ބީއެމްއެލް: އެ ބޭންކުން ރިޔާސީ ކޮމިޝަނާ ދެކޮޅަށް ދައުވާކުރާ މައްސަލާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައި -- ފޮޓޯ/މިހާރު
30 ޖުލައި 2019 - 15:02
ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ސިވިލް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ބީއެމްއެލް އިން ދައުވާކުރަނީ ތަހުގީގުތަކަށް މައުލޫމާތު ދޭން ޖެހެނީ ކޯޓު އަމުރެއް އޮވެގެން ކަމަށް ކަނޑައަޅައި ދިނުމަށާއި އެފަދަ އަމުރެއް ނެތީސް މައުލޫމާތެއް ނުދީގެން ބޭންކްގެ އެއްވެސް މުވައްޒަފާ ދެކޮޅަށް ފިޔަވަޅު ނޭޅޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެވެ.
އެ މައްސަލާގައި ހިމެނޭ ފަރާތްތަކަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު މިއަދު ވަނީ އަޑުއެހުންތައް ނިންމާލައިފަ އެވެ. އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުމެވެ. ހުކުމް އިއްވާނީ އަންނަ މަހުގެ ކުރީކޮޅު ނުވަތަ އީދު ބަންދަށް ފަހު ކަމަށް އެ މައްސަލަ ބައްލަވާ އިސް ގާޒީ އަބްދުﷲ އަލީ އިއުލާން ކުރެއްވި އެވެ.
އެ މައްސަލާގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ތަދައްޚުލްވެފަ އެވެ.
އެ މައްސަލަ ކޯޓުން ނިމެންދެން، ކޯޓު އަމުރެއް ނެތި އެއްވެސް މައުލޫމާތެއް ނުދިނުމަށާއި އަދި އެފަދަ މައުލޫމާތެއް ނުދީގެން މުވައްޒަފުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ވަގުތީ އަމުރެއް ނެރެދޭން ވެސް ބީއެމްއެލް އިން އެދުނެވެ. އެކަމަކު އިއްޔެ ކޯޓުން ނިންމާފައިވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުުނިފޫ
30 July 2019
ތިޔަ އުޅެނީ ކަންކަން އިސްލާހު ކުރާކަށް ނޫން. ކެނެރީގޭ ޚާންދާނު މީހުން ހުރިހާ ބާރުތަކަކަށް ސަވާރުވާން ކުޅޭ ޑްރާމާއެއް. މާލީ އިދާރާތަކާ ކުލުމުަކީ ނުރައްކާ ހުރި ކަމެއް
ބޮޑުމީހާ
30 July 2019
އިއްޒަތްތެރި ގާޒީ. ގައުމަށް ހެޔޮ އެދެންޏާ ހުކުމް ކުރަންވީ އެކަމުގައި ބައިވެރިވި ހުރިހާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކޮށް ޖަލަށްލާން
މަރޭމިތުރު
30 July 2019
ކޮރަޕްޝަންތައް ބަލާ މުޖުރިމުން ހޯދާށޭ! ކޮރަޕްޓް މުއައްޒަފުންނަށް ދައުވާކުރާށޭ!........................ ބެންކުން ކޮރަޕްޝަން ހިނަގި މީހުންނާއި މެދައް ދައުވާކުރަންގޮވާލަން.
ހަބީބާ
30 July 2019
ޝުކުރިއްޔާ ކަސްޓަމަރުންގެ މައުލޫމާތު ޕްރޮޓެކްޓް ކުރުމަށް ބޭންކުން ތިކުރާ މަސައްކަތަށް.. ކޯޓް އަމުރަކަށް އެދުމަކީ އެހެން ގައުމުތަކުންވެސް އަމަލު ކުރާ އުސޫލު.. އެކަން ކުރަނީ މައުލޫމާތު އެބިޔުސް ކުރުން ހުއްޓުވައި މީހުންނަށް ބިރުދެއްކުން ހުއްޓުވަން. ސަރުކާރުން މިކަމާ ދެކޮޅު ހަދަންޖެހޭ ސަބަބެއް ނޭންގެ.