02 އޯގަސްޓް 2019 - 18:57
އިންޑިއާ އަށް ދިޔަ ޓަގް ބޯޓެއްގައި ފިއްލަވަން މަސައްކަތްޕުޅު ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދިވެސް ހުންނެވީ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައި އެ ބޯޓުގައިކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ޓަގް ބޯޓުގެ ފަޅުވެރިއަކަށް ވެގެން ފިއްލަވަން އުޅުއްވި އަދީބު އިއްޔެ މެންދުރު އިންޑިއާ ފުލުހުން ހިފަހައްޓާފައިވާއިރު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އަދިވެސް އޭނާ ހުންނެވީ ޓަގް ބޯޓްގަ އެވެ. މިހާތަނަށް އެމަނިކުފާނު ބޯޓުން ބާލައިފައެއްނުވެ އެވެ.
އިންޑިއާގެ ނޫސްތައް ބުނާގޮތުން އެ ގައުމުގެ ފުލުހުން އަންނަނީ އަދީބާ ސުވާލު ކުރަމުންނެވެ.
އަދީބުގެ ބައިނަލްއަގުވާމީ ވަކީލުން ވަނީ އަދީބަށް އިންޑިއާއިން ހިމާޔަތް ދިނުމަށް އެދިފަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިންޑިއާއިން އަދި ވަކި ގޮތެއް ނުނިންމަ އެވެ. އިންޑިއާއިން އެކަމާ މެދު ގޮތެއް ނިންމާފައިނުވާއިރު އަދީބާ ހަވާލުވުމަށް ރާއްޖޭގެ ފުލުހުން އިންޑިއާއަށް އެބަ ދާ ކަމަށް ވެސް އެ ވަކީލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަދީބު ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވީ މޮންގޯލިއާގައި ރަޖިސްޓްރީ ކޮށްފައިވާ ޓަގު ބޯޓެއްގަ އެވެ. އެއީ އިންޑިއާއިން ހިލަ ހިފައިގެން އާންމުކޮށް ރާއްޖެ އަންނަ ޓަގް ބޯޓެކެވެ. އެ ޓަގް ބޯޓުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރަނީ އިންޑިއާގެ ފަޅުވެރިއަކާއި އިންޑޮނިޝިއާގެ އަށް މީހުންނެވެ. އަދީބު އެ ބޯޓުގައި ހުރިކަން ފަޅާއަރުވާލީ އިންޑިއާގެ ފަޅުވެރިޔާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.
Adeeb boat ah eri gotheh neiygey: Agent
The most trusted news source in the Maldives
Mihaaru
އަދީބު ޓަގް ބޯޓަށް އެރި ގޮތް ނޭންގޭ ކަމަށް އެޖެންޓް ބުނުން---
އެ ޓަގް ބޯޓުގެ ދިވެހި އެޖެންޓް "ޓްރާންސް ލިންކް" އިން ބުނިގޮތުގައި އެ ބޯޓަށް އަދީބު އަރާވަޑައިގަތީ ކިހިނެއްކަން އެ ކުންފުންޏަކަށް ނޭންގެ އެވެ. އެ ބޯޓުގައި އަދީބު ވަޑައިގަތްކަން އެ ކުންފުންޏަށް ވެސް އެނގުނީ އިއްޔެ ނޫހުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދީބު ފިއްލަވަން އެހީތެރިވި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.
އަދީބުގެ މައްޗަށް ކުރިން އިއްވި ހުކުމްތައް ބާތިލް ކޮށްފައި ވިިޔަސް، އޭގެ ތެރެއިން އެއް މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތުމުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން އެ ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމާރު
03 August 2019
މީނަ ރިކޯޑްހެދީތާ އެންމެ ޓަގުން އެންމެ ދިގުދަނތުރު ކުރި ނައިބްރައިސް, ދެންތިބި ނައިބުން މިހާރު ތިބީ ލަދުން, މިކަލޭގެ ޕާޓީ ކޮބާތަ ނޫސްބަޔާނެއްވެސް ނެއްތަ?
ރަދީފް
03 August 2019
ހެހެހެހެހެހެ.ބަންދަކުން ސަލާމަތްވާން ފިލަން ވެއްޖެނަމަ އިންސާނަކު ކޮންމެފަދަ ތަަނަކަށް ވަންނަން / ވެސް / އެއްޗަކަށް އަރަން ވެސް / އަދި ސިފަ ބަދަލުކުރަންވެސް ފަސްނުޖެހޭނެކަން ދުނިޔޭގެ ތާރީހްގެ ސަފްހާތައް ހެކިދޭ. މިސާލު: ސައްދާމް ހުސައިން (އިރާގް) ހޮހޮޅައެއްގަ ދޯ އޮތީ ، ރަޑްވާން ކަރަޒިޗް (ބޮސްނިއާ / ސިރްޕްސްކާ) ، އަބްދުއްﷲ ލުތުފީ (ޒާން) ، ވީރައްޕަން (އިންޑިޔާ) ، އަދީބް (ޓަގެއްގަ ފިލުން) . ވ.ވެދުން
ޓަގުފުށި
03 August 2019
ވަޒަންވެރިވީ؟
ރަންދެލި
03 August 2019
ޓަގް ބްރޯ ގަޓް ބްރޯ އަރުތުރު ބްރޯ
ސަމަންދަރު
03 August 2019
އަންނިއާ އަދީބާ ދެމީހުން ވެގެން ސަރުކާރު ވައްޓަން މަސައްކަތް ކުރަނީ. މިވާނީ ރަނގަޅަށް ވިއްޔާ އަންނި ފަނިހަދަނީ ކަމަށް
ހޯރަބޭ
03 August 2019
ޓަގު ބޯޓް ގެ ފަޅުވެރިއެއްގެ ގޮތުގައި ދެންބަހަށްޓާ. އެއްވެސް ގައުމެއްގެ އެއްގަމަށް ނޭރޭގޮތަށް.
އަޖައިބެއްނުވާނެތަ
03 August 2019
ޓަގު ބޯޓު އޮވެގެން އުޅެނީ އިންޑިއާ އެމްބަސީ ތެރޭގަތަ؟ އަދިވެސް ހައްޔަރުކޮށްގެން ނުގެނެވިގެން އެއުޅެނީއޯ؟
ޝޮކްތެރަޕީ
03 August 2019
މިއޮތީ އަދުލުއިންސާފު ރަގަޅުވެފަ. ސާބަހޭ އިބޫސޯލިހު. ދިވެހިން ގަމާރުކަމުގަ.
ދޮން ބުޅާ
03 August 2019
އިންޑިއާ އިން ހިމާޔަތް ނުދޭން ނިންމައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެ ގައުމުން ރޭ ދަންވަރު އަނބުރާ ރާއްޖެ ފޮނުވާލައިފި އެވެ.
މަދޮށި
03 August 2019
ޓަގު ބޯޓަކަށް އަރއިގެން ވަގަށް އިންޑިޔާއަށް އެތެރެވާންއުޅެނިކޮން ސިފައިންނާ ފުލުހުން އަދި ރޕޯރޓަރުން އައިސް މޫވީކޮށް ފޮޓޯ ނަގަން ފެށިމުން ބިރުން ދެލޯ ދެކާށި ވަރު ވެފަ
އަހްމަދު
03 August 2019
ބަލަގަ ކޮބައިތައަނބިކަބަލުން މިހުރިހާކަމެއްވަމުންދާއިރުވެސް ހަމަަޗުއްޕްވެސް ބުނެނުލާ އެހުންނަވަނީ