށް ކަމަށް ފަޔާޒް ވިދާޅުވެފައި ވިޔަސް، އެކަން މަދަނީ މިންގަނޑުން ސާބިތު ކޮށްދެވިފައި ނެތް ކަމަށެވެ. އަދި ލޯންޗުކޮޅަށް ފުލުހުން އޭރު ނޭރުވީ އިތުރު ގޮވުމެއް ގޮވާފާނެތީ ފުލުހުންގެ ސަލާމަތަށްޓަކައި ކަމަށް ފަޔާޒްގެ ފަރާތުން ބުނެފައި ވިޔަސް، އެ ވަގުތު ވެސް އެ ލޯންޗުކޮޅުގެ ފަޅުވެރިން އޭގައި ތިބި ކަމަށާއި އެހެންވެ އެކަންކުރީ ފުލުހުންގެ ސަލާމަތަށްޓަކައި ކަމަށް ބުނާ ބުނުން ގަބޫލު ނުކުރެވޭނެ ކަމަށް ވެސް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ.

އެ ދެ މައްސަލަ ވެސް ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު ނިޔާޒްގެ އިތުރުން އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަސަން އަލީ އެވެ.

ފަޔާޒްގެ އިތުރުން އެ ލޯންޗުުކޮޅަށް އެރި ސިފައިންގެ ދެ މީހަކު ވެސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން އޭރު ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އޭގެ ތެރެއިން އެކަކުގެ ޖަލު ހުކުމް ހައި ކޯޓުން ކުރިން ދެމެހެއްޓިއިރު، ދެވަނަ މީހާގެ ހުކުމް އޮތީ ބާތިލްކޮށްފަ އެވެ.

8 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 6%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީރާޖާ

24 July 2019

ހުކުމް ތަންފީޒުކޮށް ނިމި އަދި އޭގެވެސް އެތައް ޒަމާނެއް ފަހުން؟ ނޫނޭ ނޫނޭ މިގައުމަށް މިއޮތީވާ "އިންސާފުވެރި" ޝަރުއީ ނިޒާމެއް ލިބިފަ. ބަންދުގައި ބެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދޭނީ ކާކު؟

The name is already taken The name is available. Register?

ސދފަާށ

24 July 2019

ތިޔަހެން ހުކުމް ކުރެވިފަ ހުރި މީހަކު ދޫކުރެވިގެން ނުވާނެ. ފުރަތަމަ އެހުކުމް ކުރީ ގޯސްްކޮށް ކަމަށް ވާނަމަ އެ ހުކުމް ކުރި ގާޒީ އަދަބު ދޭން އެބަޖެހޭ. ދެ އަހަރު ވަންދެން ޖަލުގޮޅީގަ ބަހައްޓާފަ ސޮރީ ބުނީމަ ނިމުނީ އެއްނޫން.

The name is already taken The name is available. Register?

ޢަލިދީދީއައްޑޫސިޓީ

24 July 2019

JUSTICE DELAYED IS JUSTICE DENIED

The name is already taken The name is available. Register?

ޑޮނާޑު

24 July 2019

ފަޑިޔާރުން ކުރާހުކުންތަކަށް ދިގުމުއްދަތައްޖަލައްލެވޭމީހުން އެމީހުންގެމަސްއަލަތައްއިސްތިއުނާފުކުރުމުން މަސްއަލަނުބެލިދިގުލައިގެންފަސްހައަރުވާއިރު އެމީހާހުންނަނީ ހަތަރުއަހަރުގެޖަލުހުކުމްތަންފީޒުކޮއްނިމިފަ އޭގެފަހުންމަތީކޯޓްތަކުން ހުކުމްމިކުރަނީ އޭނާގެއެއްވެސްކުށެއްނެތްކަމައް އޭރުއޭނާގެވަޒީފާގެއްލިދަރިންސުކޫލުންކަޑާލާ އަބިދަރިންބިކަވެގެދޮރުވީރާނާވެފަ!މިކަމައްޤާނޫނެއްހަދާކައްނުޖެހޭތޯ??މިކަހަލަހުކުމް މިކުރަނީހަމަގާބިލްފަޑިޔާރުންތޯ?

The name is already taken The name is available. Register?

އަލީސް

24 July 2019

ރިޔަސީ ލޯންޗުގައި ކަމެއްވިތަ؟

The name is already taken The name is available. Register?

ްދޫރެސް

23 July 2019

ގެއަށް ދާން ތައްޔާރުވަނީ އެވެ. ތި ދެމީހުން ގިނަދުވަހު ބައިތިއްބާ ކަށް ހެޔޮ ނުވާނެ އެވެ.

The name is already taken The name is available. Register?

ޖޫލިއާން

23 July 2019

2 އަހަރުދުވަސްވަންދެން ބިޑިއަޅުވާފަ ޑަބިޔާގަނޑަކަށްލާފަ މިހާރު އެއީ ގޯހެކޭ ބުނެލީމަ އެނިމުނީ؟

The name is already taken The name is available. Register?

މިޝްކާ

23 July 2019

ތީހަމަ ހުސްސާފު ރަހަ ބިއްލޫރި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454