ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--ފޮޓޯ:މުހައްމަދު ޝަރުހާން/މިހާރު
29 ޖުލައި 2019 - 16:35
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު، ދައުލަތުން ރިކަރަންޓް ހަރަދަށް ހޭދަކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރިކަރަންޓް ހަރަދުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހު ނުވަ ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެކަމަމު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައި ވަނީ 8.3 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަހު މުސާރަ އާއި އިނާޔަތްތަކައް ހޭދަކުރި މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މި އަހަރު ފުރަތަމަ ހަ މަހު 4.8 ބިލިއަން ރުފިޔާ ހަރަދު ކުރި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މުސާރައާއި އިނާޔަތްތަކަށް ހޭދަވީ 4.5 ބިލިއަން ރުފިޔާ އެވެ.
އިދާރީ ހަރަދުތަކަށް މި އަހަރު 3.8 ބިލިއަން ހަރަދު ކުރި އިރު މިދިޔަ އަހަރުގެ ހޭދަ އަކީ 3.7 ބިލިއަން ރުފިޔާ އެވެ. ދަތުރުފަތުރާއި ސަބްސިޑީ އާއި މެއިންޓަނަންސަށް ކުރި ހޭދަވެސް މި އަހަރުގެ ފުރަތަމަ ހަ މަހު ބޮޑެވެ. މިދިޔަ އަހަރު ދަތުރުފަތުރަށް 77 މިލިއަން ރުފިޔާ ހޭދަކުރި އިރު މިއަހަރު ވަނީ 91 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ދައުލަތުން ސަބްސިޑީތައް ދިނުމަށް ކުރި ހޭދަ ވެސް މި އަހަރު ވަނީ 100 މިލިއަން ރުފިޔާ ބޮޑުވެފަ އެވެ. އަދި މެއިންޓަނަންސަށް ކުރި ހޭދަ 81 މިލިއަން ރުފިޔާ އިތުރެވެ.
ރިކަރަންޓް ހަރަދު ބޮޑުވި ނަމަވެސް މި އަހަރުގެ މިހާތަނަށް ސަރުކާރުން ހޭދަކުރި މިންވަރު މިދިޔަ އަހަރަށް ވުރެ ކުޑަ އެވެ. އެގޮތުން، ފުރަތަމަ ހަ މަހު މި އަހަރު 11.7 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު މިދިޔަ އަހަރު ހަރަދު ކުރީ 12.7 ބިލިއަން ރުފިޔާ އެވެ. މީގެ މައިގަނޑު ސަބަބަކީ މަޝްރޫއުތަކަށް ހޭދަކޮށްފައިވާ މިންވަރު ދަށްވުމެވެ. މިދިޔަ އަހަރު މަޝްރޫއުތަކަށް ކުރި ހޭދަ 4.4 ބިލިއަން ރުފިޔާގައި އުޅޭ އިރު މިއަހަރުގެ ފުރަތަމަ ހަ މަހު ހޭދަކުރި ވަރު އުޅެނީ 2.6 ބިލިއަންގަ އެވެ. އެހެން ކަމުން މިދިޔަ އަހަރަށް ވުރެ މި އަހަރު މަޝްރޫއުތަކަށް ހޭދަކުރި މިންވަރު ގާތްގަނޑަކަށް ދެ ގުނަ ދަށެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ސަރުކާރުން މަޝްރޫއުތައް ފެށުން ލަސްވަނީ، ކުރަން ޖެހޭ ދިރާސާތައްކޮށް، މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ކަންކަމަށް ވަގުތު ނަގާތީ އެވެ. މިއީ، ވެރިކަމާ ހަވާލުވެ ފުރަތަމަ އަހަރު އެންމެ ގިނަ މަސައްކަތްތައް ކުރި ސަރުކާރަކަށް ވާނެ ކަމަށް ފިނޭންސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
30 July 2019
އަދިވެސް އެކްޓިވިސްޓުންނަށް ދޭންވާވަޒީފާތައް ހަމައެއްނުވޭ. ކަމެއްނުކޮށް ނަމެއްގާތިބޭ ގިނަބަޔަކަށް ވަޒީފާދެންޏާ ރިކަރެންޓް ޚަރަދު ވާނީހައްތަހާވެސްބޮޑު. މިއެންމެނަށް ވަޒީފާދޭން އެބަޖެހޭ.
އޮސްކާ
30 July 2019
ރައީސް ޔާމިނަށް ވޯޓު ނުދެވުނީމާ ދެރަވޭ. އެމަނިކުފާނު މިހެންވާނެކަން އިންތިހާބުގައި ބުނި. މަގޭ ގައުމު އެމްޑީޕީން ހަލާކުކޮށްފި....
އޮސްކާ
30 July 2019
ދެންވެސް ބުނޭ ރައީސް ޔާމީނާ ހެދި ވީކަމެކޭ..... އަބަދުވެސް ނަންވީ ރައީސް ޔާމީނު ހަރަދުބޮޑުކަން. ކަމުން މިސަރުކާރު ހުރިހާ ގޮތަކުންވެސް ގޯސް. ތިމާ ޕާޓީ މީހާއަށް ބަދަލު ދޭންވީމާ މިލިއަނުން ބިލިއަނުން ކޯޓުން ބޭރު ފައިސާ ދެވޭ. ފުލެޓު ގަނޑު ނިންމަން ބުނީމާ ލާރި އެއް ނެތް. ޔާމީނު ލާރި ކާލީ. ވައްކަން ކުރީ....
ނަންނުޖަހާ
30 July 2019
މިދިޔަ ސަރުކާރަށް ވުރެ މިސަރުކާރު މަޝްރޫޢުތައް ހިންގުމުގައި ސްލޯވިޔަސް މާރަނގަޅު..... ސަބަބަކީ މަޝްރޫޢުތައް ރޭވުމުގައި ކައުންސިލް ގެ ރޯލް ބޮޑު ކޮށް މަޝްރޫޢުތައް ރަނގަޅަށް އަދި ފުރިހަމަކޮށް ރޭވުން.....ނަމަވެސް މިސަރުކާރުން ރަނގަޅު ކުރަން އެބަޖެހޭ މަޝްރޫއުތައް ސެލެކްޓް ކުރުމުގައި.....ކުދިކުދި އާބާދީއަކަށް ވުރެ ބޮޑެތި އާބާދީއަކަށް އިސްކަން އެބަދޭންޖެހޭ.....ބޮޑެތި އާބާދީ ތަކުން މައިގްރޭޝަން ހުއްޓުވުން ވ މުހިންމެވެ
ދިގުރަ
30 July 2019
ބައިވަރު ޕާޓީ ގުޅިގެން ވެރިކަން ކުރީމަ ވަޒީފާ ދޭންޖެހޭ މީހުން ގިނަވަނީބާ. ސަރުކާރު މަތިބަރުވާތަން މިފެންނަނީ.ރިކަރެންޓް ޚަރަދު ބޮޑުވުމަކީ ދެރަކަމެއް.އެންމެން ސަރުކާރަށް ނުވައްދާ ޕްރައިވެޓް ސެކްޓަރ ފުޅާކޮށް ކުދިވިޒަފާރިތައް ކުރިއެރުވުމަށް އަދިވެސް ފުރުސަތުތައް އިތުރު ކުރަންޖެހޭ.އަންނަ އަހރު މުސާރަ ބޮޑު ކުރީމަ އަދި މިއަށްވުރެ ޚަރަދު ބޮޑުވާނެ. ކޮން އިރަކުބާ މަހުޖަނުންގެ އާމްދަނީން ޓެކްސް ނަގަނީ. ބިލެއް މަޖިލީހަށް ވައްދަން ހަމަ އެހާ ދުވަސް ނަގާތަ.
ރޯނުއެދުރ
30 July 2019
100 ދުވަސް ހަމަނުވާ ސެލްފީ ރައީސް ފިލްމުކުޅުއްވީމަ އަތްތިލަބަޑިޖަހަންތިބޭ. އޭރުން ހުރިހާކަމެއްހުންނާނީ ހަމަވެފަ. އަމިއްލަޔައް ވަޅުކޮނުނީ، އަމިއްލަޔައް އެރިތިބޭ.
ޡުލޭ
30 July 2019
އިބޫ އަށް ވޯޓްދިނީ ކޮންބައެއް..؟
ވާދޫ ނޫރޭ
30 July 2019
މިސަރުކާރަކީ ރައީސް ޔާމީން ސަރުކާރަށްވުރެ އިސްރާފްބޮޑު އަދި ހިންގަން ނޭގޭ ރައީސަކު ހުރި ސަރުކާރެއް. ވީމާ އިސްތިއުފާދީފަ އަނެއްކާވެސް ރައީސް ޔާމީން އާއި ހަވާލުކުރޭ. އޭރުން ތަރައްޤީ ކުރިއެކޭ އެއްގޮތަށް 24 ގަނޑީގައި މަސައްކަތްކޮށް ކުރިއަށް ދާނެ.
އިޔާސް
30 July 2019
މިއޮތީ ހޭދަކުރުމުގައި ރައީސް ޔާމިންގެ ސަރުކާރަށްވުރެ މާގަޅިކޮށް.
އިބްރާހިމް
30 July 2019
އެޖެންޑާ19ގެ ދަށުން ގައުމު ހިންގާ ގޮތް ސާފުކޮށް މިއޮތް އެގެނީ. އެއްބިލިޔަން 6 މަސްތެރޭ އިތުރުވީ , އެފައިސާ ދަށްކަނީ ރައްޔިތުންގެ ޓެކްސްފައިސާއިން ރައްޔިތުން. 365 ދުވަހު ނުވަތު 1 އަހަރު ދުވަހުތެރޭ ޔާމީންގެ ވެރިކަމަށްވުރެ އިބޫގެ ވެރިކަމުގައި 2 ބިލިޔަން އިތުރަށް. ކުރެވުނުކަމަކީ ރީދޫ ކުދިންގެ ޖީބު ފުރާލުން