ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި. ބީއެމްއެލްގެ މައްޗަށް އެކި ގޮތްގޮތުން ތުހުމަތު ކުރެވިފައިވާ ކަމަށް ވިދާޅުވި.--- ފޮޓޯ: މަޖިލިސް
31 ޖުލައި 2019 - 13:06
ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުބާރު ހިފޭ ތަނަކަށް ވާ ތަން ދެކެން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އެ ބޭންކްގެ އާ ބޯޑަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަރުހަބާ ދަންނަވައިފި އެވެ.
ބީއެމްއެލްގެ އާ ބޯޑަށް ތައުރީފް ކުރައްވައި މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، އެ ބޭންކުގެ ކްރޮސްޕޮންޑެންޓް ބޭންކްތަކާއި އެ ތަނާ މުއާމަލާތް ކުރާ އެހެން މާލީ ގިނަ އިދާރާތަކަކުން ބީއެމްއެލާ ގުޅޭ ބައިވަރު ޝަކުވާތައް ކުރަމުންދާ ކަމަށެވެ. އަދި ބީއެމްއެލްއާ ގުޅޭ ގޮތުން މަޖިލިހުގެ ތަޅުމާއި ކޮމިޓީތަކުގައި ވެސް މަޝްވަރާ ކޮށްފައިވާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
ބީއެމްއެލްގެ މައްޗަށް އެކި ގޮތްގޮތަށް ތުހުމަތުތައް ކުރެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި މަޖިލިހުގެ ގިނަ މެމްބަރުންނާއި އަޅުގަނޑު ވެސް މި ދެކެނީ އިތުބާރަކީ ސާފުވެގެން އަންނަ އެއްޗެކޭ. ކަންކަން ފޮރުވީމާ އުފެދޭ ކަމެއް ނޫނޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލިހުގެ މެމްބަރުންގެ ވާޖިބަކަށް އަދި އަމާޒަކަށް ވާނީ ބީއެމްއެލްގެ މައްޗަށް މުޅި ދުނިޔޭގެ މާލީ އިދާރާތަކާއި ދިވެހިންނާއި ވިޔަފާރިވެރިންގެ އިތުބާރު ބޮޑުކޮށް ދިނުމެވެ. އެކަން ކުރުމަށް ބޭންކް "ސާފު" ކުރުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި ނަޝީދު ވިދާޅުވި އެވެ.
"އެކަން ކޮށްދިނުމަށް ބޭންކް ސާފުކޮށް، އެބަ ސާފުވާން ޖެހޭ ކުރެވިފައި ވަނީ ކޮންކަމެއްތޯ ނުކުރެވި ވަނީ ކޮން ކަމެއްތޯ، ވަކި ކަމެއް ކުރީ ކާކުތޯ، ކިހިނެއްވެގެންތޯ؟ މި ސުވާލުތަކުގެ ޖަވާބު އަޅުގަނޑަށް ޔަގީން ދާނީ ލިބެމުން. ބީއެމްއެލްގެ އިތުބާރު ވެސް ރައްޔިތުންގެ މެދުގައި ދާނީ ބޮޑުވަމުން،" ނަޝީދު ވިދާޅުވި އެވެ.
ބީއެމްއެލަކީ އިތުބާރު ހިފޭ ތަނަކަށް ހަދަން ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވި އިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އެ ބޭންކުގެ އިހުމާލު އޮތް ކަަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. މާލިއްޔަތު ކޮމިޓީގައި ޗެކްތަކާ ބެހޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގު ކުރާއިރު، އެކަން ހުށަހެޅީ ރައްޔިތުންގެ މަޖިލިހުންނެވެ.
އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ހަ ޗެކް ބީއެމްއެލުން އެސްއޯއެފަށް ޖަމާކުރި ކަމަށް ކޮރަޕްޝަންގެ މައްސަލަތައް ބަލަމުން އަންނަ ރިޔާސީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބީއެމްއެލްގެ އިހުމާލާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި މެމްބަރުން ޝަރީފާ ސުވާލުކުރުމުން އޭނާ ބައެއް ވާހަކަތައް ވިދާޅުވީ ހަގީގަތް ފޮރުވަން އޮޅުވާލައިގެން ކަމަށް މަޖިލިހުން ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި ފަހުން ބެލި ބެލުމުން އެކަން ސާފުވެފައިވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ޝަރީފް ދޮގު ހެއްދެވި ކަމަށް ތުހުމަތު ކުރަނީ އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން ނޮޓް ނެގޯޝިއަބްލް ޗެކްތަކެއް ވެސް ބީއެމްއެލުން އެސްއޯއެފަށް ޖަމާކޮށްދިން ކަމަށް ބުނާ މައްސަލައިގަ އެވެ.
ނޮޓް ނެގޯޝިއަބްލް ޗެކްތައް ޖަމާކުރަން ޖެހޭނީ ހަމައެކަނި ޗެކްގައި ލިޔެފައި އޮންނަ ފަރާތުގެ އެކައުންޓަށެވެ. އެކަހަލަ އެއްވެސް ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނެ ކަމަށް، ފެށުނީއްސުރެ ބީއެމްއެލުން އަންނަނީ ބުނަމުންނެވެ. މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވެސް އެ ބޭންކުން ތަކުރާރުކޮށް، ބުނަމުން ދިޔައީ އެފަދަ ޗެކެއް ޖަމާކޮށްފައި ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނާނާ
01 August 2019
މަޖިލިހަށް 2 ދައުރަށް ވުރެ އިތުރަށް ކުރިމަތި ނުލެވޭގޮތް ހަދަން ޖެހޭ. އާވިސްނުންތަކަށް ޖާގަދޭން.
ފުޑެނީ
01 August 2019
ދިވެހި ދައުލަތުގެ މުވައްސަސާތަކުގެ އަގުވައްޓާލައިފި ރަގަޅަށް ހިގަހިގަ ހުރި ބޭންކެއްގެ ދުވަސް ދުއްވާލާއިފި ގައުމު ފުޑެނީ ރައްޔިތުން ފުޑެނީ އިގްތިސާދު ފުޑެނީ ކޮންމެ ދުވަހަކު މާމޮޅޭ ހެދިފަ ތިގޮޑީގެ އިދެގެން ތިހާވަނީ ހަޑި އަދި ތިހާވާ ހަޑިން މިގައުމު ވެއްޓޭނީ ފުންވަޅުގަނޑަަކަށް ރައްޔިތުން ނޭ ހޭއަރާ
އާޖުފާޖު
01 August 2019
ރައްޔަތުންގެ މަޖިލިހާ އެތާނގެ ރައީހަކީ ވެސް އިތުބާރުހިފޭ ފަރާތްތަކަކަށް ވާތަން ނިކަން ދެކޭހިތްވޭ.
ރަންނަމާރިޔާ
01 August 2019
މިމީހުން އަގައިން އިތުބާރު ކިޔަން ލަދުނުގަންނަކަން...
ދޮގެއްތަ؟
01 August 2019
ތިކަހަލަ މީހުން ކަންކަމުގަ ބަސް ބުނާ މަގާމުތަކުގަ ތިބެގެން ތިކަމެއް ނުވާނެނު. ކަންކަމަށް ލާއިގު ނޫން މީހުން އެތަނެއްގެ ކަންކަމާ ވާހަކަ ދައްކަން ހަވާލުވެއްޖެނަމަ އެތަނެއް ހަލާކުވެދާނެކަން މީ ނަބަވީ އިރުޝާދުންވެސް އެނގެން އޮތް ކަމެއް.
ޢަލއ
31 July 2019
ކޮން ފޮނިވާހަކައެއް ދައްކާކަށް، ކުރިންވެސް އެމްޑީޕީ އައިސް ބޭންކާ ދިމާކޮށްލީ، މިފަހަރުވެސް ތިހަދަނީ އެހެން، މިކަމުގަ އެބައުޅޭ ކޮންމެވެސް ނޭންގާނީކަމެއް، ހީވަނީ ބޭންކް އޮފް މޯލްޑިވްސް ކުރިއަރައި މުޅި ރާއްޖެއަށް ފުޅާކުރުމުން މިހާރު ހުރި އެހެން ބޭންކްތައް އުޅެނީ ވަރަށް އަޑީގަ، އެހެންވީމާ އެފަރާތްތަކާ ޚާއްޞަކޮށް އިންޑިއާ ބޭންކާ ގުޅިގެން ހިންގާ ޖަރީމާއެއްކަމަށް ތުހުމަތުކުރަން، ކޮމެންޓް ނުޖެހިއަސް އެޑިޓަރަށް ފެންނާނެއެއްނު، މަގޭވާޖިބު އަދާވީ.
އަލީބަލީ
31 July 2019
ބޭންކުގެ ފަރާތުން ޝަރީފް ދީފައިވަނީ ތެދު މަޢުލޫމާތުކަން ވަނީ ބޭންކް އިން ޔަގީން ކޮއްދީފަ. ރައީސް ނަޝީދު އުޅެނީ މަޖްލިސް ރައީސް އަކަށް އިނދެ ސަރުކާރާއި ސަރުކާރު ކުންފުނިތައްވެސް ކޮންޓްރޯލްކުރަން. ސަރުކާރު ފަރާތުން ބޭންކް ބޯޑަށް ޝަރީފްގެ ނަން ފޮނުވަނީ ސަރުކާރަށް އިތުބާރު ކުރެވޭ މީހަކަށް ވީމާ. އަންނި ނުރުހޭ މީހެއް ވީމާ މިހާރު ބޯޑު އެކުލަވާލަން މިޖެހުނި ސަރުކާރުގެ އެއް ޑިރެކްޓަރ ނެތި.
އަހްމަދު
31 July 2019
އިންޑިޔާ ބަޔަކާ ހަވާލުކުރަންވީ... އޭރުން ރަނގަޅުވާނީ
ކާށި ހޯނު
31 July 2019
އާ ދެން ކަލޭ ތިޔަ ހެން ކިޔާ.. ބީއެމްއެލްގެ އަގު ވަޑާލާފައި. ހުރެގެން އެތަނުގެ އަގު ހިފަހައްޓަށް ވާހަކަ ދެއްކުވުން އަހަރެމެންނަށް ވަނީ ޖޯކަކަށް.. ހަމަ ތިޔަ ގޮތަށް ފުލުހުންނާއި ސިފައިންގެ އަގު ވަޑާލީވެސް. ލަދު ހަޔާތެއްވެސް ނެތް.. އަންނި އިސްތިއުފާ..
ހައްޕަޑު
31 July 2019
ލަފާ ކުރެވޭ ގޮތުން އެޖެންޑާ ނަވާރާއިގަ ބީއެމްއެލްވެސް 'ބަނގުރޫޓު' ވެގެން ހިއްސާ ވިއްކާލަން ވަނީ ރެޑީ ކޮށްފަ. މައިސަރުކާރުގެ މަތިމަސް ކުމާރު މެން ތިބޭނީ ފައިސާ ބޮނޑި މަޖިލީހަށް މިހާރު އުކާލަ އުކާލަ.