ގދ. ނަޑެއްލާގައި ރޭ ހިނގި އެކްސިޑެންޓްގައި ގެއްލުން ލިބުނު ސައިކަލް. ސައިކަލް ދުއްވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު
31 ޖުލައި 2019 - 11:46
ގދ. ނަޑެއްލާގައި ރޭ މެންދަމު، ބަލި މީހަކު ގޮވައިގެން ދުއްވި އެމްބިއުލާންސެއްގައި ސައިކަލަކުން ޖެހި ސައިކަލް ދުއްވަން އިން މީހާ އަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ރޭ މެންދަމު 12:36 ހާއިރު، ނަޑެއްލާ ބަނދަރު ސަރަހައްދުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އޭނާ ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ސައިކަލް ދުއްވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުނި ނަމަވެސް ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ގދ. ނަޑެއްލާގައި ރޭ ހިނގި އެކްސިޑެންޓްގައި ގެއްލުންވި އެމްބިއުލާންސް
ފުލުހުން ބުނިގޮތުގައި، ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ވެހިކަލް ދުއްވުމުގެ ލައިސަންސެއް ނެތެވެ. އަދި އެ އެކްސިޑެންޓްގައި ސައިކަލަށާއި އެމްބިއުލާންސަށް ބޮޑެތި ގެއްލުންތައް ލިބުނު ނަމަވެސް އެމްބިއުލާންސް ދުއްވަން އިން 37 އަހަރުގެ މީހާއަށް ކަމެއް ނުވެ އެވެ.
އެ އެކްސިޑެންޓްގެ މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ބަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެވީ
01 August 2019
އެމްބިއުލަންސްގައި ސައިކަލް ޖެހުމުން ސައިކަލްގައި އިން މީހާ އެ އެމްބިއުލަންސަށް ލައިގެންތަ ގެންދިއައީ؟
ހުސްނު
31 July 2019
އެއީމީގެ ދެތިންދުވަސް ކުރިއެވެ. ހައުސިންގ މިނިސްޓްރީން ހުޅަގުން އޮތްމަގުން އެނބުލަންސް ސައިރަން އާއެކު ބަރުގޮނު އަޅާތީ ބަލާލި އިރު ކަބަލަކު އެމްބިއުލަސް ކުރިމަތީ ބާރައްދުއްވަނީއެ. އަހަރެން އާހަމައައް އެސާކަލް އާދަވުނުތަނާ ގަސްތުގަނޫން ގޮތަކައް ވަރައްބާރައް ހަޅޭއްލާގަނެވުނެ .އަދި ސައިކަލް އަމީނީމަގު ކަންމައްޗައް މަޑުކުރިއެ. އަހަރެން އައްބުނެވުނެ މީއަހަރަމެން ދިވެހިންގެ ދުއްވުމުގެ އަހުލާގީ މިންގަޑުހުރިވަރެ.