ޓްރެއިނިން ސެންޓަރުގެ މަސައްކަތްތަކެއް ނިންމުމުގެ އެހީގެ ލިޔުން، އިންޑިއާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ، ޑިފެންސް މިނިސްޓަރު މާރިޔާއާ މިއަދު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެމްއެންޑީއެފް
24 ޖުލައި 2019 - 15:18
ޅ. މާފިލާފުށީގައި ގާއިމް ކޮށްފައިވާ، ދިވެހި ސިފައިންގެ ތަމްރީން މަރުކަޒުގެ މަސައްކަތްތައް ނިންމަން ރާއްޖެ އަށް އިންޑިއާ އިން އެއް މިލިއަން ޑޮލަރުގެ އެހީއެއް މިއަދު ދީފި އެވެ.
އެ ރަށުގައި ހަދާފައިވާ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމުމުގެ އެހީގެ ލިޔުމާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. މާފިލާފުށީގައި އޮތް ރަސްމިއްޔާތުގައި، އިންޑިއާގެ ފަރާތުން އެހީގެ ލިޔުން ހަވާލު ކޮށްދެއްވީ އެ ގައުމުގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރު ސަންޖޭ ސުދިރެވެ.
އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހަދަމުން އަންނަ މަރުކަޒެކެވެ. އެ ސެންޓަރު ބިނާކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިން ފިޔަވެއްސަކަށް ބަހާލައިގެންނެވެ.
ޓްރެއިނިން ސެންޓަރުގެ މަސައްކަތްތަކެއް ނިންމުމުގެ އެހީގެ ލިޔުން، ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނެނީ އެޑްމިނިސްޓްރޭޓިވް ބްލޮކް، ތިން އެކަމޮޑޭޝަން ބެރެކްސް، ފަޔަރިން ޝެޑް، ފަޔަރިން ރޭންޖު، ހެލްތު ޕޯސްޓް، އޮބްސްޓެކަލް ބެލްޓް، ދެ ރެކްރިއޭޝަން ބިލްޑިން އަދި އެ ތަންތަނަށް ބޭނުންވާނެ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތަކެވެ.
ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ހަދައި ނިމުމުން، އެތަން ވާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައި މަރުކަޒަށެވެ.
އެ ސެންޓަރު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެލިއާ ކޮންސްޓްރަކްޝަނާއެކު ޑިފެންސް މިނިސްޓްރީން ފުރަތަމަ ސޮއިކުރީ އޮގަސްޓް 5، 2014 ވަނަ އަހަރެވެ. އެއީ 9.4 މިލިއަން ރުފިޔާ އަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮސްކާ
24 July 2019
ތިހާ އެމްއެންޑީފް ޑެސްޕަރޭޓުކަން އެނގުނު ނަމަ އަހަރުން ލާރި ދިނީމުސް.
ބޮޑުމީހާ
24 July 2019
ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މިގައުމުގައި ތަނެއް ހަދާނީ ކޮންއިރަކު؟ އަބަދުވެސް ކޮންމެވެސް ގައުމެއްގެ ހިލޭ އެހީ. މިގައުމަށް ލިބޭ އާމްދަނީ ކޮންތާކަށްތަ ވަންނަނީ. މީރާއަށް މަހަކަށް ބިލިއަނުން ރުފިޔާ ވަދޭ.
އެހެންތޯ
24 July 2019
ކެ ކެ ކެ.. ކޯސްޓް ގާޑް ބިލްޑިންގ އަޅާ ނިމުނީތޯ؟ ޝަމާލް ތިޓަޔަރ ކުރައްވާއިރު ތޯއްޗެއް ތި ލާރި މިގައުމާ ހަމައަށް ލައްވާލާނީ.
އެޖެންޑާ ނަވާރަ
24 July 2019
1 މިލިއަން ޑޮލަރު ގެ ފުލުހުންގެ ތަމްރީނު މަރުކަޒެއް އިންޑިއާއިން އަޅަން އެއްބަސްވިތާ މިހާރު 12 އަހަރު ވެއްޖެ. 5 ތަނެއްގަ މަރުކަޒު އަޅާ ވަރުބަލިވެގެން މިހާރު އައްޑުގައި ހަމަ އެ މަރުކަޒު އަޅަނީ.. ނިމޭނެ ދުވަހެއް ބުނަންވެސް ނޭގެ.. އަމިއްލަ ރައްޔިތުން ބަނޑުހައި ހޫނުކަމުގައި މަރުވާ ގައުމަކުން މިލިއަނެއް ހަމަނުވާ ގައުމަކަށް އެއްމިލިއަން ޑޮލަރު ދޭނެތަ؟ ނޮޓް މޭކިން އެނީ ސެންސް..
ޣާރީ
24 July 2019
އަނެއްކާވެސް އަނދިރި އަނދިރިންގެ އަދިރިކަން މިޤައުމަށް ފެތުރެން މި ފެށީ .ދޮންބަންޑާއިން ނާއި، ގައުމީ ބަތލުން ފަދަ ބަޔަކު މިގައުމު ދިފާއުގައި ގުރުބާންވާން ޖެހޭ ބަޔަކު ނުނިކުމެ ލަސްވަނީ ކީއްވެ؟ ޢަހަރެންގެ ދަރިންނަށް މި ޤައުމުގަ ކާބަފައިން ގެނެސްދިން މިނިވަންކަށް ދިގުލައިދާނެ ކަމާމެދު ބިރުހީވޭ. ﷲ އަށް ވަކީލް
ބުދަ
24 July 2019
މި ސަރުކާރު އައިފަހުން ސިފައިންގެ ކަމެއްވެއްޖާ އިންޑިޔާ ހަމަ ހޭވައްލާ ތައްޔާރު..
ނުނިމޭނެދޯ
24 July 2019
އިންޑިއާ އިން ހަދާ ތަނެއް ދުވަަހަކު ވެސް ނުނިމޭނެ ދޯ އެކަން ފެނިގެން މިދަނީ އައިޖީއެމް އެޗް އަދި ވެސް ނުނިމޭދޯ 30 އަހަރުވީ ދޯ އިންޑިއާގެ އެހީދީގެން ހަދާތާ...
އެހެންތޭ
24 July 2019
ތިޔާ ތަނެއް އިންޑިއާގެ އެހީދީގެން އިމާރާތް ކުރާތާ ދެ ޑިކޭޑްސް ދަނީ ފާއިތުވަމުންނޭ ތިޔަށް ވުރެން ރަނގަޅު ވާނެ ސަރުކާރުގެ ޚަރަދުގައި ތިޔާތަން ހެދިނަމަވެސް...
ތިބެބަލަ
24 July 2019
1 މިލިއަނަށް ގަނެލީ.ދެން އަތް ޖަހާ އަތް ޖަހާ.
މަރޭމިތުރު
24 July 2019
ހާދަ ހެޔޮބައެކޭ އިންޑިއާ ބުނެބަލާށޭ! ހާދަ އެހީވެދެޔޭވެސް އަދު ބުނެބަލާށޭ!.................. އިންޑިއާވަރެއްގެ ހެޔޮ ގައުމެއް ރާއްޖެއަކަށް ހުވަފެނަކުވެސް ނުލިބޭނެ. ދީލަތި އެހީތަކެއް. މިއީ މުޅި ރައްޔިތުން އުފާކުރަން ހައްގުކަމެއް. މިތަނަށް ލިބޭ ކޮނެމެ ދެރައެއްގައި އެހީއެވަނީ މައިންބަފައިންފަދައިން. މަގޭ ހެޔޮދުޢާ އިންޑިއާއަށް.
އޮޅޭހޭ
24 July 2019
މައިންބަފައިން ފަދައިން އެހީވާ ރަގަޅު ބަޔަކު، ގައުމު ބަނޑަށްޖައްސާ އާއްމު ރައްޔިތުންނަށް ދަތިވާ ކަހަލަ ކަންކަން ކުރޭތަ؟ އެމީހުން ބޭނުންވާވަރަށް މިގައުމުގައި ބާރު ނުހިންގޭފަދަ ވެރިއަކު އައިމަ ދަތިކުރީ އާއްމު ރައްޔިތުންނަށް. އެހީ އެވަނީ ޑިފެންސްގެ ދާއިރާއިން ގިނައިން. ދިވެހިންނަށް އެންމެ ބޭނުންވާ ސިއްހީ ދާއިރާ ތަރައްގީކުރަން ދެނީ އެމްބިއުލަންސް ކޮޅެއް. އެގައުމަށް ފަރުވާއަށް ދިއުން މަދުވާނެފަދަ އެއްވެސް ބޮޑު އެހީއެއްނުވޭ. އިޚްލާސްތެރިކަން ފެނޭތަ؟
މަރޭމިތުރު
24 July 2019
އޮޅޭހާއަށް. އެހެންވެ އހަރެމެން ބުނަނީ އބަދުވެސް އަވައްޓެރިންނާއި ގުޅުން ބާއްވާށޭ. ވަކިވެގަތުމަކީ ނިކަމެތިކަމެކޭ!
އޮޅޭހޭ
24 July 2019
މަރޭ ތިބުނަނީ އެމީހުން ބޭނުންވާހާ ކަމެއް މިގައުމުން ކޮށްދޭށޭ އެމީހުން ރުއްސަން؟ ޔާމީން އިރުވެސް އެމީހުން ގައުމުގެ މީހުން ކޮށްގެން އުޅުނު އިންވެސްޓްމަންޓްތަކަށް ބުރުލެއްނާރާ. ކުރިއަށް ދިއައީ. އެއްބަސްވުންތައްވެސް އެމީހުންނާއެކު ކޮށްފަ ހުރީ. އެކަމު އެމީހުން ބުނާހާ ގޮތެއް ހެދިގެން ދަށުވެގެން އަޅުވެތިވެގެން އުޅޭކަށް ނުޖެހޭ މިގައުމު ކުޑައަކަސް. އެމީހުން ހުށަހަޅާ އަޑިނޭގޭހާ ކަންކަމަށް އެއްބަސްވާކަށްނުޖެހޭ. އެހާ ބަލިކަށިބައެއްތަ ދިވެހިންނަކީ؟