އިންޑިއާގެ ޖައްވީ އުޅަނދު ޗަންދުރަޔާން 2 އުދުއްސައިލަނީ. އެގައުމުގެ ކާމިޔާބީއަށް ރާއްޖޭން މަރުހަބާކީ
24 ޖުލައި 2019 - 11:11
ހަނދުގެ ދިރާސާތަކެއް ކުރަން އިންޑިއާއިން ކާމިޔާބުކަމާ އެކު ޖައްވީ އުޅަނދެއް ފޮނުވައިލުމުން ރާއްޖޭން އެ ގައުމަށް މަރުހަބާ ކިޔައިފި އެވެ.
އިންޑިއާގެ ޖައްވީ އުޅަނދު "ޗަންދުރަޔާން 2" ކާމިޔާބުކަމާ އެކު އުދުއްސައިލުމުން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ އުޅަނދު ފޮނުވައިލުމަށް އިންޑިއާގެ ސައިންސްވެރިން ކުރި މަސައްކަތް ވެގެން ދާނީ ޖައްވީ ދިރާސާތަކަށް ލިބުނު ކުރިއެރުމަކަށް ކަމަށެވެ.
އިންޑިއާއިން ޖައްވީ ދިރާސާތައް ކުރުމުގައި ހޯދަމުން އަންނަ ކާމިޔާބީތަކަކީ އެ ދާއިރާ ތަރައްގީކުރަން ލިބުނު ހިތްވަރެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އިންޑިއާއިން ކުރި އެ މަސައްކަތް ވެގެންދާނީ ސައިންސާއިން ޓެކްނޮލޮޖީގެ ދާއިރާ އަށް ޒުވާނުން ޝައުގުވެރިކުރުވާނެ ކަމަކަށް ކަމަށް ވެސް ރާއްޖޭން ބުންޏެވެ.
ޖައްވީ އުޅަނދު ޗަންދުރަޔާން 2 އިންޑިއާއިން އުދުއްސައިލީ ހޯމަދުވަހު އެވެ.
މީގެ ހަފުތާއެއް ކުރިން އިންޑިއާ އިން ހަނދަށް ފޮނުވަން އުޅުނު އުޅަނދު އެންމެ ފަހު ވަގުތު ކެންސަލް ކުރީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. އިންޑިއާގެ ސްޕޭސް އެޖެންސީ، އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގެ ވެރިޔާ ވިދާޅުވީ ފުރަތަމަ މިޝަން ނާކާމިޔާބުވި ނަމަވެސް އެނބުރި އައީ "އުދުހޭ ކުލަތަކަކާ އެކު" ކަމަށެވެ. އުޅަނދު އުދުއްސާލާ މަންޒަރު ވަނީ އިންޑިއާގެ ޓީވީތަކުން ވަގުތުން ދައްކައިފަ އެވެ. އަދި އުޅަނދު އުދުއްސާލުމާ އެކު ޖައްވީ އެޖެންސީގެ ކޮންޓްރޯލް ރޫމުން އުފާ ފާޅުކުރަމުން ދިޔަ އެވެ.
އިންޑިއާ އިން އުއްމީދު ކުރަނީ ހަނދުގެ ސައުތު ޕޯލްގައި އުޅަނދެއް ޖައްސާ ފުރަތަމަ ގައުމަށް ވުމަށެވެ. ޖައްވީ އުޅަނދު ޗަންދްރަޔާން-2 ގެ ދަތުރު ކާމިޔާބުވެއްޖެ ނަމަ އިންޑިއާ ވެގެންދާނީ ހަނދަށް އުޅަނދެއް ފޮނުވާ ހަތަރު ވަނަ ގައުމަށެވެ.
އިންޑިއާގެ ފުރަތަމަ މޫން މިޝަން ކުރިއަށް ގެންދިޔައީ 2008 ގަ އެވެ. ޗަންދުރަޔާން-1 ގެ ހަނދުގައި ނުޖެއްސި ނަމަވެސް ރާޑަރު ބޭނުންކޮށްގެން ހަނދުގައި ފެންހުރިތޯ ބަލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަރިޔާ
24 July 2019
ކިތައް މިލިއަން ދިންތަ ރިޝްވަތުގެ ގޮތުގަ ގިކަމަށް.
ބޮޑުމީހާ
24 July 2019
ހަނދަށް ދިއުމުގެ ޝަރަފް އަދި ލިބިފައިވަނީ އެމެރިކާ، ރަޝިޔާ އަދި ޗައިނާ. އިންޑިއާއިން މި މިޝަން ކާމިޔާބުވުމަކީ މުޅި އޭޝިއާއަށް ވެސް ލިބޭ ފަހުރެއް. ކާމިޔާބު ނުވިޔަސް ރޮކެޓެއް އުދުއްސާލުމަކީ ޓެކްނޮލޮޖީ ދާއިރާގައި އިންޑިއާ ކުރީގަ އުޅޭ ކަމުގެ ހެއްކެއް /
ހަނދު ނުވަވަނަ
24 July 2019
ޗައިނާއަށް ވުރެ އިންޑިޔާ ސްޕޭސް ޓެކްނޮލޮޖީގަ އުޅެނީ މާ މާ މާ ކުރީގަ. ސަބަބު އިންޑިޔާ އަކީ އިނގިރޭސިބަހުން ކިޔަވާދޭ ގައުމަކައް ވެފާ، މަތީ ތައުލީމު ހާސިލްކޮއްގެން ތިބި ބޮޑު އާބާދީއެއް އޮތް ގައުމަކައް ވެފާ. ދުނިޔޭގެ ކުރިއަރާފަތިބި ހުރިހާ ގައުމެއްގެ ސްޕޭސް ޓެކްނޮލޮޖީ އިދާރާތަކުގަ ވަޒީފާ އަދާކުރުން. ނާސާގަވެސް އިންޑިޔާ މީހުން ގިނަކަމައްވޭ.
ހަނދުބޮޑުވެފަ
24 July 2019
އިންޑިއާއަށްވުރެ ކުރިން ޗައިނާގެ ޕްރޯބެއް ޖެނުއަރީން ފެށިގެން އެބައުޅޭ ހަނދުގައި.
މަހުދީ
24 July 2019
ދިވެހިންނާ އެއްހިސާ ބަކަށް އަދިވެސް އެއްވެސް ބަޔަކަށް ނުދެވޭ ދިވެހިން ނޫނީ ނޫޅޭނެ ހަނދު ރުބަޔަކަށް ލައިގެން ރަސްގެފާނަށް ވެދުމަށް އެރުވުމަށް ގެންދިޔަ ބައެއް
އުމަރުބެ
24 July 2019
ފަގީރުން ފާހާނާ ކޮށްލެވޭނެ ގޮތެއް ނެތި ދަނޑުވެރިން މާޔޫސްވެ އަމިއްލައަށް މަރުވާ ހިސާބުގައި މުޅިއިންޑިއާގައި ނާތަހުޒީބުކަން އޮއްވައި ހަނދަށް ދާން ތިކުރާ މަސައްކަތް ކުއްވެރިކުރަން..
ހާމިދު ޝާހިދު
24 July 2019
ހަދަށް ވާސިލުވުމަށް އޮތް އެންމެ ކުރި މަގަކީ ދިވެހި ރާއްޖެ. އެހެނީ ދިވެހި ރާއްޖެ ހިމެނެނީ އީކުއޭޓަރ މަތީގައިކަމަށްވެފައި، ވަށާއިގެން ކަނޑު އޮތުމުން، އުދުއްސާލުމުގެ ނުރައްކާ ކުޑަވުން. އެހެންކަމުން ދާދި އަވަހަށް، އައްޑު އަތޮޅު ނުވަތަ ފުވައްމުލަކުގައި ރޮކެޓް ލޯންޗަރ އެއް އިންޑިއާއިން ބެހެއްޓުމަކީ ވެދާނެކަމެއް.
ރަދީފް
24 July 2019
މަރުހަބާ އިންޑިޔާ.ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ހޯދާ ކާމިޔާބީއެއީ ފާހަނގަކުރަންޖެހޭ ކާމިޔާބީއެއް.ވ.ވެދުން
ހަނދު
24 July 2019
މަރުހަބާ ކިޔަންވާނީ ހަނދަން ދެވުމުން..އަދި ރޮކެޓް ދިޔަތަނެއްވެސް ނޭގެ.
ނީނނޭ
24 July 2019
ތިކުރެވުނި ވ ބޮޑުވަރު
ރަދީފުއްދީނުލް އަކްބަރު
24 July 2019
ރާއްޖެ މަރުހަބާކިޔާފާ ނުކިޔާނެކަމެއް ނޯންނާނެ.