ލާމު އަތޮޅު ލިންކު ރޯޑު.-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ
14 ސެޕްޓެމްބަރ 2016 - 15:54
ރާއްޖޭގެ އެންމެ ބޮޑު މަގު، ލާމު ލިންކު ރޯޑުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޖިޕެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުސް އޮފީހުން ބުނީ މިއަދު މެންދުރު ފަހު ދޭއް ޖަހާކަންހާއިރު ލ. ގަމުން މާންދުއަށް ދިޔަ ޖިޕު ފުރޮޅާލީ، މާންދުއާ ދިމާލުން މަގުގެ ބެންޑަކުން ނައްޓާލަން އުޅުމުގެ ތެރޭގަ އެވެ.
"ކުރިމަތިން އެހެން ވެހިކަލެއް ވެސް ނާދޭ. ބާރު ސްޕީޑެއްގައި އައިސް ބެންޑުން ކަޓުވާލަން އުޅެނިކޮށް ފުރޮޅާލީ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި ބިދޭސީ ފިރިހެނަކަށް އަނިޔާތަކެއް ލިބުނު ކަމަށެވެ. އެކަމަކު އޭނާއަށް ލިބުނު އަނިޔާތަކެއް އަދި ހާލު ސީރިއަސްކަމެއް އެނގިފައެއް ނުވެ އެވެ.
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މިއަދު އަދި އެތަނަށް ނުގެންދާ ކަމަށެވެ.
މިއީ ލާމު ލިންކު ހެދިފަހުން އެތަނުގައި ހިނގި މި ފަދަ ދެ ވަނަ ހާދިސާ އެވެ. ބޮޑު އީދުގައި ޝޯ ދިނުމަށް ގަމަށް ގޮސް އުޅެނިކޮށް ލަވަ ކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ޓީމު ދަތުރު ކުރި ކާރެއް ވެސް ވަނީ މި މަގުގައި އެކްސިޑެންޓްވެ ބައެއް މީހުންނަށް އަނިޔާވެފަ އެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު މި މަގުގައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ގަމު ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގގ
16 September 2016
ރީތި ސިޓީއެއް ޗުއްޓީ ހޭދަކުރަން ދިވެހިން ގޮސްއުޅެން ރަގަޅު ގޮތުގައި ހިދުމަތް ލިބޭނެ ތަނެއްގެ ގޮތުގައި ފެނިގެން ދިއުމަކީ އުއްމީދެއް!
ބުރިންޓޯ
14 September 2016
ހުޅުމާލޭ ބުރިޖު އެޅީމަ މަގޭ ރޭސް ސައިކުގައި ދުއްވާ ދައްކާލަން....ޓަޔަރު ބޮޑުނުވީމައި ތި ކަހަނީ..
މުންޑޫ
14 September 2016
ލާމު ގަމު މީހުން އުތުރިއަރަނީ.....އުދުހެނީ...ބަލަ ބޮޑު މަގެށް ހެދިޔަސް ތަންކޮޅެށް ބަލައިލައިގެން އުޅެބަލަ.....
އަހުމަދު
14 September 2016
އައްޑޫ ލިންކްރޯޑްގައި އެކްސިޑެންޓް ވުމުން މަގު ގޯސްވަނީ.އަދި ފުލުހުން މަގުގައި ފޫޓަކުން ފޫޓަކުން ނެތިގެން އެވާހަކަ ދައްކަނީ.މިހާރު ޔަގީންވާނެ މަގު ފެނުމުން މޮޔަ ބޮޑުވެެން އުޅޭތީވާގޮަތްކަން..
މަރޭމިތުރާ
14 September 2016
މާބާރައް ދުއްވުންވެސް ބޮޑުގޯހޭ!! ދާބާރެއް ނުބެލޭކަން "ފުލުހުންނަށް"މާގޯހޭ!!
ޑރމިސަސް
14 September 2016
ޖިޕްގެ ވެރިފަރާތަށްވެސް ގެއްލުންބޮޑު.ހަރަދުކުޑަކުރަން ބޭރުމީހުން މޮގެންގުޅެނީ!ލިބޭ ގެއްލުން މާބޮޑުވާނެ.ޑރ ލައިސްންސް ހިފަހައްޓަންޖެހޭ ސަބަބަކީ އޭނަ ގަވާއިދާއި ހިލަފައް ދުއްވީ ނަސީބެއް މީހަކު މަރުނުވިކަން.މީހުން ނެތްކަން ނަސީބެއް.
އެމްސް
14 September 2016
މިއީ ކޮން ބައެއްގެ ޖިޕެއް ކަމެއް ނޭގުނު، ޢާއްމުކޮށް ޖިޕް ގެންގުޅެނީ ފުލުހުން!
ހަސަން.
14 September 2016
ދިވެހިން މީ ކޮންމެ ކަމެއްގައިވެސް ހައްދުން ނައްޓާފައި ތިބޭ ބައެއް.
ލޮލާ
14 September 2016
އަނަދަރ ލިންކު ރޯޑް އޮފް ޑެތު!
ނަތަންޔ
14 September 2016
ކުޑަކުދިންވެސް ފުރަތަމަކޮޅުގަ ތަންތަނުން ވެއްޓޭނެ، އެއީ މައްސަލައެއްނޫން، 100 ވަރަކަށްމީހުން އެކްސިޑެންޓްވެގެން މަރުވިޔަސް، އަދި އެހާފަސޭހައެއްކޮށް ހޭނާރާނެ، އައްޑޫ ލިންކްރޯޑްގަވެސް ވަނީ ހަމަ ތިހެން.